ދަތުރުވެރިންގެ ނަމާދާއި ގުޅުންހުރި ބައެއް ސުވާލާއި ޖަވާބު
ނަމާދަށް ބަންގިގޮވާ އަޑު އިވޭ ބިމެއްގައި ނަމާދު ޤަޞްރުކުރުމުގެ ޙުކުމް
ސުވާލު: ބަންގީގެ އަޑު އިވިފައި، ޖަމާޢަތުގައި ނަމާދުކުރުމަށް ނުގޮސް، ނަމާދު ޤަޞްރުކޮށް، (އަދި) ރަށުގައި ޖަމްޢުކުރާ މީހާ ފާފަވެރިވާނެތޯ؟
ޖަވާބު: ދަތުރުވެރިއެއް ނުވަތަ ޤާއިމްވެހުރި މީހެއްކަމަކު، ބަންގި ދޭ އަޑު އިވިއްޖެ ކޮންމެ މީހަކު، މިސްކިތަށް ދިއުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ފަހެ، އޭނާއަކީ ދަތުރުވެރިއަކަށް ވެފައި، ރަށަށް އައީ ދުވަހަކަށް ނުވަތަ ދެ ދުވަހަށް، ނުވަތަ ގަނޑިއިރަކަށް ނުވަތަ ދެގަޑިއިރަށް ކަމަށްވެފައި، ބަންގި ގޮވާ އަޑު އޭނާއަށް އިވިއްޖެނަމަ، ޖަމާޢަތުގައި ނަމާދުކުރުން އޭނާގެ މައްޗަށް ވާޖިބުވެގެންވެއެވެ. އަދި އެފަދައިން ކަންތައް ނުކޮށްފިނަމަ ފާފަވެރިވާނެއެވެ.
ތިބާއަށް ﷲ سبحانه وتعالى އެނގެއެވެ. ނަމަވެސް ތިބާ އެކަލާނގެއަށް ކިޔަމަނެއްނުވަމުއެވެ.
އިބްރާހިމް އިބްނި އަދްހަމް (رحمه اللّه) އަކީ ތިންވަނަ ޤަރުނުގެ ޢިލްމުވެރިއެކެވެ. އަދި ސުފްޔާން އައްޘައުރީގެ މުދައްރިސެކެވެ. އަދި އެކުވެރިއެއްވެސްމެއެވެ. ﷲ سبحانه وتعالى، سورة غافر ގައި ވަޙީކުރައްވާފައިވާ ބަސްފުޅާބެހޭގޮތުން އެކަލޭގެފާނުގެ އަރިހުގައި ސުވާލު ދެންނެވުނެވެ.
އަރްބަޢީނަ ރައްބަނާ
މިފޮތަކީ ކުތުބު ޚާނާ އިޝާޔަތުލް އިސްލާމް އިން ނެރެފައިވާ ’اَربَعِين رَبَّنَا‘ މިފޮތުގެ ދިވެހި ތަރުޖަމާ އެކެވެ. މިފޮތުގައި ހިމެނިގެންވަނީ ކީރިތި ޤުރުއާނުގައި އައިސްފައިވާ ’ރައްބަނާ‘ (އަޅަމެންގެ ވެރިރައްބެވެ!) މިބަހުން ފެށިފައިވާ ދުޢާތަކެވެ. މިއީ މިބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސް ތަކުގައްޔާއި އެހެނިހެން ދުވަސްތަކުގައިވެސް ދުޢާ ކުރުމަށް ވަރަށް ރަގަޅު ދުޢާ ތަކެކެވެ. އެހެނީ މިއީ ޤުރުއާނުން ވާރިދުވެގެން އައިސްފައިވާ ދުޢާތަކެކެވެ.
”އަދި ކެތްތެރިކަމާއި ނަމާދުން ވާގިއެދޭށެވެ……“ (ސޫރަތުލް ބަޤަރާ 45)
”ބަލިކަށި، ކުރު ޢުމުރުގެ އުނި އިންސާނާ އޭނާގެ ނަފްސު އެންމެ ބާރުގަދަ ފަރާތާއި ގުޅެންޖެހޭނެ އެވެ. އެހެނީ އިންސާނާއަށް ބޭނުންވާ ހަކަތަ އެ އިންސާނާގެ ކުޅަދާނަކަން ލިބިގެންވާ މިންވަރަށްވުރެ އިތުރުވުމުން، ހަކަތައިގެ ގޮތުން އެކަލާނގެ ހަޟްރަތުން އެހީތެރިކަން ލިބުމަށެވެ. އަދި ސިއްރާއި ފާޅު ނުބައި ބާރުތަކާއި ކުރިމަތިވުމުންނެވެ. އަދި ދަހިވެތިކަމާއި އަމިއްލަ ނަފްސުގެ އެދުންތަކާއި ދުރުވުމުގެ މަގުގައި ސާބިތުކަމާއި އެކުގައި ދެމިހުރުމަށް އުދަނގޫވުމުންނެވެ. އަދި ނުބައިކަމާއި އަނިޔާވެރިކަން ބޮޑުވުމުން އެއާއި ދެކޮޅަށް ގަދައަޅާ މަސައްކަތްކުރުމަށް އުދަނގޫވުމުންނެވެ. އަދި މަގު މާ ދިގުވުމުންނާއި އޭނާގެ ހަޔާތުގެ ކުރު މުއްދަތުގައި މުޞީބާތްތައް ދެމިގެން ދިއުމުންނެވެ. އަދި އޭނާއަށް އެއްވެސް ކަމެއް ޙާޞިލެއް ނުކުރެވުނުކަން އެގުމުންނެވެ. އަދި އެއީ އޭނާ ނުހަނު އަވަހަށް ގެންދަވާނެކަމަށް އިޙްސާސްކުރެވޭ ޙާލު އެވެ. އަދި އޭނާގެ ޙަޔާތުގެ އިރު އޮއްސި އަދި ނުބައިކަން އޭގެ ބާރުގަދަކޮށްފިކަން އޭނާއަށް އެގުމުންނެވެ. ހެޔޮކަމުގައި ބާރެއް ނުވެ އުޑުގައި އެއްވެސް އުޖާލާކަމެއް ނެތި އަދި މަގުގައި އެއްވެސް ނިޝާނެއް ނެތުމުންނެވެ.
ޖަމާޢަތު މައްސަލަ (2) – ހުކުރުނަމާދު 12:35 އަށް ކަނޑައެޅުން
ޖަމާޢަތަށް ނުދާ އަޚުންގެ އަނެއް ދަޢުވާ އަކީ ސަރުކާރުން ވަކިގޮތަކަށް ނަމާދު ކުރުމަށް އަމުރެއް ނެރެފައި އޮތުމެވެ. އަދި އެކަން ޘާބިތުވާ ދަލީލަކީ ހުކުރު ނަމާދު މެންދުރު 12:35 އަށް ސަރުކާރުން ކަނޑައަޅާފައިވުން ކަމުގައެވެ. އަދި ހުކުރު ކުރުމުގައި އަވަސް ކުރުމާއި ލަސްކުރުމަށް އިމާމުންނަށް އަދި ޚަޠީބުންނަށް އިޚްތިޔާރު ލިބިފައިނުވުމެވެ. އެހެންކަމުން މިއަމުރަކީ ޝަރުޢު ބަދަލުކުރުން ކަމުގައި މިއަޚުންތައް ދަޢުވާ ކުރެއެވެ. އަދި އިމާމު މީހާ، މިއަމުރަށް ކިޔަމަންވާ އެކިޔަމަންވުމަކީ ކިޔަމަންތެރިކަމުގެ ޝިރުކެއް ކަމަށްވެސް މިއަޚުން ދަޢްވާ ކުރެއެވެ.