03 އޭޕްރީލް 2011 (އާދީއްތަ)

ބަލިވުމާއި އޭގެ ފަރުވާ.

ޝާއިޢުކުރީ: އަބޫ ދުޖާނާ
ހިމެނޭ ބައި: ޢިބްރަތްތެރި ވާހަކަ
 
(0 ރޭޓް)

މުޙައްމަދު ބިން ސައްމާކު ރިވާކުރެއްވިއެވެ. “ގިނައިން އަޅުކަމުގައި އުޅޭ އަޅުވެރިންނަށާއި، މިދުނިޔޭގެ ޒީނަތަށް ނުރުހުންތެރިވެ، އަދި އާޙިރަތަށް އެދި އަޅުކަންކޮށް އުޅޭ މީހުންނާއި ގިނަގިނައިން ގުޅުން ބާއްވައިއުޅެމެވެ. އައްބާދަން (މިހާރު ހުންނަނީ އިރާންގައެވެ.) ގައި މިފަދަ މީހަކު އުޅޭކަމުގެ ޚަބަރު ލިބުމާއި އެކު އޭނާއާއި ބައްދަލު ކުރުމަށްޓަކައި އަހަރެން ދަތުރު ފެށީމެވެ. އަހަރެންނަށް އެމަންޒިލާއި ހިސާބަށް ދެވުމާއި އެކު އޭނާގެ ގެ ކޮބައިތޯ އަހައި، އެގެއަށްގޮސް އެގޭގެ ދޮރުގައި ޓަކި ޖަހައިލީމެވެ. އެވަގުތު ޒުވާން އަންހެން އަޅަކު އައިސް ދޮރު ހުޅުވާލުމަށްފަހު އަހައިލިއެވެ. “ތިބާގެ މަސައްކަތަކީ ކޮބައިތޯއެވެ؟”

أَمْ حَسِبَ الَّذِينَ اجْتَرَحُوا السَّيِّئَاتِ أَنْ نَجْعَلَهُمْ كَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَوَاءً مَحْيَاهُمْ وَمَمَاتُهُمْ سَاءَ مَا يَحْكُمُونَ (٢١)

މާނައީ: “ނުބައިކަންތައް ކުރިމީހުން، އީމާންވެ ޞާލިހު ޢަމަލުތައް ކުރި މީހުންނާއި އެއްފަދަ ކަމުގައި ތިމަންއިލާހު ލައްވާނެކަމަށް (އަދި) އެއުރެންގެ ދިރިތިބުމާއި، މަރުވުން، ހަމަހަމަ ވެގެންވާކަމަށް އެބައިމީހުން ހީކުރަނީހެއްޔެވެ؟ އެބައިމީހުންކުރާ ޙުކުމް ހާދަހާ ނުބައިވެގެންވެއެވެ.” (سورة الجاثية : 21)

އަހަރެން އޭނާއަށް ސަލާމް ގޮވުމުން އޭނާވެސް އަހަރެންނަށް ސަލާމް ގޮވާލިއެވެ. އަދި އަހަރެންގެ ނަމާއިމެދު ސުވާލު ކުރިއެވެ. ޖަވާބުގައި އަހަރެން ބުނީމެވެ. “މުޙައްމަދެވެ.”

“ތިޔައީ ކާކުގެ ދަރިއެއްތަ؟”

“އައް ސައްމާކުގެ ދަރިއެއް” އަހަރެން ޖަވާބު ދިނީމެވެ.

“އެހެންވީއިރު ތިޔައީ މަޝްހޫރު ޝައިޚު ދޯއެވެ؟” އޭނާ އަހައިލިއެވެ.

“އާދޭހެވެ.” އަހަރެން ޖަވާބުގައި ދިނީމެވެ.

“އަހަރެން ދެކޭ ގޮތުގައި ޝައިޚުންނަކީ ޑަކްޓަރުންނެވެ.” އަދި އަހަރެންނަށް ޖެހިފައި މިވާ ބައްޔަކީ މިހާތަނަށް އެއްވެސް ޑަކްޓަރަކަށް ފަރުވާ އެއް ހޯދިފަނުވާ ބައްޔެކެވެ. އެހެނެއްކަމަކު ތިބާގެ ހެޔޮފުޅުކަމުން، އެމީހުންނަށް ކާމިޔާބު ނުހޯދުނު ކަމެއްގެ މައްޗަށް ތިބާއަށް ކާމިޔާބު ހޯދިދާނެއެވެ. އަދި ހަމަ ޔަޤީނުންވެސް ތިބާގެ އަތުގައި ބޭސް އެބަވެއެވެ. އެހެންކަމުން ވިދާޅުވާށެވެ. އެއިގެ ސަބަބުން އަހުރެންގެ ބައްޔަށް ރަނގަޅު ޝިފާއެއް ލިބޭނެއެވެ.” އަހަރެން ފަށައިގަތީމެވެ. “ތިބާއަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ މިމަންޒިލަށްފަހު (މިދުނިޔެ) ދެން އޮންނާނީ ދެމަންޒިލެކެވެ. އެއީ ޖަންނަތާއި ޖަހަންނަމައެވެ.” ދެން ކުއްލިއަކަށް އޭނާގެ މޫނުމަތިން އަހަރެންގެ ވާހަކައަށް ވަރަށް ގަޔާވާން ފެށުމުން އަހަރެން އިތުރަށް ކިޔަންފެށީމެވެ. “އޭ އަޚާއެވެ! މިޙަޔާތް މިދަނީ އަލްވަދާޢުކިޔަމުންނެވެ. އަދި ބަލިކަށިކަން އަހަރެމެންގެ މައްޗަށް ދަނީ ގަދަވަމުންނެވެ. ހަމަކަށަވަރުން ތިބާގެ ދެހެކިވެރިން (އިންސާނާގެ ޢަމަލުތައް ލިޔުއްވާ މަލާއިކަތުން) ތިބާ މީގެކުރިންކުރި ހުރިހާ ނުބައި އަމަލުތަކެއްވަނީ ލިޔުއްވާފައެވެ. މީގެ ބަދަލުގައި ތިބާއަށް އުންމިދު އާކުރުވަނިވި ކަމެއް (ހެޔޮކަމެއް) ކުރުމުގެކުރިން ތިބާއާއި މަރާއި ކުރިމަތިލާން ޖެހިދާނެއެވެ. (ތައުބާވެ، ހެޔޮއަމަލުކޮށް) އަހަރެންގެ މިބަސްތަށް އަޑުއިވުމުން އޭނާ ރޮމުން ގިސްލެވެމުން ގޮސް އޭނާގެ ޚަބަރު ހުސްވެއްޖެއެވެ. އެހިނދު ފަރުދާގެ އަނެއް ފަރާތުގައިވާ އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅު އައިސް ރޯންފެށިއެވެ. މިގޮތުގައި ވަގުތުތަކެއް ފާއިތުވުމަށްފަހު، އޭނާއަށް ހޭވެރިކަންވުމުން ތެދުވެ ވާހަކަ ދައްކަންފެށިއެވެ. “އޭ އައްސަމަކުގެ ދަރިފުޅެވެ. ތިބާގެ ބޭހަކީ އަހަރެންގެ ބައްޔަށް އެންމެ އެކަށޭނަ ފަރުވާއެވެ. އެހެންކަމުން އިތުރަށް ބުނެދޭށެވެ.” އަހަރެން ބުނީމެވެ. އޭ އަޚާއެވެ! އަހަރެމެންނަށް ކުރެވިފައިވާ ފާފަތައް އަހަރެމެންނަށް ޔަޤީންވެއެވެ. އެހެންނަމަވެސް އަހަރެމެންގެ ތަޢުބާ ޤަބޫލުކުރެވޭނެކަމީ އުފެދޭ ސުވާލެކެވެ. އެއިލާހު (ﷲ تعالى ތިބާގެ ޢަމަލުތަކާއި މެދު ހިސާބު ބައްލަވައިފިނަމަ) ތިބާގެ ޢަމަލުތަކަށް ހައްޤު ޖަޒާއަކުން އެއިލާހު ބައްލަވައިފިނަމަ، ތިބާއަށް ލިބެނިވި އަޒާބުން ސަލާމަތްވުމަށްޓަކައި ތިބާ ފިލަންދާނީ ކޮންތާކައް ހެއްޔެވެ؟” ދެން އޭނާ ވަރަށް ބާރު އަޑަކުން ރޮއެ ހެދުމަށްފަހު، ދެވަނަ ފަހަރަށްވެސް އޭނާ ހޭވެރިކަން ނެތިގެން ދިޔައެވެ. ދެން އަނެއްކާވެސް ގިނަ އިރުތަކެއް ވުމަށްފަހު އޭނާއަށް ހޭވެރިކަންވިއެވެ. ހޭއެރުމުން އޭނާ މިފަދައިން ކިޔަންފެށިއެވެ. “ﷲ ފިޔަވައި ހައްޤުވެގެން އަޅުކަންކުރެވޭ ފަރާތެއް ނުވާކަމަށް ތިމަން ހެކިވަމެވެ. އަދި މުޙައްމަދުގެފާނަކީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށްވެސް ހެކިވަމެވެ.” ދެން އަނެއްކާވެސް ކުރިއެކޭވެސް އެއްގޮތަށް އޭނާގެ ޚަބަރު ހުސްވިއެވެ. ދެން އޭނާ އެރުވުމަށްޓަކައި އޭނާގެ ހަށިގަނޑުގައި ހިފަހައްޓައި ހަރަކާތް ކުރުވަން ފެށުމުން، އޭނާގެ ފުރާނަ ނެތްކަން އަހަރެންނަށް އެނގުނެވެ.

މަޞްދަރު: އަލް މަވާއިޒް ވަލް މަޖާލިސް، ޞަފުހާ 62 ން 63 އަށް. .

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 03 އޭޕްރީލް 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.