03 ޖުލައި 2011 (އާދީއްތަ)

ކާބުލްގައި ދެވުނު ކާމިޔާބު އިޝްތިޝްހާދީ ހަމަލާއެއްގައި 90 އަށް ވުރެގިނަ އެމެރިކާއާއި ނޭޓޯގެ ސިފައިން މަރުވެއްޖެ!

ޝާއިޢުކުރީ: ޚަބަރު ސެކްޝަން
ހިމެނޭ ބައި: އަފްޣާނިސްތާން
 
(4 ރޭޓް)
އިންޓަރ ކޮންނެޓިނެންޓަލް ހޮޓަލަކީ އެންމެ ގިނައިން ނޭޓޯ އަދި އެމެރިކާގެ އިންޓެލިޖޭންސުން ތިބޭ މައި މަރުކަޒެކެވެ.

ކާބުލްގައި ހުރި އިންޓަރ ކޮންނެޓިނެންޓަލް ހޮޓަލަށް ދެވުނު އިޝްތިޝްހާދީ ހަމަލާއެއްގައި 90އަށް ވުރެގިނަ އެމެރިކާއާއި ނޭޓޯ ސިފައިން މަރުވެއްޖެއެވެ. މީގެތެރޭގައި މަތީރޭންކުތަކުގެ އޮފިޝަލުންނާއި އެޑްވައިޒަރުން ހިމެނެއެވެ. އަދި މީގެތެރޭގައި ގޮޑިކޮއްކޮ ސަރުކާރުގެ މަތީ އޮފިސަރުންވެސް ހިމެނެއެވެ. އަދި ވަރަށް ގިނަ އަދުއްވުންނަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. މިވަރުގަދަ އަމަލިއްޔާތުގައި ބައިވެރިވެފައިވަނީ އެންމެ 8 ހިތްވަރުގަދަ މުޖާހިދުންނެވެ.

ފުރަތަމަ އިޝްތިޝްހާދީ ހަމަލާދެވިފައިވަނީ ހޮޓަލުގެ އިރުމަތި ދޮރުކައިރިންނެވެ. އަދި ބާކީތިބި މުޖާހިދުން އެތަނުން އެތެރެއަށް ވަދެގަތެވެ. އަދި މުޅި ހޮޓަލުން ކަރަންޓު ދުއްވާލުއްވާލާ ބޭރަށް ނުކުމެވޭނެ ހުރިހާ ދޮރުތަކެއް ބަންދު ކުރުމަށްފަހު ވަރަށް ވަރުގަދަ ހަމަލާތައް ދިނެވެ. ދުޝްމަނުން ދިޔައީ ހޮޓަލުގެ ދޮރުތަކާ ދިމާލަށް ދުރުހިސާބުގައި ތިބެ ހަމަލާތައް ފޮނުވަމުންނެވެ. އަދި ފަހުން އެމީހުންގެ ވައިގެ އުޅަނދުތައް އައިސް ގޮވާޒާތުގެ އެއްޗެހިތަކެއް މަތިން އުކާ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި އަލިފާން ރޯކޮށްލާފައިވެއެވެ. މި ބައިގަނޑުގެ ތެރެއިންވެސް އެތައް ބަޔަކަށް އެތެރޭގައި ތިބި މުޖާހިދުން ހަމަލާތައް ފޮނުވާ ޒަހަމްކޮށް މަރާލާފައިވެއެވެ. މި ހަމަލަތައް ވަނީ 12 ގަޑިއިރަށް ދެމިގެންގޮސްފައެވެ.

މި ހަމަލާތަކުގެ ފުރިހަމަ ތަފްސީލު އެހެނިހެން މީޑިއާތަކަށްވެސް ދީފައިވާނެކަމަށް އަލް އިމާރާތުގެ ފަރާތުން ހާމަކުރެއެވެ. ނަމަވެސް އިސް ފަރާތްތަކުގެ ނުފޫޒު ބޮޑުކަމުން ފުރިހަމަ ތަފްސީލު ހާމަ ނުކުރެވެނީކަމަށް އެ މީޑިއާތަކުން ބުނާކަމަށެވެ.

މަޞްދަރު: އެކުލަވާލެވިފައި

  •   އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!
މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 03 ޖުލައި 2011         

މިލިޔުމަށް ލިބިފައިވާ ޚިޔާލުތައް…  

 
+8 #1 اهل السنة و الجماعة‎ 2011-07-03 11:56
الحمد لله
ޚިޔާލެއް!
 
 
+6 #2 އަބޫ ޔޫސުފް 2011-07-03 16:48
ﷲއަކްބަރް..ﷲއަކްބަރް..ﷲއަކްބަރް…ހުރިހާ ޙަމްދު ޘަނާ އެއް ވަނީ ﷲއަށް…
ޚިޔާލެއް!
 

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.