19
ފެބްރުއަރީ 2010 -
ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި އިލާހަށެވެ. ޞަލަވާތާއި ސަލާމާއި ބަރަކާތް
ލެއްވުން އެދި ދުޢާ ކުރަނީ ﷲ ތަޢާލާ ހެއްދެވި އެންމެ މާތް ޚަލްޤު
މުޙައްމަދު (صلى الله عليه وسلم) އަށާއި އެކަލޭގެފާނުގެ އާލުންނާއި
އަޞްޙާބުންނަށެވެ.
އާނއެކެވެ! ޖިހާދަކީ ކޮންމެ ފިރިހެނެއްގެ ޝަރަފެވެ. ނަމަވެސް ކޮންމެ މުޖާހިދެއްގެ ފަހަތުގައި އެދަތުރުގައި ޙިއްޞާވާ އަންހެނުންވެއެވެ. އެއީ އޭނާގެ މަންމައާއި، މާމައިންނާއި، ދައްތައިންނާއި އަދި އަނބިންނެވެ. ޢާންމުގޮތެއްގައި އަނބިމީހާއަކީ، ފިރިމީހާގެ ނިންމުމުގައި އޭނާއަށް އެއްބާރުލުންދީ އެކަން ޤަބޫލުކުރާމީހާއެވެ. އަދި ޖިހާދުގެ ބުރަކަމާއި އެކަމުގެ ސިއްރުތައް ކޮނޑުގައި އަޅާ މީހާއެވެ.
ކޮންމެ އަންހެނެއްގެ ޙަޔާތުގައި ފިރިމީހާގެ ދައުރުގެ މުހިންމު ކަމަކީ މިނަށްވުރެ ބޮޑަށް އަންދާޒާ ކުރަން އުނދަގޫ ކަމެކެވެ. ނިކަން ވިސްނާލާށެވެ! މަތިވެރި ވަންތަ ﷲ ތަޢާލާ ހައްވާ އުފައްދެވިއެވެ. އެކަލާނގެ ދެނެލެއްވީ މައިބަދައިގެ ކަށިގަނޑަށް ހަށިގަނޑަކާއި ނުލައި ވުމަކީ އުދަނގޫ ކަމެއްކަމެވެ. އަދި ހަށިގަނޑަށް މައިބަދައިގެ ކަށިގަނޑާއި ނުލައި ވުމެވެ. މި މަޟުމޫނުގައި އަހަރެން ވާހަކަ ދައްކާލަން ބޭނުންވަނީ އަހަރެންގެ އުޚުތުންނާއި ބެހޭގޮތުންނެވެ. އަދި މުޖާހިދު އަޚުންނަށް ފައިދާކޮށްދޭނެ ފަހަތެއް ލިއްބައި ދިނުމަށެވެ.
ތިބާގެ ފިރިމީހާ، ﷲ ގެ މަގުގައި ފިޔަވަޅު ނަގާ ދުވަސް އަތުވެއްޖެއެވެ. ކިހާ ވަރަކަށް އޭނާ އެކަމަށް ހުވަފެން ދުށް ހެއްޔެވެ! އަދި ތިޔަ ދެމަފިރިން، ކިހާ ވަރަކަށް ހުވަފެން ދުށީމު ހެއްޔެވެ؟ އޭނާ އެކަމަށް ކިހާ ވަރަކަށް ތައްޔާރުވި ހެއްޔެވެ؟ ފޮށިމަތީގައި އިށީނދެގެން އިނދެއެވެ. މިކަމުގެ އަޖުރު ބޮޑުކަން އެނގި، ތިބާ، މިނިޢުމަތަށާއި ރަޙްމަތަށް އެދުނެވެ. އަދި އޭނާ ދިއުމަށްފަހު ގޭގޭ ދޮރުލެއްޕި ތިބާ ގޭގައި އެކަނި ވީއެވެ. އެގެއަކީ، މީގެ ހިނދުކޮޅެއް ކުރިން ދެމީހުން އެކުގައި މުސްތަޤްބަލްގެ ކަންތައްތަކާއި މެދުގައި ހުވަފެން ދެކި ވިސްނާ ފިކުރު ކުރި ތަނެވެ. މިވަގުތުން ފެށިގެން ތިބާއަކީ ހަމައެކަނި ރަނގަޅު މުސްލިމެއްގެ އަންބެއް ނޫނެވެ. އެހެނެއްކަމަކު ތިބާއީ މުޖާހިދެއްގެ އަންބެކެވެ.!
ތިބާގެ ހިތް ފުރިގެންވަނީ، އުފަލާއި، ފިރިމީހާ މެދު ފަޚުރުވެރިވުމާއި، ހިތްދަތިކަމާއި އަދި ވަކިވެގެން ދިއުމުގެ ވޭނުން ފުރިގެންނެވެ. ތިބާގެ ހިތުގައި ހުސްކަން އިހްސާސްކުރެވެއެވެ. ކަރުނަތައް ތިބާގެ ލޯ ފުރައެވެ. ނަމަވެސް ތިބާގެ ނަފްސަށް ތިބާ ބުނެއެވެ. "ކެތްތެރިވާށެވެ، އޭ ﷲ ގެ އަޅާއެވެ! އެއީ ތިބާ އެދުނު ކަމެއް ނޫންހެއްޔެވެ؟ އެއީ ދުށް ހުވަފެނެއް ނޫން ހެއްޔެވެ؟ ފަޚުރުވެރިވާށެވެ. ތިބާގެ ފިރިމީހާއަކީ ދީނާރުގެ އަޅެއް ނޫނެވެ. ނުވަތަ ފިނޑިއެއް ނޫނެވެ. ނޫންނަމަ މަކަރުވެރިއެއްވެސް ނޫނެވެ. އޭނާއީ ދުނިޔެމަތީގައިވާ އެންމެ މަތިވެރި މީހުންގެ ތެރެއިންވާ އެކެކެވެ. އޭނާއީ ﷲ ގެ މަގުގައިވާ މުޖާހިދެކެވެ.!"
އަހަރެން ބޭނުންވަނީ ތިބާއަށް ކުރިމަތިވެދާނެ ނުވަތަ މިހާރުވެސް ކުރިމަތިވެފައިވާ ކަމެއްގެ ހިނދުކޮޅުތަކަކާއި ބެހޭގޮތުން ވާހަކަ ދައްކާށެވެ. ފަހަރެއްގައި އަހަރެންގެ އުޚުތުން، އެމީހުންގެ ބަސްތަކުން އަހަރެންގެ ބަސްތަކަށް އިތުރުކޮށްފާނެއެވެ. މުޖާހިދެއްގެ އަންބަކަށް ވުމުން ވާނެގޮތްތަކަކީ، އުންމަތް އެކަމަކަށް ޝައުޤުވެރިކަން ހުންނާނެ ކަމެއްކަމަށް އަހަންނަށް ވިސްނެއެވެ. މިދަތުރުގައި އަހަރެމެންގެ އުޚުތުން ތަޙައްމަލު ކުރަމުންދާނެ ކަންތައްތަކާއި، އަދި އެބައިމީހުންގެ ރާސްތާގައިވާ ހުރަސްތަކާއި ބެހޭގޮތުންނެވެ. މި މަޟްމޫނު ޙާއްޞަ ކުރެވިފައިވަނީ، އުޚުތުންގެ ތެރެއިން އެބައިމީހުންގެ ފިރިންނާއިއެކު ޖިހާދުގެ މަގު އަދި ފަށާފައިނުވާ އުޚުތުންނަށް، މިދަތުރު ފެށުމުގެ ސަބަބުން އެމީހުންނަށް ކުރިމަތިވެދާނެކަމަށް ލަފާކުރެވޭ ކަންތައްތަކަށް ތައްޔާރުކޮށް ދިނުމަށެވެ. މިމަގުގައި، ދިގުމުއްދަތެއް ކަޑައްތުކޮށްފައިވާ އުޚުތުންނަށް، އެމީހުންގެ ވާހަކަތަކުން އަހަރެންގެ މިމަސައްކަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެވިދާނެއެވެ. އަހަރެންގެ މިކުޑަ މަސައްކަތަކީ، މަތިވެރިވަންތަ ﷲ ގެ މަގުގައި ޖިހާދުކުރުމަށް ތައްޔާރުވުމާއި އެއްބައިވުމަށް ކުރެވޭ ހޭދައެއް ކަމުގައި ލެއްވުމަށާއި އަދި އިސްލާމް ދީނާއި މުސްލިމުންނަށް ހެވެއްކަމުގައި ލެއްވުމަށެވެ.
ތިޔައީ މުޖާހިދެއްގެ އަންބެކެވެ. އޭނާވަނީ ގޮސްފައެވެ. އަދި އޭނާ އަވަހަށް ފެންނާނެ ކަމަށް އުންމީދުކޮށްގެން ނުވާނެއެވެ. ނުވަތަ ދެން ދުވަހަކުވެސް އޭނާ ނުފެންނާނޭ ފަދަ ގޮތަކަށް ވިސްނުން ބެހެއްޓުމަށް ނަފްސު ތައްޔާރު ކުރާށެވެ. ތިބާގެ ފިރިމީހާ ދިޔައީ ޗުއްޓީއެއްގައެއް ނޫނެވެ. ނުވަތަ ދުނިޔެވަށާ ބުރެއް ޖަހާލާކަށް ނޫނެވެ. ނުވަތަ އާމްދަނީ ހޯދާކަށް ނޫނެވެ. އޭނާ ދިޔައީ އެއަށްވުރެ ހެޔޮ މަޝްރޫޢުއެއްގައެވެ. ބޮޑު މަންފާއެއް ހޯދުމަށެވެ... ޖަންނަތުން ތިބާއަށް ޖާގައެއް ހޯދައިދިނުމަށެވެ.
ޙަދީޘްއެއްގައިވެއެވެ.
ނަމަވެސް މި މަސައްކަތަކީ، ޖިހާދުގެ މަތިވެރިކަމާއި ބެހޭ ގޮތުން ވާހަކަދެއްކުމަށް ގަސްތުކުރެވިފައިވާ މަސައްކަތެއް ނޫނެވެ. އެހެނީ، ވަރަށް ގިނަ ކުރީގެ އިސްވެދިޔަ މީހުންނާއި އެއާއި ޖެހިގެން އައި ޖީލުތަކުންވަނީ މިމައުޟޫއަށް އެތައް ފޮތްތަކެއް ލިޔެފައެވެ. އަދި ދޭތެރެ ދޭތެރެއިން، އެފޮތްތައް ކިޔާ ނުވަތަ މިމައުޟޫއާއި ގުޅުން ހުރި ދަރުސްތައް އަޑުއަހަންޖެހޭނެއެވެ. އެއީ ތިޔަ އުޚުތުންގެ ދަތުރަށްޓަކައި ހިތާއި ނިޔަތް ވަރުގަދަ ކުރުމުގެ ގޮތުންނެވެ.
ހަމަޔަޤީނުންވެސް، ފުރަތަމަ ކޮޅުގައި ތިބާ އޭނާގެ މަތިން ވަރަށް ހަނދާންވާނެއެވެ. އެއީ އިންސާނުންނަށްވީތީ ޤުދުރަތީ ކަމެކެވެ. އެހެން ކަމުގައި ވިޔަސް، ﷲ ގެ ހަޟްރަތަށް ކުރަންޖެހެހިފައިވާ ސަލާމަތަތެރިކަން ހޯދުމަށްޓަކައި އަހަރެމެން އެންމެ ލޯބިވާ އެއްޗެއް ޤުރުބާން ކުރުމުން މަތިވެރި އަޖުރު އަހަރެމެންނަށް ލިބޭނެއެވެ.
ﷲތަޢާލާ ވަހީކުރެއްވިއެވެ.
އަދިވެސް އެކަލާނގެ ވަހީކުރެއްވިއެވެ.
އަޞްލު: ޝީޝާންގެ މުޖާހިދެއްގެ އަންބެއްގެ ފަރާތުން އިންޓަނެޓްގައި ޝާއިޢްކޮށްފައިވާ ސިޓީއެއް