26
ޖެނުއަރީ 2010 -
• ޤުރުއާނާއި ސުންނަތުގެ އަހުލުވެރިންނާއި ޢަދާވާތްތެރި މީހުންގެ ކިބައިން
ދުރުވެ، ރައްކައުތެރިވުމެވެ. އެމީހުންގެ އެވިހައިން އަޘަރުކުރާ
ބައެއްކަމުގައި ތިބާ ނުވާށެވެ. އެފަދައިންވެއްޖެ ނަމަ ތިބާ ވާނީ ގެއްލުން
ލިބިގެންވާ މީހުންގެ ތެރެއިންނެވެ.
• ދެޢަދުއްވެއްގެ ކިބައިން ރައްކައުތެރިވާށެވެ. ގިނަ މަޚްލޫޤުންތަކެއް ގެއްލި ހަލާކުކޮށްލުވީ، އެ ދެޢަދުއްވުންގެ ސަބަބުންނެވެ. (އެއީ) ﷲ ހަޟްރަތުން ދުރުވެގެންވުމާއިއެކު އޭނާގެ ހަވާ ނަފްސަށް ތަބަޢުވާ މީހާއެވެ. އަދި މިދުނިޔެވީ ޙަޔާތަށްޓަކައި އަޅުވެތިވެފައިވުމާއި، މިދުނިޔެއަށްޓައި ބާރުތައް ހޯދާފައިވާ މީހާއެވެ.
• ދުނިޔަވީގޮތުން މީހަކަށް ޚާއްޞަ ބާރަކާއި، ޤާބިލުކަމެއް ލިބުމުން، އޭނާ ދުނިޔަވީ އުފާތަށް ހޯދުމުގައި އެކަންތައްތައް ބޭނުންކުރާ ތަން އާދެއެވެ. ޖިންސީ އެދުން ފުއްދުމުގެ ބާރު މީހަކަށް ދެއްވައިފި ނަމަ، އެބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާތަން ފެނިގެންދެއެވެ. އަދި ރުޅި އައުމުގެ ޤާބިލުކަން ދެއްވާފައިވާ މީހަކު، އޭނާ ބޭނުންވާ ކަންތައްތަކެއް ޙާޞިލު ކުރުމަށްޓަކައި އެރުޅި ބޭނުންކުރާ ތަންވެސް ފެނިގެންދެއެވެ. ކެއުމާއި ބުއިމުގެ ބާރު މީހަކަށް ދެއްވައިފިނަމަ، އުފާ ހޯދުމުގައި އެބާރު ބޭނުންކުރާ ތަންވެސް ފެނެއެވެ. ޢިލްމު ޙާޞިލު ކުރުމުގެ ބާރު މީހަކަށް ދެއްވައިފިނަމަ، އޭނާގެ އަމިއްލަ އުފަލަށް އޭނާ އެބާރުގެ ބޭނުން ކުރާތަންވެސް ފެނިގެން ދެއެވެ. އަދި ﷲ ދެކެ ލޯބިވެ، އެއިލާހަށް ތަވްބާވުމުގެ ބާރު މީހަކަށް ދެއްވައިފި ނަމަ، އޭނާ އެބާރު ބޭނުން ކުރަނީ ﷲ އާއި ގާތްވުމުގެ ގޮތުންނެވެ. އެފަދަ މީހުންގެ އުފަލާއި އަޅާ ބަލާއިރު ދެންތިބި މީހުން ޙާޞިލު ކުރަމުންގެންދާ އުފާތަކަކީ ވަރަށްވެސް މަދު އަދި ކުޑަ އުފަލެކެވެ.
އަޞްލު: ‘އަލްފަވާއިދުން’ ނެގި ތަރުޖަމާ ކުރެވިފައި