ސިޙުރުވެރިއަކާއި ޝައިޠާނަކާއި ދެމެދު ވެވޭ އެއްބަސްވުން
ޝާއިޢުކުރީ: ޢަބްދުލް މަތީން މިކްޔާލްގިނަ ފަހަރަށް, ސިޙުރުވެރިއަކާއި ޝައިތާނަކާއި ދެމެދު އެއްބަސްވުމެއް ވެވެނީ, އެ ސިޙުރުވެރިޔާ ޝިރުކުގެ ބައެއް ޝަޢީރާތައް (އަޅުކަމުގެ އެކިއެކި ކަންތައްތައް) ސިއްރުގައި ނުވަތަ ފާޅުގައިވިޔަސް އަދާކުރުމުންނެވެ. އަދި އެއަށްފަހު، އަނެކާ (އެބަހީ ޝައިޠާނާ) އެސިޙުރުވެރިޔާ ބޭނުންވި ކަންތައް ކޮށްދެއެވެ. ނުވަތަ އެކަން ކޮށްދިނުމަށް އެހެން ޝައިޠާނެއް ފޮނުވައެވެ. ޢާއްމުގޮތެއްގައި, އެއްބަސްވުން ވެވެނީ ސިޙުރުވެރިޔާއާއި، ޖިންނި އަދި ޝައިޠާނުންގެ ޤަބީލާގެ ވެރިއަކާއި ދެމެދުގައެވެ. އެ ސިޙުރުވެރިޔާއަށް މަސައްކަތް ކޮށްދިނުމަށްޓަކައި, ޤަބީލާގެ އަދަބުކުޑަ ޝައިޠާނަކަށް މި ވެރިޔާ އަމުރުކުރެއެވެ. އެއީ އެސިޙުރުވެރިޔާއަށް ކިޔަމަންވުމަށާއި, ކުރީގައި ހިނގާދިޔަ ކަންތައްތައް އޭނާއަށް ކިޔައިދިނުމުގެ ސަބަބުން މީހަކު އޭނާގެ އަނބިމީހާގެ ކައިރިން ދުރުކުރުމަށާއި, ދެމީހެއްގެ ދެމެދުގައި ލޯބީގެ ސިޙުރެއް ޖެއްސުމަށާއި, މީހަކު ނުކުޅުދުންތެރި ކޮށްލުމަށާއި, އަދިވެސް މިނޫން ކަންކަމެވެ.