17 ފެބްރުއަރީ 2010 - އަފްޣާނިސްތާނުގެ ޠާލިބާނުންގެ އިސް ވެރިއެއްކަމަށްވާ މުއްލާ ޢަބްދުލް ޣަނީ ބަރާދަރް (حفظه الله) ހައްޔަރު ކުރެވިއްޖެކަމަށް ފަތުރަމުންދާ ޚަބަރަކީ ދޮގެއް ކަމަށް ޠާލިބާނުންގެ ތަރުޖަމާނު އިއްޔެ ވިދާޅުވެއްޖެއެވެ. އިއްޔެ ދުނިޔޭގެ ހުރިހާ މީޑީޔާއެއްގަހެން ފަތުރަމުންދިޔަ މިދޮގު ޚަބަރުގައި ބުނާ ގޮތުން މުއްލާ ޢަބްދުލް ޣަނީ (حفظه الله) އަތުލާގަނެފައިވަނީ އެމެރިކާއާއި ޕާކިސްތާނު ގުޅިގެން ހިންގި ޚާއްޞަ ސިއްރު އޮޕަރޭޝަނެއްގައި ކަމެވެ.
ނިއުޔޯރކް ޓައިމްސްގައި ލިޔެފައިވާ ގޮތުން، މުއްލާ ޢަބްދުލް ޣަނީ (حفظه الله) ހައްޔަރުކޮށްފައިވަނީ އެމެރިކާއާއި ޕާކިސްތާނުގެ ޖާސޫސީ އިދާރާތައް ގުޅިގެން ހިންގި ސިއްރު އޮޕަރޭޝަނެއްގައެވެ. އަދި ހައްޔަރު ކުރިތާ ދުވަސްކޮޅަށް ވެއްޖެކަމަށާއި މިހާރު މުއްލާ ޢަބްދުލް ޣަނީ ހުރީ ޕާކިސްތާނުގެ ހައްޔަރުގައި ކަމަށާއި، ތަޙްޤީޤު ކުރެވެމުންދަނީ އެމެރިކާއާއި ގުޅިގެން ކަމަށެވެ.
”ހަދަހަދައިގެން ފެތުރި މިވާހަކައިގައި އެއްވެސް ހަޤީޤަތެއް ނެތް، އެއީ ކަނޑައެޅިގެން ބޮޑު ދޮގެއް“ ޠާލިބާނުންގެ ތަރުޖަމާނެއް ކަމަށްވާ ޔޫސުފު އަޙްމަދީ އޭ.އެފް.ޕީ އަށް ފޯނުން ގުޅުއްވާ މަޢްލޫމާތު ދެއްވިއެވެ.
”މުއްލާ ޢަބްދުލް ޣަނީ (حفظه الله) ހުންނެވީ އަފްޣާނިސްތާނުގައި، އޭނާ ހުންނެވީ އަހަރެމެންނާއި ގުޅޭ ހިސާބެއްގައި، ޖިހާދުގެ ހުރިހާ ހަރަކާތްތަކެއްގައި އިސްކޮށް އޭނާ އުޅުއްވަމުންދަނީ“ ތަރުޖަމާނު އިތުރަށް ވިދާޅުވިއެވެ.
”މިފަދަ ވާހަކަތައް ހަދަހަދައިގެން ދެއްކުމުގެ ބޭނުމަކީ އެމެރިކާއިން މަރަޖާހް ގައި ހިންގަމުންދާ ޢުދްވާނުގައި އެމީހުން ބަލިވެފައިވަ މިންވަރު ފޫބެއްދުމަށްޓަކައި، މަރަޖާހް އަވަށުގައި އެމެރިކާއާ ދެކޮޅަށް ވަރަށްވެސް ނުރައްކައުތެރި ކުރިމަތިލުންތަކެއް ދަނީ ހިނގަމުން“ ތަރުޖަމާނު ވިދާޅުވިއެވެ.
އެމެރިކާއާއި އޭގެ އަޢްވާނުންނަށްޓަކައި، ދުނިޔޭގެ މީޑިޔާތައް އަޅުވެތިވެފައިވާ މިންވަރު މިފަދަ ކަންތައްތަކުން އެނގި ހާމަވެގެން އެބަދެއެވެ. ހިތާމަޔަކީ މުސްލިމުންގެ ތެރެއިން ބައެއް ފަރާތްތަކުންވެސް މިފަދަ ދޮގު ޚަބަރުތައް ޤަބޫލުކުރާކަމެވެ. ﷲ ތަޢާލާގެ ފަޟްލުވަންތަވެރިކަމުން މުޖާހިދުންނާއި ޖިހާދުގެ އަމީރުންތައް ވަނީ އެއިލާހުގެ ފުރިހަމަ ރައްކައުތެރިކަމުގައެވެ. މީއަޅުގަނޑުމެން ފުންކޮށް ވިސްނާލައިފި ނަމަ އެނގިހާމަވެގެންދާނެ ދިރިހުރި މިޘާލުތަކެވެ. އުސާމާ ބިން ލާދިން (حفظه الله) އަތުލުމަށްޓަކައި އެމެރިކާގެ ޖާސޫސީ އިދާރާތަކުންނާއި، ދުނިޔޭގެ އެންމެހާ ޤައުމުތަކެއްގެ ޖާސޫސީ އިދާރާތަކުން ދަނީ ކެނޑި ނޭޅި އެތައް ފައިސާތަކަކާއި އެތައް ވަގުތުތަކެއް ހޭދަކުރަމުންނެވެ. ނަމަވެސް ﷲ ތަޢާލާ ރައްކައުތެރި ކުރެއްވި އަޅަކަށް، މުޅިދުނިޔެ އެއްކޮޅަށް އަރައިގެން ގެއްލުމެއް ދޭން އުޅުނު ކަމުގައި ވިޔަސް، ހަމަކަށަވަރުން އެކަން ވެގެން ދާނީ ނާކާމިޔާބު ކަމަކަށެވެ.