02 ޖޫން 2011 (ބުރާސްފަތި)

ޖިހާދަށް ދިއުމަށްޓަކައި "އަމިއްލަ ނަފްސަށް ފިކުރުކުރުމުގެ" މާނަ އަދި ޖިހާދާއި ދަޢުވަތު އެކަތިކުރާނޭ ގޮތް

ޝާއިޢުކުރީ: ޖިހާދުގެ އަޑު
ތަޤްސީމް:
 
(4 ރޭޓް)

އެންމެހާ ޙަމްދެއްވަނީ ﷲ އަށެވެ.

އަލްއިމާމު މުސްލިމް رَحِمَهُ اللَّهُ تَعَالَى އެކަލޭގެފާނުގެ [ޞަޙީޙު] ގައި ވިދާޅުވިއެވެ: [ބާބު: ޖިހާދުގެ ޙަރަކާތެއްގައި ބައިވެރިނުވެ، އަދި ބައިވެރި ވުމުގެ ނިޔަތެއްވެސް ނެތި މަރުވާ މީހާގެ ކުށްވެރިވުން] އެއަށްފަހު އަބޫ ޙުރައިރާ ( رَضِىَ اللَّهُ عَنْهُ ) އަރިހުން ރިވާކުރެއްވިއެވެ: ﷲގެ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ: « مَنْ مَاتَ وَلَمْ يَغْزُ وَلَمْ يُحَدِّثْ بِهِ نَفْسَهُ مَاتَ عَلَى شُعْبَةٍ مِنْ نِفَاقٍ » [ޖިހާދުގެ ޙަރަކާތެއްގައި ބައިވެރިނުވެ، އަދި (ބައިވެރި ވުމުގެ މައްޗަށް) އަމިއްލަނަފްސަށް ފިކުރުވެސްކޮށްނުލާ މަރުވެއްޖެ މީހާ، އެމަރުވަނީ މުނާފިޤުކަމުގެ ގޮތްޕެއްގެ މަތީގައެވެ.] ޞަޙީޙް މުސްލިމް 3533 ([1] )

އައްނަވަވީ رَحِمَهُ اللَّهُ ވިދާޅުވިއެވެ: [މީގެ މުރާދައަކީ، މިކަން ކުރާ މީހަކު އެއުޅެނީ، މިކަމަށް ނިސްބަތްވާއިރު، ޖިހާދަށް ނުނިކުމެ މަޑުކޮށްގެންތިބޭ މުނާފިޤުން ފަދައިންނެވެ. އެހެނީ ހަމަކަށަވަރުން، ޖިހާދުކުރުމުން އެކަހެރިވެގަތުމީ މުނާފިޤުކަމުގެ ގޮތްޕެކެވެ. މިހަދީޘުން (އެނގިގެންދާ) އަނެއްކަމީ: އަޅުކަމެއް ކުޅައުމަށް ނިޔަތްގަނެފި މީހާ، އެހެނަސް އެކަން ކުރެވުމުގެ ކުރިން މަރުވެއްޖެނަމަ، އެފަދަ ނިޔަތެއްނެތި މަރުވާ މީހާ އާއި އެއްފަދައަށް ކުށްވެރި ވެގެން ނުވާކަމަށެވެ.]

އަދި އައްސިންދީ އެކަލޭގެފާނުގެ [ސުނަނުއް ނަސާއީ] ގެ މައްޗަށްވީ ތަފްސީލުނޯޓުތަކުގައި ވިދާޅުވިއެވެ: [وَلَمْ يُحَدِّثْ بِهِ نَفْسَهُ] ([2] ) މިބަސްފުޅުގެ މާނައީ އެމީހެއްގެ އަމިއްލަ ނަފްސަށް [އަޅެ އަހަންނަށް ހަނގުރާމައިގައި ބައިވެރިވެވޭނެ ނަމައޭ] މިހެން ނުބުނެ ހުރި މީހެކެވެ. ނޫނީ އޭގެ މުރާދަކީ އޭނާ ޖިހާދަށް ދިއުމަށް ނިޔަތް ނުގަނެ ހުރުމެވެ. އަދި ނިޔަތް ގަތުމުގެ ޢަލާމާތަކީ (ތަފާތު) އާލާތްތައް (ހޯދައި) އެއަށް ތައްޔާރުވުމެވެ. ﷲ ވަޙީ ކުރެއްވިއެވެ:

﴿ وَلَوْ أَرَادُوا الْخُرُوجَ لأعَدُّوا لَهُ عُدَّةً ﴾

[އަދި އެމީހުން (ހަނގުރާމައަށް ދިއުމަށް) ޤަސްދުކުރިނަމަ (މާކުރިން) އެމީހުން އެކަމުގެ ތައްޔާރީތައް ކުރީހެވެ.] (سورة التوبة 46)([3] )

އަދި ނަފްސު، ޖިހާދަށްޓަކައި ތައްޔާރުކުރެވޭނޭ އެތަކެއް ގޮތެއްވެ އެވެ. އޭގެ ތެރޭގައި:

ޖިހާދުގެ ފަޟުލުވަންތަކަމާއި އޭގެ ޙުކުމްތައް ދެނެގަތުން، އަދި (ﷲ އަށް) ކިޔަމަންތެރިވުމާއި އަޅުވެތިވުމުގައި ނަފްސު ތައްޔާރުކޮށް، ޤުރުބާނީ ވުމަށް ތަރުބިއްޔަތުވުމާއި، (ނަފްސުގެ) މައްޗަށް (އަނެކުންނަށް) އިސްކަން ދިނުމަށް ގަދައެޅުމާއި، (މުދަލާއި އެނޫން ގޮތްތަކުން) ﷲ ގެ މަގުގައި ހޭދަކުރުމާއި، ހަމައެފަދައިން މުޖާހިދުންނާއި އިސްލާމީ އަބްޠާލުންނާއި އިސްލާމުންގެ ހަނގުރާމަތައް އުނގެނި އަދި ކިޔުން. އަދި ޖިހާދު ކުރުން އުފުލި ޤާއިމްވެ، އަދި އެއަށް ދިއުމުގެ ރާސްތާ ފެނިއްޖެނަމަ، އަދި އެއަށް (މާލީގޮތުންނާއި ޖިސްމާނީގޮތުން) ކުޅަދާނަ ވެއްޖެނަމަ – އެއްވެސް އިޚްތިޔާރެއްނެތި ނިކުންނަން ވާނެކަން – ތަކުރާރުކޮށް އަމިއްލަ ނަފްސަށް ބުނުމާއި، އަދި ކުރިމަތިލުމުގެ ތަންވަޅު ފަސް އެނބުރުމުގެ ކުށާއި ކާފަރުންގެ ކުރިމަތިން ފިލުމުގެ ފާފަ ދެނެގަތުން. ނަބަވީ ސީރަތްޕުޅުގެ މައްކާއާއި މަދީނާގެ މަރުޙަލާތަކާއި، ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ހަނގުރާމަފުޅުތައް ދިރާސާ ކުރުން. އެ (ހަނގުރާމަތައް) ފެއްޓެވީ ކޮންގޮތަކުން ކަމާއި، އަދި އެއަށް ތައްޔާރުވެލެއްވީ ކިހިނެއްކަމާއި، އަސްބާބު ތަކުގައި ހިފެހެއްޓެވިގޮތްތަކެވެ. ޖިހާދުގެ (އެކި) މަރުޙަލާ ތަކުގެ މަސްއަލަ ފަހުމް ކުރުމާއި، އަދި ފެށުންވަނީ ގާތުގައިވާ ޢަދުއްވުން އިސް ކަމަށްވެ، އެއަށްފަހު މުޅި އެންމެހައި މުޝްރިކުތަކުންނަށް އެކީއެއްކޮށް (ޖިހާދު ކުރުމަށް ކުޅަދާނަ މަރުޙަލާއަކަށް) އެބަދަލުވާކަމެވެ. މުނާފިޤުންގެ ޙަރަކާތްތަކަށް ރައްކާވެ ހުރުން، (ޖިހާދުކުރުމުގެ) ހަތަރު ގޮތުގައިވެސް ޖިހާދު ކޮޅަށް ނެގުން: އެއީ އަމިއްލަ ނަފްސާއި ދެކޮޅަށް ޖިހާދު ކުރުމާއި، ޝައިޠާނާއާއި، ކާފަރުންނާއި އަދި މުނާފިޤުންނާއި ދެކޮޅަށެވެ. އަދި އަމިއްލަ ޖާނުން ޖިހާދު ކުރުމާއި އެއްފަދައިން މުދަލުންވެސް ޖިހާދު ކުރުމުގެ އަހައްމިއްޔަތު ދެނެގަތުން.

އޭ އަހަރެންގެ އަޚާއެވެ! ދެނެގަންނާށެވެ. ޖިހާދާއި ދަޢްވަތު އެކަތި ކުރުމަކީ އުނދަގޫކަމެއް ނޫނެވެ. އެހެނީ އެއިން ކޮންމެ އެއްޗަކަށްވެސް ވަޤުތަކާއި ތަންވަޅެއްވެއެވެ. އަދިކިއެއްހެއްޔެވެ؟ މުސްލިމުންގެ މުޖާހިދުންގެ ފުތޫޙާތްތަކުގައި، ހަނގުރާމައިގެ ކުރިން، ﷲ (ގެ އެއްކައުވަންތަކަމަށް) މީސްތަކުންނަށް ދަޢްވަތުދެއެވެ. އަދި ބިމެއް ފަތަޙަ ކުރެވިއްޖެނަމަ، އޭގެ އަހުލުންނަށް ދަޢްވަތުދީ އިސްލާމްދީން އުނގަންނައި ދެއެވެ. އަދި ޖިހާދުގެ ވަޤުތު ނޫން ވަޤުތުގައި – ހަނގުރާމައެއް ނުވާހިނދު އަދި ހުޅުވިފައިވާ ޖިހާދުގެ ބިމެއް ނުވާހިނދު – ދަޢްވަތު ދިނުމުގެ ދޮރުތައް ހުޅުވިފައިވެއެވެ. އެއީ ފުޅާވެގެންވާ ދަޢްވަތުގެ ޖަގަހައިން: އަނބިންނާއި، ދަރިންނާއި ގާތްތިމާގެ މީހުންނާއި އެކުވެރިންނާއި އަވަށްޓެރިންނާއި މުސްލިމުންގެ ޢާންމުންތަކުންނާއި އަދި މުސްލިމު ނޫން މީހުންނަށެވެ. އެއީ ޙިކުމަތާއި، ރިވެތި ޚުޠުބާތަކާއި، ހެޔޮ ވެގެންވާ ގޮތުގައި ކުރެވޭ ޖަދަލުންނެވެ.

ﷲ އަހަރެމެންނާއި ތިބާ، އެއިލާހު ލޯބިވެވޮޑިގަންނަވާ އަދި ރުއްސަވާވޮޑިގަންނަވާ ކަންކަމަށް މަގުފަހި ކުރައްވާށިއެވެ. އަދި އަހަރެމެންގެ މުޙައްމަދު ނަބިއްޔާއަށް ޞަލަވާތް ލައްވާށިއެވެ.

ތަރުޖަމާ: “ޖިހާދުގެ އަޑު”

އަލް އިސްލާމް، ސުވާލާއި ޖަވާބު

އައްޝެއިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު

ސުވާލު 2606#

މަޞްދަރު: އިސްލާމް QA.

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 02 ޖޫން 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.