Share
Share

ޢިރާޤުގައި ވިހެއުމުގައި އުފަންވާ ނުކުޅެދޭ ކުދީން އާދަޔާ ޚިލާފަށް ގިނަވަނީ

އެމެރިކާއާއި އޭގެ އަޢްވާނުން ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ސަބަބުން ނުކުޅެދިފައިވާ މައުސޫމް ކުއްޖެއް.

04 މާރޗް 2010 - ބީ.ބީ.ސީ އިން ހިންގި ތަޙްޤީޤީ ރިޕޯރޓަކުން ދެއްކި ގޮތުގައި ޢިރާޤުގައި އަލަށް އުފަންވާ ކުދީންގެ ތެރޭގައި ވިހެއުމުގައި އުފެދޭ ނުކުޅެދުންތެރިކަން އުފެދިފައިވާ ކުދީން އާދަޔާ ޚިލާފަށް ގިނަ ކަމަށް ދައްކައިފިއެވެ. އަދި އޭގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް ނުކުޅެދޭ ކުދީން އުފަންވެފައިވަނީ ފައްލޫޖާއިން ކަމަށެވެ.

މީގެ 6 އަހަރު ކުރީން ޢިރާޤުގައި އެމެރިކާގެ އިސްތިޢުމާރީންތައް ވަނީ ވަރަށް ވަރުގަދައަށް ހަނގުރާމަކޮށްފައެވެ.

ޢިރާޤުގެ ހޮސްޕިޓަލަކުން ބީ.ބީ.ސީ އާއި ވާހަކަދެއްކެވި ޑޮކްޓަރެއް ވިދާޅުވިގޮތުގައި އެ ހޮސްޕިޓަލުގައި ކޮންމެ ދުވަހަކުވެސް އެއްކުއްޖެއް ނުވަތަ ދެކުއްޖެއްގެ ވިހެއުމުގައި ނުކުޅެދުންތެރިކަން ފެންނަ ކަމަށެވެ.

ނަމަވެސް އެމެރިކާގެ ޢަސްކަރިއްޔާއިން އަދިވެސް ބުނަނީ ނުކުޅެދޭ ކުދީން އުފަންވާ ކަމަށް ބުނާ ބުނުމާއި ބެހޭގޮތުން އެއްވެސް ރަސްމީ ރިޕޯރޓެއް މިވީހާތަނަށް އައިސްފައި ނުވާ ކަމަށެވެ.

ފައްލޫޖާ ގައި ހުންނަ އެމެރިކާނުން ހުޅުވައިދިން ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި މި ކަމަގެ ސަބަބާއި ގުޅޭގޮތުން ސުވާލު ކުރުމުން ހަޤީޤަތް ހާމަކުރުމަށް އެމީހުންވަނީ ޖެހިލުންވެފައެވެ. އަދި ބުނެވޭ ގޮތުން މީގެ ސަބަބަކީ އެމީހުންގެ ސަބަބުން އެމެރިކާއަށް އެއްވެސް އުނދަގުލެއް ފޯރުމަށް އެމީހުން ނޭދޭތީއެވެ. ނަމަވެސް ޢިރާޤުގެ ޢާންމު ރައްޔިތުން ބުނަނީ މިކަމުގެ މައިގަނޑު ސަބަބަކީ ހަނގުރާމައިގައި އެމެރިކާނުން ބޭނުންކުރި ވަރުގަދަ ހަތިޔާރުތައް ކަމަށެވެ.

ބީ.ބީ.ސީ ގެ ރިޕޯރޓަރެއް ހާމަކުރިގޮތުގައި އޭނާއާއި ވާހަކަ ދެއްކި ކޮންމެ ނުކުޅެދޭ ކުއްޖެއްގެ މަންމަ ވެސް އަދި ބައްޕަވެސް ބުނެފައިވަނީ މީގެ ސަބަބަކީ އެމެރިކާނުން ހަނގުރާމައިގައި ބޭނުން ކުރަމުންދިޔަ އާދަޔާ ޚިލާފު ވަރުގަދަ ހަތިޔާރުތައް ކަމަށެވެ.

ފައްލޫޖާގެ ހޮސްޕިޓަލުން އޭނާއަށް ފެނުނު ކުއްޖެއްގެ ކޮންމެ އަތެއްގައި 6 އިނގިލި ހުއްޓެވެ. އަދި ކޮންމެ ފައެއްގައިވެސް 6 އިނގިލި ހުއްޓެވެ.

އަޞްލު: އެކުލަވާލެވިފައި