02 ޖޫން 2011 (ބުރާސްފަތި)

ބަލި މަޑުކަމެއް ޖެހޭ މީހާ ހިތައް އަރަނީ ކީކޭބާ؟

ޝާއިޢުކުރީ: ޒުލްފިޤާރް
ހިމެނޭ ބައި: ޞިއްޙަތު
 
(1 ރޭޓް)

އިންސާނާއަކީ ނިކަމެތި ކަމުން ފުރިގެންވާ މަޚްލޫގެކެވެ. އަދި އޭނާގެ ނިކަމެތިކަމުގެ ސަބަބުން ދިމާވާ ކަންތައްތައް ފޫބެއްދުމަށްޓަކައި އަބަދާއި އަބަދު މަސައްކަތް ކުރަން ޖެހިފައިވާ މީހެކެވެ. ބަލިމަޑުކަމަކީ އިންސާނާގެ ނިކަމެތިކަން އޭގެ އެންމެ ފުންމިނަށް ހާމަކޮށްދޭ ކަންތަކެވެ. އެހެންކަމުން، އަހަރެމެންގެ ރަޙްމަތްތެރިއެއް ނުވަތަ ޚުދު އަހުރެމެން ބަލިވެއްޖެނަމަ އެކަމާއި މެދު ވިސްނައި، އެކަމުގައި ފޮރުވިފައިވާ ޢިބްރަތް ދެނެގަތުމަށް މަސައްކަތް ކުރަންޖެހޭނެއެވެ.

އަހަރުމެން ވިސްނާލާއިރު އާދައިގެ ބައްޔެއްކަމަށް ބެލެވޭ އަރިދަފުސް ރޯގާއިންވެސް، އަހަރުމެންނަށް ޚަބަރުދާރުވެވިދާނެ އެތައް އިންޒާރުތަކެއް ދެއެވެ. އަހަރުމެންނަށް މިފަދަ ބައްޔެއް ޖެހުމުން، ފުރަތަމަވެސް ހިތައް އަރަނީ މިބަލި ޖެހެނީ ލޮލަށް ނުފެންނަ ކުޑަ ކުޑަ ވައިރަސްއަކުން ކަމެވެ އެހެންނަމަވެސް، މިފަދަ ކުޑަކުޑަ މަޚްލޫޤަކަށްވެސް 60 ނުވަތަ 70 ކިލޯގެ ބޮޑުމީހެއްގެ ގައިން ހުރިހާ ބާރެއް ކަނޑުވާލައި، އެމީހަކު ވާހަކަ ދައްކައި ހިނގާ ހަދާ އުޅުމަށް ދަތިވާ ވަރަށް ވަރުބަލި ކޮށްލުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ. އަހަރުމެންނަށް ކުރެވޭހާވެސް ކަމަކަށް ގިނަފަހަރުވަނީ އަރާމުކޮށް ބަލި ރަނގަޅުވަންދެން މަޑުކުރުމެވެ. ހަށިގަނޑުގެ ތެރޭގައި އަހުރެމެންނަށް އެއަށް ބާރު ނުފޯރުވޭ ހަނގުރާމައެއް އެވައިރަސްއާއި އިނދިކޮޅަށް ހިނގަމުންދެއެވެ.

ކުޑަކުޑަ ޖަރާސީމަކުން އަހަރުމެންގެ އަތްފައި ބަނދެލައިފި ކަހަލައެވެ. މިފަދަ ޙާލަތެއް ދިމާވެއްޖަނަމަ، އަހަރުމެން އެންމެ ފުރަތަމަ ހަނދާން ކުރަންވީ އަންނަނިވި އާޔަތްފަދަ އާޔަތްތަކުގެ މަތީންނެވެ.

( وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ (79) وَإِذَا مَرِضْتُ فَهُوَ يَشْفِينِ (80) وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ (81) وَالَّذِي أَطْمَعُ أَنْ يَغْفِرَ لِي خَطِيئَتِي يَوْمَ الدِّينِ (82) رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ (83) ) سورة الشعراء
(“އަހުރެންނަށް ކާން ބޯން ދެއްވަނީ އެކަލާނގެއެވެ. (79) އަހުރެން ބަލިވެއްޖެނަމަ ފަސޭހަކުރައްވަނީ އެކަލާނގެއެވެ. (80) އަހުރެން މަރުގަންނަވާ، ދެން ދިރުއްވާނީވެސް އެކަލާނގެއެވެ. (81) ޤިޔާމަތް ދުވަހުން އަހުރެންގެ ފާފަ ފުއްސެވުމަށް އަހުރެން އެދެނީ އެކަލާނގެ ކިބަފުޅުންނެވެ. (82) އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަޅާއަށް ޢިލްމާއި ފަހުމް ދެއްވާނދޭވެ! އަދި ޞާލިޙް އަޅުންގެ ތެރެއިން އަޅު ލައްވަވާނދޭވެ! (83)” )

ކޮންމެފަދަ ބައްޔެއްގެ ސަބަބުން ނަމަވެސް ބައްޔަކާއި ކުރިމަތިލާންޖެހޭ މީހާ، އޭނާ ހެޔޮ ޙާލުގައި ހުންނައިރު އޭނާގެ މިޒާޖު ގެންގުޅޭގޮތާއި ބަލިވުމުން އޭނާގެ މިޒާޖަށް އަންނަ ބަދަލަކާއިމެދު ވިސްމާލަން ޖެހޭނެއެވެ. ބަލިމަޑުކަމުގެ ވަގުތުގައި އޭނާގެ މަޑު މޮޅިކަމާއި މާތްﷲއަށް އޮޕަރޭޝަމެއް ކުރަން ގެންދިޔަ މަގުމަތީގައި ހެޔޮ ހިތުން މާތްﷲގެ ކިބަފުޅަސ ދުޢާ ކުރިގޮތް ހަނދާނަށް ގެންނަން ޖެހޭނެއެވެ. އެހެން މީހަކު ބަލިއެނދުގައި އޮތަތަން އަހަރުމެން ހެޔޮ ޙާލުގައި އެވަގުތު ލައްވާފައިވާ ކަމަށްޓަކައި މާތްﷲ ގެ ޙަޟްރަތށް ޙަމްދާއި ޝުކުރު ކުރަންޖެހޭނެއެވެ. ފައިބުރިވެފައިވާ މީހަކު ފެނިއްޖެނަމަ، އީމާންވީ މީހާ އޭނާގެ އަމިއްލަ ފައިގެ މުހިއްމުކަމުގެ މަތިން ހަނދާންވާނެއެވެ. ހެދުނު ނިދިން ހޭލާ ގޮތަށް އޭނާ ބޭނުން ތަނަކަށް ހިނގާފައި ދެވެނީ، އަދި އޭނާގެ ޟަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށްޓަކައި އެއްތަނުން އަނެއްތަނަށް ދުވެ ހެދެނީ މާތްﷲ އޭނާއަށް މިންވަރު ކުރެއްވި ނިޢުމަތެއްކަމުގައިވާ ދެފައިގެ ސަބަބުންކަން އޭނާއަށް ޤަބޫލު ކުރެވެއެވެ.

މިފަދަ ކަންތަކާއި މެދު ވިސްނާ ފިކުރު ކުރުމުގެ ސަބަބުން، އޭނާއަށް މިންވަރު ކުރައްވާފައިވާ ތަފާތު ގިނަގުނަ ނިޢުމަތްތަކުގެ މަތިން އޭނާގެ ހަނދާން ވަރުގަދަ ވެގެންދެއެވެ.

މަޞްދަރު: ޑރ. މޫސާ މުރާދު. ދަރުމަ ފެބްރުއަރީ 2007 އަށް “ފުންކޮށް ވިސްނުން” އިން ނަކަލު ކުރެވި މައުޟޫ ބަދަލު ކުރެވިފައ.

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 02 ޖޫން 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.