16 ސެޕްޓެމްބަރު
2009 - ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެންގެ ތެރެއިން
ބައެއް އަޚުންނާއި އުޚުތުން ތަކްފީރު ކުރުމުގައި އަވަސްވެގަންނަނީ، މިއަދު
މީސްތަކުންނަށް ދޭނެ އެއްވެސް ޢުޒުރެއް ނެތް ކަމަށް ބުނަމުންނެވެ. އަދި ބައެއް
އަޚުންނާއި އުޚްތުން ދަޢްވާ ކުރައްވާ ގޮތުގައި ނަބީ صلى الله عليه وسلم ގެ
ހަޔާތްޕުޅަށްވުރެވެސް މިޒަމާނުގައި ޢިލްމު ފެތުރިފަވާލެއް މާފުޅަލެވެ. އެހެންކަމުން
މީސްތަކުންގެ މައްޗަށް ވަނީ ހުއްޖަތް ޤާއިމް ކުރެވިފައެވެ. މިދަޢްވާ ކުރައްވާ
އަޚުންނާއި އުޚުތުންނާއި ކޮށްލަން ބޭނުންވާ ސުވާލަކީ ޢިލްމެއް، އެތައް
މަސްހުނިތަކަކާއި އެކު ފުޅާކޮށް ދުރަށް ފެތުރުމާއި، ޢިލްމެއް ވަރަށްސާފުކޮށް
ކުޑަކޮށް ފެތުރުމުގެ ފަރަޤަކީ ކޮބައިހެއްޔެވެ؟
ތިޔަ އަޚުންނާއި އުޚުތުން ތިބުނުއްވާގޮތަށް ނަބީ صلى الله عليه وسلم ގެ ޙަޔާތްޕުޅަށް ވުރެ އެތައް ގުނައެއް ފުޅާކޮށް މިއަދު ދީނީ ޢިލްމު ވަނީ ފެތުރިފައެވެ. މިއަދު ގޭގައި ކޮޓަރި ތެރޭގައި އިނދެގެން އިންޓަނެޓް ގެ ޒަރީޢާއިން އެމީހަކު ބޭނުން ދީނީ މަޢްޟޫއެއްގެ މަޢްލޫމާތު ހޯދާލުމަކީ ދާދި ފަސޭހަ ކަމެކެވެ. ނަމަވެސް އޭރު ނަބީ صلى الله عليه وسلم ގެ ޒަމާނުގައި ޢިލްމު މީސްތަކުން ހޯދީ ވަރަށްވެސް ހިންމަތާއި މިންނަތުންނެވެ. އޭގެ ސަބަބުން ޢިލްމު ފެތުރުންވެސް ދިޔައީ ކުޑަކޮށެވެ.
ހަޤީޤަތަކީ ނަބީ صلى الله عليه وسلم ގެ ޒަމާނުގައި ޢިލްމު ކުޑަކޮށް ފެތުރުނު ކަމުގައި ވިޔަސް އެ ޢިލްމު ވެގެން ދިޔައީ އޭގައި އެއްވެސް މަސްހުނިވުމެއްނެތް، އޮޅުންބޮޅުމުން ދުރުވެގެންވާ ވަރަށްވެސް ސާފު ޢިލްމަކަށެވެ. މިއާޚިލާފަށް މިއަދު ފެތުރިފައިވާ ފުޅާ ޢިލްމުގައި މަސްހުނިވުމާއި، އޮޅުންބޮޅުވުމާއި ޝައްކާއި މިހެންގޮސް އެތައް އެތައް ނުސާފު ކަންތައްތައް އެކުލެވިގެންވެއެވެ.
މިކަން އެންމެ ރަނގަޅަށް ވިސްނޭނެ މިސާލެއްގެ ގޮތުން، މިއަދު މުސްލިމު ކޮންމެ މީހެއްގެ ބޯމައްޗަށް ފަރުޟު ޢައިން ވެފަވާ ޖިހާދާއި މެދު އާދައިގެ ޢިލްމު ހޯދަމުންދާ މީހެއްގެ ސިކުނޑި ގޮވާވަރަށް އޮޅުންބޮޅުންތައް ނެތްހެއްޔެވެ؟ މީގެ ދިރި ހުރި މިސާލު ތަކަކީ މިއަދު ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ދަޢްވާ ފަތުރަމުންދާ ބައެއް ދޫހެލުންތެރީންގެ ފަށުވި ދަރުސް ތަކަށް ޝައުޤުވެރިވެގެން މަޅިތަކުގައި ބެދިފައިތިބި އުންމަތުގެ އެތައް ޒުވާނުން ތަކެކެވެ؟ އަޅުގަޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް މިމަޢްޟޫއް (ޤިތާލް) ގެ މާނަ އޮޅުވާލަން މަސައްކަތް ކުރާ މިންވަރަކީ، އުންމަތާއި މުސްލިމު އަސީރުންނާއި މެދު ވިސްނާ މީހަކު ހިތްދަތިވެގެންގޮސް ރޮވޭ މިންވަރަކަށެވެ. ﷲ މިފަދަ މީހުންނަށް ހިދާޔަތް ދައްކަވާށިއެވެ. އާމީން!
އެހެންކަމުން އަޚުންނާއި އުޚްތުންނޭވެ! ފުންކޮށް މިކަމާއި މެދު ވިސްނުން ހުއްޓެވެ. މިއަދު އުންމަތުގައި ފެތުރިފައިވާ ޢިލްމު އޮޅުވާލުމުގެ ޕްރޮޕެގެންޑާ އަކީ ﷲ އާއި ރަސޫލާ صلى الله عليه وسلم އާ އަދި އަޅުގަނޑުމެންގެ ޢަދުއްވުންތައް އެބައިމީހުންގެ ވަކިތަކުން މިއުންމަތް ސަލާމަތް ކުރުވާނެ އަބްޠާލުން ތަކެއް ގިނަވެދާނެ ކަމުގެ ބިރަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި ފަތުރާފައިވާ ކަންތައްތަކެކެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން ދީނަށް ޚިޔާނަތްތެރިވާ ބައެއްގެ ފުރިހަމަ އެއްބާރުލުމާއިވެސް އެކީގައެވެ.
ނަމަވެސް ޢާއްމު ޢިލްމު ހޯދުމަށްޓަކައި އުޅޭ މީހާއަށް ފަހަރުގައި މިއޮޅުވާލުންތައް ހުރިކަން ނޭނގިދާނެއެވެ. އަދި ފަހުން އޭނާއަށް، ކަމުގެ ހަޤީޤަތް އެނގިއްޖެނަމަ އޭނާ އަކީ އެކަމުން ބަރީޢަވެގެންވާ މީހަކު ކަމުގައި ވެސް ވެދާނެއެވެ. އެހެންކަމުން މި ޢިލްމު އޮޅުވާލަމުންދާ ޚިޔާނާތްތެރީންގެ ޙުކުމާއި މިފަދަ މީހަކާއި އެއްވަރެއް ނުވާނެއެވެ. އަދި މިފަދަ މީހުންނާއި މެދު އަޅުގަނޑުމެން ހެޔޮކޮށް ވިސްނަންވާނެއެވެ. އަދި ހައްޤު ދަޢުވަތު، ޙިކްމަތްތެރިކަމާއި އެކު އެމީހަކަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ދަހިވެތިވާން ވާނެއެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ.
މަޖްމޫޢް ފަތާވާގެ ވޮލިޔުމް 3 ގެ ޞަފްހާ ނަންބަރު 287-288. ޝޭޚޫލް އިސްލާމް އިބްނި ތައިމިއްޔާ رحمه الله ވިދާޅުވަނީ:
وقد ثبت في الصحيح أن الصحابة صلوا بغير ماء ولا تيمم لما فقدت عائشة عقدها ولم يأمرهم النبي صلى الله عليه وسلم بالإعادة بل أبلغ من ذلك أن من كان يترك الصلاة جهلا بوجوبها لم يأمره بالقضاء فعمرو وعمار لما أجنبا وعمرو لم يصل وعمار تمرغ كما تتمرغ الدابة لم يأمرهما بالقضاء وأبو ذر لما كان يجنب ولا يصلي لم يأمره بالقضاء والمستحاضة لما استحاضت حيضة شديدة منكرة منعتها الصلاة والصوم لم يأمرها بالقضاء .
والذين أكلوا في رمضان حتى يتبين لأحدهم الحبل الأبيض من الحبل الأسود لم يأمرهم بالقضاء وكانوا قد غلطوا في معنى الآية فظنوا أن قوله تعالى { حتى يتبين لكم الخيط الأبيض من الخيط الأسود من الفجر } هو الحبل فقال النبي صلى الله عليه وسلم " { إنما هو سواد الليل وبياض النهار } " ولم يأمرهم بالقضاء , والمسيء في صلاته لم يأمره بإعادة ما تقدم من الصلوات والذين صلوا إلى بيت المقدس بمكة والحبشة وغيرهما بعد أن نسخت, بالأمر بالصلاة إلى الكعبة وصاروا يصلون إلى الصخرة حتى بلغهم [ ص: 288 ] النسخ لم يأمرهم بإعادة ما صلوا وإن كان هؤلاء أعذر من غيرهم لتمسكهم بشرع منسوخ.
ޢާއިޝާ رضى لله عنها ގެ ހާރުކޮޅު ގެއްލުމުގެ ސަބަބުން ލަޝްކަރު މަޑުކުރަން ޖެހުނީއެވެ. އެތަނުގައި ވުޟޫކުރުމަށް ފެން ލިބޭކަށް ނެތެވެ.. އަދި ތަޔައްމަމުގެ ޙުކުމް އައީ މިޙާދިޘާ އާއި ގުޅިގެންނެވެ. އޭގެ ކުރީގައި ވުޟޫ އާއި ތަޔައްމަމު ކުރުމަކާއި ނުލައި ކުރި ނަމާދު ދެވަނަ ފަހަރަށް ކުރުމުގެ ޙުކުމް ރަސޫލު ﷲ صلى الله عليه وسلم ނުދެއްވިއެވެ. އަދި އެއަށްވުރެ ބޮޑަށް މައްސަލަ ސާފުކޮށްދޭ އަނެއް ދަލީލަކީ ނަމާދަކީ ވާޖިބު އެއްޗެއްކަން ނޭނގި ނަމާދު ދޫކޮށްލާ މީހާ ދެވަނަ ފަހަރު އެނަމާދު ޤަޟާ ކުރުމަށް ﷲ ގެ ރަސޫލާ صلى الله عليه وسلم އަމުރެއް ނުކުރައްވައެވެ. އެއްފަހަރު ދަތުރު މަތީގައި ޢުމަރުގެފާނާއި ޢައްމާރު رضي الله عنهما ޖުނުބުވެރިވުމުން ހިނގައިގަންނަން ފެން ލިބެން ނެތުމުން ޢުމަރު ނަމާދު ދޫކޮށްލިއެވެ. އަދި ޢައްމާރު رضي الله عنه ޖަނަވާރެއް ބިންމަތީގައި ފުރޮޅޭހެން ފުރޮޅިފައި ތަޔައްމަމު ކުރުމަށްފަހު ނަމާދު ކުރީއެވެ. އެނަމާދު ޤަޟާ ކުރުމަކަށް އެދެބޭކަލުންނަކަށް އެކަލޭގެފާނު އަމުރެއް ނުކުރައްވައެވެ. އަދި އެގޮތުން އަބޫ ޛައްރު رضي الله عنه ވެސް ޖުނުބު ވެރިވެ ހިނައިގަންނަން ފެން ނުލިބުމުން ނަމާދު ދޫކޮށްލައްވައެވެ. އެކަލޭގެފާނު އެނަމާދު ޤަޟާ ކުރުމަކަށް އަމުރެއް ނުކުރައްވައެވެ. އަދި އެތޮގަށް މުސްތަޙާޟަތު (ރަޙިމުގެ އެތެރޭގައި އުފެދޭ ޒަޚަމެއްގެ ސަބަބުން ބަނޑުން ލޭފައިބާ އަންހެނާ) ވަރަށް ގަދަޔަށް ލޭ އަންނަން ފެށުމުން ނަމާދާއި ރޯދަ ދޫކޮށްލުމުން ދެވަނަ ފަހަރަށް އެނަމާދު ޤަޟާ ކުރުމަކަށް ޙުކުމެއް ނުދެއްވައެވެ.
...حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ...
[ކަޅު ރޮދީގެ (ރޭގަނޑުގެ އަނދިރިަކމުގެ) ތެރެއިން ފަޖުރުގެ ހުދު ރޮދި (އަލިކަން) ފާޅުވެއްޖެއުމަށް ދާންދެން] (ސޫރަތުލް ބަޤަރާ:187)
...ނުބައިކޮށް ވިސްނުމުގެ ސަބަބުން ފަޖުރު ވުމުގެ ފަހުން ކައިބޮއެ ހެދުމުން އެރޯދަ ދެވަނަ ފަހަރަށް ޤަޟާ ކުރުމަށް އެކަލޭގެފާނު އަމުރުފުޅެއް ނުކުރައްވައެވެ. އެބޭކަލުންނަށް ހީފުޅު ކުރެއްވުނީ އެއާޔަތުގެ މާނައަކީ ކަޅުފަށާއި ހުދުފަށް ވަކިކުރަން އެނގޭ ވަރަށް އަލިވުން ކަމަށެވެ. އެކަލޭގެފާނު އެއާޔަތުގެ މާނަ ވިސްނަވައި ދެއްވަމުން ޙަދީޘްފުޅު ކުރައްވަނީ إنما هو سواد الليل وبياض النهار [ހަމަކަށަވަރުން އެއީ ރޭގަނޑުގެ އަނދިރި ކަމެވެ. އަދި ދުވާލުގެ އަލިކަމެވެ.]
(ރުކޫޢު ސުޖޫދު ރަނގަޅަށް އަދާނުކުރާ މީހާގެ ނަމާދު) އޭނާގެ އިސްވެދިޔަ ނަމާދުތައް ޤަޟާކުރުމަށް އެކަލޭގެފާނު صلى الله عليه وسلم އަމުރެއް ނުކުރައްވައެވެ. އަދި މައްކާއާއި ހަބަޝާގައި ތިބެގެންވެސް ބައިތުލް މަޤްދިޞްއަށް ކުރިމަތިލައިގެން ނަމާދު ކުރުން މަންސޫޚް ވުމަށްފަހު އެކަމުގެ ޚަބަރު ނުލިބި ބައިތުލް މަޤްދިޞްއަށް ކުރިމަތިލައިގެން [ނަމާދު ކުރުމުން] އެނަމާދުތައް ޤަޟާކުރުމަކަށް އަމުރެއް ނުކުރައްވައެވެ. އެހެނީ އެމީހުން މަންސޫޚް ވެފައިވާ ޝަރީޢަތެއްގެ މައްޗަށް ކުރި ނަމާދުތަކުގެ ޢުޛުރު އެހެނިހެން މީހުންގެ ޢުޛުރާއި އަޅާބަލާއިރު މާއައުލާކަން ބޮޑުވިކަމުގައި ވިޔަސް މެއެވެ.
وقد اختلف العلماء في خطاب الله ورسوله هل يثبت
حكمه في حق العبيد قبل البلاغ ؟ على ثلاثة أقوال في مذهب أحمد وغيره
.
قيل يثبت وقيل لا يثبت وقيل يثبت
المبتدأ دون الناسخ .
والصحيح ما دل عليه القرآن في قوله تعالى { وما كنا معذبين حتى نبعث رسولا } وقوله { لئلا يكون للناس على الله حجة بعد الرسل} وفي الصحيحين عن النبي صلى الله عليه وسلم " { ما أحد أحب إليه العذر من الله من أجل ذلك أرسل الرسل مبشرين ومنذرين } "
فالمتأول والجاهل المعذور ليس حكمه حكم المعاند والفاجر بل قد جعل الله لكل شيء قدرا.
ތަރުޖަމާ:-
ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ ޙުކުމް ހޯދުމުގެ ކުރިން މީހާގެ މައްޗަށް އެކަމުގެ ޙުކުމް ޘާބިތުވާނެ ބާއެވެ؟ މިކަމުގައި ޢިލްމުވެރިން ވަނީ އިޚްތިލާފު ވެފައެވެ. އެއީ ފުރަތަމަ ގޮތަކީ އަޙްމަދު ބިން ޙަމްބަލް އާއި އަދި އެހެނިހެން ޢުލަމާއިންގެ މަޛްހަބުގައި ޙުކުމް ޘާބިތު ވާނެއެވެ. ދެވަނަ ގޮތަކީ ޙުކުމް ޘާބިތު ނުވާނެއެވެ. ތިންވަނަ ގޮތަކީ ކުރީގެ މަންސޫޚް ނުވާ ޙުކުމެއް ޤާއިމް ކުރެވޭނެ ކަމަށެވެ.
....وَمَا كُنَّا مُعَذِّبِينَ حَتَّى نَبْعَثَ رَسُولًا
[...އަދި (އިންޒާރު ދެއްވުމަށްޓަކައި) ރަސޫލަކު ފޮނުއްވުމަށް ފަހުގައި މެނުވީ, ތިމަން ރަސްކަލާނގެ ޢަޛާބެއް ނުދެއްވަމުއެވެ.] (ސޫރަތުލް އިސްރާ:15)
އަދިވެސް ވަޙީފުޅު ކުރައްވަނީ:
...لِئَلا يَكُونَ لِلنَّاسِ عَلَى اللَّهِ حُجَّةٌ بَعْدَ الرُّسُلِ...
[އެއީ ރަސޫލުން ފޮނުއްވުމަށް ފަހުގައި, ﷲގެ މައްޗަށް މީސްތަކުން ދައްކާނޭ ޙުއްޖަތެއް ނުވުމަށްޓަކައެވެ.] (ސޫރަތުއް ނިސާ:165)
އަދި ބުޚާރީއާއި މުސްލިމުގައި މާތް ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ކިބައިން ވާރިދުވެގެންވާ ޙަދީޘްފުޅެއްގައި ވެއެވެ. ﷲ އަށް ވުރެ ޢުޛުރު ޤަބޫލު ކުރެއްވުމަށް ލޯބިކުރައްވާ ފަރާތެއް ނުވެއެވެ. އެކަލާނގެ ރަސޫލުން އުފާވެރިކަމާއި ބިރުވެރިކަމުގެ ޚަބަރުދޭ ބައެއްގެ ގޮތުގައި ފޮނުއްވެވީ އެސަބަބަށްޓަކައެވެ.
ވީމާ, ތައުވީލު ކުރާ މީހާ އާއި ޢުޛުރުވެރިވާ ޖާހިލު މީހާގެ ޙުކުމް، އިންކާރު ކުރާ ނުކިޔަމަންތެރިޔާ އާއި ހަމަހަމައެއް ނުވާނެއެވެ. އަދި ކީއްތޯއެވެ. މާތް ﷲ ވަނީ ކޮންމެ ކަމަކަށް ވަކި މިންގަނޑެއް ކަނޑައަޅުއްވާފައެވެ.
އިބްނި ތައިމިއްޔާ رحمه الله ގެ ބަސް ނިމުނީ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭ! ނިކަން ބައްލަވާށެވެ! ޝޭހުލް އިސްލާމް އިބްނި ތައިމިއްޔާ رحمه الله، ކުށްކުރާ އަދި ޖާހިލު މީހާގެ ޙުކުމާއި ހަރުކަށި އިންކާރުކުރާ މީހާގެ ޙުކުމާއި ތަފާތު ކުރައްވައެވެ.
އަދި ހަމައެހެންމެ [އައް-ސާރިމް] އަދި [އަލް-މިންހާޖް] ގައި އިބްނި ތައިމިއްޔާ ނިސްބަތް ކުރައްވާފައި ވަނީ މުރުތައްދުވާފަދަ ޢަމަލުތައް ނުވަތަ އެފަދަ ބުނުންތައް ބުނެ ހަދާ ހައްދުފަހަނަ އަޅާފައިވާ ކާފަރުންނަށެވެ. މިސާލަކަށް ޝިޔަޢީންގެ ތެރެއިން ހިމެނޭ މީހުން، ﷲ އާއި ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ލަޢްނަތަށް ގޮވާ ހަދާ މީހުންނެވެ. އެފަދަ މީހުންނާއި ބެހޭގޮތުން ޝޭޚް ވިދާޅުވެފައިވަނީ ޖާހިލުކަމާއި ނޭނގުން އެއީ ޢުޒުރެއްކަމުގައި ނުބެލެވޭނެކަމަށެވެ.
އެހެންކަމުން އިބްނި ތައިމިއްޔާ رحمه الله ،މުޢާނިދު އަދި ހަރުކަށި އިންކާރު ކުރާމީހާއަށް ނިސްބަތްކޮށް ދައްކަވާފައި ހުރި ވާހަކަތައް ތައުޙީދުގެ އަހުލުވެރީންގެ ތެރެއިން ޖާހިލު ނުވަތަ ތައުވީލެއް ކުރާ މީހެއްގެ މައްޗަށް ނިންމުން އެއީ ޝޭޙުގެ ބަސްތައް ނޭދެވޭ ގޮތުގައި ބޭނުން ކުރުމެވެ.
وأما الصلاة خلف من يكفر ببدعته من أهل الأهواء فهناك قد تنازعوا في نفس صلاة الجمعة خلفه . ومن قال إنه يكفر أمر بالإعادة لأنها صلاة خلف كافر لكن هذه المسألة متعلقة بتكفير أهل الأهواء والناس مضطربون في هذه المسألة . وقد حكي عن مالك فيها روايتان وعن الشافعي فيها قولان . وعن الإمام أحمد أيضا فيها روايتان وكذلك أهل الكلام فذكروا للأشعري فيها قولين . وغالب مذاهب الأئمة فيها تفصيل .
وحقيقة الأمر في ذلك : أن القول قد يكون كفرا فيطلق القول بتكفير صاحبه ويقال من قال كذا فهو كافر لكن الشخص المعين الذي قاله لا يحكم بكفره حتى تقوم عليه الحجة التي يكفر تاركها .
وهذا كما في نصوص الوعيد فإن الله سبحانه وتعالى يقول : { إن الذين يأكلون أموال اليتامى ظلما إنما يأكلون في بطونهم نارا وسيصلون سعيرا } فهذا ونحوه من نصوص الوعيد حق لكن الشخص المعين لا يشهد عليه بالوعيد فلا يشهد لمعين من أهل القبلة بالنار لجواز أن لا يلحقه الوعيد لفوات شرط أو ثبوت مانع فقد لا يكون التحريم بلغه وقد يتوب من فعل المحرم وقد تكون له حسنات عظيمة تمحو عقوبة ذلك المحرم وقد يبتلى بمصائب تكفر عنه وقد يشفع فيه شفيع مطاع .
[ ص: 346 ] وهكذا الأقوال التي يكفر قائلها قد يكون الرجل لم تبلغه النصوص الموجبة لمعرفة الحق وقد تكون عنده ولم تثبت عنده أو لم يتمكن من فهمها وقد يكون قد عرضت له شبهات يعذره الله بها فمن كان من المؤمنين مجتهدا في طلب الحق وأخطأ فإن الله يغفر له خطأه كائنا ما كان سواء كان في المسائل النظرية أو العملية هذا الذي عليه أصحاب النبي صلى الله عليه وسلم . وجماهير أئمة الإسلام.
ތަރުޖަމާ:-
ވީމާ އޭނާގެ ބިދުޢަތުގެ ސަބަބުން ކާފިރުވާ މީހާގެ ފަހަތުގައި ނަމާދު ކުރުމާއި ބަހޭގޮތުން ޢިލްމުވެރިން ވަނީ ހުކުރު ޢީދު ފަދަ ނަމާދުތައް އެފަދަ މީހުންގެ ފަހަތުގައި ކުރުމަށްވެސް އެކި ގޮތްގޮތަށް ޚިޔާލު ތަފާތުވެފައެވެ. ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އެފަދަ ބިދުޢަވެރިން ކާފިރު ކުރެވޭނެއެވެ. އަދި އެމީހުންގެ ފަހަތުގައި ކުރެވުނު ނަމާދު ދެވަނަ ފަހަރަށް ކުރުމަށް އަމުރު ކުރެވޭއެތެވެ. އެހެނީ އޭނާ އެނަމާދު ކުރީ ކާފިރެއްގެ ފަހަތުގައެވެ.
އެކަމަކު މިމައްސަލަ ގުޅިފައިވަނީ މިފަދަ ބިދުޢަވަރިންގެ ކުފްރުގެ ފަތުވާގެ މައްޗަށެވެ. މި މައްސަލާގައި މީސްތަކުންވަނީ ތަފާތު ޚިޔާލުތަކެއްގެ މައްޗަށް ބެހިފައެވެ. އިމާމް މާލިކުގެ ކިބައިން ދެގޮތަކަށް ވާރިދުވެގެން އައިސްފައިވެއެވެ. އަދި އިމާމް ޝާފިޢީގެފާނުގެ ވެސް ދެޤައުލު (ދެބުނުމެއް) އައިސްފައި ވެއެވެ.
އަދި އިމާމް އަޙްމަދުގެ ވެސް ދެގޮތަކަށް ރިވާޔަތް އައިސްފައިވެއެވެ. އަދި (އަހުލުލް ކަލާމް) މިފަދައިންނެވެ. ފަހެ އެމީހުން (އަޝްޢަރީ) މަޛްހަބުގެ ދެޤައުލު ގެނެސްފައިވެއެވެ. އަދި ގިނަ މަޛްހަބުގެ ޢިލްމުވެރިން ދެކެލައްވަނީ އެއީ ވަރަށް ތަފްޞީލީ މައްސަލައެއްގެ ގޮތުގައެވެ.
މިބަޙުޘްގެ ޙަޤީޤަތަކީ ބައެއްފަހަރު ބުނެވޭ ބަހުގެ ސަބަބުން އެބަސް ބުނާ މީހާގެ މައްޗަށް ކުފުރުގެ ޙުކުމް އާދެއެވެ. އަދި އެޙުކުމް އެމީހާގެ މައްޗަށް [އެފަދައިން މިފަދައިން ބުނާ މީހަކީ ކާފިރެކެވެ.] މިފަދައިން ބުނެވިދާނެއެވެ. އެކަމަކު ވަކިމީހަކަށް ޚާއްޞަކޮށްފައި ޙުކުމެއް ޖެހޭނީ އޭނާގެ މައްޗަށް އެކަމުގެ ޙުއްޖަތް ޤާއިމު ވުމުންނެވެ. އަދި ދީނުގެ ތެރެއިން އޭނާ އެ އެޅިކަމަކީ (އެ ދޫކޮށްލި ކަމަކީ) އެއީ ކުފުރު ވާވަރުގެ ކަމަކަށް ވާނަމައެވެ. އަދި ހަމަ އެފަދައިން ވަޢީދުގެ އާޔަތަކުގައިވެސް މާތް ﷲ ވަޙީކުރައްވަނީ
إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَى ظُلْماً إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَاراً وَسَيَصْلَوْنَ سَعِيراً
[ހަމަކަށަވަރުން, ޔަތީމުންގެ މުދާތައް އަނިޔާވެރިކަމާއިއެކު ކައިއުޅޭ މީހުން, އެބައިމީހުން ކައި ބަނޑަށް އަޅައި އުޅޭކަން ކަށަވަރީ އަލިފާނެވެ. އަދި އަނދައަނދައި ހުންނަ އަލިފާނުގައި އެބައިމީހުން އަނދާހުއްޓެވެ.] (ސޫރަތުއް ނިސާ:10)
އަދި އެކަހަލަ ވަޢީދުގެ އާޔަތްތައް އެއީ ޙައްޤު ވަޢީދުތަކެވެ. އެކަމަކު ޚާއްޞަ ވަކި މީހަކަށް މިފަދަ ވަޢީދުތަކެއް ދަލާލަތެއް ނުކުރެއެވެ. އަދި މިއުއްމަތުގެ ވަކި ޚާއްޞަ ފަރުދަކަށް ދަލާލަތެއް ނުކުރެއެވެ. އެހެނީ އޭނާގެ މައްޗަށް އެފަދަ ޚާއްޞަ ޙުކުމެއް އައުމުގެ ޝަރުޠުތަކުގެ ތެރެެއިން ޝަރުޠެއް އުނިވެދާނެތީއެވެ. އޭނާގެ މައްޗަށް އެފަދަ ޙުކުމެއް ޘާބިތު ކުރުމަށް ހުރަސް އެޅޭފަދަ ކަމެއް އޮވެދާނެތީއެވެ. އެހެނީ އޭނާގެ ފަރާތުން އެކުރެވޭ ޙަރާމް ކަމަކީ އެކަމުގެ ޙުކުމް އޭނާއަށް ނުފޯރާ ކަމަކަށް ވެދާނެއެވެ. ނޫނީ އޭނާ ކުރާ ޙަރާމް ކަމުން އޭނާ ތައުބާވުން އެކަށީގެން ވެއެވެ. ނޫނީ އޭނާގެ ހެޔޮކަންތައް އެނުބައި ކަންތަކަށްވުރެ އިތުރު ވެއްޖެނަމަ އެނުބައިކަންތައް ފުހެލާފާނެތީއެވެ. ނޫނީ ބައެއް ފަހަރު އޭނާއާއި ކުރިމަތިވާ މުޞީބާތްތައް އޭނާގެ އެފާފަ ފުހެލާފާނެތީއެވެ. ނޫނީ އޭނާގެ މައްޗަށް ކުރެވޭ ޝަފާޢަތެއްގެ ސަބަބުންވެސް އޭނާގެ އެފާފަ ފުހެވިދާނެތީއެވެ.
އަދި މިނަންގަނެވުނު ގޮތުގެ މަތިން ކުފްރުގެ ބަސްބުނާ މީހާ ވެދާނެ އެމައްސަލައިގެ ޙުކުމް ރަނގަޅަށް އެގުމަށް އޭނާ މަޙްރޫމް ވެފައިވުން ނުވަތަ އޭނާ ދެކޭގޮތުގައި އެޙުކުމް ޘާބިތު ނުވުން, ނުވަތަ އޭނާއަށް އެމައްސަލަ ރަނގަޅަށް ވިސްނިފައި ނުވުން, ނުވަތަ އޭނާގެ ވިސްނުމުގައި އިޢުތިރާޟް އޮތުމުގެ ސަބަބުން މާތް ﷲ އޭނާ އެކަމުން ޢުޛުރު ވެރިކުރެއްވުން މިއެވެ. އެހެނީ މުއުމިނުންގެ ތެރޭގައި ޙައްޤު ހޯދުމަށްޓަކައި މަސައްކަތްކުރާ މުޖުތަހިދުން އެކަމުގައި އަދި ކުށެއް ކުރެވުނު ކަމުގައި ވިޔަސްވެސް މާތް ﷲ އެކަމުގައި އެމީހުންނަށް ފާފަ ފުއްސަވާނެއެވެ. އެއީ ކޮންމެ ފަދަ މީހަކު ކަމުގައި ވިޔަސްމެއެވެ. އަދި އެއީ އޭނާ ދެކޭގޮތުގެ ސަބަބުން ވިޔަސް ނުވަތަ ޢަމަލުގެ ގޮތުން ވިޔަސްމެއެވެ. އަޞްޙާބު ބޭކަލުންނާއި ގިނަ ޢިލްމުވެރިން މިފަދަ މައްސަލަތަކުގައި ދެކިލައްވަނީ މިނަންގަނެވުނު ގޮތަށެވެ.
ތަރުޖަމާ ނިމުނީ.
...ނުނިމޭ...
މިއީ ތަރުޖަމާކޮށް އެކުލަވާލައިފައިވާ ލިޔުންކޮޅެކެވެ. جزاهم الله خيرا