ތިބާއަށް ﷲ سبحانه وتعالى އެނގެއެވެ. ނަމަވެސް ތިބާ އެކަލާނގެއަށް ކިޔަމަނެއްނުވަމުއެވެ.
ޝާއިޢުކުރީ: އުއްމު ޚަދީޖާއިބްރާހިމް އިބްނި އަދްހަމް (رحمه اللّه) އަކީ ތިންވަނަ ޤަރުނުގެ ޢިލްމުވެރިއެކެވެ. އަދި ސުފްޔާން އައްޘައުރީގެ މުދައްރިސެކެވެ. އަދި އެކުވެރިއެއްވެސްމެއެވެ. ﷲ سبحانه وتعالى، سورة غافر ގައި ވަޙީކުރައްވާފައިވާ ބަސްފުޅާބެހޭގޮތުން އެކަލޭގެފާނުގެ އަރިހުގައި ސުވާލު ދެންނެވުނެވެ.
ޢާލަމްތަކުގެ ވެރި އިލާހު ދެކެ ލޯބިވުމަށް މެދުވެރި ކޮށްދޭ ސަބަބުތައް
ޝާއިޢުކުރީ: އަމާރާ1- ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ލައްވަވާފައިވާ ނިޢުމަތްތައް ދެނެގަތުން: މިފަދަ ނިޢުމަތްތަކަކީ، އެނިޢުމަތްތަކުގެ ގިނަކަމުގެ ސަބަބުން ގުނާ އަދަދު ނުކުރެވޭ ވަރުގެ ނިޢުމަތްތަކެކެވެ. ﷲތަޢާލާ ވަހީކުރެއްވިއެވެ. ”وَإِنْ تَعُدُّوا نِعْمَةَ اللَّهِ لا تُحْصُوهَا“ ”ﷲ ގެ، ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ޢަދަދެއް ނުކުރެވޭހުއްޓެވެ.“ (ސޫރަތުލް އިބްރާހީމް: 34)
އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ ބަޔަކީ ޢިލްމުވެރިންނެވެ.
ޝާއިޢުކުރީ: އުއްމު ޢަބްދުﷲއިބްނު ޢުމަރު (رضي الله عنهما) ވިދާޅުވިއެވެ. ”ކަލޭމެން ދީނީ ފަތުވާތައް އަހަރެމެންގެ ގާތުން އަހަމުން ތިދަނީ އަހަރެމެންނަކީ، އަހަރެމެންދޭ ފަތުވާ އާއިމެދު ސުވާލުނުކުރެވޭ ބައެއް ފަދައިންނެވެ.“
އަދިވެސް އިބްން ވާސީ ވިދާޅުވިއެވެ. ”އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ ބަޔަކީ ޢިލްމު ވެރިންނެވެ.“ މާލިކު (رضي الله عنهما) އާއިބެހޭ ގޮތުން ރިވާކުރެވިގެން ވެއެވެ. އެކަލޭގެފާނުގެ އަރިހުގައި ކަމަކާއި ބެހޭގޮތުން ސުވާލުކުރެވިއްޖެނަމަ ހީވާނީ އެކަލޭގެފާނު ޖަންނަތާއި ޖަހަންނަމައާއި ދެމެދުގައި ހުންނަ ހެންނެވެ.
ނުބައިވެގެންވާ ޢިލްމުވެރިޔާ
ޝާއިޢުކުރީ: އުއްމު ޝުޖާޢުދަންނާށެވެ! މަތީ މަޤާމްތަކާއި ދަރަޖަތައް ލިބިގަތުމަށް އުޅޭ މީހާއަށް، އެކަން ޙާޞިލުވުމުގެ ކުރިން އެފަދަ މީހަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެއެވެ. އެއީ އެކަމަށްޓަކައި ގަދައަޅާ ކުރަންޖެހޭ މަސައްކަތާއި އަދި އެކަން ދެމެހެއްޓުމުގައި އޭނާ ގަދައަޅާ އެދި އަދި އޭގެ ސަބަބުން އުފެދޭ ނާއިންސާފާއި ކިބުވެރިކަމާއި އަދި އެހެނިހެން ނުބައި ކަންތައްތަކެވެ.
އަހަރެމެންގެ ދުޢާ އިޖާބަ ނުކުރައްވަނީ ކީއްވެގެން ހެއްޔެވެ؟
ޝާއިޢުކުރީ: އަބޫ ކަޘީރްއިބްރާހިމް އިބްނު އަދްހަމް (رحمه الله) އަކީ ތިންވަނަ ގަރުނުގެ ޢިލްމުވެރިއެކެވެ. މިބޭފުޅާއަކީ ސުފިޔާނުއް ޘައުރީގެ ބައިވެރިއެކެވެ. ﷲ ތަޢާލަގެ އާޔަތާ ބެހޭ ގޮތުން މިބޭފުޅާއާއި ސުވާލު ކުރެވުނެވެ.
“وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ… [އަދި ކަލޭމެންގެ ވެރި ރައްބު ވަޙީ ކުރައްވަނީ: ތިމަން އިލާހުގެ ހަޟްރަތުން އެދޭށެވެ. ތިމަން އިލާހު ކަލޭމެންގެ ދުޢާތައް އިޖާބަ ކުރައްވާހުށީމެވެ.] (ސޫރަތުލް މުއުމިން:60)”