04 ޖޫން 2011 (ހޮނިހިރު)

އަލްޤައިދާ މުޖާހިދުން ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ބާރުގަދަވަމުން

ޝާއިޢުކުރީ: ޚަބަރު ސެކްޝަން
ހިމެނޭ ބައި: މެދުއިރުމަތިން
 
(7 ރޭޓް)
ޔަމަނަކީ، މުސްލިމުންގެ ތެރެއިން އެންމެ ހެޔޮމީހުންވާނޭ ބިންކަމުގައި ނަބިއްޔާ (صلى الله عليه وسلم) ޙަދީޘްކުރެއްވާފައިވާ ބިން.

ކައުންޓަރ-ޓެރަރިޒަމޭ ކިޔައިގެން މަސައްކަތްކުރާ ބައިގަނޑުގެ އިނގިރޭސިވިލާތުގެ އިސްފަރާތެއް ހާމަކުރިގޮތުގައި، އަލްޤައިދާގެ ކަންތައް “ވަރަށް އުނދަގޫކަމެއް!” ކަމުގައި ވެއްޖެއެވެ. އެއީ އަލްޤައިދާގެ މުޖާހިދުން ޙަރަކާތްތެރިވަމުންދާ ސަރަޙައްދުތައްނޫން އެހެން ތަންތަނަށް ޙަމަލާދޭން ވިސްނުމުގެ ސަބަބުންނެވެ. އެހެނީ، މުޖާހިދުން މިއަދު މަސައްކަތްކުރަމުންދަނީ އިރުމަތީ އެފްރިކާ ސަރަޙައްދާއި ޔޫރަޕުގައި ވަރުގަދަ ވިއުގައުތައް ޤާއިމްކުރުމަށެވެ.

“އެމީހުން ދުނިޔޭގެ ވައިގެމަގުން ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ތެރެއަށް ވަދެއްޖެ! އެމީހުންގެ ގާތުގައި ވަރަށް ޤާބިލު ބޮންގޮއްވާ ތަޖުރިބާކާރުން އެބަތިބި!” އޭނާ ހާމަކުރިއެވެ.

މީގެ އިތުރުން، ތަޖުރިބާކާރު ގްރެގޮރީ ޖޯންސަން ބުނިގޮތުގައި، “ޞާލިޙުގެ ސަރުކާރުން ވެރިކަމަށް އައުމަށް ކުރަމުންދާ މަސައްކަތުގައި ޣާފިލުވެފައިވަނިކޮށް، ޢަރަބިޖަޒީރާގެ އަލްޤައިދާ މުޖާހިދުންނަށް، ޙަރަކާތްތެރިވުމަށް ކުރިއަށްވުރެ ބޮޑު ޖާގައެއް މިދަނޑިވަޅު ހުޅުވިފައިވޭ!”

“ޔަމަނުގައި އުޅޭ ޢަރަބިޖަޒީރާގެ އަލްޤައިދާ މުޖާހިދުންގެ މައްސަލައިގައި، ޖާދޫގެ މިސައިލް ޙައްލެއް ނުވޭ!” ޖޯންސަން ހާމަކުރިއެވެ.

އަލްޤައިދާގެ މުޖާހިދުން އަންނަނީ، މިދަނޑިވަޅުގެ ފުރިހަމަ ބޭނުން ހިފަމުންނެވެ. ހަނގުރާމަވެރި މުޖާހިދުން އިތުރުވުމާއެކު، ޔަމަނުގެ ސަލާމަތީ ބާރުތަކާދެކޮޅަށް ދެވޭ ޙަމަލާތައް އަންނަނީ އިތުރުވަމުންނެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ސަރުކާރު ވެއްޓެމުން ދިއުމާގުޅިގެން، އަލްޤައިދާގެ މުޖާހިދުންނަށް ޙަރަކާތްތެރިވާނެ ޖާގަވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

މަޞްދަރު: އެކުލަވާލެވިފައި

  •   އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!
މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 04 ޖޫން 2011         

މިލިޔުމަށް ލިބިފައިވާ ޚިޔާލުތައް…  

 
+6 #1 އަބޫ މުޞްޢަބް 2011-06-04 11:09
އަލްޙަމްދުލިﷲ އަލްޙަމްދުލިﷲ… ﷲ އަކްބަރ ﷲ އަކްބަރ
ޚިޔާލެއް!
 

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.