ޝަހީދުވުމުގެ ކުރިބޯށި - ފިދާއީ ހަމަލާ
މިފޮތަކީ އިސްލާމީ ޝަރީޢަތުގައި އިސްތިޝްހާދީ ޙަމަލާ ނުވަތަ ފިދާއީ ޙަމަލާ، ނުވަތަ ޖާނުން ފިދާވުމުގެ ޙަމަލާގެ ޝަރުޢީ ޙުކުމް ބަޔާންކުރައްވާ، ސުޢޫދުގެ ޙުކޫމަތުން ޝަހީދުކޮށްލި މުޖާހިދުންގެ ޝައިޚް އަދި ޢަސްކަރީ އުސްތާޛް ޔޫސުފުލް ޢުޔައިރީ (رحمه الله) ލިޔުއްވާފައިވާ [ހައްވާ އަމިއްލައަށް މަރުވީހެއްޔެވެ؟ ނުނީ ޝަހީދުވީހެއްޔެވެ؟] މިފޮތުގެ ދިވެހި ތަރުޖަމާއެވެ. މުޅިއަކު 4 ބަޔަކަށް ބަހާލައްވައި އެކުލަވާލެވިފައިވާ މިފޮތުގައި، ފިދާއީ ޙަމަލާގެ ޙުކުމް ޤުރުއާނާއި ޞައްޙަ ޙަދީޘްތަކުގެ އަލީގައި ވަރަށް ފުރިހަމައަށް ޝައިޚް ބަޔާންކޮށްދެއްވާފައިވެއެވެ. މީގެ އިތުރުން ސަލަފުއް ސާލިހުންގެ އިހުގެ އަރާތިއްބެވި ބޭކަލުންގެ ފަތުވާތަކާއި، އަމިއްލައަށް މަރުވުމާއި އިސްތިޝްހާދީ ޙަމަލާއެއްގައި މަރުވުމާއި ދެމެދުވާ ފަރަޤުވެސް ބަޔާންކޮށްދެއްވާފައިވެއެވެ. އަދި އެންމެ ފަހު ބައިގައި، ފަހުގެ ޢިލްމުވެރިންގެ ތެރެއިން އިސްތިޝްހާދީ ޙަމަލާ ހުއްދަކުރައްވާ ބޭކަލުންގެ ފަތުވާތައް ތަފްޞީލުކޮށްދެއްވާފައިވެއެވެ.
ޢަދުއްވުންނާ ދެކޮޅަށް “އިލެކްޓްރޮނިކް ޖިހާދު” ކުރުން ފަރުޟަކަށްވެފައި
“އިލެކްޓްރޮނިކް ޖިހާދު” ނުވަތަ “އީ-ޖިހާދު” ނުވަތަ އަދުގެ މުވާޞަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން އިސްލާމްދީނަށް ނަޞްރު ދިނުމުގެ ނިޔަތުގައި އަދި ޢަދުއްވުންނަށް ގެއްލުން ދިނުމުގެ ނިޔަތުގައި ކުރެވޭ ކަންކަމަށް، ކިޔާ މަޝްހޫރު ނަމެއްކަމުގައި ވެއްޖެއެވެ. އިސްލާމީ ޢިލްމުވެރިންނާއި މާހިރުން މިކަމަށް ތާޢީދުކޮށް ވާހަކަދައްކަން ފަށައިފައެވެ. އެބޭފުޅުންގެ ވިދާޅުވުމުގެ އަޞްލަކީ “ޢަދުއްވުންނަށް ގެއްލުންދިނުމަށާއި އަދި އިސްލާމްދީނަށް ނަޞްރުދިނުމަށް ކުރެވޭ ކޮންމެކަމަކީ ހުއްދަކަމެއް ކަމުގައި ވުމެވެ.”
އުންމަތް އެދި އާދޭސް ކުރަނީ ބިމަށް ބުރަޖެހިފަ ތިބި ފިނޑިންތަކަކަށްނޫން
އެންމެހާ ޙަމްދާ ޘަނާ ތަޢުރީފް ޙައްޤުވެގެންވަނީ އެކަލާނގެއަށް މުޅި ދީން އެކީ އެކަށް ޙާލިޞްވުމަށް ދާންދެން ހަނގުރާމަށް ކުރުމަށް އަމުރު ކުރެއްވި ﷲ تعالى އަށް. ޞަލަވާތާއި ސަލާމް ދެއްވުމަށް އެދި ދުޢާކުރަނީ މާތް ނަބިއްޔާ صلى الله عليه وسلم އަށް. ﷲ تعالى ވަޙީ ކުރައްވަނީ "ހަމަކަށަަވަރުން ފުރިހަމަ މުއުމިނުންނަކީ ﷲއާއި އެކަލާނގެ ރަސޫލާއަށް އީމާންވެ ދެން އެ އީމާންކަމާއިމެދު ޝައްކުނުކޮށް އެމީހެއްގެ ޖާނާއި މާލުން ﷲ ގެ މަގުގައި ޖިހާދުކުރި މީހުންނެވެ."
މުޖާހިދެއްގެ ހުކުރު ޚުޠުބާ "އިޖާބަދޭނީކާކުބާ؟؟"
އެންމެހާ ތަޢުރީފާއި ޘަނާ ޙައްޤުވެގެންވަނީ ބާޠިލް ހުރިހާ ދީންތަކެއްގެ މައްޗަށް އިސްލާމްދީން މަތިވެރި ކުރެއްވުމަށްޓަކާ ރަސޫލުންނާއި ނަބިއްޔުން ފޮނުއްވި ﷲ سبحانه وتعالى އަށް، ﷲ تعالى މެނުވީ ޙައްޤު ގޮތުގައި އަޅުކަންކުރެވޭ އެއްވެސް ބައިވެރިއަކު އަދި ޝަރީކަލަކު ނުވާކަމަށް އަޅު ހެނކިވަން.
މަރުވާން ޙަދީދް ގެ ވާހަކަ
މިއީ ޝެއިޚް ޢަބްދުﷲ ޢައްޒާމް ކިޔައިދީފައިވާ ހަޤީޤީ ވާހަކައެކެވެ.
އެއީ 1963 ވަނަ އަހަރެވެ. ސޫރިޔާ ގައި ނުސައިރީސް އާއި ބާތީސް އިސްލާމް ދީން ފުހެލުމަށް އެތައް މަސައްކަތެއް ކުރަމުން ގޮސް އެންމެ ފަހުން ދިމިސްކުގައި އެމީހުންގެ ކަލާނގެ އަކީ މާތް ކަލާނގެ ކަމަށާއި ދީން އަކީ އެރޭބިޒަމް ކަމަށް އިޢުލާން ކުރިއެވެ. އެދުވަސްވަރު ސޫރިޔާ ގެ ހަމާ އޭ ކިޔުނު ރަށުގައި ޕޮރޮފެސަރަކު އިސްލާމްދީނާއި ޚިލާފު ވާހަކަތަކެއް ސުކޫލެއްގައި ދެއްކިއެވެ. އެވަގުތު ޒުވާނަކު ތެދުވެ އެ ޕްރޮފެސަރ ގައިގައި ޖެހިއެވެ. ހަމަ އެއާއިއެކު އެހެން ކުދިންނަށްވެސް ހިތްވަރު ލިބިގެން އައިސް ޕްރޮފެސަރ ގައިގައި ތަޅައިގަތެވެ. އަދި ލިބުނު އަނިޔާތަކުގެ ސަބަބުން ޕްރޮފެސަރ ވަގުތުން މަރުވިއެވެ. އަދި އެއަށްފަހު ސިފައިންގެ އޮފިސަރަކު އައިސް ޕްރޮފެސަރަށް ފުރަތަމަ ހަމަލަ ދިން ޒުވާނާ މަރާލިއެވެ. މިހަބަރު ޝެއިޚް މަރުވާން ޙަދީދް އަށް ލިބުމާއި އެކު ދަޢުލަތަށް މައްސަލަ ހުށައެޅިއެވެ. އަދި ސިފައިން ގެ އޮފިސަރަށް ޙައްޤު އަދަބު ދިނުމަށް ގޮވާލިއެވެ. ނަމަވެސް ދަޢުލަތުން އެކަމަށް އިންކާރު ކުރިއެވެ. އަދި ދަޢުލަތުން ޝެއިޚް މަރުވާން އަށް ޖަވާބު ދިނެވެ "އެއީ މަރަށް މަރެކެވެ. މިހާރު އެކަން ޚަލާސް ވެއްޖެއެވެ". (މާނައަކީ އެ ޒުވާނާ މަރާލެވުނީ ޕްރޮފެސަރ ގެ މަރަށް މަރަށެވެ.) މަރުވާން ޖަވާބު ދިނެވެ" އެ ޕްރޮފެސަރަކީ ކާފަރެކެވެ. އޭނާ ގެ ލޭ ހުއްދައެވެ. ނަމަވެސް އެ ޒުވާނާ އަކީ މުސްލިމެކެވެ. މުސްލިމެއްގެ ލެޔަށް ބަދަލު ހިފެން ޖެހޭނެއެވެ." ނަމަވެސް ދައުލަތުން އެކަމަށް އިންކާރު ކުރިއެވެ.



