Share

އިޚްލާސްތެރިކަމުގެ ގަސް

އިމާމް އިބްން ޤައްޔިމް އަލްޖައުޒިއްޔާ (رحمه الله)

ތަރުޖަމާ: އުންމު ޝުޖާޢު (جزاها الله خير)

25 ފެބްރުއަރީ 2010 - އަހަރަކީ ގަހެއް ފަދަ އެއްޗެކެވެ. މަސްތަކަކީ އޭގެ ގޮފިތަކެވެ. ދުވަސްތަކަކީ އޭގެ ކުރިތަކެވެ. ގަޑިތަކަކީ އޭގެ ފަތްތަކެވެ. އަދި އޭގެ ނޭވާއަކީ އޭގެ މޭވާއެވެ. އެމީހެއްގެ ނޭވާ، ﷲ އަށް ކިޔަމަންވާ ކޮންމެ މީހެއްގެ ގަހުގެ މޭވާ ވާނީ ރަނގަޅު އަދި ޠާހިރު އެއްޗަކަށެވެ. އެމީހެއްގެ ނޭވާ، ﷲ އަށް ނުކިޔަމަންތެރިވާ ކޮންމެ މީހެއްގެ މޭވާ ވާނީ ނުބައިކަން ބޮޑު އެއްޗަކަށެވެ. ގޮވާންކުރާ ވަގުތު އޮންނާނީ ޤިޔާމަތްދުވަހުގައެވެ. އަދި އެވަގުތުގައި، މޭވާ ދެއްކޭނެއެވެ. އެއީ ފޮނި އަދި ހުތް އެއްޗެއް ކަމުގައި ވިޔަސްމެއެވެ.

އިޚްލާސްތެރިކަމާއި ތަވްޙީދަކީ، ހިތުގެ ތެރޭގައިވާ ގަހެކެވެ. އޭގެ ގޮފިތަކަކީ ޢަމަލްތަކެވެ. އަދި އޭގެ މޭވާއަކީ، މިދުނިޔެވީ ޙަޔާތުގެ ހިތްހަމަޖެހުމާއި އަދި ޤިޔާމަތްދުވަހުގެ ދާއިމީ އުފަލެވެ. ޖަންނަތުގެ މޭވާއަކީ އޭގައި އެއްވެސް ހައްދެއް ނުވަތަ މަނަލެއްވާ އެއްޗެއް ނޫނެވެ. އިޚްލާސްތެރިކަމާއި ތަވްހީދުގެ މިދުނިޔަވީ މޭވާވެސް ވަނީ މިފަދައިންނެވެ.

ޝިރުކާއި، ދޮގުހެދުމާއި އަދި މުނާފިޤުކަމަކީވެސް ހިތުގެ ތެރޭގައިވާ ގަހެކެވެ. ދުނިޔަވީ ޙަޔާތުގައި އޭގެ މޭވާއަކީ ބިރުވެރިކަމާއި، ކަންބޮޑުވުމާއި، ދެރަވުމާއި އަދި މޭ ފިތި ބާރުވުމާއި އަދި ހިތުގެ އަނދިރިކަމެވެ. އަދި ޤިޔާމަތްދުވަހުގައި، އައްޒައްޤޫމް އާއި ދާއިމީ ޢަޛާބެވެ. އެދެގަހާއި ބެހޭގޮތުން ﷲ ތަޢާލާ އިބްރާހިމް ސޫރަތުގައި އަންގަވާފައިވެއެވެ.

 

އަޞްލު: 'އަލްފަވާއިދު' އިން ނެގިފައި