08 މާރޗް 2011 (އަންގާރަ)

ފަސޭހަ ބަދަލުތަކަކާއި އެކު ﷲގެ ރަޙްމަތުން ދީން.އިންފޯ ވުޖޫދަށް ނިކުމެއްޖެ.

ހިމެނޭ ބައި: ދެންނެވުން
 
(13 ރޭޓް)

އަޅުގަނޑުމެންގެ ވެބްސައިޓަށް ދީން.އިންފޯގެ ނަމުގައި މި ގެނެވުނު ބަދަލުތަކަކީ ކިޔުންތެރިންނަށް ފަސޭހަކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައި ގެނެވުނު ހެޔޮ ބަދަލުތަކެކެވެ. މި ފަހަރުގެ ބަދަލުތަކުގެ ސަބަބުން ކިޔުންތެރިންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އެގޮތުން އެކިއެކި ދާއިރާތަކުގެ ލިޔުންތައް އެއް ނަޒަރަކުން ފެނިވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން ވަކި ޢިލްމުވެރިއެއްގެ ލިޔުއްވުން ހޯއްދަވަން ބޭނުންފުޅުނަމަ، އެކަންވެސް ވަރަށް ފަސޭހައިން ވާނޭގޮތް މިފަހަރުގެ ބަދަލުތަކުގެ ތެރޭގައި ހިމެނިފައިވެއެވެ. އަދި ހަމައެހެންމެ މިފަހަރުގެ ޚާއްޞަ ބަދަލުތަކުގެ ތެރޭގައި ބެލުންތެރިންގެ ޚިޔާލާއި ކޮމެންޓު ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ.

އެނގިވަޑައިގަންނަވާނޭފަދައިން އަޅުގަނޑުމެންގެ މި ވެބްސައިޓުގެ މައިގަނޑު މަޤްޞަދަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ޝަރުޢު ކުރެއްވެވި ފުރިހަމަ އިސްލާމްދީނުގެ ދަޢްވަތު އެ ދީނުގެ ފުރިހަމަކަމަށް އެއްވެސް އުނި ކަމެއް ނުގެނަސް މީސްތަކުންނަށް ހުށަހަޅައިދޭން މަސައްކަތް ކުރުމެވެ. މިގޮތުން އަޅުގަނޑުމެން މަސައްކަތް ކުރަނީ އަޅުގަނޑުމެންނަށް ވީވަރަކުން އިސްލާމް ދީނުގެ މާއްދާތައް އެކީއެކަށް إنشاء الله ހުށައަޅާދެވޭތޯއެވެ.

ލޮބުވެތި ކިޔުންތެރިންގެ ފަރާތުން އަޅުގަނޑުމެން އިލްތިމާސްކުރަނީ އަޅުގަނޑުމެންގެ ވެބްސައިޓުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންގެ އެހީތެރިކަމަށް އަޅުގަނޑުމެން ވަނީ ބޭނުންވެފައިކަމެވެ. އެގޮތުން ބިނާކުރަނިވި ފާޑުކިޔުމަކީ އަޅުގަނޑުމެން އުފަލާއެކު ޤަބޫލުކުރާނޭ ކަމެކެވެ. މީގެ އިތުރުން އަޅުގަނޑުމެންގެ މި ވެބްސައިޓު ހިންގުމުގެ މައިގަނޑަކީ ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުން ކަމުން މިހާރުވެސް މި ވެބްސައިޓަށް އެކިއެކި ލިޔުއްވުންތައް ފޮނުވަމުންދާ ފަދައިން ކުރިއަށްއޮތްތާގައިވެސް ތިޔަ އެހީތެރިވެދިނުން އިތުރުވެގެން ދިޔުމަށް އަޅުގަނޑުމެން އުއްމީދު ކުރަމެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ މި ވެބްސައިޓް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތަކީ ﷲ ތަޢާލާގެ ހަޞްރަތުން ޤަބޫލުފުޅު ކުރައްވަނިވި ޢަމަލެއްކަމުގައި ލައްވަވާ މި މަސައްކަތުގައި އެއިލާހުގެ ބަރަކާތްލެއްވުމަށެވެ.

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 08 މާރޗް 2011         

މިލިޔުމަށް ލިބިފައިވާ ޚިޔާލުތައް…  

 
+10 #1 އަބަު ހަސަން 2011-03-08 19:20
އަޅުގަނޑުގެ ދުޢާއަކީ، ތިބޭކަލުން ތިކުރައްވާ މަސައްކަތުގައި ﷲ ތައާލާ ބަރަކާތް ލެއްވުން!
ޚިޔާލެއް!
 
 
+7 #2 އަބޫ އަބްދުﷲ 2011-03-09 01:51
ތިޔަ އަޚުންނާ އުޚްތުނަށް ހެޔޮޖަޒާ ﷲ ދެއްވާށި. ދުޢާއަކީ ތިޔަމަސައްކަތުގައި ކުރިއަށް ދިއުމުގެ ނަސީބު މިންވަރުކޮށްދެއްވުން. އާމީން.
ޚިޔާލެއް!
 
 
+5 #3 އަބޫ ޖައްރާހް އަލް މުހާޖިރް 2011-03-09 23:04
ވަރަށް ސަޅި، އަދި ކުރިޔަށްވުރެ ރަންގަޅުވާނެކަމަށް ހީކުރަން……..އަޅުގަނޑު ވަރަށް ހިންހަމަ ޖެހޭ ތިޔަ ބޭފުޅުން މިއުއްމަތުގެ ހަބަރުތައް އޭގެ ތެދު އަދި މީޑިޔާއިން ފަތުރާ ދޮގުތަކައް ނުހިމަނާ ފުރިހަމަޔަށް ގެނެސްދޭތީ……..މާތްﷲ ބަރަކާތް ލައިވާށި…….އާމީން
ޚިޔާލެއް!
 
 
+2 #4 ޙަނީފް 2011-03-13 20:58
މިވެބްސައިޓު ހިންގެވުމުގައި އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަށް ފަށްފަށުން ޝުކުރުދަންނަވަން. އަޅުގަނޑުގެ ނަޒަރުގައި މިއީ މަޢުލޫމާތު މުއްސަނދިވެފަ ހުޅަނގަށް ނުލެނބިތިބެ ޚަބަރު ގެނެސްދޭ ސައިޓެއް. އަދި ހޭލުންތެރިނުވާ ވަރަށް ގިނަ މައްސަލަތައް އޮޅުންފިލާ. އަދިވެސް ޝުކުރިއްޔާ.
ޚިޔާލެއް!
 
 
0 #5 ފޭންޕޭޖް 2011-04-28 02:32
ދުޢާ ޕޭޖެއް ލައިދިނުމަށް ބައެއް އަޚުން އެދޭ، ޢަރަބި އަދި ދިވެހިމާނަ ހިމެނޭގޮތަށް، ދެން ޑެއިލީކޮށް ނުވަތަ މުސަލްސަލްކޮށް އަޕްޑޭޓް ކުރެވޭގޮތަށް… ޚިޔާލެއް. ޖަޒާކުމުﷲ ޚައިރަން…
ޚިޔާލެއް!
 

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.