ތަކްފީރު ކުރުމުގައި ސަމާލުވާށެވެ!

ޝެއިޚް އަބޫ ޙަމްޒާ (فك الله أسره)

04 ސެޕްޓެމްބަރު 2010 - މި ފޮތަކީ ޝެއިޚް އަބޫ ޙަމްޒާ (فك الله أسره) ގެ ވަރަށް އަގުހުރި ފޮތެއް ކަމުގައިވާ ’ބީ ވެއަރ އޮފް ތަކްފީރް‘ ގެ މުހިއްމު ބައެއްގެ ދިވެހި ތަރުޖަމާއެވެ. އަރްޤަމް ޕަބްލިކޭޝަންސް އިން ތަރުޖަމާކޮށް އުފައްދާފައިވާ މިފޮތަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް އަޚުންނާއި އުޚުތުންގެ މެދުގައި ތަކްފީރާ ބެހޭގޮތުން އަރާފައިވާ އޮޅުންތަކަށް އޮތް ވަރަށް ފުރިހަމަ ޖަވާބެކެވެ. ޤުރުއާނާއި ސުންނަތުގެ އަލީގައި ކުފުރުގެ ވައްތަރުތަކާއި ތަކްފީރުގެ ބައިތަކާއި އޭގެ ޝަރުޠުތަކާއި އޭގެ މަނާތަކާއި ބެހޭގޮތުން ތަފްޞީލުކޮށް ބަޔާން ކޮށްދީފައި ވެއެވެ. މީގެ އިތުރުން މި ޒަމާނުގައި ތަކްފީރުކުރުން ޢާއްމުވެފައިވާ މައްސަލަތައް ކަމުގައިވާ ޑިކޮމްރަސީއާއި ގުޅޭ މީހުންނަށް ތަކްފީރު ކުރުމާއި ޑިމޮކްރަސީއަށް ވޯޓުލާ މީހުންނަށް ތަކްފީރު ކުރުން ކަހަލަ ބައެއް މައްސަލަތަކަށް ވެސް ޝެއިޚް އަލިއަޅުއްވާލައިފައި ވެއެވެ. މިއީ ޢަޤީދާގެ ގޮތުން ކިޔުން ވަރަށް މުހިއްމު ފޮތެކެވެ. އެހެނީ އަހްލުއް ސުންނަތު ވަލްޖަމާޢަތުގެ އަހުލުވެރިން ތަކްފީރު ކުރުމުގައި ސަމާލުވެލައްވާ މިންވަރާއި އަޅުގަނޑުމެންނަށް މިކަމުގައި ސަމާލުވެވޭ މިންވަރު އަޅާ ކިޔާލުމަށްޓަކައެވެ. އިތުރަށް ވިދާޅުވުމަށް>>


ލައިލަތުލް ޤަދްރި (ޤަދަރުގެ ރޭ)

ތަރުޖުމާ: އުންމު ކުލްޘޫމް (جزاها الله خيرا)

04 ސެޕްޓެމްބަރު 2010 - ލައިލަތުލް ޤަދްރި އަކީ އިސްލާމީ ތާރީޚުގައި ވަރަށް މުހިންމުކަން ބޮޑު ރެއެކެވެ. އަދި އަހަރުމެންގެ އަމިއްލަ ޒަތީ ހަޔާތަށްވެސް އެހާމެ މުހިންމު ރެއެކެވެ. ސޫރަތުލް ޤަދްރުގައި ﷲ (سبحانه وتعالى) ވަޙީ ކުރައްވާފައިވެއެވެ. ”إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ(*) وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ. لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ(*) تَنَزَّلُ الْمَلائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ(*) سَلامٌ هِيَ حَتَّى مَطْلَعِ الْفَجْرِ“ އިތުރަށް ވިދާޅުވުމަށް>>


އީމާންތެރިކަން އިތުރު ކުރެވިދާނެ ގޮތްތައް

ތަރުޖުމާ: އުންމު ކުލްޘޫމް (جزاها الله خيرا)

02 ސެޕްޓެމްބަރު 2010 - 1- ކީރިތި ޤުރުއާން ކިޔަވާށެވެ. އަދި ކިޔަވާ އެއްޗެއްގައި އެބުނަނީ ކީކޭ ކަމާމެދު ފުންކޮށް ވިސްނާށެވެ. އޭރުން އަހަރުމެންގެ ހިތްތަކައް މަޑުމަތިރިކަން ވެރިވެ ހިތްތައް މަޑުވާނެއެވެ. ޤުރުއާނުގައި ތަފާތު ވައްތަރުގެ މީހުންގެ ވާހަކަ ޛިކުރު ކުރެވިފައިވެއެވެ. ތިމާ ހިމެނެނީ އޭގެން ކޮން ވައްތަރެއްގެ މީހުންގެ ތެރެއިން ތޯ ވިސްނާށެވެ. 2- ﷲ ތަޢާލާގެ މަތިވެރިވަންތަ ކަމުގެ މަތިން ހަދާން ކުރާށެވެ. ހުރިހާ ކަމެއް ވަނީ އެއިލާހުގެ ބާރުފުޅާއި އަމުރުފުޅުގެ ދަށުގައެވެ. އަހަރުމެންނަށް ފެންނަ އެންމެހާ އެއްޗެއްގައި ﷲ ތަޢާލާގެ މަތިވެރިވަންތަ ކަމުގެ ހެކިތައް އެކުލެވިގެން ވެއެވެ. އިތުރަށް ވިދާޅުވުމަށް>>


އަނިޔާވެރި ވެރިޔަކަށް އިމާމު އައުޒާޢީ ވިދާޅުވި ހައްޤުގެ ބަސްފުޅު

ޝައިޚް ޢާއިދު އަލްޤަރްނީ (حفظه الله)

02 ސެޕްޓެމްބަރު 2010 - ”... فَاللَّهُ خَيْرٌ حَافِظًا وَهُوَ أَرْحَمُ الرَّاحِمِينَ “ ”ފަހެ ﷲ އީ، ރައްކާތެރި ކުރައްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. އަދި އެކަލާނގެ އީ އެންމެ ރަޙްމަތް ލައްވާ، އެންމެ ރަޙުމަތްވަންތަ ރަސްކަލާނގެއެވެ.“ [ސޫރަތުލް ޔޫސުފް 64] ޢަބްދުﷲ އިބްނު ޢަލީ އަލްޢައްބާސީ ދިމިޝްކަށް އަރައިގެން އިރު، އޭނާ، އެއްވަގުތެއްގައި ތިރީސްހާސް މުސްލިމުން ޤަތުލު ކުރިއެވެ. ދެން އޭނާ އޭނާގެ އަސްތައް އުމައްޔިދު މިސްކިތައް ވެއްދިއެވެ. މީސްތަކުންނާ އެކު އިށީންދެ އޭނާގެ މިނިސްޓަރުންނަށް ބުންޏެވެ. ”އަހަންނާ ދެކޮޅުވެރިވާނޭ މީހަކު އަދިވެސް އެބަހުރި ހެއްޔެވެ؟“ އެމީހުން ބުންޏެވެ. އިތުރަށް ވިދާޅުވުމަށް>>


އެމެރިކާ ކުޑަކަކޫ މައްޗަށް ތިރިވަމުން ދިޔުމާއި ގުޅިގެން ޢިރާޤު ހަނގުރާމަ ރަސްމީ ގޮތުން ނިންމާލައިފި

01 ސެޕްޓެމްބަރު 2010 - އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ޢިރާޤްގައި ކުރަމުން ދިޔަ ހަނގުރާމަ ރަސްމީ ގޮތުން ނިންމާލައިފިއެވެ. ބައްދަލުވުމުގައި ވާހަކަ ދައްކަމުން އޮބާމާ ބުނެފައިވަނީ 2008 ވަނަ އަހަރު ރިޔާސީ ކެމްޕެއިންގައި އޭނާ ވެފައިވާ ވަޢުދު ކަމުގައިވާ ޢިރާޤްގައި ކުރަމުން ދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުން މިހާރު ފުރިހަމަ ކޮށްފިން ކަމުގައެވެ. އޭނާ ބުނެފައިވަނީ، 7 އަހަރު ދުވަހުގެ ލޭ އޮހޮރޮވުމަށްފަހު ދެފަރާތަށްވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބުމަށް ފަހުގައި މިހާރު މިވަނީ ޞަފްޙާ އަނބުރާލާ ވަގުތު ޖެހިފައި ކަމަށެވެ. އިތުރަށް ވިދާޅުވުމަށް>>


އެއްދުވަސް ތެރޭގައި ނޭޓޯ-އެމެރިކާގެ 6 ފިނޑި ސިފައިން މަރާލައިފި

01 ސެޕްޓެމްބަރު 2010 - އަންގާރަދުވަހު އެކަނިވެސް އަފްޣާނިސްތާނުގެ އެކިސަރަހައްދުތަކުގައި އެމެރިކާނުންގެ 6 ސިފައިން ވަނީ މަރާލެވިފައެވެ. އަންގާރަދުވަހު ނޭޓޯއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން 4 އެމެރިކާނުން މަގުމަތީ ބޮމުގެ ޙަމަލާތަކުގައި ވަނީ މަރުވެފައެވެ. އަދި ދެކުނު އަފްޣާނިސްތާނުގެ ސަރަހައްދެއްގައި މުޖާހިދުންގެ ކުރިމަތިލުމެއްގައި އެމެރިކާނުންގެ އެކަކު ވަނީ މަރާލެވިފައެވެ. އަދި ހިލްމަންޑު އަވަށުގައި ޒަޚަމްވެފައިވާ ނޭޓޯގެ ސިފައިންގެ މީހެއް ޒަޚަމްތަކުގެ ސަބަބުން ވަނީ މަރުވެފައެވެ. އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން މަރުވަމުންދާ ޢަދަދު އިތުރުވަމުން ދިޔުމާއި ގުޅިގެން އެމެރިކާގެ ރައްޔިތުންގެ .... އިތުރަށް ވިދާޅުވުމަށް>>


މުހިއްމު ނުކުތާއަކީ ދަތި އުދަނގޫވުމެއް ނޫނެވެ.

އިމާމް އިބްނު ތައިމިއްޔާ (رحمه الله)

01 ސެޕްޓެމްބަރު 2010 - ”އަދި ދަންނަންވީ ކަމަކީ، ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި އެކަލާނގެ ލޯބިވެވޮޑިގަތުން ބިނާވެގެންވަނީ ތިބާ، ތިބާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެ އަދި ދަތި އުދަނގޫ ކަންތައްތަކެއް ކަޑައްތު ކުރުމަކުންނެއް ނޫނެވެ. ކަމެއް ރަނގަޅުވެ ފުރިހަމަ ވުމަށް އޮތް ހަމައެކަނި ގޮތަކީ އެކަމުގައި އެކުލެވިގެންވާ ދަތި އުދަނގޫ ކަން ކަމުގައި ވުމެވެ. ބައެއް ޖާހިލުން ދެކޭ ގޮތުގައި އަޖުރު ލިބެނީ ކޮންމެ ކަމެއްގައި ވެސް އެކުލެވިގެންވާ ދަތި އުދަނގޫ ތަކުގެ މައްޗަށް ބިނާކޮށެވެ. ނޫނެކެވެ! އޭގެ ބަދަލުގައި، އަޖުރު ބިނާވެގެންވަނީ އެ ޢަމަލެއްގެ ފައިދާގެ މިންވަރާއި އަދި އެޢަމަލެއްގެ ސަބަބުން ﷲ އާއި ރަސޫލާއަށް ވާ ކިޔަމަންތެރިކަން ... އިތުރަށް ވިދާޅުވުމަށް>>


އީމާންތެރިކަން ބަލިކަށިކަމުގެ އަލާމާތްތައް

ތަރުޖުމާ: އުންމު ކުލްޘޫމް (جزاها الله خيرا)

01 ސެޕްޓެމްބަރު 2010 - ފާފަ ކުރުމާއި އެކަމާ ދެރަވެ ހިތާމަ ނުކުރުން. ހިތް ހަރުވެ ޤުރުއާން ކިޔެވުމުގެ ޝައުޤުވެރިކަމެއް ނުހުރުން. ހެޔޮ ޢަމަލުތައް ކުރުމަށް ކަންނެތް ވުން، މިސާލަކަށް: ނަމާދު ލަސްކޮށް ކުރުން. ސުންނަތްތަކާމެދު ފަރުވާކުޑަވެ ނުކުރެވުން. ނަފްސު އެއްގޮތެއްގައި ކޮންޓްރޯލްކުރަން އުނދަގޫވެ، އެއްވެސް ކަމަކަށް ނުވާ ފަދަ ކަންކަމުގައި ހިންހަމަ ނުޖެހި، ކަންބޮޑުވެ ރުޅި ގަދަވުން. ޤުރުއާނުގެ އާޔަތްތައް އަޑު އިވުމުން ތިމާގެ ހިތަށާއި ނަފްސަށް އެކަމުން އެއްވެސް އަސަރެއް ނުކުރުން. މިސާލަކަށް: ... އިތުރަށް ވިދާޅުވުމަށް>>


ރަމަޟާން މަހުގައި ޖިންނި ޝައިޠާނުންތައް ވަނީ ކަސްތޮޅު އެޅުވިގެންނެވެ.

ޝޭޚުލް މުޖާހިދު ޢަބްދު ﷲ ޢައްޒާމް (رحمه الله)

31 އޮގަސްޓު 2010 - ރަމަޟާން މަހަކީ އެމަހެއްގައި ޖަންނަތުގެ ދޮރުކޮޅުތައް ހުޅުވޭ މަހެވެ. އަދި ޖަހަންނަމައިގެ ދޮރުތައް ބަންދު ކުރެވިގެންވާ މަހެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުވިގެން ވެއެވެ. މިކަމަކީ ހަމަ ޙަޤީޤަތުގައި ވެސް ހިނގާ ކަމެކެވެ. އަހަރެންގެ ވަރަށް އިތުބާރު ހިފޭ، ޖިންނިއާއި ގުޅުން އޮންނަ އެސޮރުމެންގެ ފަރާތުން މަދަދު ހޯދާ، އެކުވެރިޔަކު ވެއެވެ. އޭނާވަނީ މިހާރު އެކަމުން ދުރުވެ ތައުބާ ވެފައެވެ. އޭނާ އަހަންނަށް ކިޔާދިނެވެ. ’އަހަރެން އެޖިންނިތައް ކައިރީގައި، އަހަންނަށް ޚަބަރެއް ގެނެސްދޭނީ ކާކުތޯ ސުވާލު ކުރުމުން އެސޮރުމެން ބުނެއެވެ...‘ އިތުރަށް ވިދާޅުވުމަށް>>


ޕޮރޮޓީންސް އާއި ވިޓަމިންސްއިން މުއްސަނދިކަން ލިބިގެންވާ ކަދުރު

ތަރުޖުމާ: އަބޫ ޤުދާމާ އަލްމާލްދީފީ (جزاه الله خيرا)

31 އޮގަސްޓު 2010 - ޢާއްމުގޮތެއްގައި ހުރިހާ މުސްލިމުތަކުން ވެސް ރޯދަވީއްލަނީ ކަދުރުންނެވެ. ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިކަމަށް އައިސްފައިވެއެވެ. ”ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ރޯދައަށް ހުރިނަމަ، އެމީހަކު ކަދުރުން ރޯދަ ވީއްލާށެވެ. އެމީހަކު އަތުގައި ކަދުރު ނެތް ނަމަ ދެން ފެނުންނެވެ. ހަމަކަށަވަރުން ފެނަކީ ޠާހިރު ކުރުވާ އެއްޗެކެވެ.“ ނަބިއްޔާ (صلى الله عليه وسلم) ރޯދައަށް ހުންނަވާ ނަމަ މަޣްރިބް ނަމާދު ވަގުތު ވުމުން ނަމާދު ކުރެއްވުމުގެ ކުރިން ކަދުރުން ރޯދަ ވީއްލަވައެވެ. ދޮންވެ ފައްކާވެފައިވާ ކަދުރު ލިބިނުލައްވައިފި ނަމަ ހިކި ކަދުރުން ރޯދަ ވީއްލަވައެވެ. އިތުރަށް ވިދާޅުވުމަށް>>


ފަހު ދިހައެއް

އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

30 އޮގަސްޓު 2010 - بسم الله الرحمن الرحيم - الحمد لله والصلاة والسلام على رسوله وعلى آله وصحبه وسلم تسليما. وبعد: ވަގުތު ފާއިތު ނުވަނީސް، އޭގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ފެށިއްޖެ ކޮންމެ ކަމަކީ ނިމޭނެ ކަމެކެވެ. ފުރުސަތު ގެއްލުމުގެ ކުރިން، އޭގެ ފައިދާ ރަނގަޅު ގޮތުގައި ލިބިގަންނާށެވެ! އަތުވައްޖެ ކޮންމެ އެއްޗަކީ އެނބުރި ދާނެ އެއްޗެކެވެ. އިއްޔެ އަޅުގަނޑުމެން ވަރަށް ހޫނު މަރުހަބާއެއް ކިޔައި، އިސްތިގުބާލުކުރި އިތްޒަތްތެރި މެހެމާނު އަޅުގަނޑުމެންނާ ވަކިވެދާން ގާތް ވެއްޖެއެވެ. މާތްވެގެންވާ ރަމަޟާންމަސް އަޅުގަނޑުމެންގެ ގާތަށް އައީ އިއްޔައެވެ. މިއަދު މިވަނީ އަޅުގަނޑުމެނާއި ވަކިވެ، އަލްވަދާއު ކިޔުމުގެ ވަގުތު ޖެހިފައެވެ. އިތުރަށް ވިދާޅުވުމަށް>>


މި ދީލަތިކަމުގެ މައްސަރުގައި ދީލަތި ބަޔަކު ކަމުގައި ވަމާ ހިނގާށެވެ.

އަބޫ ކަޘީރު (جزاه الله خيرا)

30 އޮގަސްޓު 2010 - މުސްލިމު އުންމަތުގެ އެންމެ ފުރަތަމަ ޖީލު ކަމަށްވާ ޞަޙާބީންނާއި، އޭގެ ފަހުގައި އައި ސަލަފުއް ޞާލިޙުންނަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި މުސްލިމު އުންމަތުގެ އެންމެ ޞާލިޙް މީހުންނެވެ. އެބޭކަލުން ދިރިއުޅުއްވުމުގެ އެންމެހާ ކަންތައްތަކަކީ މިކަމުގެ ހެކިތަކެވެ. އަދި މިބުނި ވާހަކައަށް ސާބިތުކަމެއް ދެނީ ނަބިއްޔާ (صلى الله عليه وسلم) ގެ މި ހަދީޘް ފުޅެވެ. ”ތިމަން ކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ޖީލަކީ ތިމަން ކަލޭގެފާނުގެ ޙަޔާތްޕުޅުގައި ވީ މިހުންނެވެ. ދެން އެއަށް ފަހު އައި މީހުންނެވެ. ދެން އެއަށް ފަހު އައި މީހުންނެވެ.“ އިތުރަށް ވިދާޅުވުމަށް>>


އާޚިރަތް ޚިޔާރުކުރާށެވެ!

އަބޫ ޖައްރާޙް (جزاه الله خيرا)

30 އޮގަސްޓު 2010 - އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގެ އެކިކަންކޮޅުތަކަށް ނަޒަރު ހިންގާލައިފިނަމަ ތިޔަ އަޚުންނާއި އުޚްތުންނަށް ފެންނާނެއެވެ. ދުނިޔަވީ އެކިއެކި ކަންކަމުގައި އިންސާނުންތައް މަސްޢޫލްވެފައި ވަނިކޮށެވެ. ދުނިޔޭގެ ދިރިއުޅުމަށްޓަކައެވެ. ހޭބޯނާރާ އެބައިމީހުން އެބައިމީހުންގެ މަސައްކަތުގައި އަވަދިނެތި އުޅެއެވެ. އަދި އެކަކު އަނެކަކަށްވުރެ މަސައްކަތުގައި ކުރިއަރައިގެން ދިއުމަށްޓަކައެވެ. މުއްސަނދިކަމާއި ފައިސާވެރިކަމުގެ ބޭނުމުގައެވެ. އެކަމުގައި ކުރިއެރުމަށްޓަކައި އެބައިމީހުން ޤުރުބާންވެއެވެ. އެބައިމީހުންގެ ނަފްސުތަކުންނާއި މުދަލުންނެވެ. އެބައިމީހުންގެ ޝުޢޫރަކީ ކޮބައިތޯ އެބައިމީހުންނާއި ސުވާލު ކޮށްލައިފިނަމަ ބުނެއެވެ:” އިތުރަށް ވިދާޅުވުމަށް>>


އެމެރިކާއާއި ނޭޓޯގެ 40 އިސްތިޢުމާރީންނާއި 14 މުރުތައްދުން މަރާލައިފި

29 އޮގަސްޓު 2010 - އޮގަސްޓް 28 ވަނަދުވަހު، އިސްލާމީ އިމާރާތުގެ މުޖާހިދުން ބައިވެރިވެގެން ޝަހަރު ބާގް އަދި ޚޯސްޓްގައި ހުންނަ ކުރީގެ ވައިގެ މަރުކަޒުގައި ހިންގުނު ތަފާތު ބޮޑު ދެ ޢަމަލިއްޔާތެއްގައި އެމެރިކާއާއި ނޭޓޯގެ 40 އިސްތިޢުމާރީންނާއި އޭ.އެން.އޭ އަދި އޭ.އެން.ޕީގެ 14 މުރުތައްދުން މަރާލައިފިއެވެ. ޚޯސްތް ޕްރޮވިންސްގައި ނެރުނު ރިޕޯރޓަކާއި ހަވާލާދީ ބުނެފައިވަނީ، ޝަހަރް ބާގްގައި 19 އިސްތިޢުމާރީން މަރާލެވި، އަދި ޚޯސްޓްގެ ވައިގެ މަރުކަޒުގައި 21 މީހުން މަރާލެވުނު ކަމަށެވެ. 7 ގަޑިއިރަށް ދެމިގެން ދިޔަ މި ޢަމަލިއްޔާތުގައި، އޭ.އެން.އޭގެ 8 ހަނގުރާމަވެރިންނާއި ފިނޑި ފުލުހުންގެ 6 މީހަކު ވެސް މަރާލެވުނު ކަމަށެވެ. އިތުރަށް ވިދާޅުވުމަށް>>


ޖަންނަތަށް ދިއުމުގެ މަގަކީ އުދަނގޫ މަގެކެވެ.

ޑރ. ޢުމަރު އަލްއަޝްގަރު

29 އޮގަސްޓު 2010 - ޖަންނަތަކީ ވަރަށް އުސްތަނެކެވެ. އަދި އުސްވެގެންވާ ތަންތަނަށް އެރުމަކީ އެކަމަކަށްޓަކައި ވަރަށް ބޮޑު ހިތްވަރާއި މިންނަތު ބޭނުންވާ ކަމެކެވެ. ޖަންނަތަށް ދިއުމުގެ މަގު ވަނީ، އިންސާނާގެ އެދުންތަކާއި ލެނބޭ ލެނބުންތަކާއި ދެކޮޅަށްވާ ކަންތައްތައްކުން ފުރިގެންނެވެ. މިކަމަށްޓަކައި ވަރަށް ވަރުގަދަ ސާބިތުކަމަކާއި ހިތްވަރެއް ބޭނުންވެއެވެ. ބުޚާރީ އަދި މުސްލިމްގައި އަބޫ ހުރައިރާ (رضي الله عنه) ގެ ކިބައިން ރިވާވެގެންވާ ޙަދީޘްއެއްގައިވަނީ ނަބިއްޔާ (صلى الله عليه وسلم) މިފަދައިން ޙަދީޘް ކުރެއްވި ކަމަށެވެ. ”ނަރަކަ ފަރުދާކުރެވިގެންވަނީ އެދުންތަކުންނެވެ. އަދި ޖަންނަތް ފަރުދާވެގެންވަނީ ދަތި އުދަނގޫ ކަންތައްތަކުންނެވެ.“ އިތުރަށް ވިދާޅުވުމަށް>>


ރޯދަ މަހާއި ޔޫސުފް (عليه السلام) އާއި ހުރި އެއްގޮތްކަން

އިބްނު އަލްޖައުޒީ (رحمه الله)

29 އޮގަސްޓު 2010 - ”ރޯދަމަހާއި އެހެނިހެން މަސްތަކާއި ދެމެދުގައިވާ ތަފާތުގެ މިޘާލަކީ ޔޫސުފް (عليه السلام) އާއި އެކަލޭގެފާނުގެ ބޭބެއިންނާއި ދެމެދުގައި ހުރި ތަފާތެވެ. އެހެންކަމުން، ޔޫސުފް (عليه السلام) އަކީ ޔަޢުޤޫބް (عليه السلام) ގެ އަރިހުގައި އެންމެ ލޮބުވެތިކަން ބޮޑު ދަރިކަލުންނަށް ވީއިރުގައި ހަމައެއާއިއެކު ރަމަޟާން މަހަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މައްސަރެވެ. މުޙައްމަދު (صلى الله عليه وسلم) ގެ އުއްމަތް ވިސްނާ ފިކުރު ހިންގާލުން މުހިއްމު ނުކުތާއަކީ، ޔޫސުފް (عليه السلام) މިފަދައިން... އިތުރަށް ވިދާޅުވުމަށް>>


ފަހެ، ރުޅިއައިސްގެން ގޮސް ހަލާކުވާށެވެ! އަހަރުމެންގެ މި ޖިހާދެއް ނުހުއްޓާނަމެވެ! (7)

އަބޫ ތުރާބް (جزاه الله خير)

28 އޮގަސްޓު 2010 - އަދި، އުއްމަތުގެ ޝަބާބުންނަށް އޮޅުވަމުން، ބާޠިލް ފަތުވާތައް ދެމުންދާ ބައިގަނޑުތަކަށް އަހަރުމެން ބުނަމެވެ: ނިކަން ބުނެބަލާށެވެ! އުއްމަތުގެ ޒުވާނުންނަށް ތިޔަ އޮޅުވާލަނީ ކީއްވެގެން ހެއްޔެވެ؟ ﷲ سبحانه وتعالى އާއި ބައްދަލުވާނެ ކަމާއިމެދު ޔަޤީން ނުކުރަނީ ހެއްޔެވެ؟ އުއްމަތް މިވޭތު ކުރަމުންދާ ހިތި ދުވަސްތަކުގައި ތިޔަބައިމީހުންގެ ދައުރަކީ އުއްމަތުގެ ޒުވާނުންނަށް އޮޅުވާލުން ހެއްޔެވެ؟ ތިޔަބައިމީހުން ޖިހާދަށް ނުނިކުތަކަސް މިޖިހާދަށް ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެ އެވެ. އެހެނީ މީ އެއަށްވުރެ މާމަތިވެރި ޖިހާދެކެވެ. އިތުރަށް ވިދާޅުވުމަށް>>


ބޮޑު ސޯބު ގުޑަން ފެށީމާ ކުޑަ ސޯބު ބިރުން ތުރުތުރު އަޅަނީ

28 އޮގަސްޓު 2010 - އަފްޣާނިސްތާނު އިސްތިޢުމާރު ކުރަން މަސައްކަތްކުރާ އެމެރިކާ ސިފައިން 2011 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ ޤައުމުން ފައިބާނެކަން އިޢްލާނު ކުރުމާއި ގުޅިގެން ރައީސް ހާމިދް ކަރްޒާއީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. އަފްޣާނިސްތާނުގައި އެމެރިކާނުން ޤާއިމްކޮށްފައިވާ ކުޅޭކުޅޭ ސަރުކާރުގެ ރައީސަކަށް އައްޔަންކޮށްފައިވާ ހާމިދް ކަރްޒާއީ ބުނިގޮތުގައި އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެމެރިކާނުން އެ ޤައުމުން ފައިބަން ފަށާނެކަން އިޢުލާނު ކުރުމަކީ މުޖާހިދުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މުޖާހިދުންގެ ކެރުންތެރިކަމަށް ލިބުނު އިތުރު ބާރެއް ކަމަށެވެ އިތުރަށް ވިދާޅުވުމަށް>>


ތައުބާ ވުން

ތަރުޖުމާ: އަބޫ ކަޘީރު (جزاه الله خيرا)

28 އޮގަސްޓު 2010 - ޢަރަބި ބަހުގައި ’ތައުބާ‘ މި ބަހުގެ މާނަ އަކީ ކަމަކުން ރުޖޫޢަ ވުމެވެ. ޝަރުޢީ މާނައަށް ބަލާނަމަ އޭގެ މާނައަކީ ﷲ ތަޢާލާ ނަހީކުރެއްވި ކަމެއް ދޫކޮށް އެއީލާހުގެ އަމުރުފުޅުތަކަށް ރުޖޫޢަ ވުމެވެ. ތައުބާގެ މައުޟޫޢަކީ ﷲ އަށް އީމާންވާ ކޮންމެ މުސްލިމެއްގެ މައްޗަށް މުހިންމުކަން ބޮޑު މައުޟޫޢެކެވެ. އަދި އެކަމަކާއި ބެހޭގޮތުން ކޮންމެ މުސްލިމަކަށްމެ އެނގުން ލާޒިމު ކަމެކެވެ. އެހެނީ އުޚްރަވީ ޙަޔާތުގައި އަހަރުމެންނަށް ރައްކާތެރިކަމާއި ހިޔާވަހިކަން ލިބުންވަނީ ދުނިޔޭގައި އަހަރުމެން ވެފައިވާ ތައުބާގެ މައްޗަށެވެ. އިތުރަށް ވިދާޅުވުމަށް>>


”އުއްތަމަ ޓެރަރިސްޓުން“ ރަށުތެރޭގައި މިނިވަންކަމާއެކު

އަޚް އިބްނު މުޙައްމަދު (جزاه الله خيرا)

28 އޮގަސްޓު 2010 - ކާފަރުންނާއި ހުޅަނގުގެ ލާދީނިއްޔަތުން ތަރުބިއްޔަތުވެފައިވާ މީހުން ދެކޭ ގޮތުގައި ކޮންމެ މުސްލިމަކީ ޓެރަރިސްޓެކެވެ. އަދި އިސްލާމުންގެ ތެރެއިން ކޮންމެވެސް ވަރަކަށް ތުނބުޅި ދިގުކޮށްފައިތިބޭ މީހުންނަކީ އެންމެ މަތީ ދަރަޖައިގެ ޓެރަރިސްޓުންނެވެ. އަދި އޭގެތެރެއިންވެސް ތުނބުޅި އެއްކޮށް ދޫކޮށްލައި ލައިގެންހުންނަ ހެދުން ގަޔަށް ތަންކޮޅެއްދޫކޮށް ހުރެ ހެދުމުގެ ފައިކުރި ކަށިމަށްޗަށް ބަހައްޓައި ބޮލުގައި ފަގުޑިއެއް އަޅައިފިއްޔާ އެއީ އެންމެ މަތީ ދަރަޖައިގެ ވެސް މަތީގައި ހިމެނޭ ރަތްލާޖެހި މާ ޓެރަރިސްޓެކެވެ. އެމީހަކީ ކުށެއްކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ދުވަހެއްގެ ކޮޅުންވެސް ގެންގޮސްފައިވާ މީހަކަށް ނުވިޔަސް ވެހެވެ. އިތުރަށް ވިދާޅުވުމަށް>>


އޭ ﷲ ގެ ޝަރީޢަތް ޤާއިމް ނުކުރާ ވެރިންނާއި ޣާޒީންނޭވެ......! (2)

އަސަދުﷲ އަލް މާލްދީފީ (جزاه الله خيرا)

26 އޮގަސްޓު 2010 - އެހެންކަމުން، މިހާރު ދެން އަހަރުމެން މުސްލިމުންގެ ބިންތަކުގައި ޤާއިމް ކުރެވިފައި މިވަނީ އިސްލާމީ ޝަރީޢަތްބާއެވެ؟ ނުވަތަ ތާޣޫތުގެ ކުފުރު ޤާނޫނުތަކެއް ބާއެވެ؟ އަދި އަހަރުމެންގެ ވެރިންގެ ގޮތުގައި މިތިބީ މުސްލިމުންތަކެއް ބާއެވެ، ނުވަތަ ކާފަރު ތާޣޫތުންތަކެއް ބާއެވެ؟ އެހެނީ އެބައިމީހުން ހަމައެކަނި ޝައިތާނާގެ ޤާނޫނުތަކުން ޙުކުމް ކުރުމުގެ އިތުރުން ޙުކުމް ކަނޑައެޅުމުގެ ޙައްޤު އެއީ ﷲ سبحانه وتعالى އަށް ވާކަމެއް ނޫންކަމުގައިވެސް އެވަނީ ކަނޑައަޅާފައެވެ. އެކަން އެއީ ސާފުކޮށް ފެންނަން އޮތްކަމެކެވެ. އިތުރަށް ވިދާޅުވުމަށް>>


’އަރްބަޢީނަ ރައްބަނާ‘

އުއްމު ކުލްޘޫމް (جزاها الله خيرا)

25 އޮގަސްޓު 2010 - ބަރަކާތްތެރި ރަމަޟާން މަހުގައްޔާއި އެހެނިހެން ދުވަސްތަކުގައި ވެސް އަޅުގަނޑުމެންގެ ވެރި ރައްބުގެ ޙަޟްރަތަށް ދުޢާ ދެންނެވުމަށްޓަކައި، އުޚްތު އުއްމު ކުލްޘޫމް ދިވެހިބަހަށް ތަރުޖަމާ ކުރެއްވި މިފޮތަކީ ކީރިތީ ޤުރުއާނުގައި އައިސްފައިވާ ’ރައްބަނާ‘ (އަޅަމެންގެ ވެރި ރައްބެވެ!) މިކަލިމައިން ފެށިފައިވާ ދުޢާތަކެކެވެ. ކިޔުންތެރިންނަށް ފަސޭހަވާނޭ ފަދަ ގޮތަކަށް ދުޢާތަކުގެ މާނަ ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައިވާ މިފޮތަކީ އަޅުގަނޑުމެން އެންމެންވެސް އޭގެން ފައިދާ ލިބިގަންނަން ވަރަށް ރަނގަޅު ފޮތެކެވެ. ދުޢާއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ މިފޮތުގެ މަސައްކަތް ކުރެއްވި އުޚްތާގެ ކިބައިން ޤަބޫލުކޮށްދެއްވުމެވެ. އަދި އަޅުގަނޑުމެން އެންމެންނަށް މިފޮތުން މަންފާ ލިބިގަތުމުގެ ތަވްފީޤު ދެއްވުމެވެ. އިތުރަށް ވިދާޅުވުމަށް>>


އަފްޣާނިސްތާނުގެ އިސްލާމީ އިމާރަތުގެ ޙާލަތު، އެމެރިކާ ސިފައިންގެ ކޮމާންޑަރ ޕެޓްރަސްގެ ބަޔާނަށް ރައްދެއް

25 އޮގަސްޓު 2010 - އަފްޣާނިސްތާނު އިސްތިޢުމާރުކޮށްގެން ތިބި ނޭޓޯ އަދި އެމެރިކާ ބައިގަނޑުތަކުގެ ކޮމާންޑަރު ކަމުގައިވާ ޖެނެރަލް ޕެޓްރަސް ދާދި ފަހުން ބީބީސީ ރޭޑިއޯއަށް ދިން ބަސްދީގަތުމެގައި ހާމަކުރި ގޮތުގައި ”ޠާލިބާނުން މިހާރު ވަނީ ހުޅަނގުގެ އަވަށްތަކުންނާއި އަދި ވެރިކަން ކުރާ ކާބުލްއިން ވަރަށް ބޮޑަށް ފަހަތަށް ޖެއްސިފައެވެ. އަދި މިހާރުގެ މިރޭވުން މިއަށްވުރެން ބާރުމިނުގައި ގެންދެވިއްޖެ ނަމަ، ނޭޓޯ އަދި އެމެރިކާއަށް އިތުރު ކާމިޔާބީ ޠާލިބާނުންގެ މައްޗަށް ހޯދޭނެއެވެ.“ ޖެނެރަލް ޕެޓްރަސް އިތުރަށް ވިދާޅުވުމަށް>>


ރަސޫލު ﷲ (صلى الله عليه وسلم) ރަމަޟާން މަހުގައި ދެއްވެވި ޚުޠުބާ

ތަރުޖަމާ: އުންމު ޢީޝަލް (جزاها الله خيرا)

24 އޮގަސްޓު 2010 - ”އޭ މީސްތަކުންނޭވެ! ﷲ تعالى ގެ މައްސަރު (އެބަހީ: ރަމަޟާން މަސް) ތިޔަބައިމީހުންނާއި ކުރިމަތި ލަނީ ރަޙްމަތާއި ބަރަކާތާއި ފާފަފުއްސެވުމާއި އެކުގައެވެ. މައްސަރުތަކުގެ ތެރެއިން އެންމެ މާތް މައްސަރު ކަމުގައި ﷲ تعالى ރަމަޟާން މަސް ލެއްވިއެވެ. ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ދުވަސްތަކާއި، ރޭތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ރޭތައް، އަދި ވަޤުތުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ވަޤުތުތައް ކަމުގައި، ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކާއި ވަޤުތުތައް ލެއްވިއެވެ. މިއީ މިމައްސަރުގައި ރޯދަ ހިފުމަށާއި، ނަމާދު ކުރުމަށް ތިޔަބައިމީހުންނަށް ﷲ تعالى ދެއްވާފައިވާ ދަޢުވަތެކެވެ. އިތުރަށް ވިދާޅުވުމަށް>>


އަހަރެން އަހަރެންގެ އަނބިމީހަގެ ޝަކުވާކުރަން އައީމެވެ. އަހަންނަކީ އޭނާގެ ގާތުގައި އެއްވެސް އަގެއްނެތް އޭނާ އެންމެ ގަޔާނުވާ މީހާއެވެ.

ތަރުޖަމާ: އުންމު ކުލްޘޫމް (جزاها الله خير)

24 އޮގަސްޓު 2010 - އަލްހާފިޒު އަލްމިއްޒީ، ތަޙްދީބު އަލްކަމާލު މިފޮތުގެ ސޮފްޙާ 94/11 ގައި ލިޔެފައި ވެ އެވެ. ޔަޙްޔާ އިބްނު ޔަޙްޔާ އައްނައިސަބޫރީ ވިދާޅުވެފައި ވެއެވެ: ތިމަން އެއްދުވަހެއްގައި ޔަޙްޔާ އިބްނު ޢުޔައިނާގެ އަރިހުގައި އިންނަވަނިކޮށް މީހަކު އައިސް އެކަލޭގެފާނަށް ދެއްނެވި އެވެ. ”އޭ ޢަބޫ މުޙަންމަދެވެ. އަހަރެން ކަލޭގެފާނުގެ އަރިހަށް މިއައީ އަހަރެންގެ އަނބިމީހާއާއި ބެހޭ ގޮތުން ޝަކުވާ ދެންނެވުމަށެވެ. އޭނާގެ ގާތުގައި އަހަންނަކީ އޭނާ ވަރަށްވެސް ނުރުހުންވާ އެއްވެސް އަގެއް ނެތް މީހެކެވެ.“ އިތުރަށް ވިދާޅުވުމަށް>>


މުޅިން އައު ދީނީ ދިވެހި މަޖައްލާއެއްކަމުގައިވާ ’ކުރިބޯށި‘ މަޖައްލާގެ ފުރަތަމަ ޢަދަދު ވުޖޫދަށް

23 އޮގަސްޓު 2010 - ’ކުރިބޯށި‘ މަޖައްލާ އަކީ އަލް ބަޝާރާ މީޑިޔާ އިން ކޮންމެ މަހަކު އެއްފަހަރު ނެރުމަށް ހަމަޖެހިފައިވާ ދީނީ ވަރަށް އަގުހުރި މަޖައްލާއެކެވެ. އެގޮތުން މި މަޖައްލާގެ ފުރަތަމަ ޢަދަދު މިވަނީ ﷲ ގެ މަތިވެރި ރަޙްމަތުން މި އަހަރުގެ ރަމަޟާން މަހު ނެރެވިފައެވެ. ފުރަތަމަ ޢަދަދު ޚާއްޞަކޮއްލެވިފައިވަނީ ބަރަކާތްތެރި ރަމަޟާން މަހަށެވެ. ކުރިބޯށި މަޖައްލާއަކީ މައިގަނޑު ކޮށް އަހަރެމެންގެ މާތް ނަބިއްޔާ (صلى الله عليه وسلم) އެ ޢަމަލަކަށް އިސްލާމް ދީނުގެ ކުރިބޯށީގެ ނަމުން ނަން ދެއްވާފައިވާ އެހެން އެއްވެސް ޢަމަލަކާއި އެއްފަދަވެގެން ނުވާ މަތިވެރި އަޅުކަން ކަމުގައިވާ ﷲ ގެ މަގުގައި ޖިހާދު ކުރުމާއި ބެހޭ ގޮތުން ނެރެވޭ މަޖައްލާއެކެވެ. އިތުރަށް ވިދާޅުވުމަށް>>


ޕާކިސްތާނަށް އެހީތެރި ވުމުގައި ދީލަތި ވެލައްވާށެވެ!

އަލްއަޚް އަޙްމަދު ނާޒިލް ބިން މުޙައްމަދު (جزاه الله خيرا)

22 އޮގަސްޓު 2010 - ހަމަޔަޤީނުން ވެސް މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެހަށިގަނޑުގެ އެންމެ ގުނަވަނަކަށް ވޭނެއް، ތަދެއް އިޙްސާސް ކުރެވޭނަމަ މުޅިހަށިގަނޑު އެކަމަށްޓަކައި ވޭން އިޙްސާސްކޮށް ހަދައެވެ. މިގޮތުން މުސްލިމަކަށް ވޭނެއް އަދި ނިކަމެތިކަމެއް އިޙްސާސްކުރެވޭ ނަމަ އެންމެހާ މުސްލިމުން އެކަމުގައި ބައިވެރިވެއެވެ. މިދަނޑިވަޅަކީ މިއީ އެފަދަ ދަނޑިވަޅެކެވެ. އަޅުގަނޑުމެންގެ މުސްލިމު އަޚުން ކަމުގައިވާ ޕާކިސްތާނުގެ 20 މިލިޔަނަށްވުރެ މީހުން އެތިބީ ޤުދުރަތީ ކާރިޘާއެއްގެ ޝިކާރައަކަށްވެ ޙާލުގައި ޖެހިފައެވެ. އިތުރަށް ވިދާޅުވުމަށް>>


އޫރުމަހުން އިންސާނާގެ ސިއްހަތައް ލިބޭ ނުރައްކާތެރި ގެއްލުން

ތަރުޖުމާ: އަބޫޤުދާމާ އަލްމާލްދީފީ (جزاه الله خير)

22 އޮގަސްޓު 2010 - ”إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنْزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّهِ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلا عَادٍ فَلا إِثْمَ عَلَيْهِ إِنَّ اللَّهَ غَفُورٌ رَحِيمٌ“ ”ތިޔަބައިމީހުންނަށް އެކަލާނގެ ޙަރާމް ކުރައްވާފައިވާކަން ކަށަވަރީ، މުޅަ ތަކެއްޗާއި، ލެޔާއި، އޫރު މަހާއި، ﷲ ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. ފަހެ، މަޖުބޫރު ވެއްޖެމީހާ ނުކިޔަމަންތެރިކަމެއް އަދި ހައްދުފަހަނަ އަޅާ ދިއުމެއް ނެތި (އެތަކެތިން ކެއުމުގައި) އެމީހާގެ މައްޗަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.“ [ސޫރަތުލް ބަޤަރަ 173] އިތުރަށް ވިދާޅުވުމަށް>>


ވިހެއުމުގެ ވަގުތުގައި އެއްޗެއްގައި ހިފައި ދެމުމުން ވިހެއުމަށް ވާ ފަސޭހަ

ތަރުޖުމާ: އަބޫޤުދާމާ އަލްމާލްދީފީ (جزاه الله خير)

22 އޮގަސްޓު 2010 - ”فَأَجَاءَهَا الْمَخَاضُ إِلَى جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَذَا وَكُنْتُ نَسْيًا مَنْسِيًّا. فَنَادَاهَا مِنْ تَحْتِهَا أَلا تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا. وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا.“ ”ވިހެއުމަށް ބަނޑުގައި ރިއްސުމުގެ ގަދަވޭނުގައި އެކަމަނާއަށް ކަދުރު ރުކެއްގެ ކައިރިއަށް ވަޑައިގެންނެވުނެވެ. އެކަމަނާ ވިދާޅުވިއެވެ. ’ތިމަން ކަމަނާ މިކަމުގެ ކުރިން މަރުވި ނަމައެވެ. އަދި ހަލާކުވެގޮސް ހަދާންނެތިވެފައިވާ އެއްޗެއް ކަމުގައި ތިމަންކަމަނާ ވީނަމައެވެ.‘ ދެން އެކަމަނާގެ ދަށުން އަޑެއް އެކަމަނާ އަށް އިވިވަޑައިގަތެވެ. ’ރޮއެ ހިތާމަކޮށް ނުހައްދަވާށެވެ. ކަމަނާގެ ފައިތިލަ ދަށުގައި ކަމަނާގެ ވެރިރައްބު ފެނުގެ އާރެއް ލައްވާފައިވެއެވެ... އިތުރަށް ވިދާޅުވުމަށް>>


ފަހެ، ރުޅިއައިސްގެން ގޮސް ހަލާކުވާށެވެ! އަހަރުމެންގެ މި ޖިހާދެއް ނުހުއްޓާނަމެވެ! (6)

އަބޫ ޠުރާބް (جزاه الله خير)

21 އޮގަސްޓު 2010 - އެހެންކަމުން ދެން ނިކަން ބުނެބަލާށެވެ! ﷲ سبحانه وتعالى އަށްޓަކައި ތިޔަ އަޚުންގެ އެއްވެސް ޒިންމާއެއް މި ޖިހާދުގައި ނުވޭ ހެއްޔެވެ؟ އަހަރުމެން ތިޔަ އަޚުން ކައިރީ ޖިހާދުގެ ބިންތަކަށް ކޮންމެހެން ދާންޖެހޭނެއޭ ބުނަނީ އެއް ނޫނެވެ. އެކަމަކު އަހަރުމެން މިބުނަނީ ތިޔަހެން މުސްލިމުންނަށް ބޭވަފާތެރިނުވެ ދީނަށްޓަކައި ކޮންމެވެސް ކަމެއް ކޮށްދޭށޭއެވެ. އެންމެ ކުޑަމިނުން މުޖާހިދުންނަށް ނަޞްރު ދެއްވުމަށް އެދި ނަމާދުތަކުގައި ދުޢާއެއް ކޮށްލަދޭށެވެ! ނުވަތަ ޢަދާވާތްތެރިން ބަލިވެ ނިކަމެތި ކޮށްލެއްވުމަށް އެދި ޖަމާޢަތުގައި ކުރެވޭ ނަމާދުތަކުގައި ޤުނޫތު ނާޒިލާ ކިޔުން ކީއްހެއްޔެވެ؟ އިތުރަށް ވިދާޅުވުމަށް>>


އޭ ﷲ ގެ ޝަރީޢަތް ޤާއިމް ނުކުރާ ވެރިންނާއި ޣާޒީންނޭވެ......! (1)

އަސަދުﷲ އަލް މާލްދީފީ (جزاه الله خيرا)

21 އޮގަސްޓު 2010 - ﷲ سبحانه وتعالى އަހަރުމެންގެ މެދުގައި ޙުކުމް ކުރެއްވުމަށްޓަކައި މަތިވެރިވެގެންވާ ޝަރީޢަތެއް ބާވައިލައްވައި، މީސްތަކުންގެ މެދުގައި އެ ޝަރީޢަތުން ޙުކުމް ކުރެއްވުމަށް އަމުރު ކުރައްވާފައިވާ ހިނދުގައިވެސް އެ އަމުރަށް ބީރު ކަންފަތެއްދީ އޭގެން މޫނު އަނބުރާލައި، ފުރަގަހަށް އެ ޝަރީޢަތް އެއްލާލައި ތިމާމެންގެ އަމިއްލަ ޤާނޫނުތަކެއް ހަދާ އެ ޤާނޫނުތަކަކީ އިސްލާމީ ޝަރީޢަތޭ ބުނެ އެ ޤާނޫނުތަކުން މީސްތަކުންގެ މައްޗަށް ޙުކުމް ކުރަމުން ގެންދިޔުން މިއީ ކިހާވަރެއްގެ ކަމެއް ކަން ހަމަ ނޭގެނީ ބާއެވެ؟ އިތުރަށް ވިދާޅުވުމަށް>>


ފަހެ، ރުޅިއައިސްގެން ގޮސް ހަލާކުވާށެވެ! އަހަރުމެންގެ މި ޖިހާދެއް ނުހުއްޓާނަމެވެ! (5)

އަބޫ ޠުރާބް (جزاه الله خير)

19 އޮގަސްޓު 2010 - މިއީ އަހަރުމެންގެ އުއްމަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ޢާލިމްގެ ބަސްތަކެވެ. އަހަރުމެންގެ އަމިއްލަ ބަސްތަކެއް ނޫނެވެ. އެބޭކަލުންނަށް ﷲ سبحانه وتعالى ދެއްވި ޢިލްމުގެ މައްޗަށް، އަދި އެބޭކަލުންނާއި ﷲ سبحانه وتعالى އާއި ވެވުނު ޢަހުދުގެ މައްޗަށް އެބޭކަލުން ވަފާތެރިވީ ގޮތެވެ. ފަހެ އެބޭކަލުންނަށް ﷲ سبحانه وتعالى ދެއްވެވި ޢިލްމުން އެންމެ ތަންކޮޅެއްވެސް މަދުނުކޮށް ﷲ سبحانه وتعالى މެނުވީ އެހެން އެއްވެސް ފަރާތެއްދެކެ ބިރުނުގަނެ، މަލާމާތްކުރާ ބައެއްގެ މަލާމާތަކަށް ނުބަލާ، އެބޭކަލުން އެވަނީ މީސްތަކުންނަށް ބަޔާން ކޮށްދެއްވާފައެވެ. އިތުރަށް ވިދާޅުވުމަށް>>


ދުނިޔެއަށް ލޯބިކުރާ މީހުންނަށް ދަޢުވަތު ދޭނެ ގޮތް

އަލްއިމާމް އިބްން ޤައްޔިމް ޖައުޒިއްޔާ (رحمه الله)

19 އޮގަސްޓު 2010 - ”ބުއްދިވެރިއަކު މީސްތަކުންނަށް ދުނިޔެ ދޫކޮށްލުމަކަށް އަމުރެއް ނުކުރާނެއެވެ. އެހެނީ މިއީ އެބައިމީހުންނަށް ނުވާނެ ކަމަކަށް ވާތީއެވެ. އޭގެ ބަދަލުގައި އެމީހުން ދުނިޔެވީ ދިރިއުޅުމެއް ހޭދަކުރަމުންދާ ހިނދު އެބައިމީހުންގެ ފާފަތައް ދޫކޮށްލުމަށް އެބައިމީހުންނަށް ދަޢުވަތު ދެވިދާނެއެވެ. އެހެނީ ދުނިޔެ ދޫކޮށްލުމަކީ އިޚްތިޔާރީ ކަމަކަށްވީއިރުގައި ފާފަތައް ދޫކޮށްލުމަކީ ވާޖިބުކަމެކެވެ. އެހެންކަމުން، ވާޖިބު ކަންތައް ފުރިހަމަ ނުކުރާ އިރުގައި އިޚްތިޔާރީ ކަމެއް ކުރުމަށް އެމީހުންގެ މައްޗަށް އަމުރު ކުރާނީ ކިހިނެތް ހެއްޔެވެ؟ އިތުރަށް ވިދާޅުވުމަށް>>


ރޯދަ ވީއްލާ ވަގުތުގައި ގިނައިން ކެއުން

އިމާމް އަލްޣަޒާލީ (رحمه الله)

18 އޮގަސްޓު 2010 - ”އެމީހެއްގެ ބަނޑު ފުރެންދެކަށް މީހަކު ރޯދަ ވީއްލާ ގަޑީގައި ކައިގެން ނުވާނެއެވެ. އެހެނީ، ފުރިފައިވާ ބަނޑެއް ފިޔަވައި ﷲ ތަޢާލާ އެހާ ބޮޑަށް ނުރުހުންވެވޮޑިގަންނަވާ ކަންވާރެއް ނުވެއެވެ. މުޅި ދުވަހު ނުކެވި ހުރި އެއްޗެހި ކައި ފުރިހަމަ ކުރުމުން ރޯދަ ވީއްލާނަމަ، މިދުޝްމަން ކޮންޓްރޯލްކޮށް ރޯދައިން ފައިދާ ލިބިގަނެ މި އެދުން ނެތިކޮށްލާނީ ކިހިނަކުން ހެއްޔެވެ؟ ޙަޤީޤަތުގައި ބައެއް މީހުން އެމީހުން ދުވާލުގެ ވަގުތުގައި އާންމުގޮތެއްގައި ކާވަރަށް ވުރެ ގިނައިން ރޯދަވީއްލާ ވަގުތުގައި ކައެވެ! މިއާދަ ދެމިގެން ގޮސްފައިވާ މިންވަރަކީ ރޯދަމަހަށްޓަކައި ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކޮށް އަދި އެހެނިހެން މަސްތަކާއި ޚިލާފަށް މިމަހުގައި ގިނަ ކާއެއްޗެހި ކެއުމެވެ. އިތުރަށް ވިދާޅުވުމަށް>>


ފަހެ، ރުޅިއައިސްގެން ގޮސް ހަލާކުވާށެވެ! އަހަރުމެންގެ މި ޖިހާދެއް ނުހުއްޓާނަމެވެ! (4)

އަބޫ ޠުރާބް (جزاه الله خير)

17 އޮގަސްޓު 2010 - ޝަރީޢަތުން ބަޔަކަށް އިންކާރުކުރާ މީހުންނާއި މަގުފޭރޭ ބައިގަނޑުތަކާއި ދެކޮޅަށް ހަނގުރާމަކުރުން ޝަރުޢުވެފައިވާކަމަށް އަހަރުމެން މިބުނާ ފަދައިން، ކާފިރުންނާއި ދެކޮޅަށް ޖިހާދު ކުރުމާއި ޒަކާތަށް އިންކާރުކުރި މީހުން ފަދަ ޝަރީޢަތުން ބަޔަކަށް އިންކާރުކުރާ މީހުންނާއި، ޚަވާރިޖުންނާއި އެފަދަ އެހެންމީހުންނާއި ދެކޮޅަށް ޖިހާ��ު ކުރުމުގެ ވާޖިބުކަން މާ އިސްވެގެންވެއެވެ. އެބައިމީހުންނާއި އިސްވެ ހަނގުރާމަކޮށް (ނުވަތަ އިޢުލާނުކުރުން) އެބައިމީހުން ފަހަތަށް ޖެއްސުން އަހަރުމެންނަށް ވާޖިބުވެގެންވެއެވެ. އަދި އެކަން ކުރުމަކީ މުސްލިމުންގެ މައްޗަށް ކިފާޔަތުގެ ފަރްޟެކެވެ. އިތުރަށް ވިދާޅުވުމަށް>>


މުޖާހިދުން ހައްޔަރު ކުރަން އައި ހެލިކޮޕްޓަރަށް މުޖާހިދުން ހޫނު މަރުޙަބާއެއް ކިޔައިފި

16 އޮގަސްޓު 2010 - 14 އޮގަސްޓް ވީ އާދީއްތަދުވަހު އަފްޣާނިސްތާނުގެ ރަށެއްކަމުގައިވާ ޒާބުލްގައި އިސްތިޢުމާރީންގެ ހެލިކޮޕްޓަރަކަށް މުޖާހިދުން ޙަމަލާދިނުމަށްފަހުގައި އެ ހެލިކޮޕްޓަރު ވައްޓާލައިފިއެވެ. މި ޙަމަލާ ދެވިފައިވަނީ އިސްތިޢުމާރީންގެ ހެލިކޮޕްޓަރު އެ ސަރަހައްދަށް ޖައްސަން އުޅުން ވަގުތެއްގައެވެ. އަދި އިސްތިޢުމާރީންގެ މަޤްސަދަކީ މުޖާހިދުން މެރުން ނުވަތަ ހައްޔަރު ކުރުމެވެ. އަދި މި މަޤްސަދުގައި ފުރަތަމަ ހެލިކޮޕްޓަރު ޖެއްސިތަނުން މުޖާހިދުން އެބައިމީހުންގެ ހަތިޔާރުތަކުން ވަރުގަދައަށް ޙަމަލާދިނެވެ. އިތުރަށް ވިދާޅުވުމަށް>>


ނަބީއްޔާ (صلى الله عليه وسلم) ޞަލަވާތް ކިޔެވުމުގެ ފައިދާ

ތަރުޖަމާ: އުންމު ކުލްޘޫމް (جزاها الله خير)

16 އޮގަސްޓު 2010 - ޅަފުރައިގެ ޒުވާން ފިރިހެނަކު ކަޢުބާގެ ކައިރީގައި އެއްދުވަހަކު ޠަވާފް ކުރަމުން އަދި އޭނާ ޠަވާފް ކުރުމާ އެއްވަރަށް ނަބިއްޔާ (صلى الله عليه وسلم) ގެ މައްޗަށް ޞަލަވާތް ކިޔަމުންދާ މަންޒަރު ފެނި މި މީހާ އާއި ސުވާލު ވެވުނެވެ. ”ތިޔަހާ ގިނައިން ނަބިއްޔާ (صلى الله عليه وسلم) ގެ މައްޗަށް ޞަލަވާތް ކިޔެވުމާއި ބެހޭގޮތުން ތިބާއަށް އެނގެނީ ކިހާ މިންވަރަކަށްހެއްޔެވެ؟“ އެހިނދު އޭނަ ޖަވާބުގައި ބުންޏެވެ. އަހަރެންނާއި އަހުރެންގެ ބައްޕަ އެއްފަހަރެއްގައި ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ނުކުތީމެވެ.... އިތުރަށް ވިދާޅުވުމަށް>>


ތަރާވީހް ނަމާދުގެ މާތްކަން

އުއްމު ޢަބްދު ﷲ (جزاها الله خيرا)

15 އޮގަސްޓު 2010 - ތަރާވީހް ނަމާދުގެ މާތްކަމަކީ ކޮބައިހެއްޔެވެ؟ ﷲއަށް ޙަމްދުހުއްޓެވެ. ފުރަތަމައަށް:- ޢިލްމުވެރިންގެ އިޖްމާޢިން އެނގޭ ގޮތުގައި ތަރާވީހް ނަމާދަކީ ސުންނަތް މުސްތަހައްބު ކަމެކެވެ. އަދި އަންނަނީ ޤިޔާމުއްލައިލްގެ(ރޭއަޅުކަމުގެ) މައުޟޫގެ ދަށުގައެވެ. ޤުރުއާނާއި ސުންނަތުގެ ހެކިތަކުގެ އަލީގައި އެކަމަށް ބާރުދީ ރޭއަޅުކަމަށް ހިތްވަރުދެއެވެ. އަދި އޭގެ މަތިވެރިކަން ބަޔާންކޮށްދެއެވެ. ދެވަނަ ކަމަކަށް:- ރޯދަމަހުގައި ރޭއަޅުކަމުގައި ނަމާދު ކުރުމަކީ، މިމަހުގައި މީހަކަށް އޭނާގެ ވެރި އިލާހާއި އެންމެ ބޮޑަށް ކުއްތަންވެވޭ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިން އެއް އަޅުކަމެވެ. އަލް-ހާފިޒް އިބްން ރަޖަބް (رحمه الله) ވިދާޅުވިއެވެ. ”ދަންނާށެވެ! ރޯދަމަހުގައި މުއުމިނު އަޅާ ދެކަމެއްގައި ނަފްސުގެ ޖިހާދުގައި ހަރަކާތްތެރިވެއެވެ. އިތުރަށް ވިދާޅުވުމަށް>>