11 އޮގަސްޓް 2010 (ބުދަ)

އުފާވެރި ރަމަޟާން މަސް އަތުވެއްޖެއެވެ. އަހަރެންގެ ޙާލާއި މެދު ވިސްނާލީ ކިތައް ފަރުދުން ހެއްޔެވެ؟ *މުހިއްމު*

ޝާއިޢުކުރީ: އަބޫ ޣަރީބް
 
(0 ރޭޓް)

އުފާވެރިކަމުގެ ރަމަޟާން މަސް އަތުވެއްޖެއެވެ. ގެއަށް ލިބުނު ޖޯޝާއި ފޯރީގައި މުޅި ގޭގެ އަހުލުވެރިން ދަނީ އުފަލާ މަޖާ ކުރަމުންނެވެ. ރޯދަ ވީއްލުމަށް ދަޢުވަތު ދިނުމާއި ތަރާވީހުގެ ވަގުތަށް އެކުވެރިންނަށް ދަޢުވަތު ދިނުމުގައި އަވަދިނެތި އެވެ. މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ތަރާވީހް ނަމާދު ކުރުމަށާއި ވީހާވެސް ގިނައިން ޤުރުއާން ކިޔެވުމާއި ހެޔޮ ކަންތައްތައް ކުރުމުގައި މިސްކިތްތައް ފުރާލައެވެ. މި ބަރަކާތްތެރި މައްސަރުގައި ވެސް އަހަރެން މި ހޭދަ ކުރަން ޖެހެނީ ނިކަމެތިކަމާއި އަޅުވެތި ކަމުގައެވެ. ނަމަވެސް އަހަރެންގެ ދަށުން އަހަންނަށް ނިސްބަތްވާ މީހުންނަށް އެކަން އެނގޭނެ ނަމައެވެ. އަހަރެންނަށް ނިސްބަތްވާ ގިނަ މީހުން އަހަރެންގެ ޙާލަކީ މިއީ ހިނދު ވެސް މިވާހަކަ އެބައިމީހުންގެ ދުލަށް ގެނައުމަށް ވެސް ފަސްޖެހޭ ކަމީ އަހަރެންގެ މާޟީވެ ދިޔަ ޢިއްޒަތްތެރި ދުވަސްވަރުން އަހަރެން ލަދުވެތި ކުރުވާ ކަމެކެވެ.

އަހަރެންގެ އަހުލުވެރިން ގެ ލޭ އެއީ މިހާރު ދުނިޔޭގައި އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމުގައި ހަދައިފިއެވެ. އަހަރެންގެ އަހުލުވެރިންގެ ޢިއްޒަތާއި ކަރާމާތް ވެއްޔާ މޮޑެލައިފިއެވެ. އަހަރެންގެ އަހުލުވެރިންގެ އެތައް ލޮބުވެތި އަޚުންނަކާއި އުޚުތުންނެއް ކުއްފާރުންގެ ނަޖިސް ޖަލުތަކުގައި އެމީހުންގެ ވަޙުޝީ އަނިޔާވެރިކަމުގައި ރޭ ދުވާ ތަކުރާރު ކުރަމުންދަނީ ދުލުން ބަޔާން ކުރަން ނުކެރޭފަދަ އަނިޔާވެރިކަމުގައެވެ. އަހަރެންގެ އަހުލުވެރިން އަހަރެމެންގެ ވެރި އިލާހުގެ އަމުރުތަކާއި އަހަރެމެންގެ މާތް ނަބިއްޔާ ސުންނަތް އޮޅުވާލައިފިއެވެ. އަހަރެންގެ އަހުލުވެރިން އެބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ މާޟީގެ ޞަފްޙާތައް ހަނދާން ނައްތާލައިފިއެވެ. އެބައިމީހުން މި މާތް މައްސަރުގައި އެބައިމީހުންގެ ނަފްސުތައް އަހަރެންގެ އަހުލުވެރިންނަށްޓަކައި ޤުރުބާން ކުރިއެވެ. އެބައިމީހުންނަށް ރަމަޟާން ވެސް ވެގެންދިޔައީ އެބައިމީހުން ﷲ އަށްޓަކައިވީ ވަޢުދަށް ތެދުވެރިވުން ޢަމަލުން ތަންފީޒު ކުރަނިވި މައްސަރަކަށެވެ. ނަމަވެސް މިހާރު އަހަރެން ރޮއެ ހިތާމަ ކުރަނީ އަހަރެންގެ އަހުލުވެރިންގެ ތެރެއިން ގިނަ ބަޔަކު ޣާފިލް ކަމުގެ ގަދަ ނިދީގައި އެބައިމީހުންގެ އަޚުންނާއި އުޚުތުންގެ މަތިން ހަނދާންނައްތާލާފައި ހަމަޖެހިލައިގެން ތިބޭ ކަމަށްޓަކައެވެ. އަހަރެންގެ ޢަދާވާތް ތެރިން އެއް ޒަމާނެއްގައި އަހަރެންގެ އަހުލުވެރިން ދެކެ އިންތިހާއަށް ބިރުގަތެވެ. ނަމަވެސް މިހާރު އަހަރެންގެ އަހުލުވެރިން ގިނަ ބަޔަކު އަހަރެންގެ ޢަދާވާތްތެރިން ދެކެ އިންތިހާއަށް ބިރުގަނެ އެވެ. މީ ހައިރާން ކުރަނިވި ކަމެކެވެ. އެހެނީ އަހަރެންގެ އަހުލުވެރިންގެ ތެރެއިން މަދު އިޚްލާޞްތެރި ބަޔަކު ނިކުމެ ޢަދާވާތްތެރިޔާ އާއި ދެކޮޅަށް ހަނގުރާމަކޮށް އެ ޢަދާވާތްތެރިޔާގެ މައްޗަށް ނުހަނު ބޮޑު ނަޞްރުތައް ހޯދަމުންދާ ހިނދުގައި ވެސް އަހަރެންގެ އަހުލުވެރިންގެ ތެރެއިން ގިނަ މީހުން މި ބަލިކަށި ޝައިޠާނާގެ ބައިގަނޑު ދެކެ ބިރުގަންނަ ކަމަށްޓަކައެވެ.

ރަމަޟާން މަސް އަހަރެންގެ އަހުލުވެރިން އެބައިމީހުންގެ އަމިއްލަ ނަފްސަށްޓަކައި ހޭދަ ކުރަމުންދާ ހިނދު އެބައިމީހުންގެ ނިކަމެތި ކުރެވިފައިވާ އެހެން އަޚުންނާއި އުޚުތުންގެ ކުރަމުންދާ އާދޭސްތަކުގައި ކޮޅުފައިން ޖެހުމަށް ބިރު ނުގަނޭ ހެއްޔެވެ؟ އެބައިމީހުން ކުއްފާރުންގެ ޖަލުތަކުގައި ދުލުން ބަޔާން ކުރަންދަތި ހިތްދަތި ކަމާއި ވޭނުގައި އަނިޔާތައް ތަޙައްމަލު ކުރަމުންދާ ޙާލު، އެނިކަމަތިންނަށްޓަކައި އަޅާ ނުލާ އަމިއްލަ ގޭގެ ސުފުރާމަތި އެންމެހާ މޮޅެތި ކާބޯތަކެތިން ފުރާލުމަށް ހިތްހަމަ ޖެހޭ އަހަރެންގެ އަހުލުވެރިންނޭވެ! އެ ނިކަމެތިންގެ ދަޢުވާތަކުން ޤިޔާމަތް ދުވަހުން ސަލާމަތްވާނީ ކޮން ފަދައަކުން ހެއްޔެވެ؟

މަޞްދަރު: ލިޔުންތެރިޔާ

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 13 ފެބްރުއަރީ 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.