Share

ޢާފިޔާ ސިއްދީޤީގެ ފަރާތުން – މަގޭ މަރުވެފައިވާ އުންމަތަށް

ތަރުޖަމާ: އަބޫ މުޙައްމަދު (جزاها الله خير)

13 ފެބްރުއަރީ 2010 - އަހަރެންގެ ނަމަކީ ޑރ. ޢާފިޔާއެވެ. އަހަރެންނަކީ އެމެރިކާގެ މެސެޗިޔުސެޓްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ އިން ތަޢްލީމް ޙާޞިލުކޮށްފައިވާ މީހަކީމެވެ. އަހަރެން މަތީ ތަޢްލީމު ޙާޞިލުކުރި މަޤްސަދަކީ އުންމަތަށް އެހީތެރިވުމަށެވެ.

އަހަރެންގެ އަޚުން ވަނީ އަހަރެން ވަގަށް ނަގައިގެން އެމެރިކާއަށް ވިއްކާލާފައެވެ. އަހަރެންނާއި މެދު ކަންތައްކޮށްފައިވަނީ ވަރަށްވެސް އަނިޔާވެރިކޮށެވެ. އަހަރެންގެ ޢިއްފަތްތެރިކަންވަނީ ފޭރިގަނެފައެވެ. އެތައް ފަހަރަކު އަނިޔާދެވި އަހަރެންގެ ނަމަކަށް ޤައިދީ 650 ގެ ނަމުން ނަންދެވުނެވެ. އަހަރެން މުސްލިމު ޤައުމެއް ކަމަށްވާ އަފްޣާނިސްތާނުގެ ޖަލުގައި ވަގުތު ހޭދަކުރަމުންދާ ކޮންމެ ހިނދުކޮޅެއްގައި، މުޙައްމަދު ބިން ޤާސިމް އަށް އަހަރެން ހެޔޮ ދުޢާ ކުރަމެވެ.

އަހަރެންނަކީ ދުނިޔޭގެ ފަސްބައި ކުޅަ އެއްބައި ކަމަށްވާ މުސްލިމުންނަށް ނިސްބަތްވާ އުޚްތަކީމެވެ. އަހަރެންގެ އުންމަތަކީ ތާރީޚުގައި އޭގެ އަހުލުވެރިން ދިފާޢުކުރުމުގައި އަދި ރައްކައުތެރިކުރުމުގައި މަޝްހޫރުވެފައިވާ އުންމަތެކެވެ. އެއީ އުންމަތް ފެށުނު ހިސާބުން ފެށިގެންނެވެ. ޢުމަރު (رضي الله عنه) ވިދާޅުވެފައިވެއެވެ. ”ޢަރަފާތުގެ ކޯރު ކައިރީ ބުޅަލެއް މަރުވިކަމުގައިވިޔަސް ތިމަން އެކަމާއިމެދު، ޤިޔާމަތް ދުވަހުން ޒިންމާވާ ހުށީމެވެ “.

އަހަރެންނަށް މިވަގުތު އެކަނި ޙާލާއިގެން ހިނގާބިގާވެ އުޅެން ނުކުޅެދިފައިވާ ހިނދެއްގައި، އަހަރެންގެ އެއް ކިޑްނީ ވަނީ ނަގާފައެވެ. ބަޑީގެ ވަޒަނުގެ ސަބަބުން އަހަރެންގެ މޭ ވަނީ ޒަޚަމްވެފައެވެ. މިޙާލުގައިވެސް އަހަރެންނަށް ޞިއްޙީ ފަރުވާދިނުން ވަނީ މަނާކުރެވިފައެވެ. އަހަރެން މިޙާލުގައި ދުނިޔޭގައި ހުންނާނޭކަން ނުވަތަ މަރުވާނޭކަމާއި މެދު އަހަރެންނަކަށް ޔަޤީން ކަމެއް ނެތެވެ.

އުޚްތެއްގެ ޙައިސިއްޔަތުން ބޭރުވުމަށް އަހަރެން ބޭނުމެވެ. މުސްލިމަކަށް ވީތީ އަހަރެން ފަޚުރުވެރިވަމެވެ. ނަބީ (صلى الله عليه وسلم) އާއި އަބޫ ބަކްރާއި ޢުމަރާއި އުޘްމާނާއި ޢަލީ (رضي الله عنهم) އާއި އަދި އެބައިމީހުންނަށް ޙައްޤު ގޮތުގައި ތަބަޢުވި އެންމެހާ މީސްތަކުންގެ ތެރެއިން މީހަކަށް އަހަރެން ވީތީވެސްމެއެވެ. އަދި ކަލޭމެންގެ އުޚްތަކަށް ވުމަށް އަހަރެން ނޭދެމެވެ.

އެމީހުންނަކީ އަހަރެން ރައްކައުތެރިކޮށްދޭނެ މީހުންނެވެ. އަދި އަހަރެން ވަކީލު ކުރަނީ ﷲ އަށެވެ. ކަލޭމެންނަކަށް ނޫނެވެ.

ޕާކިސްތާނުގައި 600000 ޢަސްކަރީ ސިފައިން ތިބި ހިނދުގައިވެސް އަހަރެން ސަލާމަތްކޮށެއް ނުދެއެވެ. އަހަރެން އެފަދަ ޤައުމެއްގެ މީހަކަށް ވާކަށް ބޭނުމެއް ނޫނެވެ. އެބައިމީހުން އެމީހުންގެ ހުވާގައި އަހަރެން ސަލާމަތްކޮށްދޭނެކަމަށް ހުވާ ކުރިއެވެ. ނަމަވެސް އެމީހުންގެ މަދަދަށް، އަހަރެން ބޭނުންވި ހިނދުގައި އެމީހުން އެކަމަށް އިންކާރުކުރިއެވެ. އަހަރެންގެ މިމުސްލިމު އުންމަތުގައި އެތައް މިލިޔަން ސިފައިންނެއް އެބަތިއްބެވެ. އެތައް ހަތިޔާރުތަކެއް އެބަހުއްޓެވެ. އެތަށް ޓޭންކަރުތަކެއް އެބަހުއްޓެވެ. އެތައް ހަނގުރާމަމަތީ މަތިންދާބޯޓުތަކެއް އެބަހުއްޓެވެ. އެތައް ސަބްމެރީންތަކެއް އެބަހުއްޓެވެ. އެހެނެއްކަމަކު އަހަރެން މިއަނިޔާއިން ސަލާމަތް ކުރުމަށްޓަކައި އެމީހުން ވަނީ ނުކުޅެދިފައެވެ.

ޤިޔާމަތްދުވަހުގައި ޖަވާބުދާރީވުމާއި ބެހޭގޮތުން ކަލޭމެން ކަންބޮޑުނުވާށެވެ! އެހެނީ ކަލޭމެންނަކީ އަހަރެންގެ މުސްލިމު އަޚުންނެއް ނޫނެވެ! ކަލޭމެންނަކީ ޢަރަބިންނާއި، ފާރިސީންނާއި، ފަލަޞްޠީނީންނާއި، އެފްރިކާނުންނާއި، މެލޭޝިޔާނުންނާއި، އިންޑޮނޭސިޔާންނާއި، އޭސިޔާނުންނެވެ. އެހެނެއްކަމަކު ކަލޭމެންނަކީ މަގޭ މުސްލިމު އަޚުންނެއް ނޫނެވެ! (ކަލޭމެން ނިސްބަތްކުރެވެނީ ޤައުމިއްޔަތަށް ތަބަޢުވެގެން، އުންމަތް ދޫކޮށްލާފައިތިބި މުސްލިމުންނާއި ދިމާޔަށެވެ.)

މިސިޓީއާއި މެދުގައި ކަލޭމެން ހިތްހަމަ ނުޖެހިއްޖެނަމަ އަހަންނަށް މަޢާފު ކޮށްދެއްޗެވެ. އެހެންނަމަވެސް އަހަރެން ނިކަމެތިކޮށްލެވިފައިވާ މިންވަރު ކަލޭމެންނަކަށް ތަޞައްވުރެއް ނުކުރެވޭނެއެވެ.


އަޞްލު: ލިޔުންތެރިޔާ



/div>