އިސްލާމީ ޚިލާފަތް އިޔާދަވުން – އަހަރެމެންގެ އުންމީދު
އަހަރެމެންގެ ތާރީޚީ ހަރުފަތްތަކުގެ ވާހަކަ އައިސްފައިވާ ކަމަށްޓަކައި އަހަރެމެން އެޙަދީޘާއި މެދު ސަމާލުވާންޖެހޭ ހަދީޘެއްވެއެވެ. ނުއުމާން ބިން ބަޝީރު (رضى الله عنه) ގެ އަރިހުން ރިވާވެގެންވެއެވެ. رسول الله (صلّى الله عليه وسلّم) ޙަދީޘް ކުރެއްވިއެވެ. “ﷲ އިރާދަކުރައްވާ ދުވަހެއް ވަންދެން ތިޔަބައިމީހުންގެ މެދުގައި ނަބީކަން ދެމިއޮންނާނެއެވެ. ދެން ﷲ އެއުފުއްލަވާނެ އެވެ. ދެން އޮންނާނީ ނުބުއްވަތުގެ މަންހަޖާ އެއްގޮތަށް އޮންނަ ހިދާޔަތު ލިބިފައިވާ ޚިލާފަތެކެވެ. ﷲ އިރާދަކުރައްވާ ދުވަހެއް ވަންދެން އެކަން ދެމިއޮންނާނެއެވެ. އެއަށްފަހު ﷲ އެއުފުއްލަވާނެއެވެ. އެއަށްފަހު އޮންނާނީ ﷲ އިރާދަކުރައްވާ ދުވަހަކަށް ދެމިގެންދާ، (ދަރިންނަށް) ވާރުތަވާ ވެރިކަމެކެވެ. ދެން އެއިލާހު އިރާދަކުރެއްވި އިރަކުން އެކަން އުފުއްލަވާނެއެވެ. އެއަށްފަހު އޮންނާނީ އަނިޔާވެރި ކަމެކެވެ. އަދި އެކަން ﷲ އިރާދަކުރެއްވި ދުވަހަކަށް ދެމިއޮންނާނެއެވެ. ދެން އެއިލާހު އެކަން އުފުއްލަވާނެއެވެ. ދެން އޮންނާނީ ނަބީކަމުގެ މަންހަޖާ އެއްގޮތަށް އޮންނަ ހިދާޔަތު ލިބިފައިވާ ޚިލާފަތެކެވެ.” ދެން رسول الله (صلّى الله عليه وسلّم) ހަނުހުންނެވިއެވެ. (މުސްނަދު އިމާމް އަޙުމަދު (ވ/273)
ތަތާރުންނާއި މުސްލިމުން
މުސްލިމުންނަށް މިއަދު ކުރިމަތި ވެފައިވާ ކަންތައްތަކަށް ބަލައިލުމުން ހަނދާން ވަނީ ހިޖުރައިން 6 ވަނަ ޤަރުނުގައި (މީލާދީން 13 ވަނަ ޤަރުނު) މުސްލިމުންނަށް ކުރިމަތިވީ ބިރުވެރި ކަންތައްތަކެއެވެ. ތަތާރުންގެ ފައުޖުތައް މުސްލިމުންގެ ބިންތަކަށް ގަދަވެ ފެތުރިގެން ދިޔައީ ހިކި ދަރުގަނޑެއް ގައި ހުޅުހިފީމަ އަނދާހާ ބާރުމިނުގައެވެ. ސަމަރުޤަންދުން ނިޝާޕޫރާހަމައަށް، ބުޚާރާއިން ބަޣްދާދާއިހަމައަށް، ތަންތަން ސުންނާފަތި ކުރަމުން ލޫޓުވަމުން އެބައިމީހުން އައީ ދުނިޔެ ދުވަހަކުވެސް ދެކެފައިވާނުވާހާ ހަލުވިކަމާއި އެކުގައެވެ. އެލެގްޒެންޑަރ ދަ ގްރޭޓް އޭކިއުނު ވަރުގަދަ ރަސްގެފާނުވެސް ދުނިޔޭގެ އެކިއެކި ހިސާބުތައް ހިފާ އަތްދަށުލުމަށް ވިއްސަކަށް އަހަރުނެގިއެވެ. ނަމަވެސް ތަތާރުން މިދެންނެވި ފަދައިން މުޅިދުނިޔޭގައި ފެތުރިގެންނަން އަހަރެއްވެސް ނުނަގައެވެ. އެމީހުން ރަށްތައް ހަލާކުކުރަމުން ރަށްރަށުގެ އަހުލުވެރީން މަރާހުސްކުރަމުން އައިއިރު އެއްވެސް ބަޔަކަށް އެބައިމީހުން ހުއްޓުވާލެވޭނެ ކަމަކަށް މީހުންނުދެކެއެވެ. މުސްލިމުންގެ ހިތްވަރުއެލި ބިރުގަނެފައިތިބީ ލަދުގަންނަންޖެހޭ ދަރަޖައަކަށެއެވެ. އާދެ މިހާރުގެ ގިނަ މުސްލިމުން ފަދައިންނެއެވެ.
ޖެނީން… ހަނދާނުން ފޮހެ ނުލެވޭނެ
ފުނޑުފުނޑު ކޮށްލެވިފައިވާ ޢިމާރާތްތަކުގެ މައްޗަށް އަރައިގެން އައި އިރުގެ ދޯދިތައް އެޅިއްޖެއެވެ. ދުވަހަކީ 27 މުޙައްރަމް އެވެ. އަހަރަކީ ކީރިތި ރަސޫލު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވިތާ ސާދަ ސަތޭކަ ތޭވީސް ވަނަ އަހަރެވެ. ތަނަކީ ފަލަސްޠީނެވެ.
މުޖާހިދުންގެ ދިފާޢުގައި އުޚްތުންކުރި ހިތްވަރު!
3 ނޮވެމްބަރ 2006 ވީ ހުކުރު ދުވަހު ފަލަސްޠީނުގެ އަންހެނުންތަކެއް އާދަޔާ ޚިލާފް ހިތްވަރެއް ސާބިތުކޮށްދިނެވެ. އެމީހުންގެ މި ހިތްވަރާއި ފަންވަރުން ސާބިތުކޮށްދިނީ ޣާޒާގެ އުތުރުގެ ހިސާބެއްގައިވާ މިސްކިތެއްގެ އެތެރޭގައި ޚިޞާރު ކުރެވިފައިތިބި ފަލަސްޠީނުގެ 15 މުޖާހިދަކު ސަލާމަތްކޮށްދިނުމުގައެވެ. އިސްރާއީލުގެ ސިފައިން ޚިޞާރުކުރި މުޖާހިދުން ސަލާމަތްކުރުމަށް އުޚްތުން ނުކުތީ ފަލަސްޠީނުގެ މައިންތަކަކާއި ފިރިންތަކެއްގެ ގޮތުންވެސް މެއެވެ. އުޚުތުންގެ ނާޒުކު ހަށިތައް އެދުވަހު އަމިއްލައަށް ހުށަހެޅީ އައްޑަނަތަކެއްގެ ގޮތުގައެވެ.
ފަލަސްޠީނަށް މާދަމާއަކީވެސް އާދުވަހެއް!
އަހަރުމެންނަށް ބުނެވެން އޮތް ހުރިހައި އެއްޗެއް އަހަރުމެން ބުނެފީމެވެ. މީގެ ކުރިން އަހަރުމެން ހަޅޭއް ނުލަވާހާ ބާރަށް ހަޅޭލަވާފީމެވެ. މުޅި ދުނިޔެއަށް އަހަރުމެންގެ އަޑު އިވުނެވެ. ބައެއް މީހުން ތިބީ އިޒްރޭލުގެ ޤަތުލުޢާއްމުތަކާމެދު ކަންބޮޑުވެފައެވެ. އަނެއް ބަޔަކުތިބީ ހައިރާންވެފައެވެ. އެއްވެސް ބަޔަކު އެކަން ހުއްޓުވާކަށް މަސައްކަތެއް ނުކުރިއެވެ. އަހަރުމެން ވަރުބަލިވެގެން ގެއަށް ދިޔައީ މާދަމާވެސް މަގުތަކަށް ނިކުންނާނެކަމަށް ހުވާކޮށްފައެވެ.