24
ޖެނުއަރީ 2010 - ޢަލީ (رضي الله عنه) ވިދާޅުވިއެވެ. ނަބިއްޔާ (صلى
الله عليه وسلم) ފޮނުއްވުނީ 4 ކަނޑިއަކާއެކުގައެވެ.
1. މުޝްރިކުންނަށްޓަކައިވާ ކަނޑިއެވެ.
”بَرَاءَةٌ مِنَ اللَّهِ وَرَسُولِهِ إِلَى الَّذِينَ عَاهَدْتُمْ مِنَ
الْمُشْرِكِينَ (*)فَسِيحُوا فِي الأرْضِ أَرْبَعَةَ أَشْهُرٍ وَاعْلَمُوا
أَنَّكُمْ غَيْرُ مُعْجِزِي اللَّهِ وَأَنَّ اللَّهَ مُخْزِي الْكَافِرِينَ
(*)وَأَذَانٌ مِنَ اللَّهِ وَرَسُولِهِ إِلَى النَّاسِ يَوْمَ الْحَجِّ
الأكْبَرِ أَنَّ اللَّهَ بَرِيءٌ مِنَ الْمُشْرِكِينَ وَرَسُولُهُ فَإِنْ
تُبْتُمْ فَهُوَ خَيْرٌ لَكُمْ وَإِنْ تَوَلَّيْتُمْ فَاعْلَمُوا أَنَّكُمْ
غَيْرُ مُعْجِزِي اللَّهِ وَبَشِّرِ الَّذِينَ كَفَرُوا بِعَذَابٍ أَلِيمٍ
(*)إِلا الَّذِينَ عَاهَدْتُمْ مِنَ الْمُشْرِكِينَ ثُمَّ لَمْ
يَنْقُصُوكُمْ شَيْئًا وَلَمْ يُظَاهِرُوا عَلَيْكُمْ أَحَدًا فَأَتِمُّوا
إِلَيْهِمْ عَهْدَهُمْ إِلَى مُدَّتِهِمْ إِنَّ اللَّهَ يُحِبُّ
الْمُتَّقِينَ (*)فَإِذَا انْسَلَخَ الأشْهُرُ الْحُرُمُ فَاقْتُلُوا
الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ
وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ فَإِنْ تَابُوا وَأَقَامُوا الصَّلاةَ
وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ إِنَّ اللَّهَ غَفُورٌ رَحِيمٌ“
”(މިއީ) މުޝްރިކުންގެ ތެރެއިން ތިޔަބައިމީހުން އެބަޔަކާއި އެއްކޮށް
މުޢާހަދާކުރި މީހުންގެ ކިބައިން ﷲ އާއި، އެއިލާހުގެ ރަސޫލާއާއި
ބަރީއަވެގެންވާ ކަމުގެ އެންގެވުމެކެވެ. ފަހެ، ތިޔަބައިމީހުން (އެބަހީ:
މުޝްރިކުން) ހަތަރު މަސްވަންދެން ބިމުގައި ހިނގާބިނގާ އުޅޭށެވެ! އަދި
ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ﷲ ގެ ހަޟްރަތުން (އެބަހީ: ﷲގެ
ޢަޛާބުން) ސަލާމަތެއް ނުވެވޭނެއެވެ. އަދި ހަމަކަށަވަރުން ﷲ، ކާފަރުންތައް
ނިކަމެތި ކޮށްލައްވާނެއެވެ. އަދި މިއީ ބޮޑުވެގެންވާ ޙައްޖު ދުވަހު، ﷲ އާއި،
އެއިލާހުގެ ރަސޫލާގެ ކިބައިން، މީސްތަކުންނަށް އޮތް އެންގެވުމެކެވެ.
(މިއަދަށްފަހު) ހަމަކަށަވަރުން، ﷲ އާއި، އެއެއިލާހުގެ ރަސޫލާ ވަނީ،
މުޝްރިކުންގެ ކިބައިން ބަރީއަވެގެންނެވެ. ފަހެ، ތިޔަބައިމީހުން
(އެބަހީ:މުޝްރިކުން) ތަވްބާވެއްޖެނަމަ (ދަންނާށެވެ!) ފަހެ، އެގޮތް
ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީފި
ނަމަ، ފަހެ، ތިޔަބައިމީހުންނަށް ﷲ ގެ ހަޟްރަތުން (އެބަހީ: ﷲ ގެ ޢަޛާބުން)
ސަލާމަތެއް ނުވެވޭނެއެވެ. ކާފިރުވި މީހުންނަށް ވޭންދެނިވި ޢަޛާބު
ހުރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ! މުޝްރިކުންގެ ތެރެއިން
އެބަޔަކާ، ތިޔަބައިމީހުން މުޢާހަދާކޮށްފައިވާ، އަދި އެބައިމީހުންގެ (އެ
މުޢާހަދާއާމެދު)، ތިޔަބައިމީހުންނަށް އެއްވެސް ކަމެއް އުނިކޮށްފައިނުވާ
އަދި ތިޔަބައިމީހުންނާ ދެކޮޅަށް އެއްވެސްމީހަކަށް އެހީވެ، ވާގިދީފައިނުވާ
މީހުން މެނުވީއެވެ. ފަހެ، ތިޔަބައިމީހުން އެބައިމީހުންގެ މުއްދަތު
ހަމަވަންދެން އެބައިމީހުންގެ އަހުދު ފުރިހަމަކުރާށެވެ! ހަމަކަށަވަރުން،
ތަޤްވާވެރިންދެކެ، ﷲ ލޯބިވެވޮޑިގެންވެއެވެ. ޙުރުމަތްތެރި މައްސަރުތައް
ވޭތުވުމުން، ފަހެ، ތިޔަބައިމީހުން، މުޝްރިކުން ފެނުނު ކޮންމެ ތަނަކުން،
ތިޔަބައިމީހުން އެމީހުން ޤަތުލު ކުރާށެވެ! އަދި އެބައިމީހުން ހިފާ
ހައްޔަރުކުރާށެވެ! އަދި އެބައިމީހުން ހިޞާރުކުރާށެވެ. އަދި އެބައިމީހުން
އަތުލައިގަތުމަށްޓަކައި، ހުޝިޔާރުވެ ފިލައިތިބޭށެވެ! ފަހެ، އެބައިމީހުން
ތަވްބާވެ، ނަމާދު ޤާއިމްކޮށް، ޒަކާތްދީ އުޅެފިނަމަ، ދެން އެބައިމީހުން
މިނިވަންކަމާއެކު ދޫކޮށްލާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން
ފާފަފުއްސަވާ ރަޙީމްވަންތަ އިލާހެވެ.“ (ސޫރަތުއް ތައުބާ: 1-5)
2. ފޮތުގެ އަހުލުވެރީންނަށްވާ ކަނޑިއެވެ.
3. ހައްދުފަހަނައަޅާފައިވާ މީހުންނަށްޓަކައިވާ ކަނޑި އެވެ.
4. މުނާފިޤުންނަށްޓަކައިވާ ކަނޑިއެވެ.
އަޞްލު: ”Victorious party in the foundation of the state of believers“ މިފޮތުން ނެގި ތަރުޖަމާ ކުރެވިފައި