16 ފެބްރުއަރީ 2010 - 2010 ފެބްރުއަރީ 14 ވީ އާދިއްތަ ދުވަހުގައި، އަންޖަސްޓް މީޑިއާ އިން އަފްޣާނިސްތާނުގެ މަރްޖާގައި ނޭޓޯ އަދި އެމެރިކާއިން ހިންގަމުންދާ ޢުދުވާނާއި ބެހޭގޮތުން އަފްޣާނިސްތާނުގެ އިސްލާމީ އިމާރާތުގެ ރަސްމީ ތަރުޖަމާނު ޤާރީ މުޙައްމަދު ޔޫސުފް އާއި، ސުވާލުކުރެވުނެވެ.
މަރްޖާގައި ކުރިއަށްދާ މިޢުދުވާނާއި ބެހޭ ތަފްޞީލް ހާމަކޮށްދިނުމަށް އެދި ކުރެވުނު ސުވާލުގެ ޖަވާބުގައި ޤާރީ މުޙައްމަދު ޔޫސުފް ވިދާޅުވެފައިވެއެވެ. "އިއްޔެއިން ފެށިގެން، އަރައިގަނެފައިވާ ފައުޖުތަކާއި މުރުތައްދުންތައް ވަނީ މަރުޖާގައި ޙަމަލާތައް ފަށާފައެވެ. ހޮނިހިރު ދުވަހު އެމީހުންގެ ހެލިކޮޕްޓަރު ތަކުން އެކި ސަރަޙައްދުތަކަށް ސިފައިން ބޭލިއެވެ. އަދި އޭގެ ފަހުގައި، އެމީހުންގެ ސިފައިންތައް ފައިމަގުގައި، ޓޭންކަރުތަކުގެ އެހީތެރިކަމާއިއެކު އެސަރަޙައްދަށް ވަންނަން މަސައްކަތް ކުރިއެވެ. އެދުވަހުގައި ވަރުގަދައަށް ޙަމަލާ ބަދަލުކުރެވުނެވެ. އަދި މިޙަމަލާ ބަދަލުކުރުމުގެ ތެރޭގައި މުޖާހިދުން ވަނީ ދުޝްމަނުންގެ ސަފުތަކަށް، މާއްދީގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ގެއްލުން ތަކެއް ދީފައެވެ.
މުޖާހިދުންވަނީ، އެސަރަޙައްދުގައި 100 އެތައް އައި.އީ.ޑީ ތަކެއް ވަޅުލާފައެވެ. އެމީހުން ފައިމަގުގައްޔާއި ޓޭންކު ތަކުގައި އެސަރަޙައްދަށް ވަނުމުން ވަނީ އައިޑީތަކުގެ ސަބަބުން ގޮވައިގެން ގޮސްފައެވެ. ހޮނިހިރު ދުވަހުގެރޭ ވަނީ ހަމަހިމޭން ވެފައެވެ. އާދިއްތަ ދުވަސް އައުމާއިއެކު، ދުޝްމަނުންގެ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތައް އެސަރަޙައްދުގެ މަތިން އުދުހެން ފެށިއެވެ. ނަމަވެސް މުޖާހިދުން އެއުޅަނދުތަކަށް ބަޑިޖަހާފާނެ ކަމުގެ ބިރުގައި ދުއްވަމުން އައީ އެހާ ތިރިންނެއް ނޫނެވެ. އަދި އެމީހުންގެ މަގު މަތީ ބޮން ވަޅުލާފައިވާކަން ދެނެގަންނަ ވެހިކަލްތަކުން ކުރިއަށް ޖެހެން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަމެއްވެސް އެމީހުންނަކަށް ކާމިޔާބެއް ނުކުރެވެއެވެ.
ހޮނިހިރުދުވަހުގެ ރޭގަނޑުގެ ވަގުތުގައި، ޢަދުއްވުންވަނީ ހޮހޮޅައެއްގެ ތެރެއަށް އެމީހުންގެ 30 ނުވަތަ 40 އެއްހާ ސިފައިން ވައިގެ ޒަރީޢާއިން ބާލުވާފައެވެ. އެހެންނަމަވެސް އެމީހުންވަނީ އެހޮހޮޅަ ތެރޭގައި ބެދިފައެވެ. އެމީހުން އެހޮހޮޅައިން ނިކުންނަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު މުޖާހިދުން އެމީހުންނަށް ޙަމަލާދެއެވެ. އަދި މިކުރިމަތިލުމުގައި މިހާތަނަށް 13 ސިފައިން ވަނީ މަރުވެފައެވެ. އަދި 7 މީހުންވަނީ ޒަޚަމްވެސް ވެފައެވެ. އާދީއްތަދުވަހުގެ ފަހުކޮޅުގައި ހޮހޮޅައިގައި ބެދިފައިވާ ސިފައިންތައް އަޑުގަދަކުރާ މެދުވެރިކޮށްގެން އެމީހުންނަށް އެތަނުން ނުކުމެވޭނެގޮތް ހަދައިދިނުމަށް އެދި މުޖާހިދުންގެ ކިބައިން އެދިފައިވެއެވެ. އެމީހުންގެ ކާނާ ވަނީ ހުސްވެފައެވެ. އަދި އެހެންބަޔަކަށް އެމީހުންނަށް އެހިވުމަށް އެތަނަށް އައުންވަނީ އުނދަގޫވެފައެވެ. އެހެނީ މުޖާހިދުން ވަނީ އެސަރަހައްދުގައި އެތައްސަތޭކަ މަގުމަތީ ބޮމެއް ވަޅުލާފައެވެ. ޢަދުއްވުން އެސަރަހައްދުތަކުން ވަންނަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެމީހުން ގޮއްވާލެވޭނެއެވެ. މުޖާހިދުންގެ ތެރެއިން ކާފިރުން މިފެށި ޢުދުވާނުގައި މިހާތަނަށް 16 އަޚުން ވަނީ ޝަހީދުވެފައެވެ. އަދި 20 އަޚުންވަނީ ޒަޚަމްވެސް ވެފައެވެ. އަދި މީގެ އިތުރުން ޢަދުއްވުން ވަނީ ޢާންމުންގެ ތެރެއިން 12 މީހުންވެސް ޝަހީދުކޮށްލާފައެވެ. ޢަދުއްވުންގެ ފަޅިއަށް ބަލާއިރު، އެމީހުންގެ 16 ޓޭންކަރު ފުނޑާލެވިފާވާއިރު އެމީހުންގެ 84 މީހުންވަނީ މަރުވެ ނުވަތަ ޒަޚަމްވެފައެވެ.
އަންޖަސްޓްމީޑިޔާ: އެމެރިކާއާއި ނޭޓޯގެ ފައުޖުތަކުން މަރްޖާ އަވަށުގައި ކާފިރުން މިޢުދުވާން މިފެށީ ކޮން ސަބަބަކާ ހުރެ ކަމަށް ލަފާ ކުރެވޭހެއްޔެވެ؟
ޤާރީ މުޙައްމަދު ޔޫސުފު: ޢަދުއްވުންގެ ފަޅިއަށް ބަލާއިރު މިއީ ޕްރޮޕެގެންޑާ ގަނޑެކެވެ. 2001 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރުވެސް އެމީހުންނަށް އެއްވެސް ކަމެއް ޙާޞިލުވެފައި ނެތުމުންނާއި އަދި މިފަހަކަށް އައިސް އެމީހުންގެ އެބަލިވުން ވަނީ މުޅިދުނިޔެއަށް ފަޅާ އަރާފައެވެ. އެހެންކަމުން މިލަދުން ސަލާމަތްވުމަށްޓަކައި އެމީހުން މި ޢުދުވާން ފެށީ ކުޑަކުޑަ އަވަށަކާއި ދެކޮޅަށެވެ. އަދި ޢަސްކަރީގޮތުން ބަލާއިރު އެތަނަކީ މުހިންމު ތަނެއްވެސް ނޫނެވެ. އެހެނެއްކަމަކު މުޖާހިދުންނާއި ދެކޮޅަށް އެމީހުން ހަނގުރާމަ ކުރާ ކަން ދުނިޔެއަށް ދެއްކުމަށްޓަކައެވެ. ނަމަވެސް މައިދާނުގެ ހަޤީޤަތަކީ އަފްޣާނިސްތާނުގެ 80% ކޮންޓްރޯލް ކުރަނީ އަފްޣާނިސްތާނުގެ އިސްލާމީ ޢިމާރާތުންނެވެ. އެހެންކަމުން މިޢުދްވާނުގެ ބޭނުމަކީ ޢަދުއްވުން، އެމީހުންގެ ޤައުމުގެ އަހުލުވެރިންނަށް ހަދާ ދޮގާ މަކަރާ އިތުރަށް ފުޅާ ކުރަން ކުރާ މަސައްކަތެކެވެ.