އިންސާނުން ނޫން ބާރުތަކެއްގެ އެހީ މުޖާހިދުންނަށް ލިބޭ..
މިއަހަރު (2002) ގެ އޭޕްރިލް 9 ވަނަ ދުވަހު ފަލަސްޠީނު މުޖާހިދުންނާއި، އިސްރާއީލު ސިފައިންނާއި ދެމެދު ޖެނީންގައި ޙަމަލާތަށް ބަދަލު ކުރަމުން ދިޔައިރު އިސްރާއީލު ސިފައިންނަށް ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުންތައް ލިބުނެވެ. ޖެނީންނަށް އެމީހުންނަށް ވަދެވުނީ އުނދަގުލުންނެވެ. އެފަހަރު އިސްރާއީލު ސިފައިންގެ ވަރަށް ގިނަ މީހުން މަރުވެފައިވެސް ވެއެވެ. މިވަރުގެ ގެއްލުންތަކެއް އީސްރާއީލު ސިފައިންނަށް ލިބުނީ ކިހިނެތް ހެއްޔެވެ؟ ހަމަ އޮށްގާ އުކައިގެން ހެއްޔެވެ؟ ޖެނީންގެ ޙަމަލާ އާ ބެހޭގޮތުން މަޢުލޫމާތު ދެއްވާފައިވަނީ ހަމާސްގެ ވެރިއެކެވެ.
ޚަންދަގު ހަނގުރާމައަށް ޞަޙާބީން ޚަންދަގު ކޮންނެވި އިރު ހިނގާފައިވާ ބޮޑުވެގެންވާ ކަރާމަތެއް
ޖާބިރު ބުނު ޢަބްދު ﷲ ގެ އަރިހުން ރިވާވެގެން ވެއެވެ.
ޚަންދަޤު ހަނގުރާމައިގެ ދުވަހުގައި ރަސޫލު ﷲ (صلى الله عليه وسلم) ވަރަށް ބޮޑަށް ބަނޑުހައިހޫނުކަމުގެ ޙާލުކޮޅުގައި ވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ އަނބިކަނބަލުން ގާތަށް ގޮސް ދެންނެވީމެވެ. ”ކަމަނާގެ އަތުގައި އެއްވެސް ކާއެއްޗެއް ވޭހެއްޔެވެ؟ ހަމަކަށަވަރުން ﷲ ގެ ރަސޫލާ (صلى الله عليه وسلم) ބަނޑުހައިހޫނުކަމުގެ ޙާލުކޮޅުގައި ވަނިކޮށް ތިމަންކަލޭގެފާނު ދެކެފީމެވެ.“ އެވަގުތު އެކަމަނާ ސާ އެއްގެ މިންވަރަށް ބާރލޭ ފުށް އަޅަފައިވާ ދަބަހެއް ތިމަންކަލޭގެފާނުގެ ގާތަށް ގެނެސްދެއްވެވިއެވެ. އަދި އަހަރެމެންގެ ގޭގައި އޮތް ޅަ ޖަނަވާރެއް ކަތިލީމެވެ. އޭރު ތިމަންކަލޭގެފާނުގެ އަނބިކަނބަލުން ބާރލޭތައް މުގުރާ ނިންމާލައިފިއެވެ.
ނަބީއްޔާ (صلى الله عليه وسلم) ޞަލަވާތް ކިޔެވުމުގެ ފައިދާ
ޅަފުރައިގެ ޒުވާން ފިރިހެނަކު ކަޢުބާގެ ކައިރީގައި އެއްދުވަހަކު ޠަވާފް ކުރަމުން އަދި އޭނާ ޠަވާފް ކުރުމާ އެއްވަރަށް ނަބިއްޔާ (صلى الله عليه وسلم) ގެ މައްޗަށް ޞަލަވާތް ކިޔަމުންދާ މަންޒަރު ފެނި މި މީހާ އާއި ސުވާލު ވެވުނެވެ. ”ތިޔަހާ ގިނައިން ނަބިއްޔާ (صلى الله عليه وسلم) ގެ މައްޗަށް ޞަލަވާތް ކިޔެވުމާއި ބެހޭގޮތުން ތިބާއަށް އެނގެނީ ކިހާ މިންވަރަކަށްހެއްޔެވެ؟“ އެހިނދު އޭނަ ޖަވާބުގައި ބުންޏެވެ.
މަހާނައިން ވާހަކަދެއްކި ޒުވާނާ
ރަސޫލު ﷲ (صلى الله عليه وسلم) ގެ ޒަމާނުގައި އުޅުނު ޒުވާނެކެވެ. ތާއަބަދު މިސްކިތުގައި ވަގުތުތައް ހޭދަކުރާ މީހެކެވެ. ކޮންމެ ރެޔަކުވެސް ޢިޝާ ނަމާދަށްފަހު އޭނާގެ މުސްކުޅި ބައްޕަޔަށް ޒިޔާރަތްކުރުމަކީ އޭނާގެ އާދައެކެވެ. އެއްރެޔަކު މި ޒުވަނާ އާދާއިގެ މަތިން އޭނަގެ ބައްޕައަށް ޒިޔާރަތް ކުރުމަށްޓަކައި ދިޔައެވެ. އަދި ހަމަ މިމަގުން އާންމުކޮށް ދަތުރުކޮށް އުޅޭ ޒުވާން ރީތި އަންހެން ކުއްޖެއް ވިއެވެ.
މުޖާހިދުންގެ ފަރާތުން ފެންނަ ކަރާމާތް
އަފްޣާނިސްތާނުގެ ޖިހާދުގައި ދިމާވެފައިވާ ކަރާމަތާއި އާދަޔާ ޚިލާފު ޙާދިސާތައް ލިޔަންވެއްޖެނަމަ ޖިލްދުތަކަކުން އެކުލަވާލެވިފައިވާ އަގު ބޮޑު ފޮތް މަޢުރަޒެއް ވުޖޫދަށް ގެނެވިދާނެއެވެ. އެހެންކަމުން ކިޔުންތެރިންނަށްޓަކައި ހަމައެކަނި އޭގެ ތެރެއިން ބައެއް ޙާދިސާތައް ލިޔެލާނަމެވެ. މި ޙާދިސާތައް ވިދާޅުވެލެއްވުމުން އެމެރިކާނުންނާއި ދެކޮޅަށް ޠާލިބާނުން އެކުރަމުންދާ ޖިހާދަކީ ޔަޤީނުން ވެސް ޞައްޙަ އަދި ޝަރުޢީ ޖިހާދެއްކަން ވިސްނާވަޑައިގަތުން ތިޔަބޭފުޅުންނަށް ފަސޭހެފުޅުވެ ވަޑައިގަންނަވާނެ އެވެ.