ޢަޤީދާ
ހިމެނޭ ބައި: ދީނީ ލިޔުން

މުސްލިމުންކަމަށް ދަޢުވާކޮށް، އިސްލާމްދީނުގެ މަތީގައި ފުރިހަމަގޮތުގައި ފައިތިލަ ޘާބިތުކުރާކަމަށް ޤަބޫލުކުރަމުން އައި ދިވެހިންނަށް، އެމީހުން ތިބީ ފުރިހަމަގޮތެއްގައި ހިފައިގެން ނޫންކަން މިއަދު ޤަބޫލުކުރެވެން ފަށައިފިއެވެ. ޢިލްމުގެ ދޮރުތަައް ހުޅުވި ޢިލްމު ތަނަވަސްވުމުގެ ނިޢުމަތުގެ ސަބަބުން، ސާފުމަގުވަނީ ފެންނަން ފަށައިފައެވެ. އަދި ކުރީގެ ތަޢައްޞުބީ ގޮތްތައް ދޫކޮށް ރަނގަޅުގޮތް ފެނުމުން އެގޮތަށް ތަބަޢުވުމުގެ ރޫހު ވަނީ އާލާވެފައެވެ.

ހިމެނޭ ބައި: ދީނީ ލިޔުން

މުސްލިމުންނާއިމެދު ޔަހޫދީންނާއި ނަޞާރާއިންގެ ހިތް ދުވަހަކުވެސް ހެޔޮނުވާނެކަން ކީރިތި ޤުރުއާނުގައި އަންގަވާފައި ވެއެވެ. އެއުރެންގެ ހިތުގައި މުސްލިމުންގެ މައްޗަށް އުފެދިފައިވާ ޢަދާވާތްތެރިކަމާ ޙަސަދަވެރިކަމަކީ އިންސާނީ ތާރީޚުން ފެންނަން އޮތް ޙަޤީޤަތެކެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން މުސްލިމުންގެ މައްޗަށް އަތްގަދަ ކުރުމަށްޓަކައި އެެއުރެން ދަނީ ހޭބޯ ނާރާ މަސައްކަތް ކުރަމުންނެވެ.

13 އޮކްޓޯބަރ 2011 (ބުރާސްފަތި)

ރާއްޖޭގެ ޖާސޫސީ ބައިގަނޑު

ހިމެނޭ ބައި: ދީނީ ލިޔުން

ތަރައްޤީއާއި ތަހުޒީބު ދުނިޔޭގެ ހަތަރު ބިތުގައި ފެތުރި، މިދިވެހިރާއްޖެއަށްވެސް އޭގެ އަސަރު ކުރީ ނުހަނު އަވަހަށައެވެ. އަދި ހަމަ އެއާއި އެކު ތަހުޒީބުގެ ވައިރޯޅި ޖެހެމުން އައި އިރު އޭގެ ތެރޭގައި ޝައިޠާނާ ފޮރުވިގެން އޭނާގެ ޙީލަތްތެރި ރޭވުން ރާވަމުން ދިޔައެވެ. އޭނާ ހެމުން ދިޔައެވެ. ކީއްވެހެއްޔެވެ؟ އެއީ އޭނާ އަށް މީހުން މަގުފުރައްދަން އެތަކެއް ޒަމާނީ ވަޞީލަތްތަކެއް ލިބުނީމައެވެ. އެތަކެއް ތަރައްޤީގެ ވަޞީލަތްތަކާއި އުކުޅުތަކެއް ފެނި ހާމަ ވީމައެވެ. ދެންފަހެ ޝައިޠާނާގެ ބަހަށް ހެއްލި ދުނިޔާއި ހެދި ގެއްލިފައިތިބި މީހުންގެ ލަޝްކަރަށް މީނާ ފައިބައެވެ. އެދި އެމީހުންގެ ބޮލަށް އެރިގެން މުސްލިމުންގެ ތެރޭގައި ތިބި މީހެއް ވިއްޔާ އެމީހެއްގެ ދުވަސް ދުއްވާލުމަށް އޭނާގެ ހަލުވި މިޝަންތައް ޖައްސުވައެވެ. އޭގެ ތެރޭގައި އޭނާ އެންމެ ބިރުގަންނަނީ އޭނާއާއި ހަނގުރާމަ ކުރަން ތައްޔާރުވާ، ﷲ މަގުގައި ނިކުންނަން ތައްޔާރުވާ ﷲ ގެ އަޅާ ހުއްޓުވާ ނިކަމެތި ކޮށްލުމަށެއެވެ. އެކަމަށްޓަކައި ކިތަންމެ ޚަރަދެއް ވަގުތެއް ދިޔަޔަސް ފަރުވާލެއް ނެތިއެވެ.

އަދި އެހެންމެ، ރަސޫލުﷲ (صلى الله عليه وسلم) ގެ ޞަޙާބީންނަށް މިކަލިމަ މަޢުރިފާކުރެއްވުނީ، އަދި އޭގެ ޙުކުމްތަކަށް ތަބަޢުވެ ވަޑައިގެންނެވުނީ، އަދި އޭގެ ބޭނުންތަކަށާއި ވާޖިބުތަކަށް ޢަމަލު ކުރެއްވެވުނީ ކިހިނެއްތޯ؟ މިކަންވަނީ الإِمَامُ الْجَلِيْل سُفْيَان بُن عُيَيْنَة (رحمه الله) ޝަރަޙަކޮށްދެއްވަވާފައެވެ. {ނޯޓް: شذرات الذهب (1/354) والأعلام (3/105)}

01 ސެޕްޓެމްބަރ 2011 (ބުރާސްފަތި)

ނަރަކައިގައި މަރުވާނެ ބަޔަކީ ކޮބާ؟

ސުވާލު: އެއްވެސް މީހަކު ނަރަކައިގާ މަރުވާނެތޯ؟ މިކަން ކަށަވަރު ކޮށްދޭ އެއްވެސް ސައްޙަ ހަދީޘެއް ވޭތޯ؟ އަދި މިކަމަކީ ވާނޭ ކަމެއްނަމަ މި މަރު މެދުވެރިވާނެ ގޮތަކީ ކޮބާތޯ؟ އަދި އެއީ ކޮންބަޔަކަށް ވާނޭ ގޮތެއްތޯ؟

« ފެށުން ފަހަތަށް 1 2 3 4 5 6 7 8 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 23)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.
އެއްވެސް ފަދަގޮތަކަށް ޝާއިޢުކުރައްވާނަމަ، ސައިޓަށް މަޞްދަރުކުރެއްވުން އެދެމެވެ. އަދި ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވާނަމަ، ލިޔުމަކުން ހުއްދަ ހޯއްދަވަން ޖެހޭނެވާހަކަ ދެންނެވީމެވެ.