ފިޠުރު ޢީދު

ތަރުޖުމާ: އަބޫ ކަޘީރު (جزاه الله خيرا)

06 ސެޕްޓެމްބަރު 2010 - އަނަސް (رضى الله عنه) ކިބައިން ރިވާވެގެން ވެއެވެ.” ނަބިއްޔާ (صلى الله عليه وسلم) މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވި އިރު މަދީނާގެ އަހުލުވެރިން ޚާއްޞަ ދެ ދުވަހެއް ފާހަގަ ކުރެއެވެ. މިދުވަސް ތަކުގައި އެމީހުން މިދުވަހުގެ މުނާސަބަތުގައި ކުޅިވަރު ކުޅެ ތަފާތު ޙަރަކާތްތައް ހިންގާ އުޅުނެވެ. ނަބިއްޔާ (صلى الله عليه وسلم)، މަދީނާގެ އަންޞާރުން ކުރެ މިދެ ދުވަހާއި ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. އެމީހުން ބުނި ގޮތުގައި އެމީހުން އިސްލާމްވުމުގެ ކުރިން، އެމީހުން މިދެދުވަސް ފާހަގަކޮށް ތަފާތު ހަރަކާތްތައް ހިންގާ އުޅެއެވެ. ނަބިއްޔާ (صلى الله عليه وسلم) އެމީހުންނަށް ޙަދީޘް ކުރެއްވިއެވެ. ”ތި ދެދުވަހުގެ ބަދަލުގައި ﷲ ތިޔަބައިމީހުންނަށް ތިޔަށް ވުރެ މާ ރަނގަޅު ދެދުވަސް ހޮއްވަވާފައިވެއެވެ. އެއީ ފިޠުރު ޢީދާއި އަޟްޙާ ޢީދެވެ.“ އިތުރަށް ވިދާޅުވުމަށް>>

ފިޠުރު ޒަކާތް

ތަރުޖުމާ: އަބޫ ކަޘީރު (جزاه الله خيرا)

05 ސެޕްޓެމްބަރު 2010 - ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް (ނެރުން) ވާޖިބުވެގެންވާ އެއްޗެކެވެ. އިބްނު ޢުމަރު (رضي الله عنه) ކިބައިން ރިވާވެގެން ވެއެވެ. ”އެއް ’ސާޢަ‘ (ހަތަރު މުށް/އަތް ގޮށި) ކަދުރު ނުވަތަ އެއް ’ސާޢަ‘ (ބާރލޭ) ފުށް ޒަކާތުގެ ގޮތުގައި ނެރުމަށް، ނަބިއްޔާ (صلى الله عليه وسلم) އަންގަވާފައިވެއެވެ. އެއީ ކޮންމެ މުސްލިމު ޅަ އަދި މުސްކުޅި ފިރިހެނަކު އަދި އަންހެނަކު ވެސް މެއެވެ.“ [އަލްބުޚާރީ އަދި މުސްލިމް] ޒަކާތް ނެރެވެނީ ރަމަޟާން މަހުގައި ރޯދައަށް ހުންނަމީހާއަށް އެމަހުގެ ތެރޭގައި ކުރެވިފައިވާ ނުރަނގަޅު ޢަމަލެއް ނުވަތަ ބުނެވިފައިވާ ނުރަނގަޅު ބަހެއް ވާނަމަ އެކަމުން އެމީހާ ޠާހިރު ކުރުވުމަށެވެ. އިތުރަށް ވިދާޅުވުމަށް>>

ލައިލަތުލް ޤަދްރި (ޤަދަރުގެ ރޭ)

ތަރުޖުމާ: އުންމު ކުލްޘޫމް

04 ސެޕްޓެމްބަރު 2010 - ލައިލަތުލް ޤަދްރި އަކީ އިސްލާމީ ތާރީޚުގައި ވަރަށް މުހިންމުކަން ބޮޑު ރެއެކެވެ. އަދި އަހަރުމެންގެ އަމިއްލަ ޒަތީ ހަޔާތަށްވެސް އެހާމެ މުހިންމު ރެއެކެވެ. ސޫރަތުލް ޤަދްރުގައި ﷲ (سبحانه وتعالى) ވަޙީ ކުރައްވާފައިވެއެވެ. ”إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ(*) وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ. لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ(*) تَنَزَّلُ الْمَلائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ(*) سَلامٌ هِيَ حَتَّى مَطْلَعِ الْفَجْرِ“ އިތުރަށް ވިދާޅުވުމަށް>>

މުހިއްމު ނުކުތާއަކީ ދަތި އުދަނގޫވުމެއް ނޫނެވެ.

އިމާމް އިބްނު ތައިމިއްޔާ (رحمه الله)

01 ސެޕްޓެމްބަރު 2010 - ”އަދި ދަންނަންވީ ކަމަކީ، ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި އެކަލާނގެ ލޯބިވެވޮޑިގަތުން ބިނާވެގެންވަނީ ތިބާ، ތިބާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެ އަދި ދަތި އުދަނގޫ ކަންތައްތަކެއް ކަޑައްތު ކުރުމަކުންނެއް ނޫނެވެ. ކަމެއް ރަނގަޅުވެ ފުރިހަމަ ވުމަށް އޮތް ހަމައެކަނި ގޮތަކީ އެކަމުގައި އެކުލެވިގެންވާ ދަތި އުދަނގޫ ކަން ކަމުގައި ވުމެވެ. ބައެއް ޖާހިލުން ދެކޭ ގޮތުގައި އަޖުރު ލިބެނީ ކޮންމެ ކަމެއްގައި ވެސް އެކުލެވިގެންވާ ދަތި އުދަނގޫ ތަކުގެ މައްޗަށް ބިނާކޮށެވެ. ނޫނެކެވެ! އޭގެ ބަދަލުގައި، އަޖުރު ބިނާވެގެންވަނީ އެ ޢަމަލެއްގެ ފައިދާގެ މިންވަރާއި އަދި އެޢަމަލެއްގެ ސަބަބުން ﷲ އާއި ރަސޫލާއަށް ވާ ކިޔަމަންތެރިކަން ... އިތުރަށް ވިދާޅުވުމަށް>>

މި ދީލަތިކަމުގެ މައްސަރުގައި ދީލަތި ބަޔަކު ކަމުގައި ވަމާ ހިނގާށެވެ.

އަބޫ ކަޘީރު (جزاه الله خيرا)

30 އޮގަސްޓު 2010 - މުސްލިމު އުންމަތުގެ އެންމެ ފުރަތަމަ ޖީލު ކަމަށްވާ ޞަޙާބީންނާއި، އޭގެ ފަހުގައި އައި ސަލަފުއް ޞާލިޙުންނަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި މުސްލިމު އުންމަތުގެ އެންމެ ޞާލިޙް މީހުންނެވެ. އެބޭކަލުން ދިރިއުޅުއްވުމުގެ އެންމެހާ ކަންތައްތަކަކީ މިކަމުގެ ހެކިތަކެވެ. އަދި މިބުނި ވާހަކައަށް ސާބިތުކަމެއް ދެނީ ނަބިއްޔާ (صلى الله عليه وسلم) ގެ މި ހަދީޘް ފުޅެވެ. ”ތިމަން ކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ޖީލަކީ ތިމަން ކަލޭގެފާނުގެ ޙަޔާތްޕުޅުގައި ވީ މިހުންނެވެ. ދެން އެއަށް ފަހު އައި މީހުންނެވެ. ދެން އެއަށް ފަހު އައި މީހުންނެވެ.“ އިތުރަށް ވިދާޅުވުމަށް>>

އާޚިރަތް ޚިޔާރުކުރާށެވެ!

އަބޫ ޖައްރާޙް (جزاه الله خيرا)

30 އޮގަސްޓު 2010 - އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގެ އެކިކަންކޮޅުތަކަށް ނަޒަރު ހިންގާލައިފިނަމަ ތިޔަ އަޚުންނާއި އުޚްތުންނަށް ފެންނާނެއެވެ. ދުނިޔަވީ އެކިއެކި ކަންކަމުގައި އިންސާނުންތައް މަސްޢޫލްވެފައި ވަނިކޮށެވެ. ދުނިޔޭގެ ދިރިއުޅުމަށްޓަކައެވެ. ހޭބޯނާރާ އެބައިމީހުން އެބައިމީހުންގެ މަސައްކަތުގައި އަވަދިނެތި އުޅެއެވެ. އަދި އެކަކު އަނެކަކަށްވުރެ މަސައްކަތުގައި ކުރިއަރައިގެން ދިއުމަށްޓަކައެވެ. މުއްސަނދިކަމާއި ފައިސާވެރިކަމުގެ ބޭނުމުގައެވެ. އެކަމުގައި ކުރިއެރުމަށްޓަކައި އެބައިމީހުން ޤުރުބާންވެއެވެ. އެބައިމީހުންގެ ނަފްސުތަކުންނާއި މުދަލުންނެވެ. އެބައިމީހުންގެ ޝުޢޫރަކީ ކޮބައިތޯ އެބައިމީހުންނާއި ސުވާލު ކޮށްލައިފިނަމަ ބުނެއެވެ:” އިތުރަށް ވިދާޅުވުމަށް>>

ޖަންނަތަށް ދިއުމުގެ މަގަކީ އުދަނގޫ މަގެކެވެ.

ޑރ. ޢުމަރު އަލްއަޝްގަރު

29 އޮގަސްޓު 2010 - ޖަންނަތަކީ ވަރަށް އުސްތަނެކެވެ. އަދި އުސްވެގެންވާ ތަންތަނަށް އެރުމަކީ އެކަމަކަށްޓަކައި ވަރަށް ބޮޑު ހިތްވަރާއި މިންނަތު ބޭނުންވާ ކަމެކެވެ. ޖަންނަތަށް ދިއުމުގެ މަގު ވަނީ، އިންސާނާގެ އެދުންތަކާއި ލެނބޭ ލެނބުންތަކާއި ދެކޮޅަށްވާ ކަންތައްތައްކުން ފުރިގެންނެވެ. މިކަމަށްޓަކައި ވަރަށް ވަރުގަދަ ސާބިތުކަމަކާއި ހިތްވަރެއް ބޭނުންވެއެވެ. ބުޚާރީ އަދި މުސްލިމްގައި އަބޫ ހުރައިރާ (رضي الله عنه) ގެ ކިބައިން ރިވާވެގެންވާ ޙަދީޘްއެއްގައިވަނީ ނަބިއްޔާ (صلى الله عليه وسلم) މިފަދައިން ޙަދީޘް ކުރެއްވި ކަމަށެވެ. ”ނަރަކަ ފަރުދާކުރެވިގެންވަނީ އެދުންތަކުންނެވެ. އަދި ޖަންނަތް ފަރުދާވެގެންވަނީ ދަތި އުދަނގޫ ކަންތައްތަކުންނެވެ.“ އިތުރަށް ވިދާޅުވުމަށް>>

ރޯދަ މަހާއި ޔޫސުފް (عليه السلام) އާއި ހުރި އެއްގޮތްކަން

އިބްނު އަލްޖައުޒީ (رحمه الله)

29 އޮގަސްޓު 2010 - ”ރޯދަމަހާއި އެހެނިހެން މަސްތަކާއި ދެމެދުގައިވާ ތަފާތުގެ މިޘާލަކީ ޔޫސުފް (عليه السلام) އާއި އެކަލޭގެފާނުގެ ބޭބެއިންނާއި ދެމެދުގައި ހުރި ތަފާތެވެ. އެހެންކަމުން، ޔޫސުފް (عليه السلام) އަކީ ޔަޢުޤޫބް (عليه السلام) ގެ އަރިހުގައި އެންމެ ލޮބުވެތިކަން ބޮޑު ދަރިކަލުންނަށް ވީއިރުގައި ހަމައެއާއިއެކު ރަމަޟާން މަހަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މައްސަރެވެ. މުޙައްމަދު (صلى الله عليه وسلم) ގެ އުއްމަތް ވިސްނާ ފިކުރު ހިންގާލުން މުހިއްމު ނުކުތާއަކީ، ޔޫސުފް (عليه السلام) މިފަދައިން... އިތުރަށް ވިދާޅުވުމަށް>>

ތައުބާ ވުން

ތަރުޖުމާ: އަބޫ ކަޘީރު (جزاه الله خيرا)

28 އޮގަސްޓު 2010 - ޢަރަބި ބަހުގައި ’ތައުބާ‘ މި ބަހުގެ މާނަ އަކީ ކަމަކުން ރުޖޫޢަ ވުމެވެ. ޝަރުޢީ މާނައަށް ބަލާނަމަ އޭގެ މާނައަކީ ﷲ ތަޢާލާ ނަހީކުރެއްވި ކަމެއް ދޫކޮށް އެއީލާހުގެ އަމުރުފުޅުތަކަށް ރުޖޫޢަ ވުމެވެ. ތައުބާގެ މައުޟޫޢަކީ ﷲ އަށް އީމާންވާ ކޮންމެ މުސްލިމެއްގެ މައްޗަށް މުހިންމުކަން ބޮޑު މައުޟޫޢެކެވެ. އަދި އެކަމަކާއި ބެހޭގޮތުން ކޮންމެ މުސްލިމަކަށްމެ އެނގުން ލާޒިމު ކަމެކެވެ. އެހެނީ އުޚްރަވީ ޙަޔާތުގައި އަހަރުމެންނަށް ރައްކާތެރިކަމާއި ހިޔާވަހިކަން ލިބުންވަނީ ދުނިޔޭގައި އަހަރުމެން ވެފައިވާ ތައުބާގެ މައްޗަށެވެ. އިތުރަށް ވިދާޅުވުމަށް>>

”އުއްތަމަ ޓެރަރިސްޓުން“ ރަށުތެރޭގައި މިނިވަންކަމާއެކު

އަޚް އިބްނު މުޙައްމަދު (جزاه الله خيرا)

28 އޮގަސްޓު 2010 - ކާފަރުންނާއި ހުޅަނގުގެ ލާދީނިއްޔަތުން ތަރުބިއްޔަތުވެފައިވާ މީހުން ދެކޭ ގޮތުގައި ކޮންމެ މުސްލިމަކީ ޓެރަރިސްޓެކެވެ. އަދި އިސްލާމުންގެ ތެރެއިން ކޮންމެވެސް ވަރަކަށް ތުނބުޅި ދިގުކޮށްފައިތިބޭ މީހުންނަކީ އެންމެ މަތީ ދަރަޖައިގެ ޓެރަރިސްޓުންނެވެ. އަދި އޭގެތެރެއިންވެސް ތުނބުޅި އެއްކޮށް ދޫކޮށްލައި ލައިގެންހުންނަ ހެދުން ގަޔަށް ތަންކޮޅެއްދޫކޮށް ހުރެ ހެދުމުގެ ފައިކުރި ކަށިމަށްޗަށް ބަހައްޓައި ބޮލުގައި ފަގުޑިއެއް އަޅައިފިއްޔާ އެއީ އެންމެ މަތީ ދަރަޖައިގެ ވެސް މަތީގައި ހިމެނޭ ރަތްލާޖެހި މާ ޓެރަރިސްޓެކެވެ. އެމީހަކީ ކުށެއްކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ދުވަހެއްގެ ކޮޅުންވެސް ގެންގޮސްފައިވާ މީހަކަށް ނުވިޔަސް ވެހެވެ. އިތުރަށް ވިދާޅުވުމަށް>>

އޭ ﷲ ގެ ޝަރީޢަތް ޤާއިމް ނުކުރާ ވެރިންނާއި ޣާޒީންނޭވެ......! (2)

އަސަދުﷲ އަލް މާލްދީފީ (جزاه الله خيرا)

26 އޮގަސްޓު 2010 - އެހެންކަމުން، މިހާރު ދެން އަހަރުމެން މުސްލިމުންގެ ބިންތަކުގައި ޤާއިމް ކުރެވިފައި މިވަނީ އިސްލާމީ ޝަރީޢަތްބާއެވެ؟ ނުވަތަ ތާޣޫތުގެ ކުފުރު ޤާނޫނުތަކެއް ބާއެވެ؟ އަދި އަހަރުމެންގެ ވެރިންގެ ގޮތުގައި މިތިބީ މުސްލިމުންތަކެއް ބާއެވެ، ނުވަތަ ކާފަރު ތާޣޫތުންތަކެއް ބާއެވެ؟ އެހެނީ އެބައިމީހުން ހަމައެކަނި ޝައިތާނާގެ ޤާނޫނުތަކުން ޙުކުމް ކުރުމުގެ އިތުރުން ޙުކުމް ކަނޑައެޅުމުގެ ޙައްޤު އެއީ ﷲ سبحانه وتعالى އަށް ވާކަމެއް ނޫންކަމުގައިވެސް އެވަނީ ކަނޑައަޅާފައެވެ. އެކަން އެއީ ސާފުކޮށް ފެންނަން އޮތްކަމެކެވެ. އިތުރަށް ވިދާޅުވުމަށް>>

ރަސޫލު ﷲ (صلى الله عليه وسلم) ރަމަޟާން މަހުގައި ދެއްވެވި ޚުޠުބާ

ތަރުޖަމާ: އުންމު ޢީޝަލް (جزاها الله خيرا)

24 އޮގަސްޓު 2010 - ”އޭ މީސްތަކުންނޭވެ! ﷲ تعالى ގެ މައްސަރު (އެބަހީ: ރަމަޟާން މަސް) ތިޔަބައިމީހުންނާއި ކުރިމަތި ލަނީ ރަޙްމަތާއި ބަރަކާތާއި ފާފަފުއްސެވުމާއި އެކުގައެވެ. މައްސަރުތަކުގެ ތެރެއިން އެންމެ މާތް މައްސަރު ކަމުގައި ﷲ تعالى ރަމަޟާން މަސް ލެއްވިއެވެ. ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ދުވަސްތަކާއި، ރޭތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ރޭތައް، އަދި ވަޤުތުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ވަޤުތުތައް ކަމުގައި، ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކާއި ވަޤުތުތައް ލެއްވިއެވެ. މިއީ މިމައްސަރުގައި ރޯދަ ހިފުމަށާއި، ނަމާދު ކުރުމަށް ތިޔަބައިމީހުންނަށް ﷲ تعالى ދެއްވާފައިވާ ދަޢުވަތެކެވެ. އިތުރަށް ވިދާޅުވުމަށް>>

ޕާކިސްތާނަށް އެހީތެރި ވުމުގައި ދީލަތި ވެލައްވާށެވެ!

އަލްއަޚް އަޙްމަދު ނާޒިލް ބިން މުޙައްމަދު (جزاه الله خيرا)

22 އޮގަސްޓު 2010 - ހަމަޔަޤީނުން ވެސް މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެހަށިގަނޑުގެ އެންމެ ގުނަވަނަކަށް ވޭނެއް، ތަދެއް އިޙްސާސް ކުރެވޭނަމަ މުޅިހަށިގަނޑު އެކަމަށްޓަކައި ވޭން އިޙްސާސްކޮށް ހަދައެވެ. މިގޮތުން މުސްލިމަކަށް ވޭނެއް އަދި ނިކަމެތިކަމެއް އިޙްސާސްކުރެވޭ ނަމަ އެންމެހާ މުސްލިމުން އެކަމުގައި ބައިވެރިވެއެވެ. މިދަނޑިވަޅަކީ މިއީ އެފަދަ ދަނޑިވަޅެކެވެ. އަޅުގަނޑުމެންގެ މުސްލިމު އަޚުން ކަމުގައިވާ ޕާކިސްތާނުގެ 20 މިލިޔަނަށްވުރެ މީހުން އެތިބީ ޤުދުރަތީ ކާރިޘާއެއްގެ ޝިކާރައަކަށްވެ ޙާލުގައި ޖެހިފައެވެ. އިތުރަށް ވިދާޅުވުމަށް>>

އޭ ﷲ ގެ ޝަރީޢަތް ޤާއިމް ނުކުރާ ވެރިންނާއި ޣާޒީންނޭވެ......! (1)

އަސަދުﷲ އަލް މާލްދީފީ (جزاه الله خيرا)

21 އޮގަސްޓު 2010 - ﷲ سبحانه وتعالى އަހަރުމެންގެ މެދުގައި ޙުކުމް ކުރެއްވުމަށްޓަކައި މަތިވެރިވެގެންވާ ޝަރީޢަތެއް ބާވައިލައްވައި، މީސްތަކުންގެ މެދުގައި އެ ޝަރީޢަތުން ޙުކުމް ކުރެއްވުމަށް އަމުރު ކުރައްވާފައިވާ ހިނދުގައިވެސް އެ އަމުރަށް ބީރު ކަންފަތެއްދީ އޭގެން މޫނު އަނބުރާލައި، ފުރަގަހަށް އެ ޝަރީޢަތް އެއްލާލައި ތިމާމެންގެ އަމިއްލަ ޤާނޫނުތަކެއް ހަދާ އެ ޤާނޫނުތަކަކީ އިސްލާމީ ޝަރީޢަތޭ ބުނެ އެ ޤާނޫނުތަކުން މީސްތަކުންގެ މައްޗަށް ޙުކުމް ކުރަމުން ގެންދިޔުން މިއީ ކިހާވަރެއްގެ ކަމެއް ކަން ހަމަ ނޭގެނީ ބާއެވެ؟ އިތުރަށް ވިދާޅުވުމަށް>>

ދުނިޔެއަށް ލޯބިކުރާ މީހުންނަށް ދަޢުވަތު ދޭނެ ގޮތް

އަލްއިމާމް އިބްން ޤައްޔިމް ޖައުޒިއްޔާ (رحمه الله)

19 އޮގަސްޓު 2010 - ”ބުއްދިވެރިއަކު މީސްތަކުންނަށް ދުނިޔެ ދޫކޮށްލުމަކަށް އަމުރެއް ނުކުރާނެއެވެ. އެހެނީ މިއީ އެބައިމީހުންނަށް ނުވާނެ ކަމަކަށް ވާތީއެވެ. އޭގެ ބަދަލުގައި އެމީހުން ދުނިޔެވީ ދިރިއުޅުމެއް ހޭދަކުރަމުންދާ ހިނދު އެބައިމީހުންގެ ފާފަތައް ދޫކޮށްލުމަށް އެބައިމީހުންނަށް ދަޢުވަތު ދެވިދާނެއެވެ. އެހެނީ ދުނިޔެ ދޫކޮށްލުމަކީ އިޚްތިޔާރީ ކަމަކަށްވީއިރުގައި ފާފަތައް ދޫކޮށްލުމަކީ ވާޖިބުކަމެކެވެ. އެހެންކަމުން، ވާޖިބު ކަންތައް ފުރިހަމަ ނުކުރާ އިރުގައި އިޚްތިޔާރީ ކަމެއް ކުރުމަށް އެމީހުންގެ މައްޗަށް އަމުރު ކުރާނީ ކިހިނެތް ހެއްޔެވެ؟ އިތުރަށް ވިދާޅުވުމަށް>>

ރޯދަ ވީއްލާ ވަގުތުގައި ގިނައިން ކެއުން

އިމާމް އަލް-ޣަޒާލީ (رحمه الله)

18 އޮގަސްޓު 2010 - ”އެމީހެއްގެ ބަނޑު ފުރެންދެކަށް މީހަކު ރޯދަ ވީއްލާ ގަޑީގައި ކައިގެން ނުވާނެއެވެ. އެހެނީ، ފުރިފައިވާ ބަނޑެއް ފިޔަވައި ﷲތަޢާލާ އެހާ ބޮޑަށް ނުރުހުންވެވޮޑިގަންނަވާ ކަންވާރެއް ނުވެއެވެ. މުޅި ދުވަހު ނުކެވި ހުރި އެއްޗެހި ކައި ފުރިހަމަ ކުރުމުން ރޯދަ ވީއްލާނަމަ، މިދުޝްމަން ކޮންޓްރޯލްކޮށް ރޯދައިން ފައިދާ ލިބިގަނެ މި އެދުން ނެތިކޮށްލާނީ ކިހިނަކުން ހެއްޔެވެ؟ ޙަޤީޤަތުގައި ބައެއް މީހުން އެމީހުން ދުވާލުގެ ވަގުތުގައި އާންމުގޮތެއްގައި ކާވަރަށް ވުރެ ގިނައިން ރޯދަވީއްލާ ވަގުތުގައި ކައެވެ! މިއާދަ ދެމިގެން ގޮސްފައިވާ މިންވަރަކީ ރޯދަމަހަށްޓަކައި ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކޮށް އަދި އެހެނިހެން މަސްތަކާއި ޚިލާފަށް މިމަހުގައި ގިނަ ކާއެއްޗެހި ކެއުމެވެ. އިތުރަށް ވިދާޅުވުމަށް>>

ތަރާވީހް ނަމާދުގެ މާތްކަން

އުއްމު ޢަބްދު ﷲ (جزاها الله خيرا)

15 އޮގަސްޓު 2010 - ތަރާވީހް ނަމާދުގެ މާތްކަމަކީ ކޮބައިހެއްޔެވެ؟ ﷲއަށް ޙަމްދުހުއްޓެވެ. ފުރަތަމައަށް:- ޢިލްމުވެރިންގެ އިޖްމާޢިން އެނގޭ ގޮތުގައި ތަރާވީހް ނަމާދަކީ ސުންނަތް މުސްތަހައްބު ކަމެކެވެ. އަދި އަންނަނީ ޤިޔާމުއްލައިލްގެ(ރޭއަޅުކަމުގެ) މައުޟޫގެ ދަށުގައެވެ. ޤުރުއާނާއި ސުންނަތުގެ ހެކިތަކުގެ އަލީގައި އެކަމަށް ބާރުދީ ރޭއަޅުކަމަށް ހިތްވަރުދެއެވެ. އަދި އޭގެ މަތިވެރިކަން ބަޔާންކޮށްދެއެވެ. ދެވަނަ ކަމަކަށް:- ރޯދަމަހުގައި ރޭއަޅުކަމުގައި ނަމާދު ކުރުމަކީ، މިމަހުގައި މީހަކަށް އޭނާގެ ވެރި އިލާހާއި އެންމެ ބޮޑަށް ކުއްތަންވެވޭ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިން އެއް އަޅުކަމެވެ. އަލް-ހާފިޒް އިބްން ރަޖަބް (رحمه الله) ވިދާޅުވިއެވެ. ”ދަންނާށެވެ! ރޯދަމަހުގައި މުއުމިނު އަޅާ ދެކަމެއްގައި ނަފްސުގެ ޖިހާދުގައި ހަރަކާތްތެރިވެއެވެ. އިތުރަށް ވިދާޅުވުމަށް>>

”ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ދުނިޔެ މައްޗަށް ފާޅުވެފައިވާ ހިނދު ....“

އުއްމު ސަކީނާ (جزاها الله خيرا)

14 އޮގަސްޓު 2010 - ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި މުބާރިކްބާދު އެންމެހާ މުސްލިމުންގެ ދޫތަކުން ތަކުރާރު ވަމުން ދާހިނދު، އެ މައްސަރާ ބައްދަލު ކުރުމުގެ އުއްމީދުގައި ފުމެމުންދާ އަހަރެންގެ ޖަޒުބާތުތައް ފުރި ބަންޑުންވަމުންދާ ހިނދު، ނިކަމެތި އަޑަކުން އަހަރެންގެ ހިތް ގޮވާލިއެވެ. އޭ ﷲ ގެ އަޅާއެވެ! ތިބާ ހަނދުމަނެތި އެކަމަކުން ބޯދަމައިގެންފައިވާ ކަމެއް ހަނދުމަކޮށްދެމު ހެއްޔެވެ؟ އެހިނދު ނިކަމެތި އަޅުގެ ދެފައި ތުރުތުރު އަޅަން ފެށިއެވެ. ދިލަވޭނެއް މުޅި ޖިސްމުގައި ހިނގައިގަތެވެ. އަދި އަޅާގެ ލޯ ކަރުނައިން ފުރިގެންދިޔައެވެ. އެއަށް ފަހު ލިޔަމެވެ. އިތުރަށް ވިދާޅުވުމަށް>>

އުފާވެރި ރަމަޟާން މަސް އަތުވެއްޖެއެވެ. އަހަރެންގެ ޙާލާއި މެދު ވިސްނާލީ ކިތައް ފަރުދުން ހެއްޔެވެ؟

އަބޫ ޣަރީބް (جزاه الله خيرا)

11 އޮގަސްޓު 2010 - އުފާވެރިކަމުގެ ރަމަޟާން މަސް އަތުވެއްޖެއެވެ. ގެއަށް ލިބުނު ޖޯޝާއި ފޯރީގައި މުޅި ގޭގެ އަހުލުވެރިން ދަނީ އުފަލާ މަޖާ ކުރަމުންނެވެ. ރޯދަ ވީއްލުމަށް ދަޢުވަތު ދިނުމާއި ތަރާވީހުގެ ވަގުތަށް އެކުވެރިންނަށް ދަޢުވަތު ދިނުމުގައި އަވަދިނެތި އެވެ. މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ތަރާވީހް ނަމާދު ކުރުމަށާއި ވީހާވެސް ގިނައިން ޤުރުއާން ކިޔެވުމާއި ހެޔޮ ކަންތައްތައް ކުރުމުގައި މިސްކިތްތައް ފުރާލައެވެ. މި ބަރަކާތްތެރި މައްސަރުގައި ވެސް އަހަރެން މި ހޭދަ ކުރަން ޖެހެނީ ނިކަމެތިކަމާއި އަޅުވެތި ކަމުގައެވެ. ނަމަވެސް އަހަރެންގެ ދަށުން އަހަންނަށް ނިސްބަތްވާ މީހުންނަށް އެކަން އެނގޭނެ ނަމައެވެ. އިތުރަށް ވިދާޅުވުމަށް>>

ﷲ سبحانه وتعالى ގެ ޛިކުރުން މޫނު އަނބުރާލުމުގެ ބިރުވެރިކަން

ތަރުޖަމާ: އަބޫ ޖައްރާޙް (جزاه الله خير)

10 އޮގަސްޓު 2010 - މާތް ވެގެންވާ މުސްލިމުން ދަންނާށެވެ! ﷲ سبحانه وتعالى ގެ ޛިކުރުން މޫނު އަނބުރާލައި އެއާއި މެދު އަޅާނުލައި ޣާފިލުކަންމަތީ ދިރިއުޅޭ މީހުންނަށް ﷲ سبحانه وتعالى ދުނިޔެ މަތީގައިވެސް ތަފާތު ގިނަ ގުނަ ޢުޤޫބާތްތައް ދެއްވާނެކަމީ ޔަޤީން ވެގެންވާ ކަމެކެވެ. އޭގެ ތެރޭގައި ހިތްދަތި ދިރިއުޅުން ދެއްވާނެ ކަމާއި، (އެބަހީ: ފަޤީރު މިސްކީނު ވާހަކައެއް ނޫނެވެ.) އަދި އެމީހުން މަޙުޝަރަށް ގެންދެވޭނީ ލޯކަނު މީހުންގެ ގޮތުގައި ކަމާއި އެކަމުގެ ޝަކުވާ ދަންނަވާނެކަމާއި، އޭގެ ޖަވާބު ގައި ﷲ سبحانه وتعالى ވަޙީ ކުރައްވަނީ، ތިމަން އިލާހުގެ އާޔަތްތައް ތިޔަބައިމީހުންގެ ގާތަށް އައެވެ. އިތުރަށް ވިދާޅުވުމަށް>>

’ރަމަޟާން މުބާރިކް‘ ނުވަތަ ’ރަމަޟާން ކަރީމް‘ ކިޔުމަކީ ބިދުޢައެއްބާ؟

ތަރުޖަމާ: އަބޫ ޒުބެއިދާ (جزاه الله خير)

09 އޮގަސްޓު 2010 - ރަމަޟާންމަސް އައުމާއި ގުޅިގެން އެކަކު އަނެކަކަށް މަރުޙަބާ ކިޔުމުގައި އެއްވެސް މައްސަލައެއް ނެތެވެ. ނަބިއްޔާ (صلى الله عليه وسلم) އެކަލޭގެފާނުގެ ޞަޙާބީންނަށް ރަމަޟަން މަސް އައުމާއި ގުޅިގެން އެ މަހުގެ އުފާވެރި ޚަބަރު ދެއްވާ، އެ މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބާރު އަޅުއްވައެވެ. އަބޫ ހުރައިރާ (رضي الله عنه) ވިދާޅުވިއެވެ. ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ.”ތިޔަބައިމީހުންނަށްޓަކައި ރަމަޟާން މަސް އަތުވެއްޖެއެވެ. ބަރަކާތްތެރިވެގެންވާ މައްސަރެކެވެ. އެ މަހުގައި ރޯދަހިފުން ތިޔަބައިމީހުންގެ މައްޗަށް ﷲ ވަނީ ފަރުޟު ކުރައްވާފައެވެ. މި މަހުގައި ޖަންނަތުގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދު ކުރެވެ��ެވެ. އިތުރަށް ވިދާޅުވުމަށް>>

އަހަރެމެން ރޯދަމަހަށް ތައްޔާރުވާނީ ކިހިނެއް ހެއްޔެވެ؟ (2)

ތަރުޖަމާ: އުއްމު ޢަބްދުﷲ(جزاها الله خير)

04 އޮގަސްޓު 2010 - 4- ނުހިފިހުރި ފަރުޟު ރޯދަތައް ހިފުން:- އަބޫ ސަލަމާ (رضي الله عنه) ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. ޢާއިޝާ (رضي الله عنها) މިފަދައިން ވިދާޅުވި އަޑު އަހުރެން އެހީމެވެ. ”ފާއިތުވި ރޯދަމަހުގެ ރޯދަތައް ތިމަން ކަމަނާއަށް ނުހިފިހުރެއެވެ. އަދި ތިމަން ކަމަނާއަށް ޝަޢުބާން މަހުގައި ނޫނީ އެ ރޯދަތައް ފުރިހަމަ ކުރުން ކުޅަދާނަވެގެންނުވެއެވެ.“ [ބުޚާރީ 1849، މުސްލިމް 1146] އަލްޙާފިޡު އިބްނު ޙަޖަރު (رحمه الله) ވިދާޅުވިއެވެ. ”ޝަޢުބާން މަހުގައި އެކަން ކުރެއްވުމަށް އެކަމަނާ އެދިވޮޑިގެންނެވި މިންވަރުން އެނގެނީ އަނެއް ރޯދަމަސް ފެށެންދެން ރޯދަތައް ނުހިފާ ބެހެއްޓުމަކީ ހުއްދަކަމެއް ނޫންކަމެވެ. އިތުރަށް ވިދާޅުވުމަށް>>

މިހެފެނީ މާ ބާވައެވެ؟

ލިޔުންތެރިޔާ: އަބޫ ކަޘީރު

03 އޮގަސްޓު 2010 - މުސްލިމުންގެ އެންމެ މާތް މައްސަރުކަމަށްވާ ބަރަކާތްތެރި ރަމަޟާން މަސް ފެށުމަށް މުއްދަތު ކުޑަތަން ވަމުން ދާއިރު ދިވެހިރާއްޖޭގެ އެކިކަން ކޮޅުތަކުގައި ”މާހެފުން“ މިނަމުގައި ބޭއްވޭ ކެއުމުގެ ހަފްލާތަކަކީ މީގެ އެތައް އަހަރުތަކެއް ކުރިން ދިވެހިންގެ ތެރޭގައި ފެށިގެން އައިސްފައިވާ ޚުރާފަތުގެ ކަމެކެވެ. ބުނެވޭ ގޮތުގައި މިހެފެނީ މަލެވެ. ބަހުގެ މާނައަށް ބަލައިފިނަމަ މިބުނެވޭ އެއްޗަކީ ހަމަޔަޤީނުން ވެސް ތެދަކަށް ނުވެއެވެ. އެހެނީ މިބޭއްވޭ ކެއުމުގެ ހަފްލާތަކުގައި ހަމަ ޔަޤީނުން ވެސް ހަފަނީ މަލެއް ނޫނެނެވެ. ނުވަތަ މާހަފުވައިގެން ހަދާފައިވާ ކާތަކެއްޗެއް ވެސް ނުމެނޫންމެއެވެ. އިތުރަށް ވިދާޅުވުމަށް>>

ރޯދަމަހަށް ތައްޔާރުވުން

ތަރުޖަމާ: އަބޫ އުމާމާ (جزاه الله خيرا)

02 އޮގަސްޓު 2010 - ރޯދަމަހަކީ މުސްލިމުންގެ ހިތްތަކަށް އާދަޔާ ޚިލާފު އުފާވެރި ކަމެއް ގެނެސްދޭ މަސްސަރެކެވެ. އެއީ ކީރިތި ޤުރުއާން ބާވާލެއްވި މަސްސަރެވެ. ކީރިތި ޤުރުއާން ކިޔެވުމާއި، ކިޔަވައިދިނުމުގެ މަސްސަރެވެ. ދަމުނަމާދު ކުރުމާއި ތަރާވިހް ނަމާ����ު ކުރުމުގެ މަސްސަރެވެ. އަދި ޞަދަޤާތް ދިނުމާއި ފިތުރު ޒަކާތް ދޭން ޖެހޭ މަސްސަރުވެސް މެއެވެ. އެއްވެސް މީހަކު ތައްޔާރު ނުވެ އެއްވެސްތާކަށް ނުދާނެއެވެ. އަދި އެއްވެސް މީހަކު ތައްޔާރު ނުކޮށް އެހެން މީހަކަށް ދަޢުވަތެއް ނުދޭނެއެވެ. ހަމަ މިފަދައިން އަހަރެމެން ރޯދަމަހަށް މަރުޙަބާ ކިޔާ ހިނދުގައި ވާންޖެހޭ ތައްޔާރިތައް އެބަހުއްޓެވެ. އެގޮތުން ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ. އިތުރަށް ވިދާޅުވުމަށް>>

އަހަރެމެން ރޯދަމަހަށް ތައްޔާރުވާނީ ކިހިނެއް ހެއްޔެވެ؟ (1)

ތަރުޖަމާ: އުއްމު ޢަބްދު ﷲ (جزاها الله خير)

31 ޖުލައި 2010 - ބަރަކާތްތެރި ރަމަޟާން މަސް އަހަރެމެންނާއި ބައްދަލުކުރުމުގެ ވަގުތު ކުޑަތަންވަމުންދާއިރުގައި އެ މަހަށް ތައްޔާރުވުމަކީ އެންމެ މުހިއްމު ކަމެވެ. އެހެނީ، ރޯދަމަހަކީ އެމަހުގެ ޙަޤީޤީ މާނަ ވަރަށް ގިނަ ބަޔަކަށް އޮޅިފައިވާ ކަމަކަށްވާތީއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ރޯދަމަހަކީ ކެއުމާއި ބުއިމާއި އުފާކުރުމާއި މުނިފޫހިފިލުވުމުގެ މައްސަރެއް ކަމުގައެވެ. އަދި އެއީ އެމީހުންނަށް އަންނަ ބޮޑުވެގެންވާ މަޖަލުގެ ޢީދެކެވެ. އެހެންކަމުން، އެފަދަ މީހުން ރޯދަމަހަށް ތައްޔާރުވުމުގައި، ގެއަށް އައު ސާމާނު ހޯދާ ބާޒާރުން ލިބެން ހުންނަ ހުރިހާ ފެންވަރު ރަނގަޅު ތަކެތި ގެއަށް ވައްދާ ޖަމާ ކުރެއެވެ. އަތުގައި އެއްކޮށްފައި ހުރިއްޔާ ހުރި ހުރިހާ ފައިސާއެއް ހޭދަކުރަނީ ކުޅިވަރާއި މަޖަލުގައި ވަގުތުތައް ހޭދަކުރަނިވި ކަންތައްތަކަށެވެ. އިތުރަށް ވިދާޅުވުމަށް>>

ދުޢާ އާއި ގުޅޭ ގޮތުން ސަލަފުންގެ ބަސްފުޅުތައް

ޝެއިޚް ހުސެއިން އަލް-އަވާޝިއާ

27 ޖުލައި 2010 - ޢުމަރު (رضي الله عنه) ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. ”(ދުޢާ) ޤަބޫލުކުރެއްވުމުގެ ފިކުރު އަހުރެން ނުގެންގުޅެމެވެ. އޭގެ ބަދަލުގައި ދުޢާގައި ފިކުރެވެ. ދުޢާ ކުރާނެ ގޮތާއިމެދުގައި އަހުރެންގެ ހިތުގައި ޝައުޤުވެރިކަން އުފެދިއްޖެނަމަ، ޤަބޫލުކުރެއްވުން އެއާއި އެކުގައި އަންނާނެއެވެ.“ 2- އަބޫ ޒައްރު (رضي الله عنه) ވިދާޅުވިއެވެ.”ފަރުވާއަށްޓަކައި އެވަރަށް ދުޢާ ބޭނުންވެއެވެ. ކާއެއްޗެހީގެ ރަހަ ހެޔޮވަރު ކުރުމަށްޓަކައި ލޮނު ބޭނުންވާ ފަދައިންނެވެ.“ 3- މުވާރިޤް ވިދާޅުވިއެވެ. ”ކަނޑުގައި ގަސްބުޑެއްގެ މަތީގައި އޮވެގެން’ އޭ އަހަރެންގެ ވެރި އިލާހެވެ! އޭ އަހަރެންގެ ވެރި އިލާހެވެ!‘ މިފަދައިން ގޮވާ މީހާގެ މިސާލު ނޫން މިސާލެއް މުއުމިނެއްގެ މައްޗަށް އަހަންނަކަށް ނުފެނެއެވެ. ފަހަރެއްގައި ﷲތަޢާލާ އޭނާއަށް މަދަދު ދެއްވަފާނެއެވެ.“ އިތުރަށް ވިދާޅުވުމަށް>>

”އަދި ކެތްތެރިކަމާއި ނަމާދުން ވާގިއެދޭށެވެ......“ (ސޫރަތުލް ބަޤަރާ 45)

ސައްޔިދު ޤުޠުބް(رحمه الله)

25 ޖުލައި 2010 - ”ބަލިކަށި، ކުރު ޢުމުރުގެ އުނި އިންސާނާ އޭނާގެ ނަފްސު އެންމެ ބާރުގަދަ ފަރާތާއި ގުޅެންޖެހޭނެ އެވެ. އެހެނީ އިންސާނާއަށް ބޭނުންވާ ހަކަތަ އެ އިންސާނާގެ ކުޅަދާނަކަން ލިބިގެންވާ މިންވަރަށްވުރެ އިތުރުވުމުން، ހަކަތައިގެ ގޮތުން އެކަލާނގެ ހަޟްރަތުން އެހީތެރިކަން ލިބުމަށެވެ. އަދި ސިއްރާއި ފާޅު ނުބައި ބާރުތަކާއި ކުރިމަތިވުމުންނެވެ. އަދި ދަހިވެތިކަމާއި އަމިއްލަ ނަފްސުގެ އެދުންތަކާއި ދުރުވުމުގެ މަގުގައި ސާބިތުކަމާއި އެކުގައި ދެމިހުރުމަށް އުދަނގޫވުމުންނެވެ. އަދި ނުބައިކަމާއި އަނިޔާވެރިކަން ބޮޑުވުމުން އެއާއި ދެކޮޅަށް ގަދައަޅާ މަސައްކަތްކުރުމަށް އުދަނގޫވުމުންނެވެ. އިތުރަށް ވިދާޅުވުމަށް>>

މުއުމިނު މީހާ ހަމަޖެހޭގޮތް

ޝެއިޚުލް މުޖާހިދީން ޝަހީދު ޑރ. ޢަބްދު ﷲ ޢައްޒާމް (رحمه الله)

21 ޖުލައި 2010 - ”.... އެމީހެއްގެ ވެރި އިލާހާއި އެމީހަކާއި ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވީ މިންވަރަކުން އޭނާ ހަމަޖެހޭނެއެވެ. އިބްނު އަލްމުބާރަކް (رحمه الله) އާއި މުޚާޠަބުކޮށް މިފަދައިން ބުނެވުނީ މިހެންވެގެންނެވެ: ”ރަސްކަލުންނަކީ ކޮންބައެއް ހެއްޔެވެ؟“ އެހެންކަމުން، އިބްނުލް މުބާރަކް ވިދާޅުވިއެވެ. ”ދުނިޔެވީ އެދުންތަކުން ދުރުވާ މީހުންނެވެ.“ އެމީހުން ސުވާލުކުރިއެވެ. ”މީސްތަކުންގެ ތެރެއިން އެންމެ ދަށު ދަރަޖައިގެ މީހުންނަކީ ކޮބައިހެއްޔެވެ؟“ އެކަލޭގެފާނު ޖަވާބުދެއްވެވިއެވެ. ”އެބައިމީހުންގެ ދީނުން ކާ މީހުންނެވެ.“ މާނައަކީ އެބައިމީހުން މީސްތަކުންނާއި އެކުގައި އުޅެނީ މުނާފިޤުން ފަދައިންނެވެ. އިތުރަށް ވިދާޅުވުމަށް>>

ނުކުޅެދޭ ޑިމޮކްރަސީ ނިޒާމްގައި ކޮޅުފައިން ޖެހުމަށްފަހު، ﷲ ޝަރީޢަތް ތަންފީޒު ކުރަންޖެހޭ ވަގުތު އަދިވެސް ނާދޭ ހެއްޔެވެ؟

އަބޫ ޣަރީބް ( جزاه الله خير)

20 ޖުލައި 2010 - މުޅި ޤައުމު ހަމަނުޖެހުމެއްގައެވެ. އެކި ކަންކޮޅުތަކުގައި މުޒާހަރާތެކެވެ. ޕާރޓީތަކުގެ މެދުގައި ތަޅާފޮޅުމެވެ. ދޮގު ހެދުމާއި ރިޝްވަތު ކެއުމާއި ވައްކަން ކުރުން ސިޔާސީ ދާއިރާގައި ޢާއްމުވެއްޖެ އެވެ. ފުލުހުންނާއި އަމަން ބަލަހައްޓާ މީހުން ދާންވީ ނުދާންވީ ކޮޅެއް ނޭނގި އަންނަހާ އަމުރަކަށް ކިޔަމަން ވަމުން ދަނީ އެވެ. ނުކުޅެދޭ ޑިމޮކްރަސީގެ ސިޔާސީ އޮއެވަރުގައި ދިވެހިންތައް ޖެހި މަސްތުވެގެންދާ ހިނދު މިއީ ކިހާވަރެއްގެ ދަށްފެންވަރެއްގެ ދިރިއުޅުމުގެ ނިޒާމެއްކަން އިޙްސާސް ކުރެވުނީ ކިތައް ދިވެހި ދަރީންނަށް ހެއްޔެވެ؟ އިތުރަށް ވިދާޅުވުމަށް>>

އަހަރެމެންނަކީ ކޮންފަދަ ނުބައި އަޅުންނެއް ހެއްޔެވެ؟

ހަސަން އަލްބަޞަރީ (رحمه الله)

20 ޖުލައި 2010 -ހަސަން އަލްބަޞަރީ (رحمه الله) ވިދާޅުވިއެވެ: “އޭނާއަކީ، އޭނާގެ ވެރި އިލާހަށް ކޮންފަދަ ނުބައި އަޅެއް ހެއްޔެވެ؟ އަހުރެން މިވާހަކަ ދައްކަނީ ތިރީގައިވާ ބަޔާންކުރުންތަކާއި އެއްގޮތްވާ އަޅުގެ ވާހަކައެވެ. 1- އޭނާ ފާފަފުއްސެވުމަށް އެދެއެވެ. އެއީ ފާފަވެރި ނުކިޔަމަންތެރި ކަންތަކުގައި ހަރަކާތްތެރިކަމާއެކު ބައިވެރިގެން އުޅޭ ޙާލު އެވެ. 2- އޭނާ މަޑުމައިތިރި ކިޔަމަންތެރި ގޮތުގެ މަތީގައި އުޅެއެވެ. އެއީ އޭނާއަށް އަމާނާތްތެރިކަމުގެ ލަޤަބު ލިބިދާނެ ކަމަށެވެ. އެކަމަކު އޭނާ ހަމައެކަނި އެގޮތަށް ކަމަށް ދައްކަނީ، އޭނާގެ ޚިޔާނާތްތެރިކަން ފޮރުވުމަށްޓަކައެވެ...“ އިތުރަށް ވިދާޅުވުމަށް>>

އިޝްޤީ ލޯބިވެރިންނަށް ރައްކާތެރިވާށެވެ!

ތަރުޖަމާ: އުންމު ކުލްޘޫމް (جزاها الله خير)

18 ޖުލައި 2010 - އަލްއަސްމާއީގެ އަރިހުން އައިސްފައި ވެއެވެ. ޝަހަރެއްގެ ތެރެއިން ލާފައި އެއްދުވަހަކު ތިމަންކަލޭގެފާނު ހިނގަމުން ވަޑައިގަންނަވަނިކޮށް ހިލަގަނޑެއް ފެނިލެއްވިއެވެ. ކޮންމެވެސް މީހަކު އޭގައި މިފަދައިން ލިޔެފައި ވެއެވެ. أيا معشر العشاق بالله خبروا **** إذا حل عشق بالفتى كيف يصنع ”އޭ ލޯބިވެރިންނޭވެ! ﷲ ގަންދީ ބުނަމެވެ. އަހަންނަށް ނިކަން ބުނެދީބަލާށެވެ. ޅަޒުވާން ފިރިހެނަކު ލޯބީގެ އަވައިގައި ޖެހިއްޖެނަމަ (ނުވަތަ އޭނާގެ މައްޗަށް ލޯބީގެ ބާރު ގަދަވެގ����ންފިނަމަ) އޭނާ ކަންތަށް ކުރަންވީ ކިހިނަކުން ހެއްޔެވެ؟“ އިތުރަށް ވިދާޅުވުމަށް>>

އިބްން ތައިމިއްޔާ (رحمه الله) ގެ ދުވާލުގެ ތާވަލް

ތަރުޖަމާ: އުއްމު ޢަބްދު ﷲ (جزاها الله خير)

18 ޖުލައި 2010 - ”ރޭގަނޑުގެ ވަގުތުގައި، އެހެން މީސްތަކުންނާއި ވަކިވެ ވަޑައިގެންނަވާނެ އެވެ. އެކަލޭގެފާނުގެ ވެރި އިލާހާއި އެކު އެކަހެރިވެ ވަޑައިގަންނަވައެވެ. ވަރުގަދައަށް ކީރިތި ޤުރުއާން ކިޔުއްވައެވެ. އަދި ދ��ވާލާއި ރޭގަނޑުގެ އަޅުކަންތަކުގައި އެކަންތައް ތަކުރާރު ކުރައްވައެވެ. ރޭގަނޑުގެ ވަގުތު ނިމުމުން ފަޖުރުގެ ނަމާދަށް މީސްތަކުންނާއި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެބައިމީހުންނާއި ބައްދަލުކުރެއްވުމުގެ ކުރިން ސުންނަތް ނަމާދު ކުރައްވައެވެ. އެކަލޭގެފާނު ނަމާދުކުރައްވަން ފެއްޓެވުމުން، އެކަލޭގެފާނު ތަކްބީރަތުލް އިޙްރާމް ކިޔުއްވާ ގޮތުން ތިޔަބައިމީހުންތައް ހިތްތައް އުދުހިގެން ދާނެއެވެ.  އިތުރަށް ވިދާޅުވުމަށް>>

ޢިބާދަތާއި ލޯބީގެ ދަރަޖަތައް

ޝެއިޚުލް އިސްލާމް އިބްން ތައިމިއްޔާ (رحمه الله)

15 ޖުލައި 2010 - އަހަރެމެން ޢަމަލުކުރުމަށް އަމުރުކުރައްވާފައިވާ ޢިބާދަތުގައި މަޑުމޮޅިވުމާއި ލޯބިވުން އެކުލެވިގެންވެއެވެ. އަދި ﷲ ތަޢާލާގެ ކުރިފުޅުމަތީގައި އިންތިހާއަށް މަޑުމޮޅިވުމާއިއެކު އެކަލާނގެއަށް އިންތިހާއަށް ލޯބިވުން ހިމެނެއެވެ. ލޯބިވުމުގެ އެންމެ މަތީ ދަރަޖައަކީ، އިންތިހާއަށް ލޯބިވުން (ތަތަޔަމް) އަދި އެންމެ ދަށު ދަރަޖައަކީ ޝައުޤުވެރިކަން ހުރުމެވެ. އެހެނީ، ލޯބިވެވޭ އެއްޗަކާއިމެދުގައި ހިތް ފުރަތަމަ ޝައުޤުވެރިވެއެވެ. އެއަށްފަހު އެޝައުޤުވެރިކަމާއިއެކު ގަޔާވުން އާދެއެވެ. ދެން ލޯބި އާދެއެވެ. އަދި އެންމެ ފަހުން އިންތިހާއީ ލޯބިއެވެ. ޢަރަބި ބަހުގައި 'ތައިމު ﷲ' (ﷲއަށް ލޯބިވާ މީހާ) ބޭނުންކުރެވެނީ 'ޢަބްދު ﷲ' (ﷲ އަށް އަޅުކަން ކުރާ މީހާ) މާނަކުރުމަށެވެ. އިތުރަށް ވިދާޅުވުމަށް>>

’ނަމެއްގައި އުޅޭ މުސްލިމު މީހާ‘

ޝެއިޚުލް އިސްލާމް އިބްނި ތައިމިއްޔާ (رحمه الله)

14 ޖުލައި 2010 - ��ެބައެއްގެ މުސްލިމް ކަމަކީ ޙުކުމީ (އެއީ، ނަމެއްގައި މުސްލިމުން) ގޮތުން މުސްލިމުންނަށްވާ މީހުންނާއި ބެހޭގޮތުން އިބްނި ތައިމިއްޔާ (رحمه الله) ވިދާޅުވެފައިވަނީ ޝައުގުވެރިކަން ހުރި ވިދާޅުވުމެކެވެ. ބޭރުފުށުން އޭނާ، އޭނާގެ ވާޖިބުތައް އަދާކުރެއެވެ. އެކަމަކު އޭނާ އެކަން ކުރަނީ އެ އަޅުކަން އަދާކުރުމުން ﷲ ގެ ޙަޟްރަތުން ދަރުމައަށް އެދިގެންވާ ޙާލުއެއް ނޫނެވެ. ނުވަތަ އެ އަޅުކަންތައް ދޫކޮށްލުމުން ލިބޭ އެކަލާނގެ ޢަޒާބަށް ބިރަކުން ވެސް ނޫނެވެ. އޭގެ ބަދަލުގައި، އޭނާ އެ ކުރާ ކަންތައް އެކުރަނީ ހަމައެކަނި އޭނާގެ މައިންބަފައިންނާއި، މުޖުތަމަޢުއާއި އެހެނިހެން މީހުން އޭނާގެ ކިބައިން އުއްމީދުކުރާ ގޮތަށް އުޅުމަށްޓަކައެވެ.... އިތުރަށް ވިދާޅުވުމަށް>>

ﷲ އަށް ބިރުވެތިވާ ކަމުގެ ޢަލާމާތްތައް، އޭގެ ސަބަބުތައް އަދި އޭގެ މޭވާތައް (2)

އިމާމް ޣަޒާލީ (رحمه الله)، އިމާމް އިބްން ޤައްޔިމް (رحمه الله) އަދި އިމާމް އިބްން ރަޖަބް ޙަންބަލީ (رحمه الله)

13 ޖުލައި 2010 - 7- ފަޚުރުވެރިކަމުގެ ސަބަބުން ހެޔޮ ޢަމަލު ކުރުމުން އެކަމަށް ﷲތަޢާލާގެ ހަޟްރަތުގައި ޒިންމާ ވާން ޖެހުމުގެ ބިރު. 8- ގިނަ ގުނަ ނިޢުމަތްތަކުގެ ސަބަބުން ކިބުރުވެރިވެ ބޮޑާވެދާނެ ކަމުގެ ބިރު. 9- އެހެނިހެން މަޚްލޫޤާތުގެ ސަބަބުން ﷲ ތަޢާލާ އާއި ދުރުވެދާނެ ކަމުގެ ބިރު. 10- އާދަޔާ ޚިލާފު ނިޢުމަތްތަކުގެ ސަބަބުން ނުބައި ނިމުމެއް އަތުވެދާނެ ކަމުގެ ބިރު. 11- އަވަހަށް (މިދުނިޔޭގައި) ޢަޒާބު ދެއްވަފާނެކަމުގެ ބިރު. 12- މަރުވާ ވަގުތުގައި ނިކަމެތިކުރެވިދާނެ ކަމުގެ ބިރު. 13- ދުނިޔެވީ ޒީނަތުގެ ސަބަބުން ހެއްލެނިވެދާނެ ކަމުގެ ބިރު.... އިތުރަށް ވިދާޅުވުމަށް>>

ﷲ އަށްޓަކައި ލޯބިވުމާއި ރުޅިވެރިވުމާއި ގުޅޭގޮތުން ސަލަފުންގެ 10 ބަސްފުޅެއް

ތަރުޖަމާ: އުއްމު ޢަބްދު ﷲ (جزاها الله خير)

11 ޖުލައި 2010 - ޢުމަރު ބިން އަލްޚައްޠާބު (رضي الله عنه) ވިދާޅުވިއެވެ. ”ކަލޭމެންގެ ތެރެއިން މީހަކު އޭނާގެ އަޚާގެ ގާތްކަމުގެ ރަޙްމަތް ލިބިއްޖެ މީހަކު އޭގައި އޭނާއަށް ވީ މިންވަރަކުން ހިފަހައްޓާ ހުށިކަމެވެ. އެހެނީ، މީހަކަށް މިފަދަ ރަޙްމަތެއް ލިބުމީ ނުހަނު މަދުން ވާކަމެކެވެ.“ ޢުމަރު (رضي الله عنه) އަދިވެސް ވިދާޅުވިއެވެ. ”އިސްލާމްދީނަށް ފަހުގައި މީހަކަށް ލިބޭނޭ އެންމެ ހެޔޮކަން ބޮޑު އެއްޗަކީ ޞާލިޙް ރަޙްމަތްތެރިއެކެވެ.“ ޢަލީ ބިން އަބީ ޠާލިބު (رضي الله عنه) ވިދާޅުވިއެވެ. ”ތިބާގެ އަޚުންނާއި ގުޅި ގާތްވާށެވެ. އެހެނީ އެބައިމީހުންނީ މިދުނިޔެއާއި އާޚިރަތުގެ ކާނާއެވެ. ނަރަކައިގެ އަހުލުވެރިންގެ މިބަސް އަޑުނާހާށެވެ.“ އިތުރަށް ވިދާޅުވުމަށް>>

ﷲ އަށް ބިރުވެތިވާ ކަމުގެ ޢަލާމާތްތައް، އޭގެ ސަބަބުތައް އަދި އޭގެ މޭވާތައް (1)

އިމާމް ޣަޒާލީ (رحمه الله)، އިމާމް އިބްން ޤައްޔިމް (رحمه الله) އަދި އިމާމް އިބްން ރަޖަބް ޙަންބަލީ (رحمه الله)

11 ޖުލައި 2010 - ބިރުވެތިވާ ކަމުގެ ޢަލާމާތްތައް ދަންނާށެވެ! މުސްލިމު އަޚުންނާއި އުޚްތުންނޭވެ! އަހަރެމެން ﷲ ތަޢާލާ އަށް ބިރުވެތި ވާކަމާއި ނުވަތަ އެކަލާނގެ ދަނެގަންނަ ކަން ކުދި ޓެސްޓަކުން ހޯދިދާނެއެވެ. ތިރީގައި މިވަނީ އޭގެ ތެރެއިން ބައެކެވެ: 1- ދޫ އަހަރެމެންނަށް އަންގައިދޭނެއެވެ: އަހަރެމެން ނުބައި ވާހަކަ ދައްކާނަމަ، ޣީބަ ބުނާނަމަ އަދި ނުބައިކަން ބޮޑު އަނގަތަކުގައި ބައިވެރިވާ ނަމަ އޭގެން ދައްކުވައިދެނީ ކަންބޮޑުވުން ވަރަށް ކުޑަކަމެވެ. އަހަރެމެންގެ ދޫ ﷲ ތަޢާލާ ހަނދުމަކުރުމުގައި މަޝްޣޫލުކުރަންޖެހޭނެ އެވެ. ޤުރުއާން ކިޔެވުމުގައާއި އަދި ޢިލްމުގެ މަޖިލީސްތަކުގައި ބައިވެރިވުމުގައެވެ. އިތުރަށް ވިދާޅުވުމަށް>>

ފާފަތައް ފޮހެވިގެން ދިއުމާއި ގުޅޭގޮތުން

އިމާމް އައްނަވަވީ (رحمه الله)

10 ޖުލައި 2010 - މިމައްސަލައާއި ގުޅޭގޮތުން ދެ ވިސްނުމެއް ވެއެވެ: ޢިލްމުވެރިންގެ އެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ބޮޑެތި ފާފަ ދޫކޮށްލުމަކީ، ވާޖިބު އަޅުކަންތަކުގެ ސަބަބުން ކުދި ފާފަތައް ފޮހެވިގެން ދިއުމުގެ ޝަރުތެއް ކަމުގައެވެ. އެހެންކަމުން، އެއްވެސް ބޮޑު ފާފައެއް ކުރެވިއްޖެނަމަ، މީގެ ސަބަބުން ހަމަވަގުތުން ވާޖިބު އަޅުކަންތަކުގެ ސަބަބުން ކުދި ފާފަތައް ފޮހެވުން ހުއްޓިގެންދާނެ އެވެ. ޢިލްމުވެރިންގެ އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި، ވާޖިބު އަޅުކަން ތަކުގެ ސަބަބުން ކުދި ފާފަތައް ފޮހެވިގެން ދާނެ އެވެ. އަދި އެއީ އޭނާ ބޮޑެތި ފާފަކުރިކަމުގައި ވިޔަސްމެއެވެ. އިތުރަށް ވިދާޅުވުމަށް>>

މުނާފިޤުންގެ ސިފަތައް

އުންމު ހާޖަރު (جزاها الله خيرا)

10 ޖުލައި 2010 - މުނާފިޤުންގެ ތެރޭގައި ދެބާވަތެއްގެ ބަޔަކު ވެއެވެ. އޭގެތެރޭގައި: 1. އީމާންކަމުގައި މުނާފިޤަކަށް ވާމީހުން 2. އަޅުކަމުގެ ޢަމަލުތަކުގައި މުނާފިޤަކަށް ވާމީހުން މުނާފިޤަކަށްވާ ހަ ބައެއް ވެއެވެ. 1. ރަސޫލާ (صلى الله عليه وسلم) އަށް އިންކާރުކުރުން. 2. ރަސޫލާ (صلى الله عليه وسلم) އެކަންކަމައިގެން ވަޑައިގެންނެވިހާ ކަމަކަށް އިންކާރުކުރުން. 3. އިސްލާމްދީނަށް ނުވަތަ މުސްލިމުންނަށް ނިކަމެތިކަމެއް ނުވަތަ ދެރަކަމެއް ކުރިމަތިވުމުން އެކަމާއި ހިތްހަމަޖެހުން... އިތުރަށް ވިދާޅުވުމަށް>>

މުޢާޛު ބިން ޖަބަލު (رضي الله عنه) ގެ އަގުހުރި ބަސްފުޅުތަކުން...

ތަރުޖަމާ: އުއްމު ޢަބްދު ﷲ (جزاها الله خير)

08 ޖުލައި 2010 - މުޢާޛު ބިން ޖަބަލު (رضي الله عنه) އާއި ބެހޭގޮތުން ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”ހަމަކަށަވަރުން، ﷲ ތަޢާލާގެ ކުރިފުޅުމައްޗަށް ޢިލްމުގެ އަޙުލުވެރިން ހާޒިރުކުރެވޭ ހިނދުގައި މުޢާޛު ވާނީ އެންމެންނަށްވުރެ 1 ފިޔަވަޅު ކުރީގައެވެ.“ [ސަޙީޙް، އައްތަބާރަނީ] އިބްނު މަސްޢޫދު (رضي الله عنه) ވިދާޅުވިއެވެ. ”މުޢާޛު (رضي الله عنه) އަކީ ހަމަކަވަރުން ވެސް މުއުމިނުންނަށް ހުރި ފުރިހަމަ ނަމޫނާއެކެވެ. އެކަލޭގެފާނު ﷲ ތަޢާލާއަށް ތަޤްވާވެރިކަމާއިއެކުގައި ކިޔަމަންތެރިވިއެވެ. އަދި އެކަލޭގެފާނަކީ އިޚްލާޞްތެރި ޞާލިޙު މުއުމިނެކެވެ.“ އިތުރަށް ވިދާޅުވުމަށް>>

ނަރަކައިގެ އަހުލުވެރިންނަކީ ކިތައް މީހުންތޯއެވެ؟

އަބޫ ދުޖާނާ (جزاه الله خيرا)

07 ޖުލައި 2010 - އަބޫ ސަޢީދު (رضى الله عنه) ގެ އަރިހުން ރިވާވެގެންވެއެވެ. رسول الله صلى الله عليه وسلم، ޙަދީޘް ކުރެއްވިއެވެ. ”ﷲ ތަޢާލާ ވަޙީ ކުރައްވާނެތެވެ. ”އޭ އާދަމް އެވެ!“ ދެން އާދަމް (عليه السلام) ޖަވާބު ދެއްވާނެތެވެ. ”މިއަޅާ އިޖާބަ ދެއްވައިފީމެވެ. (މިއަޅާ ތިޔަ އިލާހުގެ އަމުރަށް ކިޔަމަންވަމެވެ.) އަދި ހުރިހައި ހެވެއްވަނީ ތިޔަ އިލާހުގެ އަތްޕުޅުގައެވެ.“ އެއަށްފަހު ﷲ ތަޢާލާ އާދަމް (عليه السلام) އަށް ވަޙީ ކުރައްވާނެތެވެ. ���ނަރަކައިގެ އަހުލުވެރިން ގެންނާށެވެ!“ އާދަމް (عليه السلام) ވިދާޅުވާނެތެވެ. ”ނަރަކައިގެ އަހުލުވެރިންނަކީ ކިތައް މީހުންތޯއެވެ؟“ ﷲ ތަޢާލާ ވަޙީ ކުރައްވާނެތެވެ. ”ކޮންމެ އެއްހާހަކުން އެކަކު ފިޔަވައި ބާކީ ތިބި އެންމެންނެވެ....“ އިތުރަށް ވިދާޅުވުމަށް>>

’ސުވާތު ވެލީ‘ ގެ ފަރުބަދަތަކުން ހިތާމައިގެ ހެކިތައް ދެމުންދާ ހިނދުވެސް މުސްލިމު އުއްމަތް ކޮބައިބާއެވެ؟

އެކުލަވާލީ: އުންމު ކުލްޘޫމް (جزاها الله خيرا)

05 ޖުލައި 2010 - ރަސޫލު ﷲ (��لى الله عليه وسلم) ހަދީޘް ކުރައްވަފައިވެއެވެ. ”މުސްލިމު މީހާއަކީ އަނެއް މުސްލިމު މީހާގެ އަޚާއެވެ. އެހެންކަމުން އޭނާ އޭނާގެ އަޚާއަށް އަނިޔާވެރި ވެގެން ނުވާނެއެވެ. އަދި އަނިޔާވެރިންނާއި ހަވާލުކޮށްގެންވެސް ނުވާނެއެވެ. ތިމާގެ އަޚާގެ ބޭނުންތައް ފުއްދައިދީފި މީހާކަށް، ﷲ އޭނާގެ ބޭނުންތައް ފުއްދަވާ ދެއްވާނެ އެވެ. ތިމާގެ (މުސްލިމު) އަޚާ މުޞީބާތަކުން ސަލާމަތް ކޮށްދީފި މީހަކަށް މަ��ުޝަރު ދުވަހުގެ މުޞީބާތުން ﷲ އޭނާ ސަލާމަތް ކޮށްދެއްވާނެ އެވެ. މުސްލިމެއްގެ ސިއްރުތައް ފޮރުވައިދިން މީހަކަށް މަޙުޝަރުދުވަހުން ﷲ އޭނާގެ ސިއްރުތައް ފޮރުވައި ދެއްވާނެ އެވެ.“ (ބުޚާރީ) އިތުރަށް ވިދާޅުވުމަށް>>

”މީހުން އެދެނީ ޖާހިލިއްޔަ ޒަމާނުގެ ޙުކުމް ހޯދަން ހެއްޔެވެ؟“ މިއާޔަތުގެ ތަފްސީރު

އިމާމް އިބްނު ކަޘީރު (رحمه الله)

03 ޖުލައި 2010 - ”أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ“ ”އެމީހުން އެދެނީ ޖާހިލިއްޔަ ޒަމާނުގެ ޙުކުމް ހެއްޔެވެ؟ ޔަޤީންކުރާ ބަޔަކަށް ﷲ އަށްވުރެ ޙުކުމްކުރެއްވުމަށް މޮޅީ ފަހެ ކޮންފަރާތެއް ހެއްޔެވެ؟“ (ސޫރަތުލް މާއިދާ:50) ހުރިހާ ހެޔޮކަންތައްތަކެއް އެކުލޭވޭ އަދި ހުރިހާ ނުބައިކަންތައްތަކެއް ނަހީކުރާ ﷲ ގެ ޙުކުމްފުޅުތައް ދޫކޮށްލުން ﷲ އެ ވަނީ ކުށްވެރިކުރައްވާފައެވެ. އެހެންނަމަވެސް އޭގެބަދަލުގައި، މީހުން އެދެނީ އެމީހުންގެ ޢަމިއްލަ އެދުންތަކާއި، ރައުޔުތަކާއި، އަމިއްލައަށް ހަދާފައިވާ ޘަގާފަތަށް (މައްސަލަތައް) ހުށަހެޅުމަށެވެ. އިތުރަށް ވިދާޅުވުމަށް>>

عمر بن عبد ا��عزيز ގެ ނަޞޭޙަތުގެ ބަސްކޮޅެއް

އަބޫ މުޞްޢަބް އަލް މާލްދީފީ (جزاه الله خيرا)

01 ޖުލައި 2010 - ޢުމަރު ބިން ޢަބްދުލް ޢަޒީޒު (رحمه الله) އެކަލޭގެފާނުގެ އަޞްޙާބުންނަށް ނަޞޭޙަތްތެރި ވަމުން ވިދާޅުވިއެވެ. ”ތިބާ އެމީހުންގެ ކައިރިއަށް ދާހިނދު ތިބާ އެމީހުންނަށް ގޮވާނަމަ ގޮވާށެވެ! އަދި ތިބާ ގޮވާލާނަމަ އެމީހުންނަށް ގޮވާލާށެވެ! އަދި އެމީހުންގެ ބައިގަނޑު ކައިރިއަށް ދާށެވެ! އަދި އެމީހުންގެ ކައްވަޅުތައް ހުރިލެއް ގާތްކަން ނިކަން ދެކި ބަލާށެވެ! އެމީހެއްގެ މުއްސަނދި ކަމުން ބާކީ އޮތީ ކޮން އެއްޗެއްތޯ އެމީހުންކުރެ މުއްސަނދިންނާއި ނިކަން ސުވާލު ކޮށްބަލާށެވެ! އެމީހުންގެ ފަޤީރުކަމުން ބާކީ އޮތީ ކޮން އެއްޗެއްތޯ އެމީހުންކުރެ ފަޤީރުމީހުންނާއި ނިކަން ސުވާލު ކޮށްބަލާށެވެ! އިތުރަށް ވިދާޅުވުމަށް>>

ވަގުތު ފާއިތު ވުމުގެ ކުރިން އިންސާނާ އޭނާގެ ނަފްސު ކައްވަޅުގެ ޢާޛާބުން ސަލާމަތް ކުރަނީ ކިހިނެތް؟ (2)

ޝައިޚް އިބްނު އަލްޤައްޔިމް (رحمه الله)

29 ޖޫން 2010 - މުލްކު ސޫރަތާއި ބެހޭ ގޮތުން ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރައްވާފައި ވެއެވެ. ”މި ސޫރަތުގައި ވަނީ 30 އާޔަތެވެ. މި ސޫރަތް އެނގޭ މިހާގެ މައްޗަށް، އޭނާއަށް ފާފަފުއްސެވުން ލިބުމަށް ދާންދެން، މިސޫރަތް ޝަފާޢަތްތެރި ވެއެވެ. އެންމެހާ ބަރަކާތްތެރިކަމެއް ވަނީ މުޅި ޢާލަމް އެ ފަރާތެއްގެ އަތްޕުޅުގައި ވާ ފަރާތަށެވެ.“ ކުރީގެ މުސްލިމުންނަށް ފެނިފައިވާ ތަފާތު ހުވަފެންތަކުގެ ތެރެއިން ޔަޒީދު ބިން ނުޢްމާގެ ކިބައިން ރިވާ ވެގެން ވެއެވެ. އޭނާ ކިޔާ ދެއްވި އެވެ.’ އަލް ޖަރިފް‘ އޭ ކިޔާ ނުރައްކާތެރި ބައްޔެއްގައި އަންހެން ކުއްޖަކު މަރުވި އެވެ. މިއަންހެން ކުއްޖާގެ ބައްޕަ އަށް ހުވަފެނެއްގައި، މިއަންހެން ކުއްޖާއާ ބައްދަލު ވާތީ ފެނުނެވެ. އިތުރަށް ވިދާޅުވުމަށް>>

ޖާހިލުންނާއި ކުރިމަތިލުމުގައިވާ ރަނގަޅު އުސޫލުތައް

އިމާމް އިބްން ޤައްޔިމް އަލްޖަޥްޒިއްޔާ (رحمه الله)

27 ޖޫން 2010 - މީހަކު، ޖާހިލުންގެ ކިބައިން ދުރުވެގަތުމަށްފަހު، އެބައެއްގެ ރަނގަޅު ނުފޫޒާއި ހެޔޮކަންތައްތައް ދުނިޔޭގައި ހުރުން ދެމިހުންނަ މީހުންނާއި ގާތްވުމުން، ދެން އޭނާއަށް އާ ޖޯޝަކާއި އާ ރާސްތާއެއް ފެންނާނެއެވެ. އަދި މީސްތަކުންގެ ތެރޭގައި އޭނާއަކީ ބީރައްޓެސަކަށްވާނެ އެވެ. އަދި އެއީ އޭނާއަކީ އެމީހުންގެ ކިތަންމެ ގާތްތިމާގެ އަދި އެކުވެރިއަކަށް ވިޔަސްމެއެވެ. މިކަމުގެ ސަބަބުން އޭނާ ވެގެންދާނީ މީސްތަކުންގެ ތެރޭގައި ބީރައްޓެއްސަކަށެވެ. މީސްތަކުން ތަޙައްމަލު ކުރަމުންދާ އަނދިރިކަން އޭނާއަށް ފެންނާނެ އެވެ. ނަމަވެސް އޭނާ ހިތްހަމަޖެހުން ލިބިގަންނަ އުފާވެރިކަން އެމީހުންނަކަށް ނުފެންނާނެ އެވެ. ވިދާޅުވުމަށް>>

ޓީވީ، ޒިނޭއަށް މަގުފަހިކޮށްދޭ ވަޞީލަތެއްގެ ގޮތުގައި

އަބޫ މުޙައްމަދު ޢަބްދުއްރައޫފު ޝާކިރު

26 ޖޫން 2010 - ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ”وَلا تَقْرَبُوا الزِّنَا إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلا“ ”އަދި ތިޔަބައިމީހުން ޒިނޭއާ ކައިރިނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.“ [ސޫރަތުލް އިސްރާ: 32] ޒިނޭއާއި ކައިރިނުވާށޭ ބުނުމުގެ މާނައަކީ ޒިނޭއަށް މަގުފަހިކޮށްދޭ އެންމެހާ ކަންތައްތަކާއި އާދަތަކުން ދުރުވުމެވެ. އިސްލާމުދީން ވަނީ، ޒިނޭއަށް މަގުދައްކައިދީ އަދި ޒިނޭއާއި ގާތްކޮށްދޭ ހުރިހާ ޢާދަތަކާއި، ހަޑިހުތުރު ކަންތައްތަކެއް ޙަރާމްކުރައްވާފައެވެ. މި ނުބައިކަންބޮޑު ފާފަ ކަމުގައިވާ ޒިނޭގެ ތަފާތު ބައިތައް ވެއެވެ. ވިދާޅުވުމަށް>>

އޭ ވަގުތީ މެހުމާނާއެވެ!!!

މުސާފިރު އިބްނު އަޙްމަދު (جزاه الله خير)

24 ޖޫން 2010 - އޭ ޣާފިލު އިންސާނާއެވެ! ތިބާގެ ލައްޕާފައިވާ ދެލޯ އަދި ތިބާގެ ލެއްޕިފައިވާ ސިކުނޑި ކުޑަ ހިނދުކޮޅަކަށް ހުޅުވާލައި މިލިޔުން ކިޔާލާށެވެ. އަދި މިއާއި ދޭތެރޭ ވިސްނާލާށެވެ! إنشاء الله ތިބާގެ ޣާފިލްވެފައިވާ ހިތް ހޭލާއިފާނެއެވެ. އިބުނު ޢުމަރު (رضي الله عنهما) ގެ ކިބައިން ރިވާވެގެންވެއެވެ: رسول الله صلى الله عليه وسلم ތިމަންކަލޭގެފާނުގެ ކޮނޑުފުޅުގައި ހިއްޕަވައި ޙަދީޘްކުރެއްވިއެވެ: ”ދުނިޔޭގައި ތިބާ ބީރައްޓެއްސެއް ފަދައިންވާށެވެ. ނުވަތަ ދަތުރުވެރިއެއް ފަދައިންވާށެވެ.“ ވިދާޅުވުމަށް>>

މަރާއި ބައްދަލުކުރުން - (4)

އަބޫ ޖައްރާޙް (جزاه الله خير)

20 ޖޫން 2010 - ދުނިޔޭގެ މަރުން ސަލާމަތްވުން ލައްވާފައި ނުވާ ފަދައިން އާޚިރަތުގައިވެސް މަރުވުމެއްނުވެއެވެ. ވީމާ އަހަރުމެންނަށް އޮތްކަމަކީ މަރުމަތިން ގިނަގިނައިން ހަނދުމަކޮށް ތިމާގެ އެންމެހައި ޢަމަލުތައް ރަނގަޅުކޮށް ހިސާބުކޮށް އުޅުމެވެ. އެއީ މަރުގެ މައްޗަށް ގަދަވެގަނެވޭނޭ މަޚުލޫޤެއް ﷲ سبحانه وتعالى ޚަލްޤު ކުރައްވާފައި ނުވާތީއެވެ. އިންސާނާގެ މަރު ވަނީ ކަނޑައެޅި ނިމިފައެވެ. އެއްވެސް މީހަކަށް ލަސްނުކުރެވޭނެއެވެ. އެހެނީ މަރުވުމާއެކު ނިމިދާގޮތަށެވެ. މަރު އަންނަހިނދު ޢުމުރު ނިމިދެއެވެ. އިންސާނާ މަރުވެ ޢުމުރު ނިމިދިއުމާއެކު ރިޒުޤުވެސް ނިމިދެއެވެ. މިއެއްމެހައި ކަންތައްތައް ހިނގަނީ ﷲ سبحانه وتعالى ގެ ޢިލްމުފުޅާއި އިރާދަފުޅާއި ކުޅަދުންވަންތަކަމާއި އެކުގައެވެ. ވިދާޅުވުމަށް>>

ޣީބަ ބުނުން ހުއްޓޭނެ ގޮތް

ޝެއިޚް ހުސެއިން އަލްއަވާޝިއާ

19 ޖޫން 2010 - ތިބާގެ އަޚަކާއި ބެހޭގޮތުން ޣީބަ ބުނާ އަޑު އެއްވެސް މީހަކަށް އިވިއްޖެނަމަ، އަހަރެމެންގެ މައްޗަށްވަނީ އެކަމަކާ ދެކޮޅު ހެދުމެވެ. އަދި އެވާހަކައެއް ދެއްކި މީހަކު މަޑުމައިތިރިކަމާއި، އޯގާވެރިކަމާއި އަދި ޙިކުމަތާއިއެކު އިޞްލާޙްކުރުމެވެ. މިގޮތް ވަނީ ނުބައި ޢަމަލެއް ރަނގަޅުކުރުމަށްޓަކައި ނަބިއްޔާ (صلى الله عليه وسلم) ބަޔާންކޮށްދެއްވާފައިވާ ގޮތްތަކާއި އެއްގޮތްވާ ގޮތުގައެވެ. އަހަރެމެންގެ ޤާބިލުކަން ތަންދިން މިންވަރަކުން އެގޮތަކަށް ޢަމަލުކުރަންޖެހޭ ގޮތެވެ. މިގޮތްތަކުގެ އެންމެ ކުޑަ މިންވަރަކީ އަހަރެމެންގެ ހިތުން ނުބައި ޢަމަލާއި ދެކޮޅުހެދުމެވެ. ވިދާޅުވުމަށް>>

މީސްތަކުންނާއި މެދު ހެޔޮކޮށް ވިސްނުން

ޑރ. އަލީ އަލްޙައްމާދީ

17 ޖޫން 2010 - މީހަކާއި މެދުގައި އެއްވެސް ޝައްކެއް ކޮށް އެމީހާއާއި ދެކޮޅަށް ވެވޭ އެއްވެސް ކަމެއް ޤަބޫލުކުރުމުގައި މުސްލިމުން ސަމާލުކަންދޭންޖެހޭ އަސާސަކީ، އޭނާގެ މުސްލިމް އަޚާއާއި މެދުގައި ނުބައި ވިސްނުމެއް ބޭއްވުމުގެ ބަދަލުގައި އޭނާއާއި މެދުގައި ހެޔޮ ވިސްނުމެއް ދިނުމަށް އިސްކަންދިނުމަށެވެ. އެބައިމީހުން (އެބަހީ އެކަމެއް ރައްދުވާ ބައެއް) އެރައްދުކުރެވޭ ބަދުނާމަކުން ސަލާމަތްކުރެވޭނެ ފަދަ ޢުޒުރުތަކާއި ޙުއްޖަތްތަކެއް ފެނޭތޯ އޭނާ މަސައްކަތް ކުރަންޖެހޭނެ އެވެ. ޙާއްޞަގޮތެއްގައި، އެ ބަދުނާމެއް ރައްދުވަނީ ﷲ ގެ މަގަށް ގޮވާލާ މީހުންނާއި އަދި ޞާލިޙުން ކަމުގައިވާނަމައެވެ. ވިދާޅުވުމަށް>>

މަރާއި ބައްދަލުކުރުން - (3)

އަބޫ ޖައްރާޙް (جزاه الله خير)

16 ޖޫން 2010 - ޙަޤީޤަތަކީ ﷲ سبحانه وتعالى އެއީ ޢާލަމްތައް ހައްދަވައި ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި އިލާހުކަމެވެ. އެއަށްފަހު ޚާލިޤުވަންތަ ﷲ ހެއްދެވި މަޚްލޫގުން ފަނާވެ ނެތިދިއުމަށްފަހު އަލުންދިރުއްވޭނެކަމެވެ. އެއިލާހުގެ ޙަޟްރަތަށް ރުޖޫޢަކުރެވި އަދި ހިސާބު ބެއްލެވޭނެކަމެވެ. ފަނާވެ ނެތިދިއުމާއި އަލުންދިރުއްވައި ހިސާބު ބެއްލެވޭނެކަން ޤަބޫލުނުކުރާ މީހުންނަކީ ފާޅުވެގެންވާ ދޮގުވެރީންނެވެ. އެބައިމީހުން ހިމެނިގެންވަނީ ކާފަރުންކަމުގައެވެ. ﷲ سبحانه وتعالى، ވަޙީކުރައްވާފައިވެއެވެ: ވިދާޅުވުމަށް>>

ވަޢުދުތަކާއި އުންމީދުތައް

ޑރ. އުމަރު އަލްއަޝްޤަރު

13 ޖޫން 2010 - ޝައިޠާނާ، އިންސާނުން މަގުން އެއްކިބާ ކުރުވުމަށްޓަކައި އެމީހުންނަށް ދޮގު ވަޢުދުތައްވުމަށްފަހު، ފޮނި ހުވަފެން ދައްކައެވެ. ﷲތަޢާލާ ވަހީކުރެއްވިއެވެ. ”يَعِدُهُمْ وَيُمَنِّيهِمْ وَمَا يَعِدُهُمُ الشَّيْطَانُ إِلا غُرُورًا“ ”ޝައިޠާނާ އެބައިމީހުންނަށް ވަޢުދުކުރެއެވެ. އަދި، އެބައިމީހުން ލައްވައި ބާޠިލް އުންމީދު ކުރުވައެވެ. އަދި، ހެއްލުންތެރިކަން މެނުވީ ޝައިޠާނާ އެބައިމީހުންނަށް ވަޢުދެއް ނުކުރެއެވެ.“ [ސޫރަތުއް ނިސާ: 120] އިތުރަށް ވިދާޅުވުމަށް>>

މަރާއި ބައްދަލުކުރުން - (2)

އަބޫ ޖައްރާޙް (جزاه الله خير)

09 ޖޫން 2010 - އިންސާނުން ދަތުރުކުރަމުންދާ ޙަޔާތާއި ބެހޭގޮތުން އަންގަވާފައިވާ އެންގެވުންތަކާއި މެދު ނަޒަރު ހިންގާލާށެވެ! އިންސާނުންނަށް އިންސާނުންގެ އަސްލާއި ޙަޤީޤަތް އިސްލާމްދީނުގައި ބަޔާންކުރައްވާފައިވ�� ފަދައިން ފަސޭހައިން ހާމަވެގެންދާފަދަ ގޮތަކަށް އެހެންދީނެއްގައި އެކަން ހާމަކޮށްފައި ވޭހެއްޔެވެ؟ އިންސާނުން ދަތުރުކުރަމުންދަނީ އިންސާނުންގެ ނިމުމާއި (މަރާއި) ދިމާއަށެވެ. އެއީ އެއިލާހުގެ ޙަޟްރަތަށް ރުޖޫޢަވުމަށެވެ. ﷲ سبحانه وتعالى، ވަޙީކުރައްވާފައި ވެއެވެ: ”وَأَنَّ إِلَى رَبِّكَ الْمُنْتَهَى“ ”އަދި މަރުވުމަށްފަހު ރުޖޫޢަވާހުށީ ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރައްބުގެ ޙަޟްރަތަށެވެ.“ [ސޫރަތުއް ނަޖުމް: 42] ވިދާޅުވުމަށް>>

ސަލަފުންގެ ކިބައިގައި ލަދުވެތިކަން ހުންނެވި މިންވަރު

ތަރުޖުމާ: އުއްމު ކުލްޘޫމް (جزاها الله خير)

05 ޖޫން 2010 - 1- އަބޫމޫސާ އަލް އަޝްޢަރީ: އަނަސް ބިން މާލިކް ވިދާޅުވެފައި ވެއެވެ. ”އަބޫ މޫސާ އަވަހާރަ ލައްޕަވާ ހިނދުގައި މުޅި ގައި އެއްކޮށް ފޮރުވޭނެ ފަދަ ފޭރާމެއް ބޭރުން ތުރުކުރައްވައެވެ. ސަބަބަކީ އެކެލޭގެފާނުގެ ޢައުރަ ކަޝްފު ވެދާނެކަމުގެ ބިރު ހީވާތީ އެވެ.“ [ސިޔަރ އަޢްލަމް އަންނުބަލާ؛ 2/399] 2- ޢިބްނި ޢައްބާސް: އެކެލޭގެފާނު ގިނިކަންޏާ ހުންނަވަނިކޮށް މެނުވީ ޤަޟާޙާޖާ ކުރެއްވުމަށް ވަޑައެއް ނުގަންނަވައެވެ. އަދި އެފަދަ ވަގުތެއްގައި ބޯ ފޮތީގެ ފޭރާމެއް ބޭރުން ތުރު ކުރައްވައެވެ. އަދި މިފަދައިން ވިދާޅުވެއެވެ. ”އަހުރެން އެއްވެސް އެއްޗެއް ނުލައި ފާޚާނާގައި ހުންނަނިކޮށް ﷲ އަށް ފެނިދާނެތީވެ އަހުރެން ލަދުވެތި ވަމެވެ. “ [ސިޔަރ އަޢްލަމް އަންނުބަލާ؛ 3/355] ވިދާޅުވުމަށް>>

’އަލްވަހްނު‘، ބޮޑުވެގެންވާ ބަލިމަޑުކަމެކެވެ.

ތަރުޖަމާ: އަބޫ ތުރާބް (جزاها الله خير)

03 ޖޫން 2010 - رسول الله صلى الله عليه وسلم، ޙަދީޘް ކުރައްވާފައިވެއެވެ: ”ބަޔަކު ކެއުމުގެ ޖާފަތަކަށް އަރައިގަންނަ ފަދަ ގޮތަކަށް މީސްތަކުން ތިޔަބައިމީހުންގެ މައްޗަށް އަރައިގަންނަ ދުވަސް ގާތްވެގެންވެއެވެ. “ޞަޙާބީއަކު ސުވާލު ކުރެއްވިއެވެ: ”އެއީ އެދުވަހަކުން އަހަރުމެންގެ ޢަދަދު މަދު ކަމުންތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ: ”ނޫނެކެވެ! އެދުހަވަކުން ތިޔަބައިމީހުންގެ ޢަދަދު ނުހަނު ގިނަ ވެގެންވެއެވެ. އެކަމަކު ތިޔަބައިމީހުން ވާހުށީ ކަނޑުގެ ރާޅުތަކުން އުފެދޭ ފޮނުތަކެއްފަދަ ބައެއްގެ ގޮތުގައެވެ. އަދި ﷲ ތިޔަބައިމީހުންގެ ޢަދާވާތްތެރިންގެ ހިތްތަކުން ތިޔަބައިމީހުންނާއި މެދު އެބައިމީހުން ގަންނަ ބިރު އުފުއްލަވާނެ އެވެ...“ ވިދާޅުވުމަށް>>

ހާދަ ބޮޑު ޣާފިލު ކަމެކެވެ.

ބިންތު ޢަބްދު ﷲ (جزاها الله خيرا)

31 މެއި 2010 - އިންސާނާ މުސްކުޅިވާހިނދު މުޅީން އާތަޖުރިބާ ތަކަކާއި ކުރިމަތިވެއެވެ. އޭހިނދުގައި އެމީހެއްގެ ކުރިމަތީގައި ޙަޔާތުގެ ހުރިހާ އުފާތަކެއް ވާނީ ނެތިވެ ގޮސްފައެވެ. އެމީހެއްގެ ކުރިމަތީގައި ޙަޔާތަކީ އެއްވެސް މާނައެއް ނެތް ކަމަކަށް ވާނީވެފައެވެ. އެމީހަކަށް ތިމާގެ ނަފްސު ފެންނާނީ ނޭނގޭ ދުނިޔެއަކަށް ދާދި އަވަހަށް ފުންމާލަން ތައްޔާރަށް ހުއްޓައެވެ. އޭނާގެ އެދުމަކަށް ވާނީ އެނިޔާ ކަނޑައެޅުމުގެ ވަގުތުގައި އޭނަ އަށް އުއްމީދުގެ ދޯދިފަށެއް ވިޔަސް ލިބި ދެވޭނެ ފަރާތެއް ވުމެވެ. ނަމަވެސް މަރު ކުއްލިޔަކަށް އޭނާގެ މައްޗަށް ގަދަވެ ގަނެ އެވެ. އޭނާ ކުޑަކޮށް ވެސް އެކަމަށް ތައްޔާރު ނުވެ ހުއްޓަ އެވެ. ވިދާޅުވުމަށް>>

ވަގުތު ފާއިތުވުމުގެ ކުރިން ﷲ ގެ ޙަޟްރަތަށް ރުޖޫޢަވާށެވެ.

ބިންތު ޢަބްދު ﷲ (جزاها الله خيرا)

30 މެއި 2010 - އޭ ލޮބުވެތި އުޚުތާއެވެ! ތިބާއަށް އަދި ކިހާދުވަހަކު މިދުނިޔޭގައި އުޅެވޭނެހެއްޔެވެ؟ ވިހިއަހަރު ހެއްޔެވެ؟ ސާޅީސް އަހަރު ހެއްޔެވެ؟ ނުވަތަ ފަސްދޮޅަސް އަހަރު ހެއްޔެވެ؟ ތިބާ މާދަމާ ވެސް ދުނިޔޭގައި ހުންނާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް އެބައޮތް ހެއްޔެވެ؟ ހަމަ މިވަގުތުވެސް ތިބާގެ ގާތަށް މަރު އައިސްދާނޭކަން ދަންނާށެވެ! މަރުން ސަލާމަތްވުމަށްޓަކައި ތިބާއަށް އެއްވެސް ގަދަކަމެއް ދެއްކިދާނެ ހެއްޔެވެ؟ މަރަށްފަހު ދެން އޮތީ ކައްވަޅެވެ. އޭގެ ބަނޑުތެރެއަށް ތިބާ ދާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެއީ ތިބާގެ ޙަޤީޤީ ތަންމައްޗެވެ. އެތަނުގައި ވަނީ ނާމާންކަމާއި ބިރުވެރިކަމެވެ. ވިދާޅުވުމަށް>>

މަރާ ބައްދަލުކުރުން - (1)

އަބޫ ޖައްރާޙް (جزاه الله خير)

26 މެއި 2010 - އެއްމެހާ ޙަމްދު ޘަނާއެއް ޙައްޤުވެގެންވަނީ ޢާލަމްތަކުގެ ވެރި ﷲ سبحانه وتعالى އަށެވެ. އަދި ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ މުޙަންމަދު صلى الله عليه وسلم އަށެވެ. އޭ! އިންސާނާއެވެ! އިންސާނާގެ ނިމުންވަނީ ކޮންފަދައަކުން ކިހިނެއްހެއްޔެވެ؟ ކޮންތާކުހެއްޔެވެ؟ ނިމި ދިއުމަށްފަހު ދެންއޮތީ ކޮންތަނެއްހެއްޔެވެ؟ ޚާލިޤު��ަންތަ ﷲ سبحانه وتعالى އަށް އަޅުކަންކޮށް އުޅޭބަޔަކު ކަމުގައި ވިޔަސް އަޅުކަން ނުކުރާބަޔަކު ކަމުގައި ވިޔަސް މުސްލިމުން ކަމުގައި ވިޔަސް މުސްލިމުން ކަމުގައި ނުވިޔަސް ކޮންމެ މީހެއްގެވެސް ނިމުމެއްވާކަން ކަށަވަރެވެ. ވިދާޅުވުމަށް>>

އޭ ޤައުމުގެ މީސްތަކުންނޭވެ!

އުއްމު ސަކީނާ (جزاها الله خير)

24 މެއި 2010 - އޭ ޤައުމުގެ މީސްތަކުންނޭވެ! ވިއްސިވިހާލިވެ ބިކަޙާލު ޖެހިފައިވާ އަހަރެންގެ އަހުލުންނޭވެ! ނެތުމުގެ ތެރެއިން ﷲ ތަޢާލާ އަހަރެން ވުޖޫދަށް ގެންނެވީ ވަރަށް ނިކަމެތި އެއްޗަކުންނެވެ. އަދި އަހަރެންގެ މަލަމަތި އަމާން ކުރައްވަވާ ހިތްފަސޭހަ ކުރެއްވެވީ އަހަރެންގެ އެއްވެސް އާރެއް ބާރެއް ނެތިއެވެ. ވީއިރު ތިޔަބައިމީހުން މިއަދު އަހަރެންގެ މައްޗަށް ވަލު ސިންގާތަކެއް ފަދައިން ވެރިވެނުގަންނާށެވެ. އަހަރެންގެ ހައްޓަކު ދެނެއް ތިޔަ އަނިޔާތައް ބަރުދާސްތު ކުރާނެހާ ހިތްވަރެއް ނެތެވެ. އަދު އަހަރެން މިވަނީ ނުހަނު ބަލިކަށިވެ ވީރާނާވާން ކައިރި ވެފައެވެ. ވިހަ ލޭތަކުން އަހަރެންގެ ހަށީގައި މިވަނީ ކޯރު ދެމިފައެވެ. ވިދާޅުވުމަށް>>

އެންމެ ހެޔޮވެގެންވަނީ ތަޤުވާވެރީންނެވެ.

އަބޫ މުޢާޛް (جزاه الله خير)

20 މެއި 2010 - ޝަރުޢުގައި ތަޤުވާއަކީ ޚާލިޤު ވަންތަ އިލާހުގެ އަމުރުފުޅުތައް ގެނެސްގަތުމާއި ނަހީތަކުން ދުރުވެގަތުމެވެ. އެބަހީ އަޅާއަށް ކުޅަދާނަވީ މިންވަރަކުން އަމުރުވެގެންވާ ކޮންމެކަމަކަށް ކިޔަމަންތެރިވުމާއި އަދި މަނާއާއި ނަހީވެގެންވާ ކޮންމެކަމަކުން ބަރީއަވެ ދުރުވެގަތުމެވެ. ﷲ سبحانه وتعالى، އެއްވެސް ނަފްސަކަށް އެނަފްސަކަށް ކުޅަދާނަވެގެން ނުވާވަރަކަށް ތަކްލީފެއް ނުޖައްސަވައެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ”وَتَتَّقُوا فَإِنَّ ذَلِكَ مِنْ عَزْمِ الأمُورِ“ ”ތިޔަބައިމީހުން ތަޤުވާވެރިވެ ކެތްތެރިވިނަމަ ފަހެ ހަމަކަށަވަރުން އެކަންވަނީ ��ަޒްމު ކަނޑައަޅަންޖެހޭ ކަންތައްތަ��ު��ެ ތެރެއިންނެވެ.“ (އާލް އިމްރާން: 186) ވިދާޅުވުމަށް>>

ވަގުތު ފާއިތު ވުމުގެ ކުރިން އިންސާނާ އޭނާގެ ނަފްސު ކައްވަޅުގެ ޢަޛާބުން ސަލާމަތް ކުރަނީ ކިހިނެއް؟ - (1)

ޝައިޚް އިބްން އަލްޤައްޔިމް (رحمه الله)

19 މެއި 2010 - ﷲ ތަޢާލާ ޤުރުއާނުގައި ވަޙީކުރެއްވިއެވެ. ”سَابِقُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاءِ وَالأرْضِ أُعِدَّتْ لِلَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ ذَلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ وَاللَّهُ ذُو الْفَضْلِ الْعَظِيمِ“ ”ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އެތާނގެ ތަނަވަސްކަން އުޑާއި ބިމުގެ ތަނަވަސްކަން ފަދަ ސުވަރުގެއަށް ތިޔަބައިމީހުން ކުރިއަރައިދާށެވެ.! އެސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ، ﷲ އަށާއި، އެއިލާހުގެ ރަސޫލުންނަށް އީމާންވި މީހުންނަށްޓަކައެވެ. އެއީ ﷲ ގެ ފަޟްލުވަންތަކަމެވެ. އެއިލާހު އިރާދަކުރައްވާ އަޅަކަށް އެފަޟްލުވަންތަކަން ދެއްވައެވެ. ﷲ އީ، ބޮޑުވެގެންވާ ފަޟްލުވަންތަ ވެރިއިލާހެވެ.“ (އަލްޙަދީދް 21) ވިދާޅުވުމަށް>>

އަބޫ ބަކްރު (رضي الله عنه) ގެ ފައިދާއިން ފުރިގެންވާ ޚުޠުބާ

ތަރުޖަމާ: އަރްޤަމް ޕަބްލިކޭޝަންސް

17 މެއި 2010 - އެންމެހާ ޙަމްދެއް ވަނީ މަތިވެރިވެގެންވާ ﷲ އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ﷲ ތަޢާލާ ޚަލްޤު ކުރެއްވި އެންމެ ހެޔޮ އިންސާނާ، އަދި މިއުއްމަތުގެ ރަސޫލާއަށެވެ. ﷲ ތަޢާލާގެ ނަބިއްޔުންނަށް ފަހު، މިބިންމައްޗަށް އުފަންވި އަދި އުފަންވާނެ އެންމެ ހެޔޮކަން ބޮޑު އިންސާނަކީ މިއުއްމަތުގެ ފުރަތަމަ ޚަލީފާ އަބޫ ބަކްރުއް ޞިއްދީޤު (رضى الله عنه) އެވެ. މާތް ނަބިއްޔާ (صلى الله عليه وسلم) ގެ ޙަދީޘްފުޅެއްގައިވާ ގޮތުން އަބޫ ބަކްރު (رضى الله عنه) ގެ އީމާންކަމާއި މިއުއްމަތުގެ އެންމެންގެ އީމާންކަން ކިރާލިކަމުގައި ވިޔަސް އަބޫ ބަކްރު (رضى الله عنه) ގެ އީމާންކަން ބަރުވާނެއެވެ. ވިދާޅުވުމަށް>>

އޭޒުވާނާއެވެ!

އަބޫ އުކާޝާ (جزاه الله خير)

17 މެއި 2010 - އިންސާނާއަކީ ކިހާދެރަ ނިކަމެތި މީހެއް ހެއްޔެވެ. ތިބާއަށް އެއްވަގުތެއްގައި އެއިންސާނާ ފެންނާނީ ޒުވާންކަމުން ފުރިފައިވަނިކޮށެވެ. ދިރިހުރުމުގެ ތާޒާކަމުގައި ވަނިކޮށެވެ. ހީވާގިކަމުން ފުރާލެވިފައިވާތީއެވެ. ނަމަވެސް ޢުމުރު ހޭދަވަމުންގޮސް އަނަރޫފަކަމަށް އެއިންސާނާ ބަދުލުވެއެވެ. ބުރަކަށިން ގުދު ނިކުމެދެއެވެ. މޫނުގައި ރޫޖެހިދެއެވެ. ކުޑަމަސައްކަތަކުން ވަރުބަލިވެ ދެރަވެދެއެވެ. އެހެން ދުވަސްވަރެއްގައި ތިބާއަށް އޭނާ ފެންނާނީ މުއްސަނދިކަމުގައި ވަނިކޮށެވެ. އުސްރީތި ބޮޑުގަނޑުވަރެއްގައި އުޅެނިކޮށެވެ. އެންމެ އަގުބޮޑު ރީތި ސައިކަލާއި ކާރުގައި ސަވާރުވެ އުޅެނިކޮށެވެ. ވިދާޅުވުމަށް>>

ނަފްސަށް އަދަބުވެރިވުން

އަބޫ މުޢާޒް (جزاه الله خير)

16 މެއި 2010 - އިންސާނަގެ ދާއިމީ ޙަޔާތުގެ ކާމިޔާބާއި ބާއްޖަވެރިކަން ހުއްޓިގެންވަނީ ތިމާގެ ނަފްސު އަދަބުވެރިކޮށް ޠާހިރުކޮށް ސާފުކުރުމުގެ މަށްޗަށެވެ. ޠާހިރުކޮށް ސާފުކުރުމޭ މިބުނާބަހުގެ މާނައަކީ ކުށްތަކާ ފާފަތަކުން ޠާހިރުވުމުގެ ވާހަކައެވެ. ހަމައެކަނި ހަށިގަނޑުގެ ބޭރުފުށާއި ފޭރާން ޠާހިރުކޮށް ޠާހިރުވާ ވާހަކައެއްނޫނެވެ. ހަށިގަނޑާއި ފޭރާން ޠާހިރުކޮށް މީރުވަސްދުވާ އަތަރާއި ސެންޓު ލައިގެން އުޅޭ ކިތައްމެ މިހަކީ އާޚިރަތުގައި އެއްވެސް ނަޞީބެއް، އަރާމެއްނުވާ މީހުންނެވެ. އާޚިރަތް ދުވަހުން މީރުވަހެއްލިބި އަރާމެއް ލިބުންވަނީ ހަމައެކަނި ތިމާގެ އެތެރެފުށް ޠާހިރުކޮށް ތިމާގެ ނަފްސު މަތިވެރި ﷲ ގެ ޙަޟްރަތުގައި އެއިލާހު ލޯބިވޮޑިގަންނަވާ ފަދަޔަކުން އަދަބުވެރިކޮށް ރަނގަޅު ކުރެވުނު މީހަކަށެވެ. ވިދާޅުވުމަށް>>

ތިބާގެ ދަޢުވަތަށް އެމީހުން އިޖާބަ ނުދީފިނަމަ، ކުރިއަށް ދާށެވެ.

ތަރުޖަމާ: އުންމު ޢަބްދު ﷲ (جزاها الله خير)

13 މެއި 2010 - ”އަދި ތިންވަނަ ވައްތަރެއްގެ ވަކިވެގަތުމެއް ދާޢީއަށް ވެއެވެ. އެއީ، އޭނާ އެބައިމީހުންނާއި އެކު މަސައްކަތްކޮށް އެކަން ބޭކާރު ކަމަކަށްވެ އެކަމަކުން އެއްވެސް ނަތީޖާއެއް ނުނިކުމެއްޖެނަމަ އެކާފަރުންތައް ދޫކޮށް މީސްތަކުންގެ ތެރެއިން އެހެން ބައިގަނޑަކަށް ދިއުމެވެ. ނުވަތަ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެބައިމީހުން އޭނާއަށް އިޖާބަ ދިނުން އެއީ ނާދިރު ކަމަކަށްވުމާއި ނުވަތަ އެބައިމީހުންގެ ފުށުން އޭނާއަށް ކުރިމަތިވާ ގެއްލުން އޭނާއަށް ކޮންޓްރޯލް ނުކުރެވޭނެނަމައެވެ. އެފަދަ ޙާލަތުގައި، އެހެން ބައިގަނޑަކާއި ހަމައަށް ވާޞިލްވެ އެބައިމީހުންނަށް ﷲ އަށް ގޮވާލުމަށް އޭނާގެ މަސައްކަތް އަމާޒުކުރަންޖެހޭނެއެވެ...“ ވިދާޅުވުމަށް>>

ކައްވަޅުގެ ޢަޛާބު - (2)

ތަރުޖަމާ: އަބޫ ކަޘީރް (جزاه الله خير)

12 މެއި 2010 - ނަބިއްޔާ (صلى الله عليه وسلم) އިސްރާއާއި މިޢްރާޖަށް އަރާވަޑައިގެންރޭ އެކަލޭގެފާނަށް ފެނިވަޑައިގެން، ކައްވަޅުގައި ދެވޭ ޢަޛާބުތަކާއި ބެހޭ ހަދީޘްތަކެއް ވެސްވެއެވެ. މިހަދީޘް ތަކުގެ ޚުލާސާއެއް ހިމަނާލާނަމެވެ. ނަޢަމްސޫފި ތަކެއްހެން ދުއްވޭ ބަޔަކު ވާނެއެވެ. އެބައިމީހުންނަށް ގަދަކަމުން (ހިތިކަން އެންމެގަދަ) ފަތްޕިލާވެލި ކާންދެވޭނެއެވެ. ޒައްޤޫމްގެ ހިތި މޭވާވެސް ކާންދެވޭނެއެވެ. އަދި ޖަހަންނަމައިގެ ހޫނު ހިލަތައް މައްޗަށް ދަމާފައި ގެންދެވޭނެއެވެ. އެއީ ޒަކާތްދެއްކުމުން އެބައިމީހުންގެ މުދާތައް ޠާހިރު ނުކުރީތީއެވެ. ވިދާޅުވުމަށް>>

ރަނގަޅު ހުވަފެނެއް ފެނުމުން ޢަމަލު ކުރަންވީ ގޮތް

ޝެއިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު

11 މެއި 2010 - މުސްލިމަކަށް ރަނގަޅު ހުވަފެނެއް ފެނިއްޖެނަމަ، އަންނަނިވި ކަންތައްތައް ކުރުން އެދެވިގެންވެއެވެ. އޭނާ ﷲ އަށް ޙަމްދުކޮށް ﷲ މަތިވެރި ކުރަންވާނެއެވެ. އެކަމުގެ ޢިލްމުލިބިފައިވާ މީހެއްގެ ފަރާތުން އޭނާ އެހުވަފެން، ތަޢުބީރުކުރަންވާނެއެވެ. އެހުވަފެން ކިޔައި ދިނުމުގެ ސަބަބުން ހެޔޮ ބަހެއް ނުލިބޭނެ ފަދަ މީހަކަށް އެހުވަފެން ނުކިޔައި ދޭށެވެ. ނުވަތަ ޙިކްމަތްތެރި މީހަކަށެވެ. ނުވަތަ އޭނާ ލޯބިވާ މީހަކަށެވެ. އަދި އޭގެ ސަބަބުން އޭނާއާއި މެދު ޙަސަދަވެރިވެދާނެ ފަދަ މީހަކަށްވެސް އެހުވަފެން ކިޔައިނުދޭށެވެ. މިކަމުގެ ދަލީލަކީ އަބޫ ސަޢީދުލް ޚުދްރީ (رضي الله عنه) ރިވާކުރެއްވިއެވެ. އިތުރަށް ވިދާޅުވުމަށް>>

އަހަރެމެން ހުރަސްކޮށްދާ 30 ހެޔޮ ކަންތައް

ތަރުޖަމާ: އުންމު އުމެއިމާ (جزاها الله خير)

09 މެއި 2010 - އަބޫ ޙުރައިރާ (رضي الله عنه) ރިވާކުރެއްވެވިއެވެ. ރަސޫލާ (صلى الله عليه وسلم) މަޖިލީހެއްގައި އިންނަވަނިކޮށް މީހަކު އެކަލޭގެފާނު ފަސްދެއްވައި ވިދާޅުވިއެވެ.” އައްސަލާމް ޢަލައިކުމް“ ދެން އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘް ކުރެއްވެވިއެވެ. ”10 ހެޔޮކަމެވެ“ އެހެން މީހަކު އެކަލޭގެފާނު ފަސްދެއްވައި ވިދާޅުވިއެވެ. ”އައްސަލާމް އަލައިކުމް ވަރަޙްމަތު ﷲ“ ދެން އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. ”20 ހެޔޮކަމެވެ“ އެހެން މީހަކު އަނެއްކާ ވެސް އެކަލޭގެފާނު ފަސްދީ ވަޑައިގެން ވިދާޅުވިއެވެ. އިތުރަށް ވިދާޅުވުމަށް>>

ޖަމާޢަތު މައްސަލަ (2) - ހުކުރުނަމާދު 12:35 އަށް ކަނޑައެޅުން

އަބޫ ޣަރީބް (جزاه الله خير)

08 މެއި 2010 - ޖަމާޢަތަށް ނުދާ އަޚުންގެ އަނެއް ދަޢުވާ އަކީ ސަރުކާރުން ވަކިގޮތަކަށް ނަމާދު ކުރުމަށް އަމުރެއް ނެރެފައި އޮތުމެވެ. އަދި އެކަން ޘާބިތުވާ ދަލީލަކީ ހުކުރު ނަމާދު މެންދުރު 12:35 އަށް ސަރުކާރުން ކަނޑައަޅާފައިވުން ކަމުގައެވެ. އަދި ހުކުރު ކުރުމުގައި އަވަސް ކުރުމާއި ލަސްކުރުމަށް އިމާމުންނަށް އަދި ޚަޠީބުންނަށް އިޚްތިޔާރު ލިބިފައިނުވުމެވެ. އެހެންކަމުން މިއަމުރަކީ ޝަރުޢު ބަދަލުކުރުން ކަމުގައި މިއަޚުންތައް ދަޢުވާ ކުރެއެވެ. އަދި އިމާމު މީހާ، މިއަމުރަށް ކިޔަމަންވާ އެކިޔަމަންވުމަކީ ކިޔަމަންތެރިކަމުގެ ޝިރުކެއް ކަމަށްވެސް މިއަޚުން ދަޢްވާ ކުރެއެވެ. އިތުރަށް ވިދާޅުވުމަށް>>


ނަޞޭޙަތާއި އިންޒާރުތަކުގެ ސިލްސިލާ...

”އޭ ޖަންނަތަށް އެދުންވެރިވާ މީހާއެވެ!“ (2)


އިޚްލާޞްތެރިކަމެއްނެތި އަޅުކަމެއް ފުރިހަމަ އެއް ނުވާނެއެވެ.

(މިއީ އަލްބަޝާރާއިން ހަދިޔާ ކޮށްފައިވާ ލިޔުމެކެވެ.)

06 މެއި 2010 - ބަހުގެ ގޮތުން ބަލާއިރު އިޚްލާޞްތެރިކަމަކީ ތެދުވެރިކަމެވެ. އެއީ ދެއްކުންތެރިކަމުގެ އިދިކޮޅެވެ. ޝަރުޢުގައި ޢިޚްލާޞްތެރިކަމަކީ އަޅާ ޢަމަލުކުޅައުމުގައި އެއްވެސް އަމިއްލަ އެދުމެއްނެތި ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދި އަޅުކަންކުރުމެވެ. ހަމައެކަނި ﷲ ތަޢާލާގެ ވަޖުހުފުޅަށް އެދި ޢަމަލުކުރުމެވެ. އިސް��ާމްދީނުގެ އެންމެ މަތިވެރި އުޞޫލުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމުގައި ތެދުވެރިވުމެވެ. ﷲ ތަޢާލާ އަށް އެއްވެސް ކަހަލަ އިޚްލާޞްތެރިކަމެއްނެތި ކުރާ އަޅުކަމަކީ ކަނޑުގެ ރާޅުގެ މަތީގައި ދުވާ ފޮނުތައްފަދަ އަގެއްނެތް އެއްޗެކެވެ. އިޚްލާޞްތެރިކަމަކީ... އިތުރަށް ވިދާޅުވުމަށް>>

އުފާވެރިކަމާއި ހެޔޮކޮށް ވިސްނުން

އިބްނު ޢުޘައިމީން (رحمه الله)

06 މެއި 2010 - ކިތާބުއް ތަޥްޙީދުގެ ފުރަތަމަ ބާބުގައި އިމާމް މުޙައްމަދު ބިން ޢަބްދުލް ވައްހާބް (رحمه الله)، މުޢާޛު (رضي الله عنه) ގެ ޙަދީޘް ގެންނަވައެވެ. އެޙަދީޘްގައި ރަސޫލާ (صلى الله عليه وسلم) މުޢާޛް (رضي الله عنه) އަށް ޙަދީޘްކުރައްވަނީ، ”އަޅުތަކުންގެ މައްޗަށްވާ ﷲ ތަޢާލާގެ ޙައްޤަކީ، އެބައިމީހުން އެކަލާނގެއާއި އެއްވެސް އެއްޗަކާއި ބައިވެރިނުކުރުމެވެ. އަދި ﷲ ތަޢާލާގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ، އެބައިމީހުން އެކަލާނގެއާއި އެއ��ވެސް އެއްޗަކާއި ބައިވެރިނުކޮށްފިނަމަ އެބައިމީހުންނަށް ޢަޒާބު ނުދެއްވުމެވެ.“ އަދި މުޢާޛު (رضي الله عنه) ވިދާޅުވިއެވެ... އިތުރަށް ވިދާޅުވުމަށް>>


ނަޞޭޙަތާއި އިންޒާރުތަކުގެ ސިލްސިލާ...

”އޭ ޖަންނަތަށް އެދުންވެރިވާ މީހާއެވެ!“ (1)


ތިޔަބައިމީހުން ﷲ ހަނދުމަކުރުންމަތީ ދެމިތިބޭށެވެ!

(މިއީ އަލްބަޝާރާއިން ހަދިޔާ ކޮށްފައިވާ ލިޔުމެކެވެ.)

03 މެއި 2010 - ﷲ ތަޢާލާ ހަނދުމަކުރުން މަތީ ދެމިހުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލިޔެވިގެންވާ ކަމެކެވެ. ކޮންމެ ޙާލެއްގައި، ކޮންމެ ފަދަ ތަނެއްގައި އުޅެން ޖެހުނަސް، މުސްލިމުން ވާންޖެހޭނީ އެމީހާ ހެއްދެވި ޚާލިޤުވަންތަ ﷲ ހަނދުމަ ކުރުންމަތީގައެވެ. އެހެނީ އެއީ ފުރިހަމަ މުސްލިމެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެކެވެ. އެހެންކަމުން އަހަރެންގެ އަމިއްލަ ނަފްސަށާއި އަދި ތިޔަ އަޚުންނަށް މިނަޞޭޙަތްތެރި ވަނީ ﷲ ހަނދުމަ ކުރުންމަތީ ދެމިތިބުމަށެވެ. އަދި މުސްލިމުންގެ ގޮތުގައި މެނުވީ މަރުވެ ނުދިއުމަށެވެ. އިތުރަށް ވިދާޅުވުމަށް>>

ޒާދާން (رضي الله عنه) ގެ ތަޥްބާ

ތަރުޖަމާ: އަބޫ ޢުމަރު އަ��ްމާލްދީފީ (جزاه الله خير)

03 މެއި 2010 - ޒާދާން (رضي الله عنه) ވިދާޅުވިއެވެ:’ އަހަރެންނަކީ ވަރަށްވެސް ރީތި އަޑެއް ލިބިގެންވާ ޒުވާނަކީމެވެ. އަދި އަހަރެންނަށް ވަނީ ބެރުޖެހުމުގެ ޤާބިލުކަން ލިބިގެންނެވެ. އެއްފަހަރަކު އަހަރެންގެ ރައްޓެހިންނާއި އެކު ’ނާބިޘް‘ (ކަދުރުން ހަދާފައިވާ މަސްތުވާ ޒާތުގެ ދިޔާ ބުއިމެއް) އޭ ކިޔުނު އެއްޗެއް ބޮއިގެން، އެކުވެރިންނަށް ލަވަކިޔާއި ދޭން ހުރީމެވެ. އެހިނދު އިބުނު މަސްޢޫދު (رضي الله عنه) އެހެންލާފައި ދަމުން އަހަރުމެންނާއި ގާތްކޮށްލިއެވެ. އަދި އަހަރުމެން ބޯން ތިބި އެއްޗެއްހި އަޅާފައި ހުރި ތަކެތީގައި ޖަހާ ތަޅާލައި ބަންޑުންކޮށްލިއެވެ. އަދި އެއަށް ފަހުގައި އިބުނު މަސްޢޫދު (رضي الله عنه) ވިދާޅުވިއެވެ: އިތުރަށް ވިދާޅުވުމަށް>>

3 ޖުމްލައިގެ ނަޞޭޙަތްތަކެއް

ތަރުޖަމާ: އުއްމު ޢަބްދު ﷲ (جزاها الله خير)

01 މެއި 2010 - ”3 ކަމަކުން މެނުވީ ޙާޞިލްނުކުރެވޭނެ 3 ކަމެއްވެއެވެ. އެއީ، އެދުންތަކުގެ ވަޞީލަތުން މުއްސަނދިކަން، ޚެޖާބް (ތުބުޅި ޑައިކުރުން) ގެ ވަޞީލަތުން ޒުވާންކަން އަދި ބޭހުގެ ޒަރީއާއިން ސިއްޙަތު، މިއެވެ.“ - (އަބޫ ބަކުރު رضي الله عنه) ”މީސްތަކުންނާއިމެދުގައި ރިވެތި ގުޅުމެއް ދެމެހެއްޓުމީ ބުއްދީގެ ދެބައިކުޅަ އެއްބަޔެވެ. ރިވެތި ސުވާލުކުރުމީ ޢިލްމުގެ ދެބައިކުޅަ އެއްބައެވެ. އަދި ރިވެތި ގޮތުގައި އަމިއްލަ ކަންތައްތައް ހަމަޖެއްސުމީ ދިރިއުޅުން ހިންގުމުގެ ދެބައިކުޅަ އެއްބައެވެ.“ - (އުމަރު رضي الله عنه) އިތުރަށް ވިދާޅުވުމަށް>>

ކައްވަޅުގެ ޢަޛާބު – (1)

ތަރުޖަމާ: އަބޫ ކަޘީރު (جزاه الله خير)

01 މެއި 2010 - ”...وَلَوْ تَرَى إِذِ الظَّالِمُونَ فِي غَمَرَاتِ الْمَوْتِ وَالْمَلائِكَةُ بَاسِطُو أَيْدِيهِمْ أَخْرِجُوا أَنْفُسَكُمُ الْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنْتُمْ تَقُولُونَ عَلَى اللَّهِ غَيْرَ الْحَقِّ وَكُنْتُمْ عَنْ آيَاتِهِ تَسْتَكْبِرُونَ “ ”އަނިޔާވެރިން މަރުގެ ސަކަރާތުގައި އުޅޭހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. މަލާއިކަތުން އެހިނދު ތިއްބަވާނީ އެބޭކަލުންގެ އަތްޕުޅު ދިއްކުރައްވައިގެންނެވެ. (އަދި ވިދާޅުވާނެއެވެ.) ތިޔަބައިމީހުންގެ ފުރާނަތައް ނެރޭށެވެ! މިއަދު ތިޔަބައިމީހުންނަށް އިހާނަތްތެރި ޢަޛާބުން ޖަޒާ ދެއްވާނެއެވެ. (އެއީ) ތިޔަބައިމީހުން، ﷲ އާއި މެދު ބުނެއުޅުނު ޙައްޤު ނޫން ބަސްތަކުގެ ސަބަބުންނާއި، އެއިލާހުގެ އާޔަތްތަކަށް ބޮޑާވެގަނެގެން އުޅުނުކަމުގެ ސަބަބުންނެވެ.“ (އަލްއަންޢާމް - 93) އިތުރަށް ވިދާޅުވުމަށް>>

އުނދަގޫ ޙާލަތްތަކަށް ތިބާ ހޭނޭށެވެ.

ތަރުޖަމާ: އަބޫ މުޙައްމަދު (جزاه الله خير)

29 އޭޕްރީލް 2010 - ”ހިލްޔަތު ޠާލިބް އަލްޢިލްމު“ ގައި ޝެއިޚް ބަކްރު އަބޫ ޒައިދު (رحمه الله) ވިދާޅުވެފައިވެއެވެ. ”...މުއްސަނދި އަދި އަރާމު ދިރިއުޅުމުގައި ނުޖެހޭށެވެ...“ މިވިދާޅުވުމާއި ބެހޭގޮތުން ޝެއިޚް ޢުޘެއިމީން (رحمه الله) ވިދާޅުވިއެވެ. ”މިކުޑަކުޑަ ނަޞޭޙަތަކީ ޢިލްމު ޙާޞިލު ކުރަމުންދާ އަޚުންނާއި އެނޫންވެސް އަޚުންނަށް ހުރި ނަޞޭޙަތެކެވެ. އެހެނީ އެފަދަ ކަންތައްތަކުގައި ޖެހުމަކީ ނަބީ (صلى الله عليه وسلم) ދެއްކެވި ސުންނަތާއި ޚިލާފު ކަންކަމަށް ވާތީއެވެ. އެހެނީ އެކަލޭގެފާނު އިންތިހާއީ މުއްސަނދި އަދި އަރާމު ދިރިއުޅުން، މަނާ ކުރައްވާފައިވެއެވެ...“ އިތުރަށް ވިދާޅުވުމަށް>>

ތިބާގެ ޠަބީޢަތާއި ހަނގުރާމަކުރުން

ތަރުޖަމާ: އަބޫ މުޙައްމަދު (جزاه الله خير)

26 އޭޕްރީލް 2010 - ’ޙިލްޔަތު އައުލިޔާއު (10/287) ގައި އަލްޖުނައިދު ވިދާޅުވެފައިވެއެވެ. ”الإنسان لا يعاب بما في طبعه إنما يعاب إذا فعل بما في طبعه“ ”އިންސާނާއަށް އޭނާގެ ޠަބީޢަތު ކުށްވެރިއެއް ނުކުރެވޭނެއެވެ. އެހެނެއްކަމަކު އޭނާ، އޭނާގެ ޠަބީޢަތުގެ މައްޗަށް ޢަމަލުކޮށްފި ނަމަ އޭނާ އެކަމުގައި ކުށްވެރިކުރެވޭނެއެވެ.“ މިވިދާޅުވުމަކީ ވަރަށް ވެސް މާނަ ފުން ވިދާޅުވުމެކެވެ. މީހާ، އޭނާއަކީ ފުރިހަމަ ނޫން އިންސާނެއްކަމަށް ދެކިގެން އޭނާގެ ކިބައިން ނޭދެވޭ ސިފަތަކާއި ޢަމަލުތައް ގެނެސް ގަނެގެން ނުވާނެއެވެ. ހަމަކަށަވަރުން އަހަރެމެން އުފެއްދެވިފައިވަނީ އަހަރެމެންގެ ތެރޭގައި ނުރަނގަޅު އެތައްސިފަތަކެއް ހުރުމާއި އެކުގައެވެ. އިތުރަށް ވިދާޅުވުމަށް>>

ޙިކްމަތްތެރި މީހަކު ﷲ ގެ ދީނަށް ގޮވާލާނީ ކިހިނެއް ހެއްޔެވެ؟

އިމާމް އިބްނު ޤައްޔިމް އަލްޖައުޒިއްޔާ (رحمه الله)

25 އޭޕްރީލް 2010 - ދަޢްވަތު ދިނުމުގެ ޤާބިލުކަން، ނުވަތަ ޢިލްމު ލިބިގެންވާ މިހާ، މީސްތަކުންނަށް ދުނިޔެ ދޫކޮށްލުމަށް ގޮ��ައެއް ނުލާނެއެވެ. އެހެނީ މިދުނިޔެއަށް ލޯބި ޖެހިފައި ތިބި ބަޔަކަށް އެކަމެއް ނުވާނެއެވެ. އެކަމަކު މިބުނާ މީހާ އެމީހުންނަށް ގޮވާލާނީ މިދުނިޔޭގައި އެމީހުން އެހޭދަކުރާ ވަޤުތުގައި އެމީހުން އެކުރަމުން ގެންދާ ފާފަތަކާއި ދުރުހެލިވުމަށެވެ. އެހެނީ ދުނިޔެ ދޫކޮށްލުން، ނުވަތަ އާޚިރަތަށްޓަކައި މިދުނިޔެ ވިއްކާލުން، އެއީ އިތުރަށް އަޖުރު ލިބޭ ހެޔޮކަންތައްތަކެވެ. އެހެނަސް ފާފަތައް ދޫކޮށްލުމަކީ އަޅާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެހެންކަމުން، މިނަޡަރުން ބަލާނަމަ، މީހަކު ކުރުން ވާޖިބުވެގެންވާ ކަމެއް ނުކުރާ ހިނދުގައި... އިތުރަށް ވިދާޅުވުމަށް>>

އަޚުވަންތަކަމުގެ ޙައްޤުތައް

އަބޫ ކަޘީރު ( جزاه الله خير)

24 އޭޕްރީލް 2010 - ތިމާގެ އަޚާއާއި ބައްދަލުވެއްޖެނަމަ އޭނާއަށް މުޚާޠަބު ކުރުމަށް އޭނާ އެންމެ ލޯބިކުރާ ނަމަކުން މުޚާޠަބުކުރާށެވެ. ހިނިތުންވެފައިވާ މޫނަކާއިއެކު ސާލަމް ކުރާށެވެ. ”ތިބާގެ އަޚާއަށް ހިނުތުންވުމަކީ ޞަދަޤާތެކެވެ.“ ތިބާގެ އަޚާ ތިބާއާއި ވާހަކަ ދެއްކުމަށް ހިތްވަރުދޭށެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ އޭނާގެ ނަފްސާއި ދިރިއުޅުމާއި ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުޞަތު ދޭށެވެ. އޭނާގެ ކަންތައްތަކާއި މެދު އަހާ އޮޅުންފިލުވާ ހަދާށެވެ. އެހެންނަމަވެސް އެއީ އެވަހާކައެއް އަހައިފިނަމަ އޭނާ ހިންހަމަނުޖެހި ހިތް ނުތަނަވަސް ވާނޭ ފަދަ ވާހަކަތައް ފިޔަވައެވެ. އިތުރަށް ވިދާޅުވުމަށް>>

ޖަމާޢަތު މައްސަލަ (1) - ރާއްޖޭގެ މިސްކިތްތަކުގައި ހެދޭ ޖަމާޢަތްތަކަށް ނުދާ އަޚުންގެ މައްސަލަ ގުޅިފައިވަނީ މުޢައްޔަނުކޮށް ތަކްފީރު ކުރުމާ

އަބޫ ޣަރީބް ( جزاه الله خير)

21 އޭޕްރީލް 2010 - މިސްކިތްތަކުގެ އިމާމުންނަށް ޚާއްޞަ ޙުކުމެއް ޖެހުމަށްފަހު އެފަދަ އިމާމުންގެ ފަހަތުގައި ހެދޭ ޖަމާޢަތްތައް އަޅުމުންދާ އަޚުންތައް އިމާމުންނަށް ތަކްފީރުލް މުޢައްޔަން (ވަކި ޚާއްޞަ ފަރުދަކަށް ތަކްފީރުކުރުން) ގެ ޙުކުމް ޖެހީ އަހްލުއް ސުންނަ ވަލްޖަމާޢަތުގެ ޢިލްމުވެރިންނާއި ދިމާއި އިދިކޮޅަށެވެ. މިމައްސަލައާއި ގުޅޭ ގޮތުންކަމުގެ ޙަޤީޤަތް ބެލުމަށްޓަކައި ބައެއް އަޚުންނާއި ވާހަކަދައްކެމުން އެމީހުންގެ ތެރޭގައި ދެގޮތަކަށް ވާހަކަ ދެކެވޭ ކަމަށް ހާމަވެގެންދިޔައެވެ. އެއްބައެއްގެ ދަޢްވާއަކީ މިސްކިތްތަކުގެ އިމާމުންނަކީ ކާފަރުވެފައިވާ ބައެއް ކަމަށެވެ. އެހެންނަމަވެސް މިހެން ދަޢްވާ ކުރާ އަޚުންނަށް މިސްކިތްތަކުގެ އިތުރަށް ވިދާޅުވުމަށް>>

”ޣުރަބާ“ (ބީރައްޓެހިން) ގެ ސިފަތައް

ތަރުޖަމާ: އަބޫ ކަޘީރު (جزاه الله خير)

19 އޭޕްރީލް 2010 - ނަބިއްޔާ (صلّى الله عليه وسلّم) ޙަދީޘް ކުރެއްވިކަމަށް އަބޫ ހުރައިރާ (رضي الله عنه) ގެ އަރިހުން ރިވާ ވެގެންވެއެވެ. ”بَدَأَ الإِسْلاَمُ غَرِيْبًا وَسَيَعُودُ غَرِيْبًا كَمَا بَدَأَ فَطُوبَى لِلْغُرَبَاء“ (މާނައީ:) ”އިސްލާމްދީން ފެށިފައިވަނީ ބީރައްޓެހި ގޮތުގައެވެ. އަދި އެނބުރި ރުޖޫޢަ ވާހުށީ ފެށުނުފަދައިން ބީރައްޓެހި ގޮތުގައެވެ. ބީރައްޓެހިންނަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ.“ ’ޣަރީބީން‘ މިބަސް ނެގިފައިވަނީ ’އަލްޣުރަބާ‘ މިބަހުންނެވެ. މީގައި ދެމާނައެއް އެކުލެވިގެން ވެއެވެ. ފުރަތަމަ މާނައަކީ އެބަހުގެ ޢާންމު މާނައެވެ. އެއީ މީހާކު އެމީހެއްގެ އަމިއްލަ ވަޠަން ނުވަތަ ފަސްގަނޑުން ދުރުގައި ބީރައްޓެއްސެއްގެ ގޮތުގައި އެހެންތަނެއްގައިވާ ވުމެވެ. އިތުރަށް ވިދާޅުވުމަށް>>

”ﷲ ތަޢާލާ، އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަޅުތަކުން އިމްތިޙާން ކުރައްވާނީ ކިހިނެއް ހެއްޔެވެ؟“

ތަރުޖަމާ: އުންމު ޝުޖާޢު (جزاها الله خير)

18 އޭޕްރީލް 2010 - ސުލައިމާން ބިން މުޙައްމަދު ބިން ޢަބްދުލް ވައްޙާބް (رحمه الله)، ’ކިތާބުއް ތަޥްޙީދު‘، މިފޮތުގެ ތަފްޞީލުގައި، ރަސޫލާ (صلى الله عليه وسلم) ގެ މިޙަދީޘް، ”ﷲތަޢާލާ ބައެއްދެކެ ލޯބިވެއްޖެނަމަ، އެކަލާނގެ އެބަޔަކު އިމްތިޙާންކުރައްވަވައެވެ.“ ބަޔާންކުރައްވާފައިވެއެވެ. މިޙަދީޘްއަކީ ޙަސަން ދަރަޖައިގެ ޙަދީޘެކެވެ. އަދި ރިވާކުރައްވާފައިވަނީ އައްތިރްމިޛީ (2396/4) އެވެ. އަދި ޞަޙީޙް އަލްޖާމީގައި ވެސް އެކުލެވިފައިވެއެވެ.(275) ޙަދީޘްގެ ބައެއް ކަންތައްތައް ބަޔާން ކުރެއްވުމަށް ފަހުގައި، ޝެއިޚް ސުލައިމާން (رحمه الله) ސުވާލުކުރެއްވެވިއެވެ. ”ﷲތަޢާލާ، އެކަލާނގެ ލޯބިވެވޮޑިގަންނަވާ...“ އިތުރަށް ވިދާޅުވުމަށް>>

މަންމައެއްގެ ފަރާތުން ދަރިފުޅަށް

ތަރުޖަމާ: އުއްމު ކުލްޘޫމް (جزاها الله خيرا)

15 އޭޕްރީލް 2010 - އޭ ތުއްތު ތުއްތު ފުރާނަޔާއެވެ! ތިބާގެ ޙަޔާތް ފުރިހަމަ ވެއްޖެއެވެ. ތިބާ އަހަރެން ދޫކޮށްފަދާނެއެވެ. އަހަންނަށް އޮތީ ކުރިއަށްދިއުމެވެ. އެއްވެސްފަދަ މަކަރެއް ޙީލަތެއް ނުދަންނަ ތިޠާހިރު ފުރާނައިގެ މައްޗަށް އެންމެ ޙައްގުވެރި ފަރާތަކީ ތިބާ ހެއްދެވި ފަރާތެވެ. އަހަރެމެން ދެމައިން އެކުގަވީ ކުރުމުއްދަތަކަށެވެ. އެހެނަސް ތިބާގެ ވޭނުގައި އަހަރެންގެ ކަރުނަތައް ޝާމިލްވީ ވަގުތުތަށް ދުވަހަކުވެސް އަހަރެންގެ ހަނދާނުން ފިލައި ނުމެދާނެއެވެ. ތިބާގެ ފަނޑު ހިނިތުންވުންތަކުން އަހަރެންގެ ހިތް މިވަނީ ބަރުވެ ފުރިފައެވެ. އަދި އަހަރެމެންގެ ދެމެދުގައި މިވަނީ އެއްވެސް ދުރުމިނަކަށް ދުރުކޮށްނުލެވޭނެ ފަދަ ލޯތްބެކެވެ. އިތުރަށް ވިދާޅުވުމަށް>>

”ފައިދާ ލިބުންވަނީ ކަމުގެ ބުރަކަމަކުން ނޫނެވެ.“

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ (رحمه الله)

14 އޭޕްރީލް 2010 - ”... އަދި ދަންނަން ޖެހޭ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބި ތިބާގެ މައްޗަށް އޮންނަނީ ތިބާ އަމިއްލަ ނަފްސަށް ޖައްސާ ބުރަކަމެއްގެ ސަބަބަކުން ނޫނެވެ. އަދި އެހެންމެ ތިބާއަށް އުނދަގޫ ގޮތްތައް ތަޙައްމަލު ކުރުމަކުން ނޫނެވެ. މިޘާލަކަށް ދެން ކަމެއްގެ ހެޔޮކަން ބޮޑުވަނީ އެކަމެއްގެ ބުރަދަނުގެ މައްޗަށް ކަމަށް ހީކުރާ ފަދައަކުންވެސް ނޫނެވެ. ވަރަށް ގިނަ ޖާހިލު މީހުން ޤަބޫލު ކުރާގޮތުގައި އަޖުރު ބޮޑުވަނީ އެއަޅުކަމެއްގައި އެކުލެވޭ ބުރަދަނުގެ މައްޗަށެވެ. ނޫނެކެވެ. އެހެނެއް ކަމަކު އަޖުރު ގުޅިފައިވަނީ އެކަމަކުން ލިބޭ ފައިދާއަށް އަދި ހެޔޮކަމުގެ މައްޗަށެވެ. ހަމައެއާއި އެކު ﷲ ތަޢާލާއާއި ރަސޫލު (صلى الله عليه وسلّم) އަށް....“ އިތުރަށް ވިދާޅުވުމަށް>>

އެބައިމީހުންނީ ޒުވާނުންތަކެކެވެ... ހެޔޮކަމުން ފުރިގެންވާ ޒުވާނުންތަކެކެވެ.

ތަރުޖަމާ: އަބޫ ތުރާބް (جزاه الله خيرا)

14 އޭޕްރީލް 2010 - ”... އެއީ ޒުވާނުންތަކެކެވެ. އެހެނެސް ތަޞައްރަފު ފުދިފައިވި ޒުވާނުންތަކެކެވެ. އެމީހުންގެ ލޯތައް ފާހިޝް މަންޒަރުތަކުން ދުރުކޮށް ސާފުކަންމަތީ ދެމެހެއްޓި ބައެކެވެ. އެންމެހައި ބާޠިލު ކަންތައްތަކަށް އަދި ނުބައިކަން ބޮޑުވެގެންވާ ޢަމަލުތަކަށް ވާޞިލުވުމުން އެމީހުންގެ ފައިތައް ރައްކާތެރި ކުރާ ބައެކެވެ. ރޭގަނޑުގެ ނިދި ޤުރުބާންކޮށް އަޅުކަމުގައި ވަގުތުތައް ހޭދަކުރަމުން ދިޔަ ބައެކެވެ. މަރުވެގެންދާ ފުރާނަތަކެއް ކަމުގައިވާ ފުރާނަތައް، ދުވަހަކުވެސް މަރުގެން ނުދާނޭ ފަދަ ފުރާނަ ތަކަކަކަށް ވިއްކާލި ބައެކެވެ. ﷲ ތަޢާލާ ރޭގަނޑުގެ ފަހު ބައިގައި އެމީހުންގެ މައްޗަށް ބައްލަވާ ވޮޑިގެންވިއެވެ....“ އިތުރަށް ވިދާޅުވުމަށް>>

ޢާއިލީ ގުޅުން ބަދަހިކުރުމަށްޓަކައިވާ ނަޞޭޙަތެއް

ޝައިޚް އަބޫ މުޙަންމަދު އަލްމަޤްދިސީ (حفظه الله)

13 އޭޕްރީލް 2010 - ”... އަދި ނަބިއްޔާ صلى الله عليه وسلّم ގެ ޙަދީޘްމަތިން ތިބާއަށް ހަނދާން ކޮށްދެމެވެ. ”މީސްތަކުންގެ ތެރެއަށް ނިކުމެ މަސްހުނިވެ އުޅެ އަދި އެބައިމީހުންގެ ފަރާތުން ކުރިމަތިވާ އުނދަގޫ ތަކަށް ކެއްތެރިވާ މުއުމިން އަޅާ މީސްތަކުންގެ ތެރެއަށް ނުނިކުމެ މަސްހުނިވެ ނޫޅެ އެބައިމީހުންގެ ފަރާތުން ކުރިމަތިވާ އުނދަގޫ ތަކަށް ކެތްތެރިނުވާ މުއުމިނު އަޅާއަށްވުރެ މާހެޔޮކަން ބޮޑުވެގެންވެއެވެ.“ (ރިވާކުރެއްވީ އިބްނު ޢުމަރު رضي الله عنه، އަލްއިމާމް އަޙްމަދުގެ މުސްނަދް) އެހެންކަމުން، ތިބާއަށް އަހަރެން ނަޞޭޙަތް ތެރިވަނީ ތިބާގެ ޢާއިލާއާއި މެދު ކެއްތެރިވެ އަދި އެމީހުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކަށް ޘާބިތުވެ އެމީހުންނަށް...“ އިތުރަށް ވިދާޅުވުމަށް>>

ޢިލްމުގެ އަހުލުވެރިންނަށް އޮންނަ ލޯބި

ޝެއިޚް ޝަހީދު ޢަބްދު ﷲ ޢައްޒާމް (رحمه الله)

11 އޭޕްރީލް 2010 - ”ފުރަތަމަ ވެސް އަދި ފަހުންވެސް އެންމެހާ ޙަމްދެއްވަނީ ﷲ އަށް ކަމަށް އަހަރެން އެއްބަސްވަމެވެ. އެހެނަސް ޝެއިޚް ނާޞިރުއްދީން އަލްބާނީ (رحمه الله) ގެ ސަބަބުން އަހަރެންގެ ވިސްނުމަށާއި، ޢަޤީދާއަށާއި، ޢަޤީދާ ހަރުދަނާ ކުރުމަށާއި އަދި ޞައްޙަ ނައްޞުތައް ދެނެގަތުމަށް ވަރަށް ބޮޑު އަޘަރެއް ކުރުވިއެވެ. އަހަރެންގެ އެއްވެސް ފޮތެއްގައި ބަލިކަށި ޙަދީޘެއް އަހަންނަކަށް ނުލިޔެވެއެވެ. އެހެންކަމުން އަހަރެންނަކީ ޢަޤީދާ އަދި ފިކުރުގައި ސަލަފީއެކެވެ.“ (ފީޛިލާލި ސޫރަތުއް ތަޥްބާ ޞަފްޙާ 51) ”....ދެން އަހަރެން އެފަތުވާ ޝެއިޚް ބިން ބާޒަށް (رحمه الله) ހުށެއެޅީމެވެ. އަދި އޭނާ އެ��ާއި މެދު ޤަބޫލުވިއެވެ...“ އިތުރަށް ވިދާޅުވުމަށް>>

ޖަލަށް ލެވުމާއި ބެހޭގޮތުން އިބްނި ތައިމިއްޔާގެ ރައުޔު

ޝެއިޙުލް އިސްލާމް އިބްނި ތައިމިއްޔާ (رحمه الله)

11 އޭޕްރީލް 2010 - އިބްނި ތައިމިއްޔާ (رحمه الله) އަލް އިސްކަންދަރިއްޔާގެ ޖަލަކަށް ބަދަލު ކުރެވުނު ވަގުތު އެތަން ފެނުނު މީހަކު ބުނި ކަމަށް ރިވާ ވެފައިވެއެވެ. ”އޭ ޞާޙިބާއެވެ! މިއީ ކެތްތެރިވާންވީ ވަގުތެވެ.“ ދެން އިބްނި ތައިމިއްޔާ އޭނާ އާއި ދިމާލަށް ބައްލަވާލައްވާފައި ވިދާޅުވިއެވެ. ”އެހެނެއްކަމަކު މިއީ ﷲ އަށް ޝުކުރުވެރިވާންވީ ވަގުތެވެ. ﷲ ގަންދީ ބުނަމެވެ. މިވަގުތު އަހަރެންގެ ހިތަށް ވެރިވަމުން މިއަންނަ އުފާވެރިކަމާއި ހިތްހަމަޖެހުން މިޞްރު އަދި ޝާމްގެ އަހުލުވެރިންގެ މެދުގައި ބަހާލިޔަސް އަދިވެސް ބާކީ ވާނެއެވެ. އަދި އެޢަދަދަށް އަހަރެންގެ އަތުގައި ރަން ހުރެ، އެބަހާލިނަމަވެސް އިތުރަށް ވިދާޅުވުމަށް>>

ޝެއިޚް އަލްބާނީ (رحمه الله) އާއި ޝެއިޚް ބިން ބާޒް (رحمه الله) އާއި ބެހޭގޮތުން ޝެއިޚް އަބޫ ޤަތާދާގެ ބަސްފުޅު

ޝެއިޚުލް މުޖާހިދީން އަބޫ ޤަތާދާ އަލްފިލަޞްޠީނީ (حفظه الله)

10 އޭޕްރީލް 2010 - ”ޝެއިޚް މުޙައްމަދު ނާޞިރުއްދީން އަލްބާނީ (رحمه الله) އަށް ބަލާއިރު ޝެއިޚަކީ މުހިއްމު ބިންގަލެކެވެ. މިޒަމާނުގެ ޢިލްމުގެ ހޭލުންތެރިކަމުގެ ކިއްލާތަކުގެ ތެރެއިން ކިއްލާއެކެވެ. ޚާއްޞަގޮތެއްގައި ޙަދީޘް ޢިލްމަށް ބަލާއިރުއެވެ. އަދި ހަމައެހެންމެ ފިޤުހުގެ ކަންތައްތަކުގައާއި މަންހަޖުގައިވެސްމެއެވެ. އެކަލޭގެފާނާއި ބެހޭގޮތުން، ޚާއްޞަކޮށް ޢިލްމުވެރީން ފޮތް ލިޔުއްވާފައި އެބަހުއްޓެވެ. އަދި މިލިޔުއްވުންތަކުގައި އެހެން ޢިލްމުވެރީންގެ ތެރެއިން ޝެއިޚް އަލްބާނީ (رحمه الله) ޚާއްޞަކޮށް ފާހަގަކުރައްވާފައިވެއެވެ. ޝެއިޚް އަވަހާރަވުމުން، ޝެއިޚާ ބެހޭގޮތުން، ދެދަރުސެއްގައި އަހަރެން ވާނީ ވާހަކަދައްފައެވެ....“ އިތުރަށް ވިދާޅުވުމަށް>>

ނަފްސުގެ އެދުންތަކާއި ހަނގުރާމަކުރުން

ޝެއިޚް ޝަހީދު ޢަބްދު ﷲ ޢައްޒާމް (رحمه الله)

10 އޭޕްރީލް 2010 - ”އެހެންކަމުން، ތިބާ ކާވަގުތުގައި، ނަފްސުގެ އެދުންތަކާއި ހަނގުރާމަކުރާށެވެ. ނަފްސުގެ އެދުންތަކެއް ދުވަހަކުވެސް ނުފުދެނޭއެވެ. ތިބާގެ އަމިއްލަ ނަފްސުގެ އެދުންތައް ފުއްދުމުގެ މިޘާލަކީ، ފެން ބޯންވެގެން މޫދު ކައިރިއަށް ދިޔަ ކަރުހިއްކައިގެންފައި ހުރި މީހެއްގެ މިޘާލެވެ. މޫދުގެ ފެން ލޮނު ވުމުގެ ސަބަބުން، އޭނާ ގި��ައިން ފެން ބުއިވަރަކަށް އޭނާގެ ކަރުހިއްކުން އިތުރުވެއެވެ. މިރޯމަނުންތައް އެކި ފާޑުގެ ކާއެއްޗެއްސާއި ފޮނިއެއްޗެއްހި ކައި ހެދީ، އިތުރަށް ކާހިތް ނުވާ ވަރުގެ ދަރަޖައަކަށެވެ. ހަމައެއާއި އެއްގޮތަށް އެބައިމީހުން، ޝަޙްވާނީ އެދުންތަކުގެ ތެރޭގައި ގެނބިފައިވީ މިންވަރަކީ އަންހެނުން ދެކެ ފޫހީވާ މިންވަރަށެވެ...“ އިތުރަށް ވިދާޅުވުމަށް>>

ކައްވަޅުގައި ދެވޭ ހެޔޮޖަޒާ (3)

އަބޫ ކަޘީރު (جزاه الله خيرا)

09 އޭޕްރީލް 2010 - ދެއިންސާނާ މަރާއި ގާތްވެފައިވާ ހިނދު މަރުގެ މަލާއިކަތާ ފުރާނައާއި ދިމާލަށް އަތްޕުޅު ދައްމަވާލައްވައެވެ. އަދި ފުރާނައާއި ވާހަކަފުޅު ދައްކަވައެވެ. އަދި ފުރާނަ ހަށިގަނޑުން ނިކުމެއެވެ. އިރުގެ އަލިކަން ފަދަ ދޯދިއެއް އަދި މީރުވެގެންވާ ވަހެއް ފުރާނައަށް ވާނެއެވެ. މިވަސް އެތަނުގައިވާ ހުރިހާ މަލާއިކަތް ބޭކަލުންނަށް ދުވާނެއެވެ. ނަމަވެސް އެތަނުގައިވާ (ދިރިތިބި) އިންސާނުންނަށް މިވަހެއް ނުދުވާނެއެވެ. އަދި އެއަލިކަމެއްވެސް ނުފެންނާނެއެވެ. މަރުވެފައިވާ މީހާއާއި ސުވާލުތައް ކުރެވޭނެއެވެ. ޢަޛާބާއި ޢުޤުބާތް ދެވޭނެއެވެ. އޭނާ ރޮއެ ހަޅޭއްލަވާ ހަދާނެއެވެ. މިހުރިހާކަމެއްމެ ހިނގަނީ އޭނާ މަރުވެފައިވާ... އިތުރަށް ވިދާޅުވުމަށް>>

މުއުމިނުންނަކީ އެހެން މީހުންނަށް ބަރޯސާވާ ބައެއް ނޫނެވެ.

ލިޔުއްވީ: އުންމު ޢަމާރާ (جزاها الله خير)

04 އޭޕްރީލް 2010 - އިސްލާމްދީނަކީ ﷲ ތަޢާލާ އިންސާނުންނަށްޓަކައި ހޮއްވަވާފައިވާ މާތް މަތިވެރި ދީނެކެވެ. އިސްލާމްދީނަކީ ހަމައެކަނި އަޅުކަމުގެ ދީނެއް ނޫނެވެ. އެހެނެއްކަމަކު ��ިސްލާމްދީނަކީ ދުނިޔޭގެ ކަންތައްތައް އިޞްލާޙް ކުރުމަށާއި އާޚިރަތުގެ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި މާތް ﷲ އެކަށައަޅުއްވާފައިވާ ދިރިއުޅުމުގެ ނިޒާމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި މުސްލިމުންނަކީ މާތް މަތިވެރި ބައެކެވެ. އެހެންކަމުން، މުސްލިމުންނަށް ވަނީ އެބައިމީހުންގެ އަބުރާއި ޢިއްޒަތް ރައްކައުތެރިކުރުމަށް އެކަލާނގެ އަންގަވާފައެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިމެ އިންސާނާއަށް ވާޖިބުވެގެންވަނީ އޭނާގެ ޢިއްޒަތް ރައްކައުތެރިކޮށް އަބުރުވެރިކޮށް، ޞާލިޙެއްގެ ގޮތުގައި އުޅުމެވެ. އިތުރަށް ވިދާޅުވުމަށް>>

ކައްވަޅުގައި ދެވޭ ހެޔޮޖަޒާ (2)

އަބޫ ކަޘީރު (جزاه الله خيرا)

04 އޭޕްރީލް 2010 - ދެން މަލާއިކަތުން އެއް އުޑުކޮޅުން އަނެއް އުޑުކޮޅަށް (މައްޗަށް) އޭނާ ގެންދަވައެވެ. މިފަދައިން ކޮންމެ އުޑަކާއި އަރާހަމަ ވުމުން މަލާއިކަތުން އޭނާއަށް ބަރާކާތް ލެއްވުން އެދި ދުޢާ ކުރައްވައެވެ. އޭނާއަށް އެންމެ އުފާވެރިކަމުގެ ޚަބަރުން ޚަބަރު ދެވޭނެއެވެ. އަދި އެފުރާނަ ﷲ ތާޢާލާގެ ހަޟްރަތަށް ދާނެއެވެ. އެއިލާހު އޭނާއަށް ވަޙީ ކުރައްވާނެއެވެ. ”މިރަނގަޅު ފުރާނައަށާއި، ދޫކޮށް އައި ހަށިގަނޑަށް މަރުހަބާއެވެ!“ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްޗަކަށް މަރުހަބާއޭ ވަޙީ ކުރައްވައިފިނަމަ ހުރިހާ އެއްޗެއްމެ އެއަށް މަރުހަބާ ކިޔާނެއެވެ. އަދި އޭނާގެ ހުރިހާ ދަތިކަމެއް ފިލާދާނެއެވެ. ދެން ވަޙީ ކުރައްވާނެއެވެ. އިތުރަށް ވިދާޅުވުމަށް>>

އަހަރެމެންގެ މުސްލިމު ދަރިންގެ ކިބައިގައި ހިތްވަރާއި ޤަދަރު އަށަގެންނެވުން

ތަރުޖަމާ: އުންމު ޝުޖާޢު (جزاها الله خير)

03 އޭޕްރީލް 2010 - ހަމަޖެހުމެއް ނެތް ޒަމާނީ އުޅުންތަކާއި ދުނިޔެވީ މުއްސަނދި ދިރިއުޅުމުގެ ސަބަބުން އަހަރެމެންގެ މުސްލިމު ކުދިންނަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ. އެހެންކަމުން، ހިތްވަރާއި، ޤަދަރާއި އަދި އެކުދިންގެ އަމިއްލަ ޝަޚްޞީ ޒިންމާތައް ކުދިންގެ ކިބައިގައި އަށަގެންނެވުމަކީ ކުދިން ތަރުބިއްޔަތު ކުރުމުގައި ވަރަށް ބޮޑު މައްސަލައަކަށް ވަނީވެފައެވެ. މިސިފަތައް ޙާޞިލްކުރުމަށްޓަކައި ވަރުގަދަ ކެތްތެރިކަމާއި ޙިކްމަތް ބޭނުންވެއެވެ. މިމައްސަލަ ޙައްލުކުރުމަށްޓަކައިވާ އިސްލާމީ ޙައްލުތަކެއް ތިރީގައި މިވަނީއެވެ. މީގެ މަޤްޞަދަކީ މުސްލިމު މައިންބަފައިންނަށް އެބައިމީހުންގެ ދަރިން އިސްލާމީ މާޙައުލެއްގައި ބޮޑުކުރުމަށް އެހީތެރިވެދިނުމެވެ. އިތުރަށް ވިދާޅުވުމަށް>>

”ވަގުތަކީ ކަނޑިއެއްފަދަ އެއްޗެކެވެ.“

އިބްނު އާދަމް (جزاه الله خيرا)

01 އޭޕްރީލް 2010 - އަހަރެމެން ދިރިއުޅުމުގައި ވޭތުވެގެންދާ ކޮންމެ ދުވަހަކާއި، ރުޖޫޢަވުމެއް ނެތި ވޭތުވެގެންދާ ކޮންމެ ގަޑިއަކާއި، އަދި ކޮންމެ މިނެޓެއް ވެސްމެ އަލުން އަނބުރާ ނާދެއެވެ. އަދި ހަމައެހެންމެ އެއާދައިގެ މިނެޓް އަހަރެމެން ފަހަނަ އަޅައި ދިޔައީ ކޮންފަދައަކުންތޯ ވިސްނާނުލައި ހުއްޓާ، އާޚިރުގައި އޭގެ އަގު ވަޒަން ކުރެވޭ ވަގުތު ޖެހުމުން ފައިދާއެއްކުރާނެ ހެއްޔެވެ؟ އަހަރެމެންނީ ވަގުތާއި ކުރިމަތި ލުމުގައި ކިހާ ނިކަމެތި ބައެއްހެއްޔެވެ. އެހެނީ ވަގުތު އަހަރެމެންނާއި ބައްދަލު ކުރަނީ އޭގެ ޒާތުގައިވާ ވަކި ނިޡާމެއްގެ ދަށުންނެވެ. އަހަރެމެން ނިދީގައިވާ ހިނދު، ގަޑިތަކާއި މިނެޓުތައް އަހަރެމެން... އިތުރަށް ވިދާޅުވުމަށް>>

އަހަރުމެންގެ ޒިންމާ ކޮބައިތޯއެވެ؟

އަބޫ ކަޘީރު (جزاه الله خيرا)

31 މާރޗް 2010 - ’ދާރްއަލްކާމިނާ‘ ލިޔުއްވާފައިވާ ލިޔުންތެރިޔާ އޭގެ ތިންވަނަ ފޮތުގެ 202 ވަނަ ޞަފްޙާގައި ހިމަނާފައިވާ ވާހަކައެއްގައިވެއެވެ. ނަޞާރާއިންގެ އިސްވެރިންތަކެއް، އަލަށް ނަޞާރާދީނަށް ވަތް، މޮންގޯލްގެ ރަސްގެފާނަކާއި ބައްދަލު ކުރުމަށް ދިޔައެވެ. މިނަޞާރާއިންގެ ތެރެއިން އެކަކު ނަބިއްޔާ (صلى الله عليه وسلم) އަށް ފުރައްސާރަ ކުރަން ފެށިއެވެ. އަދި އެތާގައި ޝިކާރަކުރާ ކުއްތާއެއް އައްސާފައި އޮތެވެ. މިކުއްތާ ވަރަށް ރުޅިވެރިކަމާއިއެކު ވަރަށް ބާރަށް މިނަޞާރާ މީހާއާއި ދިމާލަށް ގޮވަން ފެށިއެވެ. އެމީހުން ވަރަށް އުނދަގުލުން އެކުއްތާ އެތަނުން ދުރަށް ގެންދިޔައެވެ. އަދި އެމީހުންގެ ތެރެއިން އެކަކު ބުންޏެވެ.” އިތުރަށް ވިދާޅުވުމަށް>>


ކުރީގެ ލިޔުންތައް