08 މޭ 2011 (އާދީއްތަ)

ޝައިޚް އުސާމާ ބިން ލާދިން (رحمه الله) ޝަހީދުވެއްޖެ!

ޝާއިޢުކުރީ: ޚަބަރު ސެކްޝަން
ހިމެނޭ ބައި: އަފްޣާނިސްތާން
 
(15 ރޭޓް)
ޝައިޚް އުސާމާ ބިން ލާދިން (رحمه الله) އަކީ ﷲގެ މަގުގައި ޢަދުއްވުންނާ ދެކޮޅަށް ޖިހާދުކުރައްވުމުގައި ކުރިހޯއްދެވި ހިއްވަރުގަދަ ބަޠަލެއް. ﷲ ޝައިޚްގެ ޝަހާދަތު ޤަބޫލުކޮށްދެއްވާށި! އާމީން

ﷲގެ އިސްމުފުޅުން ފަށަމެވެ. (އެއިލާހީ) އެންމެ ރަޙްމާންވަންތަ އެންމެ ރަޙީމްވަންތަ އިލާހެވެ.

مِنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ فَمِنْهُمْ مَنْ قَضَى نَحْبَهُ وَمِنْهُمْ مَنْ يَنْتَظِرُ وَمَا بَدَّلُوا تَبْدِيلا

“ﷲއަށް އެބައިމީހުން ޢަހުދުވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއ މުއުމިނުންގެ ތެރެއިންވެއެވެ. ފަހެ، އެބައިމީހުންގެ ތެރެއިން (ޝަހީދެއްގެ ގޮތުގައި) މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި (ޝަހީދުވުމަށް) އިންތިޒާރުކުރާ ބަޔަކުވެސް އެބައިމީހުންގެ ތެރެއިން ވެއެވެ. އަދި އެބައިމީހުންގެ (އެ ޢަހުދަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެއެވެ.” (ސޫރަތުލް އަޙްޒާބު: 23)

ޢަދާވާތްތެރި މުޝްރިކުންނާ ދެކޮޅަށް އިސްލާމީ ޖިހާދު ކުރެއްވުމަށް ގޮވާލެއްވި، ޝައިޚް އުސާމާ ބިން ލާދިން، އެމެރިކާގެ ޢުދުވާނީ ސިފައިންގެ ޙަމަލާއެއްގައި، ﷲގެ އިޛުނަފުޅާއިއެކު ޝަހާދަތު ޙާޞިލްކޮށްފިއެވެ. (އަހަރެމެންނަކީ ﷲގެ މަޚްލޫޤުންނެވެ. އަދި އަހަރެމެން އެނބުރިދާހުށީ އެއިލާހު ޙަޟްރަތަށެވެ.)

އަފްޣާނިސްތާނުގެ އިސްލާމީ އިމާރާތުން، ޝަހީދުގެ އާއިލާއަށާއި، އެކުގައި މަސައްކަތްކުރެއްވި ބޭކަލުންނަށާއި، ޙައްޤު މަގުގައި ހަނގުރާމަކުރެއްވި މުޖާހިދުންނަށާއި އަދި އިސްލާމީ އުއްމަތަށް، މި ބޮޑު ހިތާމައިގެ ސަބަބުން ފުންކޮށް ތައުޒިޔާ ރައްދުކުރަމެވެ. އަހަރެމެން ﷲގެ ޙަޟްރަތުން އެދެނީ، އެއިލާހުގެ ޙަޟްރަތުގައި، (މި) ޝަހީދުގެ ޤުރުބާނީ ޤަބޫލުކުރެއްވުމަށެވެ. ދީނީ ޖިހާދުގެ ބަރަކާތުގެ އަޘަރާއި އަދި (މި) ޝަހީދުގެ ޝަހާދަތުގެ ސަބަބުން، އިސްލާމީ އުއްމަތުގެ އަޒްމަތުގެ މިޙާލަތުން، ﷲ (މި އުއްމަތް) މިންޖުކުރައްވާށިއެވެ.

ޝަހީދު (އުސާމާ ބިން ލާދިން) ވަނީ ސޯވިއެޓުންގެ ޢުދުވާނާއި ދެކޮޅަށް، އަފްޣާނިސްތާނު ރައްޔިތުންނާއެކު ކޮނޑާއި ކޮނޑު ޖައްސަވައިގެން ހުންނަވާ، ނުހަނު އިޚްލާޞްތެރިކަމާއި ހިއްވަރާއެކު ޖިހާދުކުރެއްވުމުގައި ބައިވެރިވެލައްވާފައެވެ. އިސްލާމީ އުއްމަތުގެ ތާރީޚު އަބަދުވެސް ފަޚުރުވެރިވާނެ ފަދަ އެތައް ޤުރުބާނީތަކެއް މިމަގުގައި ޝައިޚް ވަނީ ދެއްވަވާފައެވެ. ޝައިޚް އުސާމާ ބިން ލާދިން އަކީ، މުސްލިމުންގެ ފުރަތަމަ ޤިބްލަ، އިސްތިއުމާރު ކުރެވިފައިވާ ފަލަސްޠީނުގެ އަލް-އަޤްޞާ މިސްކިތް، އަނބުރާ ހޯދުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގައި ޢާއްމުކޮށް އިޢުލާނުކުރައްވަން ނިކުމެވަޑައިގެން ހުންނަވާ އެކަމަށް ހިތުގެ އަޑިން އެދިވަޑައިގެން ހުންނެވި ބޭކަލެކެވެ. ޝައިޚަކީ، އިސްލާމީ ދުނިޔޭގެ ތެރޭގައި ނަޞާރާއިންނާއި ޔަހޫދީން ހިންގަމުންދާ އަނިޔާވެރިކަމާއި ދެކޮޅަށް، ވަރުބަލިފުޅު ވެލެއްވުމެއްނެތި ހަނގުރާމަކުރެއްވި ބޭކަލެކެވެ. އަދި މިމަގުގައި ކުރެވެން އޮތް އެއްވެސް މަސައްކަތެއް ދޫކޮށެއް ނުލައްވައެވެ. އިސްލާމްދީނާއި ދެކޮޅަށް ޢަދާވާތްތެރިވުން އިޙްސާސްކުރެވުނު މި މުޖާހިދުގެ ޙަޔާތަކީ، ވަރުބަލިކަމާއި، ޤުރުބާނީތަކާއި، ބުރަތައް އެކުލެވިގެންވާ ޙަޔާތެކެވެ. އިސްލާމްދީނުގެ ތާރީޚް، އެފަދަ ބޭކަލުންގެ ހަނދާންތައް އަބަދުވެސް ދިރުވާނެއެވެ.

ޖިހާދުގެ މަގަކީ އަދި އިސްލާމްދީން ދިފާޢުކުރުމަށް އޮތް މަގަކީ، ޤުރުބާނީތަކާއި ޝަހީދުވުންތަކުން ފުރިގެންވާ މަގެކެވެ. މިމަގަށް ތަބަޢުވާ އެހެނިހެން މީހުންނެކޭ އެއްފަދައިން، ޝައިޚް އުސާމާ ބިން ލާދިންވެސް އެދިލައްވަމުން ގެންދެވީ ﷲގެ މަގުގައި ޝަހާދުވެލެއްވުމަށެވެ. ޝައިޚްގެ އުއްމީދާއި ހަމައަށް ވާޞިލްވެލެއްވީ، ޝައިޚްގެ ޙަޔާތުގެ އެންމެ ފަހު ވަގުތުތަކުގައިވެސް، ހިއްވަރާއި، އިޚްލާޞްތެރިކަމާއި އަދި އިލްތިޒާމާއި އެކުގައެވެ.

ޝައިޚް އުސާމާ ބިން ލާދިންގެ ޝަހާދަތާއި ވިދިގެން، އަފްޣާނިސްތާނާއި އިސްތިޢުމާރު ކުރެވިފައިވާ އިސްލާމީ ޤައުމުތަކުގެ މުޖާހިދުންގެ ޞަފުތަކުގެ ރޫޙު ގެއްލިގެންދާނެކަމުގެ އުއްމީދުގައި، ޢުދުވާނީ އެމެރިކާނުންނާއި އެމީހުންގެ އެކުވެރީން ވާނަމަ، އެކަމުން އަންގައިދޭނީ އެބައިމީހުންގެ ދެނެގަތުމުގެ ކޮށިކަމެވެ. ޖިހާދުގެ ގަސް އަބަދުވެސް އަންނަނީ ބޮޑުވެ، ފައްކާވެ، ސާފު ލޭ ދިނުމުގެ ސަބަބުން މޭވާ އެޅަމުންނެވެ. ޝަހީދެއްގެ ޝަހާދަތުގެ ސަބަބުން، އެފަދަ އެތައް ސަތޭކަ ބަޔަކަށް، ޝަހީދުވުމާއި ޤުރުބާންވުމުގެ މައިދާނަށް މަގު ދައްކުވައިދެއެވެ.

އަފްޣާނިސްތާނުގައި މިއަދު ކުރެވެމުންދާ ޖިހާދަކީ، އުފެދިގެން އައީ ޢާޢްމުންގެ ތެރެއިންނެވެ. އަދި ތަމްސީލުކޮށްދެނީ ފަޚުރުވެރިވެފައިވާ މީސްތަކުންގެ އުއްމީދުތަކެވެ. ހިއްވަރުގަފަ ފަހުލަވާނުންގެ މި ބިމުގައި، އިސްތިޢުމާރީންގެ އެންމެ އެތިފަހަރެއްގެ ސަބަބުން (އެހެންމީހުންނާމެދު) ރަޙުމް އުފެދި، (އެއަށް ވުރެ އަވަސް އެތިފަހަރެއް) އަނބުރާ ޖެހުމުގެ ރޫޙު އުފައްދައިދެއެވެ. ބަރާއި އަނިޔާވެރިކަމަށް ލެނބޭބައެއް ކަމުގައި މުޖާހިދުންވީނަމަ، ޢަސްކަރީ ގޮތުން ގޮތްދައްކައިގެންނާއި އަދި މިދިޔަ ދިހައަހަރު ތެރޭ އެމެރިކާނުން ދޫކުރި ޝައިޠާނީ ސިއްރު ރޭވުންތަކުންވެސް، އޮޅުވާލެވިދާނެ ގޮތެއް އެބަ އޮތްތޯއެވެ؟ އެކަމަކު ޙަޤީޤަތަކީ، ބާރުގެ ބޭނުންކުރުމުން މިތަނުގައި (އަފްޣާނިސްތާނުގައި) އެއާ އިދިކޮޅަށް ނަތީޖާ ނިކުންނަ ކަމެވެ. މި މަޝްހޫރު ޙަރަކާތް ބުރެކެޓު ކުރެވޭނީ “އެސްފިރީން” އެއްގެ ސިފައިގައެވެ. އެއަށް ފިތާލައިފިނަމަ، ހަމަ އެފަދަ ބާރަކާއެކު ފުއްމައިގެން އާދެއެވެ.

ޝައިޚް އުސާމާ ބިން ލާދިން ޝަހީދުވުމާއި ގުޅިގެން، ޖިހާދުގެ މި ނުރައްކާތެރި ދަނޑިވަޅުގައި، ޢަދުއްވުންނާ ދެކޮޅަށް އަދު މިކުރެވޭ ޖިހާދަށް އައު ހިއްވަރެއް ލިބިގެންދާނެ ކަމަށް، އިސްލާމީ އިމާރާތުން ޤަބޫލުކުރެއެވެ. ޖިހާދުގެ ރާޅުތައް ވަރުގަދަވެ ފުޅާވެގެން ދާނެ ކަމަށެވެ. ﷲގެ އިޛުނަފުޅާއެކު، ކުރިއަށް އޮތްތާގައި، އެކުވެރީންނަށާއި ޢަދުއްވުންނަށް، މިކަން ޘާބިތު ވެގެންދާނެ ކަމަށެވެ.

އިފްޣާނިސްތާނުގެ އިސްލާމީ އިމާރާތުގެ ޝޫރާ މަޖްލިސް

މަޞްދަރު: އަފްޣާނިސްތާނުގެ އިސްލާމީ އިމާރާތުގެ ޚަބަރުތަކުން

  •   އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!
މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 08 މޭ 2011         

މިލިޔުމަށް ލިބިފައިވާ ޚިޔާލުތައް…  

 
+23 #1 އިބްނި އާދަމް 2011-05-08 09:51
ޝައިޚަށް ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވާށި، އާމީން
ޚިޔާލެއް!
 
 
+23 #2 އަލްއިންސާފް 2011-05-08 09:57
***عشتَ حميداً ومتَّ شهيد***
ތިބާ ދިރިއުޅުނީ ޙަމްދު ހުރިގޮތުގައެވެ…. އަދި އަވަހާރަވީ ޝަހީދެއްގެ ގޮތުގައެވެ…
إن العين لتدمع
وإن القلب ليحزن
وإنا على فراقك لمحزونون
نسأل الله ان يرحمه ويتقبله في الشهداء ويجمعه بالنبيين والصديقين والشهداء
ﷲ ޙަޟުރަތުން، ޝެއިޚް ރަޙްމަތްލައްވައި ޝަހީދުންގެ ތެރޭން ލައްވަވައި، ނަބިއްޔުންނާއި ޞިއްދީޤުންނާއި ޝަޙީދުންނާ އެކު ލެއްވުމަށް އަޅަމެން އެދެމެވެ.
هنيئا لك الشهادة كما نحسبك يا اسد الاسلام…
ޚިޔާލެއް!
 
 
+21 #3 ޖަބީން 2011-05-08 10:04
ޝަހީދުވުމަށްވުރެ ބޮޑު އުފަލަކީ ކޮން އުފަލެއް؟ ރަސޫލުﷲ ޙަދީޘް ބަސްފުޅުތަކުން އެނގޭ ގޮތުގައި އެކަލޭގެފާނު ޝަހީދުވުމަށް ނުހަނު ލޯބިކުރެއްވި، ހުދު އެކަލޭގެ ފާނު ލޯބުކުރެއްވި މަގުގައި ދެވިއްޖެނަމަ އެއަށްވުރެ ބޮޑު އުފަލަކީ ކޮންއުފަލެއް؟ ރަސޫލުންނާއި ނަބިއްޔުންނާއި ޞިއްދީޤުންނާއި ލޮބުވެތިކަން ބޮޑު މުއުމިން އަޅުންތަކުންނާއި އެކު ޝަރަފްވެރިކަމާއި އެކު ސުވަރުގޭގައި ﷲ ގެ ރުހިވޮޑިގަތުގައި ވުމަށްވުރެ ބޮޑު އުފަލަކީ ދުނިޔޭގެ ފަނާވެ ދަނިވި އުފާތޯ؟ ޝަހީދުންގެ މަޤާމަކީ އަހަރުމެންގެ ތަޞައްވުރުން ބޭރުގައި ﷲ ދެއްވާ ބޮޑުވެގެންވާ ނިޢުމަތް ތަކެއް، އެނިޢުމަތް ތަކަށް ދަހިވެތިވި ޝައިޚަށް ﷲ ނިޢުމަތުގެ ގޯތި ދެއްވާށި އާމީން
ޚިޔާލެއް!
 
 
+26 #4 ޖިހާދުގެއަޑު، އަބޫ ޒުބައިދާ 2011-05-08 10:08
“އެމެރިކާނުން ޢަބްދުﷲ ޢައްޒާމް رحمه الله وتقبّله އިހު ޤަތުލު ކުޅައެވެ. އަދި އުސާމާ އެބޭފުޅާގެ ފަހަތުން ތެދުވެވަޑައިގެންނެވިއެވެ. އެއުރެން ޢިރާޤަށް ވަނެވެ. އަދި އެއުރެންގެ ކަރުތައް ކެނޑުމަށްޓަކައި ޒަރުޤާވީ ތެދުވެވަޑައިގެންނެވިއެވެ. އަދި އެބޭފުޅާއަށްފަހު އަލްމުޙާޖިރާއި އަލްބަޣްދާދީއެވެ. އެއުރެންވެސް ޤަތުލުކުރެވުނެވެ. އަދި (އެހެނަސް) ޖިހާދަށް މެދުކެނޑުމެއް ނުވިއެވެ. ރަޝިޔާނުން ޚައްޠާބު ޤަތުލު ކުޅައެވެ. އަދި ޝަމީލް ތެދުވެވަޑައިގެންނެވިއެވެ. އެއުރެން ޝަމީލު ޤަތުލު ކުޅައެވެ. އަދި އަލްޣާމިދީ އެބޭފުޅާއަށްފަހު ތެދުވެ ވަޑައިގެންނެވިއެވެ. އެއުރެން އަލްޣާމިދީ ޤަތުލު ކުޅައެވެ. އަދި ޤައުޤާޒް ޖިހާދީ އިސްލާމީ އިމާރާތެއްގެ ދަށަށް އެލަތިވިއެވެ. އެއުރެން ސޯމާލިއާގެ އިސްލާމީކޯޓްސް ފަސާދަކުޅައެވެ. އަދި ޙަރަކަތުލް ޝަބާބުލް މުޖާހިދީން އޭގެ ރަޙިމުން ނިކުތެވެ. އެހެންކަމުން އިސްލާމީ އުއްމަތްވަނީ ވަކި ފަރުދުންތަކަކަށް އެކަނި ޚާއްޞަވެފައެއް ނޫނެވެ. އަދި ޝަޚްޞުން ޤަތުލު ކުޅައުމަކީ އިސްލާމީ އުއްމަތުގެ މައްޗަށް ލިބޭ ނަޞްރެއްވެސް ނޫނެވެ.(އިބްނު މަޙްމޫދު)” ﷲ ތިބާއާއި އަޅަމެން ދާއިމީ އިއްލިއްޔީނުން ބައްދަލުކުރައްވާށި.
ޚިޔާލެއް!
 
 
+27 #5 ޖިހާދުގެއަޑު، އަލްދިޔަމިޤިލި 2011-05-08 10:33
ހަމަކަށަވަރުން ލޯ އޭގެ ކަރުނަ އަޅައެވެ. ހިތް އޭގެ ވޭންއަޅައެވެ. އަދިތިބާއާއި ވަކިވުމީ އަހަރެމެންގެ ހިތާމައެވެ. އޭ ޝެއިޚެވެ! ﷲ ތިބާ މަތިވެރިކުރައްވައިފިއެވެ. ފަހެ އަޅަމެންނާއި ތިބާ ޖަންނަތުގެ ޝަހީދުން ތެރޭން އެއިލާހު ބައްދަލުކުރައްވާށިއެވެ…

ފަރުޟަށް މިވީއަދު ޖިހާދު * ކުރުމަށް މިއުއްމަތް ދިފާޢު
ދޮގަކަށް މިބަސްބުނި ހިމާރު * ޗަކަހަށް ތިކެހުނީ ކިލާބު
ފަހަތަށް ޖެހޭނަމަ މިހާރު * ޙުކުމަށް ވަނީއަދު ނިފާޤު
މަގަކަށް ނަގާތެދު ކިތާބު * ނުވައެއް އެތައުބާ މިސާލު
ނިމުމެއް ނުވޭބަލަ ޤިތާލު * ބެލުމަށް ދާންދެން ހިސާބު
ޝަރަފަށް ވަނީއަދު ޙިޞާމު * އަޖުރަށް އެލިޔެވޭ ރިބާތު
ގުގުމަށް އިލާހީ ޝިޢާރު * ޤަތުލަށް ވަނީއަދު ފިކާރު
ނެގުމަށް މިދީނީ މިނާރު * ވެދުމަށް އެދެންއަދު ފިދާއު
ގަނޑަކަށް ނުވޭހަމަ ދިމާއު * ފެނެޔޭ ޝަހީދަށް ޖިނާނު
ވަޢްދެއް މިއީހަމަ އިލާހު * ނެގުމަށް އެހަތްދިހަ ޚިޔާރު
ހިތަކަށް ނުވާފަދަ ޚިޔާލު * ލިބުމަށް ބަހަތްތަރި ވިދާދު
އުފަލެއް މިއަށްވުރެ ބިޝާރު * ފެނުމަށް މުކައްމަލު އިލާހު
ޢަޤުދަށް ނުވޭބަލަ ޚިލާފު * ރުހުމަށް އެމަތިވެރި އިލާހު
ޚިޔާލެއް!
 
 
+19 #6 އިބްނި ހުސޭނު 2011-05-08 14:32
ޝައިޚްއަށް މާތް ﷲ ރަޙުމަތް ލައްވާށި. އާމީން
ޚިޔާލެއް!
 
 
+8 #7 އަހުމަދު 2011-05-08 20:27
“އެހެންކަމުން ލެއަށްވަނީ ލެއެވެ. އަދި ހަލާކަށްވަނީ ހަލާކެވެ. އަދި އަހަރެންގެ ހުވާ ތަކުރާރުކުރަމެވެ. ﷲ ގަންދީ ބުނަމެވެ. އަހަރެމެން އަހަރެމެންގެ ކަކޫތަކުން ފިރުކިފައި ދާން ޖެހުނު ކަމުގައިވިޔަސް، އަހަރެމެން ތިޔަބައިމީހުންނަށް މަދަދެއް ދޭނަމެވެ. ހަމްޒާ ބިން ޢަބްދުލް މުއްޠަލިބް (رضى الله عنه) ދެކިލެއްވި އެއްޗެއްގެ (ޝަހާދަތުގެ) ރަހަ ދެކިއްޖައުމަށް ދާންދެނެވެ.” -ޝައިޙުލް މުޖާހިދު އުސާމާ ބިން ލާދިން (رحمه الله)-
ޚިޔާލެއް!
 
 
+10 #8 އާޒިމް ޡާހިރު 2011-05-08 20:48
ޝެއިޚް ދަހިވެތިވި ޝަހާދަތު ޝެއިޚުއާއި ބައްދަލުކޮއްފި! ކިހާ އުފާވެރި ނިމުމެއްތޯ…. مِنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ فَمِنْهُمْ مَنْ قَضَى نَحْبَهُ وَمِنْهُمْ مَنْ يَنْتَظِرُ وَمَا بَدَّلُوا تَبْدِيلا (ސޫރަތުލް އަޙްޒާބު: 23) މަތިވެރި ﷲ ތަޢާލާ ޝެއިޚަށް ހެޔޮ ރަޙްމަތް ލައްވާށި! އަދި އިބަ އިލާހުގެ މިދީނުގެ ދިފާއުގައި ޖިހާދު ކުރައްވާ މުޖާހިދުންނަށް ނަޞްރު ދެއްވާދޭނވެ! އާމީން
ޚިޔާލެއް!
 
 
+7 #9 މުހަންނަދު ބިން މުހައްމަދު 2011-05-08 20:51
ޝާއިރަކު ވިދާޅުވެފައިވެއެވެ.

“ހަމަކަށަވަރުން ޝަހީދުން ވަނީ ނޫރެއް ލެއްވި އަލިކުރެވިގެންނެވެ. އަހަރެމެންގެ މަގަކީ އަލިކަމާއި އަލިފާނުގެ މަގެވެ.
އޭނާ ދުސްމަނުންނަށް ހަމަލާ ދީފިއެވެ.
އަދި ރަސޫލާ (صلى الله عليه وسلّم)ގެ މަގަށް ތަބަޢުވެއެވެ.
އަދި ދާއިމީ ބަޤީޗާތަކުގައު އޭނާ ދަނީ ވިދަމުންނެވެ.
އެހެނީ އެއީ ޝަހީދުން ދިރިއުޅޭ ގޮވައްޗެވެ.
އަދި އެއީ ލައްޒަތާއި އަޖުރާއި ގާތް ކުރެއްވުމެކެވެ.”
ޚިޔާލެއް!
 
 
+8 #10 އަބޫ ޔޫސުފް 2011-05-10 16:31
” އޭ އަހުރެންގެ އަޚާ އެވެ! ތިބާ ތިޔައީ ވަރުގަދަވެގެންވާ ބާރެކެވެ. ތިބާގެ ވަޒީފާ އަކީ ހަނގުރާމަ ކުރުމެވެ. ތިބާގެ މަރަކީ ތިބާގެ ސުވަރުގެ ކަމުގައި ވާއިރު ތިބާ އެކަމާއި ބިރުގަންނަނީ ކީއްވެތޯއެވެ؟ ” = ޝައިޙުލް މުޖާހިދު އުސާމާ ބިން ލާދިން (رحمه الله) =
ޚިޔާލެއް!
 

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.