16
ފެބްރުއަރީ 2010 -
ޖިހާދުގެ ޝަރުޢީ މާނަ:
• ޙައްޤުދީނަށް ގޮވާލާ އަދި އެއާއި ދެކޮޅުހަދާ މީހުންނާއި ނަފުސާއި މާލުން ހަނގުރާމަކުރުމެވެ. [ޙަނަފީ]
• ޖިހާދަކީ ހަނގުރާމަކުރުމެވެ. [ޝާފިޢީ]
• ﷲ ގެ ކަލިމަފުޅު މަތިވެރިކުރުމަށްޓަކައި މުސްލިމުންނާއި ސުލްޙައިގެ އެއްބަސްވުމެއްވެފައިނުވާ ކާފިރުންނާއި ދެކޮޅަށް ހަނގުރާމަކުރުމެވެ. އަދި ޖިހާދަކީ މުސްލިމުންގެ ސަރަހައްދަށް ހަމަލާދޭ ކާފިރުންނާއި ހަނގުރާމަކުރުމެވެ. އަދި ކާފަރުންގެ ބިންތަކުގައި ކާފަރުންނަށް ހަމަލާދިނުމެވެ. [މާލިކީ]
ޖިހާދަކީ ވަކިވަކި ފަރުދުންނާއި މުޅި މުޖުތަމަޢުގެ ފަރުވާއެވެ.
ޖިހާދަކީ ވަކިވަކި ފަރުދުންނާއި މުޅި މުޖުތަމަޢުގެ ފަރުވާއެވެ. ޖިހާދު، މީހާ ކުފުރުގެ ބަލިމަޑުކަމުން އިސްލާމްދީނުގެ ރަނގަޅު ހާލަތަށް ގެންގޮސްދެއެވެ. ﷲ އަށް ކާފިރުވުމަކީ ހުރިހާ ބަލިމަޑުކަމެއްގެ ތެރެއިން އެންމެ ބޮޑު ބަލިމަޑުކަމެވެ. އަދި މުޅި އިންސާނިއްޔަތަށްވާ އެންމެ ބޮޑު ހަލާކެވެ. އަދި އިސްލާމްދީނަކީ ފުރިހަމަވެގެންވާ ފަރުވާއެވެ. ޖިހާދު މުޖުތަމަޢުގައިވާ ފިތުނަ ފަސާދައާއި އަނިޔާވެރިކަމުގެ އަޞްލު ނައްތާލާ މުޖުތަމަޢުއަށް ފަރުވާދެއެވެ. ކާފަރަކަށް ގެއްލުމެއް ނުދީ ދޫކޮށްލާކަމުގައިވާނަމަ ބަލިމަޑުކަން އިތުރުވެ، ވަރުގަދަވެ ކެންސަރު ފެތުރުމަށް މަގުފަހިވެއެވެ. ވީމާ މިބައްޔަށް ފަރުވާ ނުދެވޭހާ ހިނދަކު އިސްލާމްދީނެއް ނުފެތުރޭނެއެވެ. އަދި މުސްލިމުންނަށް ސުލްޙަވެރިކަމާއިއެކު ދިރިއެއް ނޫޅެވޭނެއެވެ. ބޭހޭއް ބޭނުންކޮށްގެން ބައްޔަށް ފަރުވާދެވޭކަމުގައި ވާނަމަ އެގޮތަށް ފަރުވާދޭށެވެ. އެހެންނޫނީ ޖެހޭނީ ބަލިޖެހިފައިވާ ގުނަވަން ބުރިކޮށްލާށެވެ. އެކަމުގެ ސަބަބުން ހަށިގަނޑަށް ބޮޑުވޭނެއް ތަޙައްމަލުކުރަން ޖެހުނު ކަމުގައިވީ ނަމަވެސްމެއެވެ. އެކަމަކު އެކަކަށްވެސް އެކަމަކީ އަނިޔާވެރިކަމެކޭ ނުބުނެވޭނެއެވެ. އެހެނީ އެކަމަކީ ހަށިގަނޑުގެ ދިރިހުރުމަށް ކޮންމެހެން ކުރަންޖެހޭކަމެކެވެ. އިސްލާމްދީނުގައި ޖިހާދުގެ ރޯލަކީ މިއީއެވެ. ފުރަތަމަ ދަޢުވަތު ފަތުރަންޖެހޭނީ ސުލްޙަވެރި ގޮތްތައް ބޭނުންކޮށްގެންނެވެ. ސުލްޙަވެރި ގޮތްތައް ހުސްވެ، އަދި އޭގެން އޭގެ މޭވާ ނުލިބިއްޖެނަމަ، ޙައްޤު އުފުލާ މީހުންނަށް ޖެހޭނީ ﷲ ގެ ބަސްފުޅު މަތިވެރިކުރުމަށްޓަކައި ކަނޑި ދަމައިގަނެ ހަނގުރާމަކުރާށެވެ.
ޖިހާދުގެ ޙުކުމް:
އިސްލާމްދީނުގައި ދެވައްތަރެއްގެ ފަރުޟެއްވެއެވެ. އެއީ ފަރުޟު ޢައިން އަދި ފަރުޟު ކިފާޔާއެވެ.
• ފަރުޟު ޢައިން: މިއީ ކޮންމެ ފަރުދެއްގެ މައްޗައްވެސް ކުރުން ވާޖިބުވެގެންވާ ކަންތައްތަކެވެ. މިސާލަކަށް: ފަރުޟު 5 ނަމާދު އަދި ރޯދަ.
• ފަރުޟު ކިފާޔާ: މިއީ ކުރުން ވާޖިބުވެގެންވާ ކަންތައްތަކެވެ. މުސްލިމުންގެ ތެރެއިން ބަޔަކު އެވާޖިބު އަދާކޮށްފިނަމަ ބާކީ ތިބިމީހުންގެ ކިބައިން އެވާޖިބު ފިލާދެއެވެ. މިފަދަ ފަރުޟުގެ މިސާލަކީ ހެޔޮކަންތައްތަކަށް ގޮވާލުމާއި ނުބައިކަންތައްތައް ނަހީކުރުމެވެ. މިއީ މުސްލިމް އުންމަތަށް އަދާކުރުން ވާޖިބުވެގެންވާ ކަމެކެވެ. މުސްލިމުންގެ ތެރެއިން ބަޔަކު މިވާޖިބު އަދާކޮށްފިނަމަ ބާކީ ތިބިމީހުންގެ ކިބައިން މިވާޖިބު ފިލާ ދެއެވެ. ނަމަވެސް މިވާޖިބު އަދާ ނުކޮށްފިނަމަ ވާޖިބު އަދާކުރުމަށްދާންދެން މުޅި އިސްލާމީ އުންމަތް ފާފަވެރިވެއެވެ. އަނެއް މިސާލަކީ ބަންގި ގޮވުމެވެ. ބައެއް މަޛްހަބުތަކުގައިވާ ގޮތުން ބަންގި ގޮވުމަކީ ފަރުޟު ކިފާޔާއެކެވެ. މުސްލިމު މުޖްތަމަޢުއެއްގައި ބަންގި ނުގޮވާކަމުގައިވާނަމަ ބަންގިގޮވުމަށްދާންދެން އެމުޖުތަމަޢުއެއްގެ އެންމެން އެޒިންމާ އުފުލަންޖެހޭނއެވެ.
ޖިހާދުކުރުމަކީ ފަރުޟު ކިފާޔާއެކެވެ. އެއީ ގިނަ ޢިލްމުވެރިން ދެކިލައްވާ ގޮތެވެ. އަލްހިދާޔާ (ހަނަފީ) ގައި ވާގޮތުން ޣައިރު މުސްލިމުންނާއި ހަނގުރާމަކުރުމަކީ ވާޖިބެކެވެ. އެއީ އެމީހުން ފުރަތަމަ ހަނގުރާމަ ނުފެށިކަމުގައިވީ ނަމަވެސްމެއެވެ.
އިބްނު ޤުދާމާ، އަލް-މުޣުނީގައި ވިދާޅުވެފައިވެއެވެ. ވިދާޅުވިއެވެ: ޖިހާދުކުރުން 3 ޙާލަތެއްގައި ޢައިނިއްޔަ ފަރުޟަކަށް ވެގެންދެއެވެ. އެއީ:
1. ޢަދުއްވުންގެ ލަޝްކަރާއި ބައްދަލުވާ ހިނދު ފިލަންނުދުވެ ހަނގުރާމަކުރުން ވާޖިބުވެގެންވެއެވެ.
2. މުސްލިމުންގެ ސަރަހައްދެއް ކާފަރުން ހިފައިފިނަމައެވެ.
3. އަދި އަމީރު ހަނގުރާމަކުރުމަށް ގޮވާލައިފިނަމަ ކުޅަދާނަވެގެންވާ ކޮންމެ މީހަކަށް ހަނގުރާމަކުރުން ވާޖިބުވެގެންވެއެވެ.
އިބްނި ހަޒުމް ވިދާޅުވިއެވެ: ޖިހާދަކީ މުސްލިމުންގެ މައްޗައް ފަރުޟެކެވެ. މުސްލިމުންގެ ތެރެއިން ބައެއް މުސްލިމުންގެ ބޯޑަރުތައް ހިމާޔަތްކޮށް، އަދި ކާފަރުންނާއި އެމީހުންގެ ބިމުގައި ހަނގުރާމަކޮށް އެބިންތައް ފަތަޙަކުރަމުންދާ ކަމުގައިވާނަމަ ބާކީ ތިބި މުސްލިމުންގެ ކިބައިން މިފަރުޟު ފިލާ ދެއެވެ. އެހެންނޫންނަމަ، އެއީ ކޮންމެ ވަކި ފަރުދެއްގެ މައްޗައް ފަރުޟުވެގެންވާ ކަމެކެވެ. އެއީ ﷲ ގެ މިބަސްފުޅުގައިވާ ފަދައިންނެވެ.
އަޞްލު: ’ދަ ބުކް އޮފް ޖިހާދު‘