11 މޭ 2010 (އަންގާރަ)

ތަކްފީރު ކުރެއްވުމުގައި މުޖާހިދު ޝެއިޚުން ސަމާލުވެލައްވާ ވަރު (1) – ޑިމޮކްރަސީ ވެރިކަމުގެ އިންތިޚާބުގައި ބައިވެރިވުން ހުއްދަ ކުރާ މީހުންގެ ފަހަތުގައި ނަމާދުކުރުން *މުހިއްމު*

ޝާއިޢުކުރީ: އެޑްމިން ޢަބްދުﷲ
 
(0 ރޭޓް)

ސުވާލު: السلام عليكم ورحمة الله وبركاته. މާތް ﷲ ގަންދީ ބުނަމެވެ. އަހަރެން ﷲ އަށްޓަކައި ކަލޭމެންދެކެ ލޯބިވަމެވެ. އަދި ﷲ ގެ ޙަޟްރަތުން އެދެނީ ދުނިޔެއާއި އާޚިރަތުގައި އެކަލާނގެ ރަސޫލާ (صلى الله عليه وسلم) އާއި އެކު މުޥައްޙިދީންގެ ދިދައިގެ ދަށުގައި އެއްކުރެއްވުމަށެވެ.

ޑިމޮކްރަސީގެ އިންތިޚާބުތަކުގައި ބައިވެރިވުން ހުއްދަ ކުރާ މީހުންގެ ފަހަތުގައި ނަމާދުކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އެކަން ހުއްދަ ކުރާ މީހުންގެ ތެރޭގައި މިސްކިތްތަކުގެ އިމާމުން ވެއެވެ. މިފަދަ މީހުންގެ ފަހަތުގައި ނަމާދުކުރުން ޖާއިޒު ނޫންނަމަ އަހަރެން ޖަމާޢަތުގައި ނަމާދު ކުރުމަށްޓަކައި ހަދަންވީ ކިހިނެއްތޯއެވެ؟

ޖަވާބު: މަތިވެރި އަޚާއެވެ! السلام عليكم.

މާތް ﷲ ތިބާ ދެކެ ލޯބިވެވޮޑިގަންނަވާށިއެވެ. އެއިލާހަށްޓަކައި ތިބާ އަހަރެންދެކެ ލޯބިވީތީއެވެ.

ޑިމޮކްރަސީގެ އިންތިޚާބުތަކުގައި ބައިވެރިވުން ހުއްދަ ކުރާ މީހުންގެ ފަހަތުގައި ނަމާދުކުރުމަށް އަހަރެމެން ނުރުހެމެވެ. އެހެނެއްކަމަކު އެނަމާދު ބާޠިލެކޭ ނުބުނަމެވެ. އެއީ އެފަތުވާ ދިން މީހާ އެކުފުރުގެ ނިޡާމުގައި ބައިވެރިވުން ހުއްދަ ކުރާ ގޮތް ތަފްޞީލު ނުކުރާހާ ހިނދަކުއެވެ. ނުވަތަ ވަޟަޢީ ޤާނޫނަށް ޙުކުމްކުރުން ހުއްދަ ނުކުރާހާ ހިނދަކު ނުވަތަ އެޤާނޫނުތަކަށް ކުރެވޭ އިޙްތިރާމެއްގެ ސަބަބުން އެޤާނޫނުތައް މެދުވެރިކޮށް ހުވާކުރުން ހުއްދަ ނުކުރާހާ ހިނދަކުއެވެ. ނުވަތަ ޠާޣޫތުންނަށް އެހީތެރިވުން ހުއްދަ ނުކުރާހާ ހިނދަކުއެވެ.

އެހެނީ ހަމަކަށަވަރުން އަހަރެމެން އެމީހެއްގެ ފަހަތުގައި ނަމާދުކުރަނީ ނުވަތަ އެމީހެއްގެ ނަމާދު ބާޠިލުކަމަށް ބުނަނީ ޤަތަޢީ (ދެމާނައެއް އެކުލެވިގެން ނުވާހާ ސާފު) ދަލީލަކުންނާއި އަދި ފާޅުވެގެންވާ ވަރުގަދަ ދަލީލަކުން އެމީހާ އެކުރި ޢަމަލީ ކާފަރު ކުރެވޭ ފަދަ ޢަމަލެއްކަން ޘާބިތުވާ ފަދަ ކަމެއް ކުރުމުންނެވެ. އަދި އެދަލީލަކީ އެހެން މައްސަލައަކަށް އިޙްތިމާލުނުކުރެވޭ ދަލީލަކަށް ވާންޖެހެއެވެ.

އިންތިޚާބުތަކުގައި ބައިވެރިވުން ހުއްދަކުރެޔޭ މިބުނާ ބަހަކީ (އެފަދަ ގޮތަކަށް ތަފްޞީލެއްނެތި) ކުފުރު ޘާބިތުވާ އަދި ކުފުރު ޘާބިތު ނުވާ ދެފުށަށް މާނަ ގޮސްފާނެ ފަދަ އިޙްތިމާލު ކުރެވޭ ފަދަ ބަހެކެވެ. އެހެނީ އަހަރެމެން އިންތިޚާބުތަކުގައި ބައިވެރިވުމަށް ހުއްދަ ކުރާ މީހުންގެ ފަތުވާ ކިޔާ ހިނދު ފެންނަނީ، އެމީހުން އެކަމުގައި ބައިވެރިވާ މީހާއަށް ކާފަރުވާ ފަދަ ޢަމަލެއްގައި ބައިވެރި ނުވުމަށް ޝަރުޠުކުރާތަނެވެ. އަދި މިއީ ފުށުއަރާ ކަމެއް ނޫނެވެ. އަދި މިކަމަކީ މިހާރުގެ ޕާލިމެންޓުތަކާ އަޅާ ބަލާއިރު އެއްގޮތަކަށްވެސް ގުޅުމެއް ނެތް މައްސަލައެކޭ ނުބުނެވޭނެއެވެ. އެހެނީ އަހަރެމެން މިވާހަކަދައްކަނީ ހުއްދަދޭ މުފްތީއާއި ބެހޭގޮތުންނެވެ. ސީދާ އެޢަމަލުގައި ބައިވެރިވާން އުޅޭ މީހާގެ ވާހަކައެއް ނޫނެވެ. އަދި ފަތުވާދޭ މީހާ އެގޮތަށް ޝަރުޠުކުރާހާ (ކާފަރުވާފަދަ ޢަމަލެއްގައި ބައިވެރި ނުވުމަށް) ހިނދަކު އޭނާ މައްޗަށް ކުފުރުގެ ފަތުވާ ޖެހުން ހުއްދަވެގެން ނުވެއެވެ. އޭނާ ނުބުނާ ބަހެއްގެ މައްޗަށް އޭނާގެ ބަސް އިސްތިދުދާލެއް ނުކުރެވޭނެއެވެ. އަދި އޭނާ ނުކުރާ ކަމެއް އޭނާގެ މައްޗަކަށް ކަނޑައެއް ނޭޅޭނެއެވެ.

އަދި އަހަރެން މިކަމަށް އިތުރުކޮށްލާނަމެވެ: ޢާއްމުކޮށް އެކަމުގައި ބައިވެރިވާ ގިނަ މީހުންގެ ޙާލަތު ހުންނަ ގޮތުގެ މައްޗަށް ބަލާއިރު، އަހަރެމެންނަށް ފެނިފައިވަނީ މިފަދަ މައްސަލަތައް ހުއްދަކޮށް ފަތުވާދޭ މީހުންގެ މަޤްޞަދަކީ ކާފަރުވާފަދަ ޢަމަލަކަށް ފަތުވާ ދިނުމެއް ނޫންކަމެވެ. އަދި ކިޔެއްހެއްޔެވެ. އެމީހުން އެހުއްދަދިނުމުގެ މަޤްޞަދަކީ ޢާއްމު ރައްޔިތުންގެ ފަލާޙީކަންތައްތައް ކުރުމަށްޓަކައި އެކަމުގައި ބައިވެރިވުމަށެވެ. އެހެންކަމުން އެކަމުގައި ބައިވެރިވާ މީހާއާއި އެހުއްދަކޮށް ފަތުވާދޭ މީހާގެ މައްޗަށް ކުފުރުގެ ޙުކުމް ޖެހުމުގެ ކުރިން ކޮންމެހެން އެނގުން ލާޒިމު ކަމަކީ އެކަމުގައި ބައިވެރިވާ މީހާ ކުރަން ޤަޞްދުކުރަނީ ކޮންކަމެއްކަން ދެނެގަތުމެވެ. އެހެނީ ހަމަކަށަވަރުން ޤަޞްދުނެތުމަކީ ތަކްފީރު ކުރުމަށް މެދުވެރިވާ ހުރަހެކެވެ. (ތަކްފީރު ކުރުން މަނާ ކުރާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ.)

އަދި ހަމައެގޮތަށް ޛިކުރު ކުރެވުނު މީހުންގެ ތެރެއިން މުސްލިމު ކޮންގްރެސްގެ އިންތިޚާބުގައި ބައިވެރިވުމަށް ފަތުވާދޭ މީހާ، އޭނާގެ ދަޢުވާއަކީ އިސްލާމީ ޝަރީޢަތް ތަންފީޛުކުރުމެވެ. ނަމަވެސް އޭނާއަކަށް ޕާލިމެންޓުގެ ކޮންގްރެސް މަސައްކަތްކުރަމުންދާ ތަރުތީބެއް ނޭނގެއެވެ. އެއީ ހަމަކަށަވަރުން ކުފްރުގެ ތަރުތީބަކުން ގެންދެވޭ ނިޡާމެކެވެ. އެތަނުގައި ހިންގަމުންދަނީ މާތް ﷲ އެކަމަށް ހުއްދަ ދެއްވާފައި ނުވާ ކުފުރުގެ ޝަރީޢަތުން ނެގިފައިވާ އުޞޫލުތަކެކެވެ. މިފަދަ ފަތުވާދޭ މީހުންގެ ނުބައިކަން ޝަރުޢީ ގޮތުންނާއި ބުއްދީގެ ގޮތުން ބެލިކަމުގައި ވިޔަސް އެނގި ހާމަވެގެންދެއެވެ. އަންނަނިވި ފޮތުގައި އަހަރެން ބަޔާންކޮށްފައިވާ ފަދައިންނެވެ. ’الجواب المفيد في أن المشاركة في البرلمان وانتخاباته مناقضة للتوحيد‘ އެހެންނަމަވެސް އަހަރެމެން އެމީހުން ކާފަރެއް ނުކުރަމެވެ. އެއީ އޭނާ، އެކުފުރުގެ ޢަމަލަށް ޤަޞްދު ނުކުރާތީއެވެ. އަދި އޭނާ އެފަތުވާދޭ ޢަމަލާއި ބެހޭ ގޮތުން އޭނާއަށް ރަނގަޅަށް ބަޔާންކޮށްދިނުމަށް ދާންދެނެވެ. އޭނާ ހުއްދަ އެކުރާ ޢަމަލަކީ ޞަރީޙަ ކުފުރެއްކަން ބަޔާންކޮށްދިނުމަށް ފަހުގައިވެސް އެކަމުގައި އެނާ ދެމިހުރެއްޖެނަމަ ފަހެ އޭނާއަކީ ކާފަރެކެވެ. އަދި އޭނާގެ ފަހަތުގައި ނަމާދުކުރުން ޞައްޙައެއް ނުވާނެއެވެ.

މިފަދަ މައްސަލަތަކުގައި ތަފްޞީލު އެނގުމަކީ ކޮންމެހެން މުހިއްމުކަމެކެވެ.

އަދި އިމާމު މީހާ ފާޅުވެ އެނގިގެންވާ ސާފު ވަރުގަދަ ދަލީލުތަކަކުން ޘާބިތުވާ އަދި އެކަމަކީ އެހެން ގޮތަކަށް އިޙްތިމާލުވެސް ކުރެވޭ ކަމަކަށް ނުވާހިނދުގައި އޭނާ ކާފަރުކުރުން ހުއްދަވެގެން ނުވެއެވެ. އަދި އޭނާ އިސްލާމްދީނުން ބޭރު ނުވާހާ ހިނދަކު އޭނާގެ އިމާމުކަމުގައި ދަށުގައި ނަމާދުކުރުން ހުއްދަވެގެންވެއެވެ. އަދި އިމާމުމީހާ ކުފްރު މުޢަޔަން ވެއްޖަނަމަ ފަހެ، ކާފިރު މީހާގެ ފަހަތުގައި ނަމާދުކުރުން ޞައްޙައެއް ނުވާނެއެވެ. އެހެނީ ހަމަކަށަވަރުން އެގޮތަކީ ނަބީ (صلى الله عليه وسلم) ދީނެއް ނޫނެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ”من أحدث في أمرنا هذا ما ليس منه فهو رد“ މާނައީ ”އަހަރެމެންގެ ދީނުގެ ތެރެއަށް އޭގައި ނުވާ އައުކަމެއް ގެނެސްފި މީހާގެ އެޢަމަލު ފަހެ ވަނީ ރައްދުކުރެވިގެންނެވެ. އިސްލާމްދީން އެއީ މަތިވެރިވެގެންވާ ދީނެކެވެ. އޭގެ މައްޗަށް އެހެން ދީނަކަށް ގަދައެއް ނުވެވޭނެއެވެ. ހަމަކަށަވަރުން އެކަލާނގެ ވަޙީފުޅުކުރެއްވިއެވެ.

”وَلَنْ يَجْعَلَ اللَّهُ لِلْكَافِرِينَ عَلَى الْمُؤْمِنِينَ سَبِيلا“
”އަދި މުއުމިނުންގެ މައްޗަށް ކާފަރުންނަކަށް އެއްވެސް މަގެއް ﷲ ނުލައްވާނެއެވެ.“
(ސޫރަތުއް ނިސާ 141)

މީގެ މުރާދަކީ ނަމާދު ޖަމާޢަތުގައި ދޫކޮށްލުމެއް ނޫނެވެ. އެހެނީ ފަރުޟުނަމާދުތައް ގިނަގުނަވެފައި މިސްކިތްތައްވެސް ގިނަގުނަ ވެގެންވެއެވެ. މުސްލިމު މީހަކު އުޅޭ ހިސާބެއްގައި ހުރިމިސްކިތެއްގައި ކާފަރަކު ނޫން އެހެން މީހަކު ނަމާދު ނުކުރާނަމަ، އެފަދަ މީހެއްގެ ފަހަތުގައި ނަމާދުކުރުން ޞައްހައެއް ނުވާނެއެވެ. ފިތުނައެއް ނެތްނަމަ (ވެރިމީހާގެ ފަރާތުން) ޖަމާޢަތުގައި އޭނާގެ އަޚުންނާއި އެކު ނުވަތަ އަނބިދަރީންނާއި އެކު ނަމާދުކުރާ ހުށިކަމެވެ. އެކަމަކު ވެރިމީހާ މަޖްބޫރު ކުރާ ނަމަ، އޭނާގެ ފަހަތުގައި ނަމާދުކުރުމަށްފަހު ދެވަނަ ފަހަރަށް އެނަމާދު ކުރާހުށިކަމެވެ. އަހުލުއް ސުއްނަތުގެ އިމާމުކަމުގައިވާ އަޙްމަދު ބިން ޙަންބަލް ޖަހްމިއްޔާއާއި ބެހޭގޮތުން އަމުރުކުރެއްވި ފަދައިންނެވެ.

ތިބާގެ އަޚާ، އަބޫ މުޙައްމަދު



މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 08 މާރޗް 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.