Share
Share

އެމެރިކާގެ އަންހެން ސިފައިން ހަނގުރާމައިގައި މަރުވުމަށްވުރެ ގާތީ އަމިއްލަ ސިފައިން އަތުން ރޭޕްވުން

ޞުލްޙަ ގެނައުމުގެ ނަމުގައި މިފަދަ ބަޔަކު މުސްލިމުންގެ ޤައުމުތަކަށް އަރައިގަނެ މުސްލިމުންނާއިމެދު ހިންގާނެ ޖަރީމާތައް، މިފަދަ ފަޟީޙަތްތަކުން ހާމަވެގެންދެއެވެ.

11 މާރޗް 2010 - އަފްޣާނިސްތާނުގައާއި ޢިރާޤުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަންހެން ސިފައިން އެމީހުންގެ ފިރިހެން ސިފައިންނާއި އަދި އެމީހުންގެ ބޮޑުންގެ ފަރާތުން ރޭޕް ކުރެވޭ ޢަދަދު 25% އިތުރުވެއްޖެކަމަށް އެމެރިކާގެ ރަސްމީ ދިރާސާއަކުން ދައްކައިފިއެވެ.

ޕެންޓަގަންގެ ޢަދަދުތައް ބުނާގޮތުން 2009 ވަނަ އަހަރު އެމެރިކާގެ އަންހެން ސިފައިންގެ 3700 މީހުން ރޭޕް ކުރެވިފައިވެއެވެ. މިޢަދަދަކީ ނިސްބަތުން ނުހަނު ބޮޑު ޢަދަދެކެވެ.

ޕެންޓަގަނުން ހާމަކުރިގޮތުގައި ރޭޕް ކުރެވޭ ޢަދަދުގެ 80% - 90% ގެ ޙާދިޘާތަކަކީ ނޭނގި ނުވަތަ ސިއްރުކުރެވިގެން ކުރެވޭ ރޭޕްތަކެވެ. (ރިޕޯރޓު ނުކުރެވޭ ރޭޕުތަކެވެ.) އަދި މީގެ ސަބަބެއް ކަމަށް ބުނެފައިވަނީ ބަދަލު ހިފައިފާނެ ކަމުގެ ބިރުވެރިކަން އަންހެން ސިފައިންގެ ހިތުގައި އޮތުމުގެ ސަބަބުން ކަމަށެވެ.

އެމެރިކާއާއި ޢިރާޤުގައި އެމެރިކާނުން ކުރަމުންގެންދާ ހަނގުރާމައިގައި ބައިވެރިވުމުގެ ނިޔަތުގައި ޢަސްކަރީއާއި ގުޅޭ އަންހެން ސިފައިން ހަނގުރާމައިގައި މަރުވުމަށްވުރެ ބޮޑަށް އެމީހުންނަށް އެންމެ ގާތް ކަމަކީ އެކުވެރި ފިރިހެން ސިފައިން އަތުން ރޭޕްވުން ކަމުގައި ބައެއް އަންހެން ސިފައިން ހާމަކުރެއެވެ.

އިންސާނިއްޔަތަށް މަސައްކަތްކުރާ ބައެއް އަންހެން ޖަމާޢަތްތަކުން މިހާރު މިކަމާ ދެކޮޅަށް އެކިއެކި ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. އެމެރިކާގެ ސަރުކާރަށް މިކަމުގެ ފުރިހަމަ މަޢްލޫމާތު ލިބިފައިވާ ހިނދުގައިވެސް އެމީހުންވަނީ މިކަމަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ފަސްޖެހިފައެވެ.

އެމެރިކާގެ އަނިޔާވެރި، ރަޙުމްކުޑަ ސިފައިން އެމީހުންގެ އަމިއްލަ ފަރުދުންނާއި ދޭތެރޭ މިފަދައިން ކަންތައް ކުރާ ހިނދުގައި އެމީހުންގެ ހިތުގައި ޢަދާވާތްތެރިކާމާއި ރުޅިވެރިކަން އެބަޔަކާއި މެދު އުފެދިފައިވާ މުސްލިމުންނާއި މެދު މިބައިމީހުން ކަން ކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ ޚާއްޞަކޮށް ﷲ ތަޢާލާ ޢިއްފަތްތެރިވުމަށް އަމުރުކުރައްވާފައިވާ މުސްލިމު އަންހެނުންނާއި މެދު މިބައިމީހުން ޢަމަލު ކުރާނީ ކޮންފަދައަކުން ހެއްޔެވެ؟

އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!
އަޞްލު: އެކުލަވާލެވިފައި